ފެލިވަރުގައި ހަދާ ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ ޑިޒައިން: ފެލިވަރުގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ހެދުމުގެ މަޝްރޫއު ހަވާލުކުރަނީ އިންޑިއާގެ ކުންފުންޏަކާ.
18 ޖެނުއަރީ 2023 - 13:06
ޅ. ފެލިވަރުގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ހެދުމުގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ މިއަދު ހަވާލުކުރަން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ނޫސްބަޔާނެއްގައި ބުނީ، އެ މިނިސްޓްރީ އާއި މިފްކޯ ގުޅިގެން ފެލިވަރުގައި ހަދަން ނިންމާފައިވާ ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސްއަކާއި ގއ. ގެމަނަފުށީގައި ހަދާ އައިސްޕްލާންޓްގެ މަސައްކަތުގެ ބީލަން ކާމިޔާބުކުރި ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިރޭ ހދ. ހަނިމާދޫގައި އޮންނާނެ ކަމަށެވެ.
އެ ދެ މަޝްރޫއުގެ ބީލަން ކާމިޔާބުކޮށްފައި ވަނީ ރައިނެކް އިންޑިއާ ލިމިޑެޓުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަނިމާދޫގައި މިރޭ ބާއްވާ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިއަދު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މަސްވެރިން ފެލިވަރަށް މަސްކިރުވަނީ: ފެލިވަރުގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ހެދުމުގެ މަޝްރޫއު ހަވާލުކުރަނީ އިންޑިއާގެ ކުންފުންޏަކާ. -- ފޮޓޯ: މިހާރު
އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ 23 މިލިއަން ޑޮލަރުގެ އެ މަޝްރޫއުގެ ދަށުން ފެލިވަރުގައި ހަދާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ މިހާތަނަށް ރާއްޖޭގައި ހަދާ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖަށް ވެސް ވާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި، އެ މަސައްކަތް ނިމުމުން ދުވާލަކު 200 ޓަނުގެ މަސް ގަނޑުކުރެވޭ ބްރައިން ފްރީޒިން ފެސިލިޓީއަކާއި މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓެޑް ސީ ވޯޓާ ސިސްޓަމެއް ވެސް ފެލިވަރުގައި ހުންނާނެ އެވެ. ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ވެސް ހުންނާނެ އެވެ.
ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ހަދަނީ މި ސަރުކާރުން ހިއްކާފައި 5.7 ހެކްޓަރުގެ ބިމުގެ ސަރަހައްދެއްގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އެ ބިމުގައި އެކްސްޕޯޓް ޖެޓީއަކާއި މަސްކިރާ ޖެޓީއަކާއި އާންމުން ބޭނުންތަކަށް ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގެ 85 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން ވަނީ ފެލިވަރުގައި 100 ޓަނުގެ މަސް ޕްރޮސެސްކުރާ ފެކްޓަރީއެއް ހަދާނެ ބަޔަކު ހޯދަން ވެސް އިއުލާންކޮށްފަ އެވެ. އެ މަޝްރޫއުގެ ދަށުން 40 ޓަނުގެ ފިޝްމީލް ޕްލާންޓެއް ހަދާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލޯ
19 January 2023
ތިފޮޠޯގައި އިންގޮތަކަށްނޫން ޖެޓީހަދައިފައި އޮތީ.ދޮޅުއަހަރުން ފެކުޓަރީ ހުޅުވާނެޔޯ ފައްޔާޒު ބުނި. މިހާރު ދެއަހަރުވަނީ. އަދި ޖެޓީވެސް ނުނިމޭ.
ކަނބިލި
18 January 2023
ޕޮރެޖެކް ނިމުން ލަސްވާނެ،. އަގު ބޮޑުވާނެ، ފެންވަރު ދަށްވާނެ. އިންޑިއާ ރުއްސަން މަޖުބޫރު ވެރިކަމުގައި ތިބެން ބޭނުންނަމަ.
