ކުރީގެ ރައީސް ޔާމީން: 52 މިލިއަން ދައުލަތަށް ދޭން އެމަނިކުފާނުގެ މައްޗަށް ކުރި އަމުރުގެ މައްސަލަ ހައި ކޯޓުން މިހާރު ވަނީ ބަލައިގެންފައި --- ފޮޓޯ/މިހާރު
26 މާޗް 2023 - 14:09
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރިކަން ސާބިތުވި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރި އަމުރުގެ އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފި އެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ މައްސަލާގައި އެ މަނިކުފާނު ލޯންޑާ ކުރި ކަން ސާބިތުވި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދޭން ކޯޓުން މިދިޔަ މަހު އަމުރެއް ނެރުނެވެ.
ކްރިމިނަލް ކޯޓުގެ އެ އަމުރު އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން މިހާރު ވަނީ ބަލައިގަނެ، ރަޖިސްޓްރީ ކޮށްފަ އެވެ.
ޔާމީން ޖަލަށްލާން ކުރި ހުކުމް ވެސް އިސްތިއުނާފަށް އޮތީ ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.
އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ވެސް ދައުލަތުން ޔާމީންގެ މައްޗަށް ދައުވާކުރެ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންނަނީ އަންނަނީ
28 March 2023
މުއިއްޒު ޕޕމ އިން ނެރެ ކެމްޕޭން ފަށަންވީ
ކަތްދައްތަ
27 March 2023
ޖަލު ޙުކުމަށްވުރެ ޔާމީނަށް މުހިންމީ އެފައިސާކޮޅުގެ ނުދީވާނެ ގޮތެއް. އަތުން ލޯލާރިއެއްވެސް ދޫކޮށްލާކަށް ހިތަކަށް ކުޅަދާނައެއް ނުވާނެ އޭނާއަކަށް. ނަމަވެސް ލާރި ކޮޅާ ނިބެހެންޏާ ތިޔަހެން އަދިން ދެން ޙުކުމް ލެޑިޔަސް ޖަލުގަ އޮވެދާނެ.
ޢަރުތަ
27 March 2023
ބަލަގަ ކިހިނެއް މިހާރު މިވަނީ! ރ ޔާމީނުގެ މައްޗަށް ކުރީ ޙަރާމް ހުކުމެއް ކަމަށް އެޕާޓީގެ ފަތުވާ ކޮމެޓީން ނިންމާފަ އޮއްވާ ދެން ކޮން އިސްތިއުނާފެއްބާ! އެއީ ޙަރާމް ހުކުމެއް ކަމަށް ކަނޑައަޅާދިނުމަށް އެދިބާ!
ދޮންޑު
26 March 2023
އިބޫ އެބައުޅޭ ކޯލިޝަހަދާނެ މީހަކުނުވެގެން، އަޅެ އަދުރޭފޮނުވަބަލަ އޭނަގާތައް ،އޭރުން ތި 52 މިލިޔަންވެސް ސަރުކާރުން ތިކޮޅައް ދޭގޮތައްވެސް ބަދަލުވެދާނެ
ޢެމެރިކާ
26 March 2023
ރައިސް ޔާމިންގެ ދައުރުގަ ރާއްޖެ ދިޔައީ ވަރައް މާރުމިނުގަ ކުރިއައް. އަދި އެއްފަހަރު ރައިސް ޔާމިން ވެރިކަން ކުރާނެ އިންޝާﷲ
ޢަރުތަ
27 March 2023
ކަރުދާހުގެ އެއްފުށް ތިފެންނަނީ، ނޫނީ އަނެއްފުށް ބަލަން ބޭނުން ނެތީ، ބާރުމިނުގަ ރާއްޖެ ކުރިއަށް ދިއަކަމާ ދޭތެރޭ އެއްވެސް ޝައްކެއްނެތް، އެކަމަކު ދެންވީގޮތެއް ހަމަ ބަލާލާކަށްވެސް ބޭނުމެއްނެއްތޯ! ނޫނީ ކަރުދާހުގެ އަނެއްފުށުގަ ހުރި ކަންކަން އެއީ އެންމެ ރަނގަޅު ކަންކަން ކަމަށް ނިންމީތޯ! އަމިއްލަ ޟަމީރު އެގޮތް ގަބޫލުކުރީތޯ.
