ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: އެ ކޯޓުގެ ގާޒީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
22 ފެބުރުއަރީ 2023 - 11:58
ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހިމް އިސްމާއިލްއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.
ގާޒީ އާދަމްގެ މައްސަލައެއް ޖޭއެސްސީން 2021 ވަނަ އަހަރު ބަލަން ފެށީ ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާ ކުޑަކުރި ކަމަށް ބުނެ އެވެ. އެކަމަކު އޭގެ ތަފްސީލެއް ޖޭއެސްސީން މިހާތަނަކަށް ހާމައެއް ނުކުރެ އެވެ.
އެ މައްސަލަ ސާބިތުނުވާ ކަމަށް ނިންމީ މިދިޔަ ހަފުތާގައި ކަމަށް ޖޭއެސްސީން މިއަދު ބުންޏެވެ.
ފަނޑިޔާރުންނާ ގުޅޭ ގިނަ ޝަކުވާތަކެއް ޖޭއެސްސީން މިހާރު ދަނީ ނިންމަމުންނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް ސާބިތުވެ، ބައެއް ފަނޑިޔާރުން ވަނީ ސަސްޕެންޑްކޮށް އަދި ބައެއް ފަނޑިޔާރުންނަށް ނަސޭހަތް ދޭން ވަނީ ނިންމައިފަ އެވެ. އެކަމަކު އެއްވެސް ފަނޑިޔާރަކު މަގާމުން ވަކިކުރާކަށް ނުނިންމަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިސާނރު
22 February 2023
އާދަމް ގާޒީ އަކީ ބަރާބަރު ބޭފުޅެއް. ސުލޫކަކީވެސް ދެން މިހާރު އެއްވެސް ކަމެއް ނޫން، މުޅި ޖޭ.އެސް.ސީ އޮތީ ހިސާންރު ކޮށްފައި.
ހަސަންދީ
22 February 2023
ސުލޫކީ ބޯޑު އެޅުވުމަށްފަހު މައްސަލަ މިނިމެނީ 2 އަހަރު ފަހުން.