ޚަބަރު / ހައި ކޯޓް

އިސްތިއުނާފް ނިމެންދެން ފުއްގިރި މައްސަލާގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް އެދެފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ވަޑައިގަތުމަށް ލޯންޗްގައި: ފުއްގިރި މައްސަލާގައި އެމަނިކުފާނަށް ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަށް ވަނީ އެދިފައި --- ފޮޓޯ/މިހާރު

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ހައި ކޯޓުގައި މައްސަލައެއް އިސްތިއުނާފް ކޮށްފައިވާތީ ކްރިމިނަލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލަން އެ މަނިކުފާނުގެ ފަރާތްޕުޅުން މިއަދު ހައި ކޯޓުގައި އެދިވަޑައިގެންފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރަނީ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.

ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވީ ފުއްގިރި މައްސަލާގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމާފައިވާ ނިންމުންތަކެކެވެ. އެއީ ބައެއް ހެކިތައް ބަލައިނުގަތުމަށް އެ މަނިކުފާނު ފަރާތްޕުޅުން ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމާއި ބައެއް ލިޔުންތައް ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމާފައިވާ ނިންމުމެވެ.

މިއަދުގެ އަޑުއެހުމުގައި ޔާމީނާއި ވަކީލުން ބައިވެރިވަނީ

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަކީލުން ވިދާޅުވީ، އެ މައްސަލަ ހައި ކޯޓުގައި ތާވަލް ކޮށްފައި ވަނިކޮށް، ފުއްގިރި މައްސަލާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުން އަންނަ ހަފުތާގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. އެހެންވެ، ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރެދޭން ވަކީލުން އެދިވަޑައިގަތެވެ.

ދައުލަތުން ބުނީ އިސްތިއުނާފު ކޮށްފި ނަމަ އާންމު އުސޫލުން ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް މަޑުޖައްސާލާނެ ކަމަށެވެ. އެކަމަކު، ހައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ފުއްގިރި މައްސަލަ ކުރިއަށް ގެންދާ ނަމަ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރެން ދައުލަތުން ދެކޮޅު ނަހަދާނެ ކަމަށް ދައުލަތުން ބުންޏެވެ.

ހައި ކޯޓުން އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗް

ޔާމީންގެ ވަކީލުން ވިދާޅުވިގޮތުގައި، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމުން ނިންމީ މަތީ ކޯޓުތަކުގެ ނިންމުންތަކާ ހިލާފަށް، އެ ނިންމުމަށް ވާސިލްވި ސަބަބެއް ބަޔާން ނުކޮށެވެ.

ބަލައިނުގަތުމަށް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސްގެ ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ހިމެނެ އެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ މައްސަލާގައި ދައުލަތުން ޖަވާބުދާރީވުމެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.

އާރަށް މައްސަލާގައި ޔާމީން ޖަލަށްލާން ކުރި ހުކުމް ވެސް އެ މަނިކުފާނުގެ ފަރާތްޕުޅުން އޮތީ އިސްތިއުނާފަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ މިހާތަނަކަށް ބަލައެއް ނުގަނެ އެވެ.

20 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 13%
icon angry icon angry 63%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުމީހާ

29 March 2023

މިވަރުވީމަ ދެން މިގައުމުގަ ކަމެއް އިސްލާހުވާނެކަމަށް އުއްމީދުކުރުމަކީ ބޭކާރުކަމެއް. ޕީޕީއެމްގައިވެސް ގާބިލު އެތައް ބަޔަކު އެބަތިބި. ދައުލަތުގެ ފައިސާގައި ޖެހިފައިހުރި މީހަކު ހިމާޔަތުގައި ރައްޔިތުންތަކެއް އުޅުމަކީ އެ ބަޔެއްގެ ގޮތެއް ނެތްކަން އަދި ވައްކަމާއި ކޮރަޕްޝަނަށް ހިތްވަރު ދިނުން. މިމަންޒަރު މިވަގުތު އޮތް ސަރުކާރުތެރެއިންވެސް ފެނޭ

The name is already taken The name is available. Register?

ބަޑިތަކުރު

29 March 2023

ކުރީގެ ސަރުކާރުން ފެނިގެންދިޔަ ކޮރަޕްޝަންތަކާއި މިސަރުކާރުގެ ތެރެއިން ފެންމަތިވާ ކޮރަޕްޝަންތަކުގެ ތަފާތު ދެނެގަތުން ވަރަށް މުހިންމެވެ. ކުރީގައި އެކަންކަންކުރީ އެންމެ އިސްމީހާގެ މޭސްތިރިކަމުގައި މުޅި ނިޒާމު އެކަމަށް މަގުފަހިވާނޭހާގޮތަކަށް ބައްޓަންކޮށްގެން އެންމެން ގުޅިގެންނެވެ. އެހެން ސަރުކާރުތަކުން ފެންނަނީ ވަކިވަކި ފަރުދުން އަމިއްލަ އެދުމަށް ހިންގާފައިވާ ކޮރަޕްޝަންތަކެވެ. އެއީ އިންސާނުން އުޅެންޏާ ވެދާނެކަމެކެވެ. މި ތަފާތު އެނގެންޖެހެއެވެ.

The name is already taken The name is available. Register?

ގ‫ާބުރި

29 March 2023

ކ‫ުށުން ފުރިފައިވާ މީހަކު ކުށެއް ނެތްކަމަށް ނިންމޭނެ ގޮތެއް ނުވިސްނުނު

The name is already taken The name is available. Register?

އަންޑޭ

28 March 2023

ޔާމީންގެ ލީގަލް ޓީމުން ބޭނުންވަނީ ޔާމީން 2023 އަށް ނުކުތަ ނުދިނުން.

