ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް: ޕީޕީއެމްގެ އާއްމު މެމްބަރުންތަކަކާ އެކު އެމަނިކުފާނު ބާއްވަން އުޅުނު ބައްދަލުވުން ފުލުހުން ވަނީ ހުއްޓުވާފައި. --ފޮޓޯ: މިހާރު
19 ޖެނުއަރީ 2017 - 15:30
ޕީޕީއެމްގެ އާއްމު މެމްބަރުންތަކަކާ އެކު ރޭ ބާއްވަން އުޅުނު ބައްދަލުވުން ފުލުހުން ހުއްޓުވީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުލުސް އޮފީހުގައި މިއަދު އެދިވަޑައިގެންފި އެވެ.
ހ. ތެމާގައި ހުންނަ މައުމޫންގެ އޮފީހުގައި އެ މަނިކުފާނު ބާއްވަން އުޅުނު ބައްދަލުވުން ހުއްޓުވައި ފުލުހުން އަންގާފައި ވަނީ އެ މަނިކުފާނު ނޫން އެހެން އެއްވެސް މީހަކަށް އެ އޮފީހަށް ރޭ ނުވަދެވޭނެ ކަމަށެވެ. ސަބަބެއް ނާންގަ އެވެ.
ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފަށް، މައުމޫން ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވީ އާއްމު މެމްބަރުންނާ އެކު ބާއްވަން އުޅުނު ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން ނުބޭއްވުނީ، އެކަން ކުރިއަށް ނުގެންދަން ފުލުހުން އަންގާފައިވާތީ، އާއްމު މެމްބަރުންނަށް އިތުރު ތަކުލީފުތަކެއް ނުޖައްސަންވެގެން ކަމަށެވެ. އެކަމަކު ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައިވާ ގޮތުން، ކުރިން ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަން ސިޓީގައި މައުމޫން ފާހަގަކުރެއްވި އެވެ.
"އެހެންކަމުން އެއްވެސް މުއައްސަސާއަކުން މިކަމަށް [ބައްދަލުވުންތަކަށް] ހުރަހެއް ނޭޅޭނެ އެވެ. އެގޮތުން މި ބައްދަލުވުން ކުރިއަށް ނުގެންދެވެންވީ ސަބަބެއް، އަދި ޕާޓީގެ ރައީސްގެ އޮފީހުގައި ޕާޓީގެ ރައީސަށް އާއްމު މެމްބަރުންނާ ބައްދަލުނުކުރެވެންވީ ސަބަބެއް ނޯންނާނެ އެވެ،" ބަޔާނުގައި މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމްގެ އާއްމު މެމްބަރުންނާ ބައްދަލުކުރަން އެ ޕާޓީގެ ރައީސަށް އެއްވެސް ހުރަހެއް ނެތް އިރު ބައްދަލުވުން ހުއްޓާލަން ފުލުުހުން އެންގީ ގާނޫނާ ހިލާފަށް ކަމަށެވެ.
ގާނޫނީ ބައެއް ވަކީލުން ވެސް ވިދާޅުވާ ގޮތުގައި ފުލުހުން ރޭ އަމަލުކުރީ ގާނޫނުއަސާސީއާ ހިލާފަށެވެ. އެއީ، ސަރުކާރުގެ އެއްވެސް އިދާރާއަކުން ކަމެއް ހުއްޓުވާ ނަމަ، ސަބަބު ބަޔާން ކޮށްދޭން ޖެހޭނެ ކަމަށް ގާނޫނުއަސާސީގެ 143 ވަނަ މާއްދާގައި އޮންނާތީ ކަމަށް ވެސް ވަކީލުން ވިދާޅުވެ އެވެ.
އެ މާއްދާގައި ވަނީ، އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ފެނިއްޖެ ނަމަ، އެ ފިޔަވަޅެއް އެޅި ސަބަބު ލިއުމުން ލިބުމުގެ ހައްގު އެ މީހަކަށް ލިބިގެންވާ ކަމަށެވެ.
އަދި އެ ފިޔަވަޅުގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް ނުވަތަ މުޖުތަމައުގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ފެނިއްޖެ ނަަމަ، އެކަމެއް ކޯޓަށް ހުށަހެޅުމުގެ ހައްގު އެ މީހަކަށް ނުވަތަ އެ ބަޔަކަށް ނުވަތަ އެކަމުން ސީދާ ގޮތެއްގައި އަސަރު ފޯރާފާނެ ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް ވެސް އެ މާއްދާގައިވެ އެވެ.
ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕާޓީގެ ހިންގުން ވަނީ މުސްތަޝާރާ ހަވާލުކޮށްފަ އެވެ. އެ ހުކުމާ އެކު ޕިޕީއެމްގެ ހުރިހާ ކަމެއް ވެސް މިހާރު ކުރަނީ އެ ފެކްޝަނުންނެވެ.
މީގެ ކުރިން ވެސް މައުމޫން ބާއްވަން އުޅުނު، ޕީޕީއެމްގެ ފަސް ވަނަ އަހަރީ ޖަލްސާ ވެސް ފުލުހުން ވަނީ ހުއްޓުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސުރު
21 January 2017
ތީ އަދި ދުރުގަ ތިބޭ މީންނާއި ހެދި އުނދަގޫ ވާވަރު. ތިވަރުން ދަންޏާ ގޭގަ އުޅޭ މީންހުންގެ އުނދަގޫ މީނަޔަށް ހާދަ ބޮޑުވާނެތާދޯ.
ވިލޭއަލި
20 January 2017
މައުމޫނުގެ ކިބައިން ރާއްޖެ ސަލާމަތް ވާނެ ގޮތެއް ހަމަ ނެތީބާ؟ ކިހާ ބޮޑު އުނދަގުލެއް.
ރަޝީދު
20 January 2017
ތީހަމަ ގޭމް އުމަރަށް އަދި ރައިޔަތުން ނަށް އޮޅުވާލަން... ކުޑަސްޓަންޓެއް ޖައްސާލީ... ދެބޭން އެއްބަސް ކިޔާފައި ކުރާ ކަންތައް...ތީ... ވަރަށް ސަލާމް
ކޮލޮމްބޯ
19 January 2017
އެންމެ ފުރަތަމަ ސިވިލްކޯޓާއި ދެކޮޅަށް ސިވިލްކޯޓަށް މައްސަލަ ހުށައެޅީއެވެ. ދެން މިހާރު ފުލުހުންނާއި ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށައެޅީއެވެ. މިހިރީ ކުޑަކުއްޖަކުވެސް ނުކުރާކަހަލަ ކަންތަކެވެ. ޑޮކްޓަރަށް ދައްކާލުން ބުއްދިވެރިއެވެ.
އުމަރު
19 January 2017
މައުމޫނު ތިޔަހައްދަވަނީ އެންމެ ރަނގަޅުގޮތަށް، ބައްދަލުވުން ބޭއްވިޔަނުދިމަށް ހުރަހަކަށްވީ ޕޮލިހުންގެ ފަރާތުން އައިމީހުން، އަދި އެމީހުން އައީ ވަކި މީހެއްގެ އަމުރަކަށްވިޔަސް އެމީހުން މައުމޫނުގެ އޮފީހަށް އައިސް ދެއްވި އިންޒާރުގެ މައްސަލަވެސް ބަލަންޖެހޭ، އެގޮތަށް ޕޮލިހުން އައިސް އިންޒާރުދެންޏާ ދެން މިޤައުމުގައި އެއްވެސް ގާނޫނެއް ނުހިނގަނީ، އަޅުގަނޑު އެދެނީ ޕޮލިހަށް މައްސަލަ ހުށަހަޅައި، އަދި ޕޮލިސް އިންޓަގިރިޓީ ކަމިޝަނަށް ތިޔަ މައްސަލަ ހުށަހަޅައި މިދެންނެވި ޕޮލިހުންނާ ދޭތެރޭގައި ފިޔަވަޅު އެޅުމަށް އެންގުން އަދި މައްސަލަ ބެލުމަށް އެންގުން، އޭގެ އިތުރުން ހިއުމަންރައިޓްސް ކަމިޝަނަށާއި، ކޯޓުތަކަށްވެސް މައްސަލަ ވައްދަންޖެހޭ، މީގެ އިތުރުން ބައިނަލް އަގުވާމީ އެދި ތަންތަނަށްވެސް ތިޔަ މައްސަލައިގެ ސިޓީއެއް ފޮނުވަންޖެހޭ، އެއިރުން އެމީހުން ސަރުކާރާ މަޝްވަރާކުރާއިރު ތިޔަ ކަމުގެ ރިކޯޑް އޮންނާނެ، މިހާރު ސަރުކާރަށް އަދި ޕޮލިސް އޮފީސް ހިންގަންތިބި މީހުންނަށް އެނގޭ ރައްޔިތުންތިބީ ބިރުވެރިކަމެއްގެ ތެރޭގައިކަން އެހެންކަމުން ގަސްދުގައި ބިރުދައްކަނީ، އަދި އެއްވެސް މީހަކު ބުނެގެންނުވާނެ ސިޓީލިޔަކަސް ކަމެއް ނުވާނެއޭ، އެކަމަކު ސިޓީތަށް ފޮނުވާފައި އޭގެ ކޮޕީ ރައްކާކޮށްފައި ބަހައްޓަންވާނެ އޭގެ ބޭނުންޖެހޭ ދުވަހެއް އަންނާނެ އަދި މިދުނިޔޭގައި އަންނާނެ
މަކްޓޯ
19 January 2017
މައުމޫން ތިހެން އުޅެންވެއްޖެނަމަ 800 މިލިއަން ޑޮލަރުގެ މައްސަލަ ސާބިތުވެދާނެ. އޭރުން ޖެހޭނީ ބްރޯ އާއި ޖެހިގެން ގޮޅިއެެއް ހަދަން.
