ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި މަރުވި ފާތިމަތު ޝިއުނާ: ދައުވާކުރަނީ އެކްސިޑެންޓްވި ކާރު ދުއްވި މީހާއަށް-- ފޮޓޯ: ފޭސްބުކް
18 ޖެނުއަރީ 2017 - 15:29
މިިދިޔަ ސެޕްޓެމްބަރުމަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މަރުވި ފާތިމަތު ޝިއުނާގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޝިއުނާ މަރުވީ ރަށްޓެއްސަކާ އެކު ސައިކަލެއްގައި ދުއްވާލަން ނުކުމެ އުޅެނިކޮށް، ފަހަތުން އައި ކާރެއް އެ ސައިކަލުގައި ޖެހި އެކްސިޑެންޓް ވެގެންނެވެ. މި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ކާރު ދުއްވި ގ. ސީވޭވް، އަހުމަދު މަލްދާން އަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ.
މި މައްސަލައިގެ ޝަރީއަތް މިއަދު ފަށައި، މައްސަލަ ނިމެންދެން މަލްދާން ބަންދުކުރަން ކޯޓުން އަމުރުކުރީ ދައުލަތުން އެގޮތަށް އެދުމުންނެވެ. މަލްދާން އެދުނީ ބަންދަށް ލުޔެއް ދިނުމަށެވެ. މަލްދާން ބުނީ އޭނާ އަކީ އާއިލާގައި ހުރި ހަމައެކަނި ފިރިހެންމީހާ ކަމަށާއި މިހާރު ވެސް ގިނަ ދުވަސްތަކެއް ބަންދުގައި ހޭދަވެފައިވާ ކަމަށެވެ.
މި މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ، އެއީ ބަންދަށް ލުއި ދެވޭ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ. މަލްދާން ބަންދުކުރަން އަމުރުކުރީ މުޖްތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެކިންނަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ އެވެ.
ދައުވާގައިވާ ގޮތުން، އެކްސިޑެންޓް ހިނގީ ބަލަންވާ ވަރަށް ނުބައި، މަލްދާން ކާރު ދުއްވުމުގެ ސަބަބުންނެވެ. ދައުވާ ސާބިތުވެއްޖެ ނަމަ ގިނަވެގެން ހަތަރު އަހަރުގެ ދުވަހުގެ މުއްދަތަށް އޭނާ ޖަލަށް ލާނެ އެވެ.
އެކްސިޑެންޓް ހިނގިއިރު، ޝިއުނާ އިނީ ސައިކަލުގެ ފަހަތުގަ އެވެ. މި އެކްސިޑެންޓުގައި، ސައިކަލު ދުއްވީ މީހާ އަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
9282
18 January 2017
އާއިލާއެއްގައި ހުރި އެންމެ ފިރިހެން މީހާ އޯ ކީކޭތޯ މިކިޔަނީ...... ބަލަގަ ކުޑަކުޑަ މައުސޫމް ކުއްޖެއްގެ ހަމައެކަނި މަންމަ ނިޔާޗުން އެއީ ކުޑަ ކަމެއް ނޫނޭ
މީވެސް މީހެއް
18 January 2017
ދެން ކޮބާހޭ މުއިއްޒު ހަރުކުރި ހޮޅިދަނޑި ވެއްޓި މަރުވިމީހާގެ މައްސަލަ އަޅެފަހެ އެހޮޅިދަނޑި ހަރުކުރި މީހާ ގެ ބިރުވެރިކަމެއް ހަމަ ނެތީތަ ގައިމު ތިޔަ ޑްރައިވަރު ދުއްވީ ގަވާއިދަށް ކަމަށް ހެކިވެސް ދީފަ އެބަހުރި މިހާރު ދެން އެހެކިތަކަށްވެސް ކޮފީ ތަށި ފުޅު ބަންޑުންވީކަންނޭނގެ ހަހަހަހަހަ......