The name is already taken The name is available. Register?

އަންނަނީ އަންނަނީ

28 March 2023

މުއިއްޒު 2023

The name is already taken The name is available. Register?

ފައިސާގޯނި

28 March 2023

މައްސަލަތައް މަޑުޖައްސާލުމަކީ އަހަރެމެން ޕޕމ މެމްބަރުން ބޭނުންވާގޮތެއްނޫން، އަހަރެމެންބޭނުންވަނީ ވީހާވެސް އަވަހަކަށް ތިމައްސަލަތައްބަލާ ނިންމާ ރ.ޔާމީނަކީ ކުށެއްނެތް މީހެއްކަމައް ސާބިތުވެ ރިޔާސީ އިންތިހާބުގަ ވާދަކުރެވުން، މުއިއްޒުމެން، އަދުރޭމެން، ސައީދުމެންބޭންވަނީ މައްސަލަތައް ދިގުލާގެންގޮސް އިންތިހާބާ ކައިރިވީމަ ރ.ޔާމީނަށް ހުކުމްކޮށް އިންތިހާބުގަ ބައިވެރިނުވެވޭގޮތްހެދުން، އެއީ ރ.ޔާމީންއަށް އަހަރެމެން އަރުވާފަވާ އެއްޗެއް

The name is already taken The name is available. Register?

ގެދާނޯމޮސް

28 March 2023

ދިހެވި ބަހުގަ އަރުވާފަ ބޭނުން ކުރުމުގެ ބަދަލުގަ ރީތިގޮތަކީ ދެއްވާފަ ވާ އެއްޗެއް ކަމަށް ބުނުމެވެ. ނަމަވެސް ބައެއްއަންހެނުން ނަށް މިބަސް ބޭނުން ކުރެވެނީ ބޭއަދަބީ އިބާރާތަކުންނެވެ.

The name is already taken The name is available. Register?

މޮޔަވެއްޖެ

29 March 2023

ގެރާނޯމޮސް، އަލުން ދިވެހިބަސް ދަސްކުރުން ބުއްދިވެރި. އޭރުން ބޭޒާރެއްނުވާނެ.

The name is already taken The name is available. Register?

އިނޑޔ

28 March 2023

މުޅި ސަރުކާރު މުއިއްޒު ދެކެ ބިރުން ކުޑަކަކޫ މައްޗަށް ތިރިވެއްޖެ – އަދުރޭ

The name is already taken The name is available. Register?

ވިންޑޯސް

28 March 2023

ލެޓްސް ސީ ހޫ ވިލް ވިން

The name is already taken The name is available. Register?

އަބޫޫ

28 March 2023

ޔާންޓެ 2028 މުއިއްޒު 2023

The name is already taken The name is available. Register?

މިފަހަރު ޔަގީން

28 March 2023

2023 ނޮވެމްބަރު 11ގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވާނީ ޑރ މހއމދ މއއޒ އިންޝާ ﷲ

The name is already taken The name is available. Register?

އަންޑޭ

29 March 2023

ވައްކަމުގެ މޭސްތިރިން ކަމަކުނުދޭ. އާދަމް ޝަރީފް ނޫނީ ސަޢީދު ރަނގަޅުވާނެ ޕީޕީއެމް އިން.

The name is already taken The name is available. Register?

ނަނާ241

28 March 2023

ތިމީހާ ލަދެއްވެސް ނުގަންނަތޯ

The name is already taken The name is available. Register?

މީހާ މިހާ

28 March 2023

ކޮން މީހާ

The name is already taken The name is available. Register?

އަންނަނީ އަންނަނީ

28 March 2023

ޑރ މުހައްމަދު މުއިއްޒު އަކީ އިލްމީ ގާބިލް ބޭފުޅެއް މިހާރު މާލޭ ސިޓީގައި ހިންގާ މަޝްރޫއު ތަކަށް ބަލައިލުމުން ވެސް މިކަން ހާމަވާނެ މއއޒ2023. އިންޝާ ﷲ އިސްވެ ދުށް ކެރުމާއި މަންޒަރު ދައުރުވާ މއއްޒ ހޮވުމަށް ނިންމައިފީމޭ ވޯޓު ލާން މިކޮމެންޓް މި ސައިޓަށް ޕަބްލިޝް ކުރަން ނުކެރުނަސް މީ ހަގީގަތް

The name is already taken The name is available. Register?

އަންދަލޫސިޔާ

28 March 2023

ރާއްޖޭގައި ދީފައިވާ ފްލެޓްތަކުގެ ލިސްޓަށް އަތްބާނައި ބަހާލިމީހާ. ޕާކިންގ ސްޕޭސްގެ ނަމުގައި މާލޭގެ ބިން ވިއްކި މީހާ.

The name is already taken The name is available. Register?

މާނުބެ

28 March 2023

ޢިސްލާމީ މަރުކަޒު ބޭރުގަ ޖެހި މާބުލުން ވެސް އެގިއްޖެ މުއިޒު އަކީ ގާބިލު މީހެއްކަން.އަހަރެމެންރަށުގަ އެއްކަމެއް ހަފަރު ކޮށްގެން ވެސް ރަގަޅު ނުވީމަ ކިޔަނީ މުއިޒު ވީ އޭ. ތީ ބޮޑު ފޭލިޔާ އެެއް. ސިޓީ ކައުންސިލަށް ހޮވީ އެމަގާމަށް ރަނގަޅު މީހަކު ކުރިމަތި ނުލީމަ. މޑޕ ޝިފާ މެންނަށް ހިންގަން ނޭގުނީމަ.

The name is already taken The name is available. Register?

ގެދާނޯމޮސް

28 March 2023

ހިޔަށް ގޮސްހުސްވެފައެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454