ސޯބެ ހަސަން
18 January 2023
މިތަން މިހުރީ ނިމިފައިއެއްނު. ރަންވޭއެއްވެސް އެބައިން ހަދާފަ. ދެން ކީއްކުރަންތަ ބަޔަކަށް ދީގެން މިއުޅެނީ.
ބޮޑުމީހާ
18 January 2023
މިރާއްޖެއަށް ބާނާ މަހުގެ 80 އިންސައްތަ ބާނަނީ ދެކުނުގެ އަތޮޅުތަކުގަ. މަސް ބަންދުކުރުމާއި މަސްފިނިކުރުން މެދު ރާއްޖެތެރޭގަ
މަހޯލި
18 January 2023
އިސް ސަފުން ތިން އަކުރުން ނަގައިގެން ތިބީ
މޯލީޖީ
18 January 2023
ސާބަސް. ކޮންމެ ބިންގަލަކީ ސަލާމަތް ނުވާވަރުގެ ބަރާބަރު މަސައްކަތަކަށްވާނީ. މިއުޅެނީ އިންޑިޔާ މީހަކުތަ ވެރިކަމަށް އިސްކޮށްގެން. ދެން ނެތްތަ ދިވެހިޤައުމަކު މިކަހަލަ ހަވާލުކުރާނެ އެހެން މަސައްކަތެއް. ތިކަހަލަ ލޯނުތައް ނަގައިގެން ބޭރުގެ މާރަނގަޅު ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރާނެ ދިވެހިކުންފުނިތައް މިޤައުމުގަވެސް ހުންނާނެ. ކޮންމެ މަސައްކަތެއް އެގްސިމްބޭންކަށް ދޭންޖެހޭ ސިއްރު ސަބަބެއް އޮންނާނެ. ދިވެހިން ސަލާމަތް ކުރައްވާށި
މާމަސް
18 January 2023
އަޖައިބެއް! އިންޑިޔާ މީހުންނަށް އެކަނިތަ ރާއްޖޭގެ ޕްރޮޖެކްޓުތައް މިލިބެނީ!
ސަމޭދާ
18 January 2023
އަޅެ އިންޑިއާބަޔަކާ ނޫނީ މިޤައުމުގައި ކަމެއް ހަވާލުކުރުން ނެތީތަ؟ ؟؟
އެމްސް
18 January 2023
ތިޔަ މަސައްކަތުގަވެސް އެއްވެސް ވަރަކަށް ދިވެހިން ގެންގުޅޭނެބާ، ނޫނީ ޢާއްމު ބީދައިން ހުރިހާ ވަޒީފާއެއްވެސް ދާނީ ހަމަ ރާއްޖެއިން ބޭރަށްބާ؟
ޏާނި،
18 January 2023
ސުވާލެއްވެސް ނެތް. ދިވެއްސަކު ނުނަގާނެ.
ކޫއްޑޫ
18 January 2023
އަޅު މި ސަރުކާރުން ހާދަ އިހާނެތިކޮށޭ ކޫއްޑޫއަށް އެހަދަނީ! އެއްވެސް މަރާމާތެއް، އައު މެޝިނަރީއެއް ނުގެނައުމުގެ އިތުރަށް ތަނުގައިހުރި އެސެޓްތައްވެސް އެހެން ތަންތަނަށް އެޔޮށް ބަދަލުކޮށް ހުސްކުރަނީ!
ފެލިވަރު
18 January 2023
ކޫއްޑޫގެ ވިސްނުން އަދި ރަނގަޅެއްނޫން. މިފްކޯގެ ޓޮޕް މެނޭޖްމެންޓް ގައި ޔިބީ ހަމަ ތިޔަ އަތޮޅުގެ ރައޫފް ބޭނުންވާ އަދި ކުރިން ކޫއްޑޫގައި އުޅެފަ ތިބި މީހުން. ދެން ކީއްވެ މިކަމުގައި ސަރުކާރު ގޯސް މިވަނީ؟