ބަޑިތަކުރު
27 March 2023
ބޮޑެތި ކަންކަން ކޮށްފައިވާތީ އެއީ ތަރައްގީގައި ކުރިޔަށް ދިޔުންކަމަށް ބެލިދާނެ. އެކަމަކު އެއީކީ ފަހަރެއްގައިވެސް ގައުމު ތަރައްގީ ކުރަން ކުރިކަންކަމެއްނޫން. ބޮޑުއަގެއް ދިނީމާ ކަމިޝަނަށް ލިބޭބައި ބޮޑުވާނެތީ ހައްތަހާވެސް ބޮޑެތި ކަންކަން ކުރީ. ކަމިޝަން ނުނެގިނަމަ އެކަންކަމުގެ އަގު ލައްކަތަނުން އަގުހެޔޮވީސް. އެވަރުން ނުފުދިގެން ދައުލަތަށް ލިބެންވާ ބައިވެސް އަނބުރަމުންގެންގޮސް އެކައުންޓަށް ވެއްދީ. އެކަމަކުވެސް އަދިވެސް އަންނަންތަ ބޭނުންވަނީ.
އެގުޅި
26 March 2023
ވީހާވެސް އަވަހަކަށް އެ ފައިސާ ދިނުމަށް އަންގާވާ ދެއްވާށެވެ. އެކައުންޓުތަކުގަ އެހުރި ފައިސާތަކަކީ ހަލާލު މަސައްކަތުން ހޯދާފައިވާ ފައިސާ ނޫންކަން ހަމަ ކޮންމެ މީހަކަށްމެ އެނގި ފައުޅުވެގެން ވެއެވެ. ދެރައީ އަނބިމީހާވެސް ކޮންތާކުން ހޯދި ފައިސާތަކެއްތޯ އަހާ ނުލީމައެވެ.
ވަހިިީދުއަ
26 March 2023
ޔާމިންހަމަމިހާރުންމިހާރައްދޫކޮއްލާ....
ގެދާނޯމޮސް
26 March 2023
ޔާމީން ޖަލަށްލާން ކުރި ހުކުމް ވެސް އިސްތިއުނާފަށް އޮތީ ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ. މީ އުންމީދު ކުރާވަރުގެ ކަމެއްނޫނެވެ..!
ޢަރުތަ
27 March 2023
އެހެންތާވާނީ، ޙަރާމް ހުކުމެއް ކަމަށް އެވެރިން އެކިޔަނީ، އެހެންވީމަ ހަރާމް ހުކުން ނުޖެހޭނެ އިސްތިއުނާފު ކުރާކަށް، ކުޅަދާނަ ބައެކޭ އުތަ ޙަލާލު/ޙަރާމް ވެސް މިހާރު ކަނޑައަޅަނީ ސިޔާސީ ޕާޓީތަކުން ވިއްޔަ، ދައްކަވަން ހުރި ތަނެއް ދައްކަވާފަ..........
ބުލްބުލާ
26 March 2023
ދައުލަތުގެ އެއްމެލާރިއެއްގައި މީހަކު ޖެހިއްޖިޔާވެސް އެފައިސާ ހޯދާ ދެވެން އޮތް އެއްމެމަތީ އަދަބެއް ދިނުމަށް ގޮވާލަން. ފަހުގެ ތާރީހެއްގައި ކޯޓުން ނެރުނު އެއްމެ ހަލާލު ހުކުމް އިން މިކަން ސާފް.
ދެން
26 March 2023
ކޮންމެ މުއާމަލާތެއް ހިންގާއިރު، އަޅުގަނޑަށް ވީ ބައި ކޮބައިތޯއޭ ސުވާލު ކުރެވޭނަމަ، ފުށް އެކަންޏެއްނޫން، ހަނޑޫ ވެސް ގިރޭނެ.