ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ޔާމީން 52 މިލިއަން ދައްކަން އެންގި މައްސަލައިގެ އިސްތިއުނާފް ބުދަ ދުވަހު ފަށަނީ

ޔާމީން ޖަލަށް ވަޑައިގަތުމަށް ލޯންޗްގައި މަޑުކުރައްވައިގެން: ދައުލަތަށް 52 މިލިއަން ދޭން އެމަނިކުފާނުގެ މައްޗަށް ކުރި އަމުރުގެ އިސްތިއުނާފްގެ ޝަރީއަތް ބުދަ ދުވަހު ފަށަން ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު

ވ. އާރަށް ކުއްޔަށް ދިނުމުގައި މަނީ ރިޝްވަތު ނަގައި މަނީ ލޯންޑަރިން ހިންގި މައްސަލާގައި ދައުލަތަށް 52 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފްގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ޔާމީނަށް އެންގެވީ އެ މައްސަލާގައި ލޯންޑާކުރި ފައިސާ ދައުލަތަށް ނެގުމަށެވެ.

އެ އަމުރު އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށްފަހު އަންނަ ބުދަ ދުވަހުގެ ހެނދުނު އެ މައްސަލާގެ ޝަރީއަތް ފަށަން އެ ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ޔާމީނަށް ކުރާ ދައުވާގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ގޮތް ވެސް ޔާމީންގެ ފަރާތްޕުޅުން އޮތީ އިސްތިއުނާފަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލާގެ އިސްތިއުނާފް އަޑުއެހުން މާދަމާ ބާއްވަން އޮތީ ހަމަޖައްސައިފަ އެވެ.

ޔާމީން 11 ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފަށް ހުށަހަޅާފައި ވިޔަސް، އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

12 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުވޭ

28 March 2023

ހާރާން ހުކުމެކޭ ގޮވަނީ އެކަމަކު މަތީ ކޯޓްތަކުގައި އިސްތިއުނާފު ކުރަނީ.

The name is already taken The name is available. Register?

އަންދަލޫސިޔާ

28 March 2023

ޕީޕީއެމް އިން 2023 ގަ ވާދަ ނުކުރާނެ. ޔާމީނު ބޭނުންވާނީ އޭނާ އަށް ކުރިމަތިނުލެވެންޏާ އެހެން އެއްވެސް މީހަކު ޕީޕީއެމް އިން ކުރިމަތިނުލާން. ޑރ. މުޢިއްޒުއަށް ޓިކެޓް ދީފިނަމަ ޔާމީން އަތުން ޕާރޓީ ގެއްލޭނެތީ ޑރ. ވަހީދު ނޫނީ އާދަމް ޝަރީފަށް ޓިކެޓް ދޭނީ!

The name is already taken The name is available. Register?

އަންނަނީ އަންނަނީ

28 March 2023

މި ކަން ކާމިޔާބު ވާނެ ކަމުގެ އޮތީ ކޮން ޔަގީންކަމެއް ތޯ ވަގުތުތައް އިސްތިއުނާފު ކާމިޔާބު ވާނެ ކަނަށް ދުއްވާނުލާ ޕޕމ އިން ޑރ މުހައްމަދު މުއިއްޒު ނެރެ ކެމްޕޭން ފަށަންވީ މުއިއްޒު 2023 އިންޝާ ﷲ

The name is already taken The name is available. Register?

ކާތިބު

27 March 2023

ކުރީގެ ރައީސް އިބްރާހިމް ނާޞިރުގެ ގެދޮރާ މުދާ ވެސް ދައުލަތަށް ނެގި. އެހެންވީމަ ފައިސާ ނުދައްކައިފިއްޔާ އުސްޓަވަރ ވިއްކާލާފަ ނަމަވެސް ދަރަނި އަދާކުރަންޖެހޭނެ. ބެންކު ލޯނު ނުދެއްކީމަ މީސްމީހުންގެ ގެދޮރު ވެސް (މޯގޭޖްކޮށްފަ ހުރުމުން) އެވިއްކަނީ. ރައްޔަތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭން ﷲ ގަންދީ ހުވާކޮށްގެން ހުރެ ރައްޔަތުންގެ މުދަލުން ވައްކަންކޮށް މަންފާ ހޯދުމަކީ ހާދަހާވާ ނުބައި ކަމެކޭ. ޙުކުމެއް ނޫން ޙަރާމީ. ކުރި ކަންތައް ޙަރާމީ. މުޖައްރިބު.

The name is already taken The name is available. Register?

މިސްޓަރ ޓިނޭ

28 March 2023

ޝުކުރިއްޔާ ރައީސް ޔާމީން

The name is already taken The name is available. Register?

އަންނަނީ އަންނަނީ

27 March 2023

މުއިއްޒު 2023

The name is already taken The name is available. Register?

ފޮނި ފާތުން

27 March 2023

ތިޔަހާ ރައްޔިތުންނާއި ދައުލަތަށް ހެޔޮއެދޭ ނަމަ ތި ލާރި އަވަހަށް ދައްކަންވީނު ނުދައްކާ ފަރުޖެހޭތޯ މަތީ ކޯޓު ތަކަށް ނުދުވެ.. ދަހި މީހެކޭ ދޯ؟

The name is already taken The name is available. Register?

އަންދަލޫސިޔާ

27 March 2023

ވައްކަންކޮށްގެން ސަލާމަތްވެވިގެން ނުވާނެ!

The name is already taken The name is available. Register?

އަންނަނީ އަންނަނީ

28 March 2023

ޑރ މުހައްމަދު މުއިއްޒު އަކީ އިލްމީ ގާބިލް ބޭފުޅެއް މިހާރު މާލޭ ސިޓީގައި ހިންގާ މަޝްރޫއު ތަކަށް ބަލައިލުމުން ވެސް މިކަން ހާމަވާނެ މއއޒ2023. އިންޝާ ﷲ އިސްވެ ދުށް ކެރުމާއި މަންޒަރު ދައުރުވާ މއއްޒ ހޮވުމަށް ނިންމައިފީމޭ ވޯޓު ލާން މިކޮމެންޓް މި ސައިޓަށް ޕަބްލިޝް ކުރަން ނުކެރުނަސް މީ ހަގީގަތް

The name is already taken The name is available. Register?

މާލިމީ

27 March 2023

ނުދޭނެ ނުދޭނެ، ޔާމީނު ކީއްކުރަން ދެންތިބި މީހުންވެސް ނުދޭނެ

The name is already taken The name is available. Register?

48343

27 March 2023

ބަލަ ކައިލިއެއްޗެއް ޖެހޭނީ އަނބުރާ ދޭން. ކޮންމެގޮތެއްހަދާފާނަމަވެސް ތި ނެރޭނަން.

The name is already taken The name is available. Register?

މިސްޓަރ ޓިނޭ

28 March 2023

ފައިސާ ފައިސާ ަ ފައިސާ ފައިސާ ފައިސާ ފައިސާ ފައިސާ ފައިސާ ، އެގުޅީގަ ހުރި މަގޭ ފައިސާ ، އަދީބު އަތުގަ ހުރި މަގޭ ފައިސާ ، މމޕރސ ގަ ހުރި މަގޭ ފައިސާ ފައިސާ ފައިސާ ފައިސާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454