މުގާބޭ
19 January 2017
މައުމޫނު ޒަމާނުގާ މައުމޫނަކީ މާ ޑިމިކުރެޓިކު މީހެއް ނޫން. އެކަމަކު މިހާރު ހާދަ ޑިމޮކުރެޓިކޭ.
ބާރީ
19 January 2017
ރައީސް ނަޝީދުގެ ވެރިކަމުގައި ފުލުހުން އިހުތިޖާޖުކުރި މައިގަނޑު މައްސދަލައަކީ ސަރުކާރުން ފުލުހުންނަށް ޣައިރުޤާނޫނީ އަމުރުކުރުން ކަމަށް ފުލުހުން އެދުވަހު ބުނި، އަދި ޣައިރުޤާނޫނީ އަމުރު ފުލުހުންގެ މައްޗަށް ނުކުރުމަށް އެދި ސަރުކާރުގައި ދަންނަވަމުން ގެންދިޔަ އެންމެފަހުން ކެއްތެރިކަން ކޮޅުންލައިގެން ގޮސް ސަރުކާރާ ދެކޮޅަށް ފުލުހުންވެސް ސިފައިންވެސް އަދި ރައްޔިތުން ވެސް ނިކުތީ އެންމެފަހުން ހާސް ބޮލަށް އަރައިގެން ނަޝީދު އިސްތިއުފާދީފަ ގެއަށް ދިޔައީ ވަރަށް ވޭންދެނިވި ހިތި ގޮތަކަށް ، އެޙާދިސާއަށް އަދި މާގިނަދުވަހެއް ނުވޭ، އަދި އެފަދަ ހިތި ތަޖުރިބާއެއް ތަކުރާރު ވުމަކީ ޤައުމުދެކެ ލޯބިވާ އެއްވެސް މީހަކު އެދޭނެކަމެއް ނުން، އެހެންނަމަވެސް އެކަން ސަރުކާރުން ތަކުރާރުކުރާނަމަ ސިފައިންނބާއި ފުލުހުންނާއި މުއައްސަސާތަކާއި ޢާންމުރައްޔިތުންގެ ކެއްތެރިކަން ކޮޅުންލައިގެންގޮސް ހިތާމަވެރި ކަންތައްތަކެއް ފެނިގެން ދިއުމަކީ ހަމަ ވެދާނެެކަމެއް
ބީޓްއިޓް
19 January 2017
ބައްދަލުވުން ބޭއްވިޔަ ނުދިނުމުން މައުމޫނު ފުލުސް އޮފީހުގައި އެކަން ބަލައި ދިނުމަށް އެދި ވަަޑައިގަތުން އެއީ މައްސަލަ އެެއް ނޫނެވެ. އެކަަމަކު މަމެން ބުނަން ބޭނުންވަނީ ޕީޕީއެމް އަކީ އެއީ ގާނޫނީ ގޮތުން މިހާރު މަމެންގެ މުޝްތަޝާރުގެ އެއްޗެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައި ކަމަށް. މިކަން އަންޑަރސްޓޭންޑް ވާންވި އެންމެންނަށް. އެއިރުން ރަނގަޅު ވާނެއެވެ. ނޯ ވަން ކޭން ބީޓް އަސް.
ޚަލޯ
19 January 2017
ކުފުރު ނުވައްޗޭ
ފާއިޒު
20 January 2017
ފިރުޢައުނުވެސް ތިޔަހެންބުނި! މިލޮސުވިޗްވެސް ތިޔަހެން ބުނި!!!!! އެކަމަކު ވަގުތުޖެހުނީމަ ވަރަށް ހިތި!!!!!
ފާތުން
19 January 2017
މަޢުމޫނު ފުރަތަމަ ތިއަމުރަށް ތަބާވާކައްވެސް ނުޖެހެ!