ރައީސް ކ. އަތޮޅަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމްކުރައްވަނީ: އެމަނިކުފާނުގެ ކެމްޕޭނަށް މިއަދު ތިން ރަށަކަށް ވަޑައިގަންނަވާނެ.
23 ޖެނުއަރީ 2023 - 10:25
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކ. ގުރައިދުއަށް ވަޑައިގެންފި އެވެ.
އެ ރަށުގައި ކެމްޕޭން ގްރޫޕްތަކާ ބައްދަލުކުރެއްވުމަށް ފަހު "ދޮރުން ދޮރަށް" ހިންގަވާނެ އެވެ.
އެއަށްފަހު ރައީސް ވަޑައިގެންނަވާނ ކާށިދުއަށެވެ. މިއަދު ރައީސް ވަޑައިގަންނާވެނެ އެންމެ ފަހު ރަށަކީ އއ. ތޮއްޑޫ އެވެ.
ރައީސްގެ ކެމްޕެއިން ޓީމުން ބުނީ، އެ މަނިކުފާނު މާދަމާ އއ އަތޮޅުގެ ބައެއް ރަށްތަކަށް އަދި އދ އަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ ދެ ރަށުގެ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާގެ ރެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ބޮޑު ޖަލްސާއެއް މިދިޔަ ހުކުރުދުވަހުގެ ރޭ މާލޭގައި ވަނީ ބާއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
23 January 2023
މި ކެމްޕެއިން އިވެންޓްތަކަށް ބަލާލީމާ މިގައުމުގަ މައްަސަލަތަކެއް އުޅޭހެން ހިޔެއް ނުވޭ. އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި ވެރިން ދިޔައީމަ ޒިންމާދާރުކުރުވަން ވައުދުތަކުގެ މަތިން ހަދާންކޮށްދެނީ. މިގައުމުގައި ލަވަޖަހައި ނަށައި ނުހައްގު ތައުރީފްކޮށް އިވެންޓު ނިމުުމުން މިދަނީ ކުލީ އެޕާޓްމަންޓަށް، ދާއިރު މަގުމަތީގަ ބިތްޖެހިފަ ތިބި އެތައް ބަޔެއް ފެންނާނެ، ބިދޭސީން އެހާ ގިނަވާނެ
އަހިދު
23 January 2023
ރައީސްގެ މަސައްކަތަކީ. އޮފީސް ފޮޅާ ސާފުކުރުން ކަމަށްވާއިރު, މާލެއިން ބޭރުގާ ހުރެ އެކަމެއް ނުވާނެ. ނައިބާ ޙަވާލު ކުރަންޖެހޭ.
އެމްސް
23 January 2023
ރައީސް އަށް އޮތީ ޤައުމު 2 ބައިކޮށްގެން އުޅުން! ޕީޕީއެމް އަކަސް، އެމްޑީޕީ އަކަސް މިއީ ހުސް ދިވެހީން، ބިދޭސީންނެއް ނޫން، ބާކީއެއް ނުކުރެވޭނެ!
މަ ބުނީ
23 January 2023
ރައީސް އުޅުއްވަނީ ކެމްޕެއިންގައި އަމިއްލަފުޅު ބޭނުމެއްގައި ރަށްރަށަށް ވަޑައިގެން ރައީސް ޗުއްޓީ ފުޅެއް ނުނަންގަވާ ދެން ރައީސުލް ޖުމްހޫރިއްޔާގެ މަސްޢޫލިއްޔަތާއި ޒިއްމާ އާއި ވާޖިބު ރަސްމީކޮން ނައިބު ރައީސް އާއި ހަވާލު ނުކުރައްވަވާ ދެން އެވާޖިބާއި މަސްޢޫލިއްޔަތާއި ޒިއްމާ ކިހިނެއް ކޮންފަރާތަކުންތޯ އަދާކުރައްވަނީ ؟.
އެމްސް
23 January 2023
ކޮވިޑަށްފަހު މުޅި ސަރުކާރު ހިނގަނީ އޮންލައިންކޮށް، ސްޓާފުން ގޭގަ ބައިތިއަބައިގެން! ނަތީޖާއަކީ ޕާސްޕޯޓެއް/އައިޑީ ކާޑެއް އާކޮށްލަންވެސް މަހެއް ނެނގިކަން!