ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ނިޔާވި އަބްދުﷲ ރަޝީދު.
03 އެޕްރީލް 2023 - 13:51
ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ ކުރީގެ އެޗްޑީސީ ނުވަތަ އާބަންކޯގައި މަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސްވީ މުވައްޒަފެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ އެކްސިޑެންޓުގައި ނިޔާވީ ހުޅުމާލޭގައި ދިރިއުޅޭ އަބްދުﷲ ރަޝީދު، 59 އެވެ.
އެނގިފައިވާ ގޮތުގައި، އޭނާ އަކީ ހުޅުމާލޭގެ ފުރަތަމަ ރަށްވެހިންގެ ތެރޭގައި ހިމެނޭ މީހެކެވެ. މަސައްކަތު މީހެއްގެ ގޮތުގައި އޭނާ އާބަންކޯގައި މަސައްކަތްކުރާތާ 8 އަހަރު ވެއްޖެ އެވެ.
އާބަންކޯގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ އެ ކުންފުނީގެ ޕިކަޕަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ.
އެ ކުންފުނިން ވަނީ އަބްދުﷲ ރަޝީދުގެ އާއިލާ އަށް ތައުޒިޔާ ކިޔައިފަ އެވެ.
ހުޅުމާލޭގައި މިއަދު ހިނގި އިތުރު އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ https://t.co/BSPZTicDbM
— Mihaaru (@Mihaarunews) April 3, 2023
އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.
ފުލުހުން ބުނި ގޮތުގައި، އަބްދުﷲ ރަޝީދު ނިޔާވީ މިއަދު ހެނދުނު 10 ޖަހަން އުޅެނިކޮށް، ހުޅުމާލެ 2 ގެ އެމްޕީއެލް ފްލެޓްތައް ކައިރިން ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފަ އެވެ.
ރޭ ދަންވަރު ހުޅުމާލޭގައި ހިނގި އެހެން އެކްސިޑެންޓެއްގައި ވެސް ދެ މީހަކަށް އަނިޔާވެގެން އަންނަނީ ފަރުވާދެމުންނެވެ. ދެ ސައިކަލް ޖެހި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ފިރިހެނަކާއި 56 އަހަރު ފިރިހެނަކަށެވެ. އެތަނުން ދޮށީ މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން މިއަދު ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަމުންދާގޮތް
04 April 2023
ހުޅުމާލޭގަ ވަރަށް ގިނަ ަބއްތި ނުދިއްލި އެބަހުރި ފޭސް 2ގަ އަދި ހަމަ އެ ސަރަހައްދުގަ ބައްތި ނުޖަހާވެސް ވަރަށް ގިނަ މަގުތަކާ ގޯޅިތައް އެބަހުރި މިހުންނަނީ އެޗްޑީސީގެ އިހްމާލު ބައްތިއެއް ރަނގަޅުކުރަނީ ދުވެލި މަޑުކުރާ އޮޅިތައް ނަގަނީ މީހެއްގެ ފުރާނަ ދިޔުމުން އެންމެ ބޮޑު މައްސަލއަކީ އެޗްޑީސީގަ ރައްޔިތުންގެ ވޯޓުން އިންތިކާބު ކޮށްފަ ހުރި ހަމަ އެކަކުވެސް ނެތީމަ
އައްޓަމަސް
03 April 2023
ކޮނހޭލުންތެރިއެއް ކުރަންވީ އޮބި އަޅުވަންވީ
އައްޓަމަސް
03 April 2023
ﷲޢަބުދު ރަޝީދު (ދަންވަރޭ) އަކީ އެކީgއި ވަޒީފައިގައި އުޅުނު ރައްޓެއްސެއް ގާތް މިތުރެއް މަރުހޫމަށް ސުވަރުގެ މިންވަރުކުރައްވާށި އާމީން
އަލީ ރަމީޒު
03 April 2023
ހުޅުމާލެ ފޭސް 2 ވެގެންދާނީ ފެންނަ ފެނުމަށް މިކަހަލަ އެކުސިޑެންޓުތައް ރާއްޖޭގައި އެންމެ ގިނައިން ހިނގާނެ ތަނަށް. ސަބަބަކީ އެތަނުގެ މަގުތަކަކީ ހަދާފައޮތް ގޮތުން ރައްކާތެރި މަގުތަކަކަށް ނުވުން. އެގޮތަށް ސީދާކަމެއްނެތި ކުދިކުދި ގޯޅިތަކާއިއެކު މަގުތަށް ހުރުމުން މައްސަލައަކީ. ބުއްދިވެރިގޮތަކީ ތޮއްޖެހުމުގެ ކުރިން ވަގުތު އޮއްވާ ރަގަޅު ޗާޓެއް ހަދައި މަގުތަކުގެ ޕުލޭން ބަދަލުކުރުން. ނޫންނަމަ މިތަނަކީ މިކަހަލަ ހިތާމވެރި ހާދިސާތައް ގިނަ ތަނަކަށްވެދާނެ.
އެންބާޕޭ
03 April 2023
އެކްސިޑެންޓްތައް ދެން ރާއްޖެއިން މަދެއް ނުވާނެ. މާލެޔަށް ވުރެއް ނުރައްކާތެރި ހުޅުމާލޭގެ މަގުތަށް. މަގުގެ ޖާގަ ތަނަވަސްވީމަ ހައްދެއްނެތި ދުއްވަނީ.
އާތިފާ
03 April 2023
ވަރަށް ހިތާމަހުރި ކަމެއް ހިގައިދިޔައީ. އިންސާނެއްގެ ފުރާނަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި. މައްޔިތާއަށް ހެޔޮރަހްމަތް ލައްވާށި. އާމީން
ާދައިތަ
03 April 2023
އެޗްޑީސީ ނަން އާބަންކޯ އައް ބަދަލުކުރިކަން އަންގަންތަ މިފާޑައް ސުރުހީ ތި ލިޔަނި.
އޮމެގާ4
03 April 2023
ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ބޮޑެތި ޓުރަކު ލޮރީފަދަ ތަކެތި އެއްވެސް ވަރަކަށް ބަލައިގެނެއް ނޫން ދުއްވަނީ ޓްރާނސްޕޯރޓުގެ ފަރާތުން ހޭލުންތެރި އެފަދަ ފަރާތްތައް އެބަޖެހޭ ކުރަން
މުހައްމަދު..
03 April 2023
ގިނަ އެކްސިޑެންޓް ވަނީ ފުލުހުން ގާނޫނާއި ގަވާއިދު ތަންފީޒު ނުކުރާތީ. ގާނޫނު ތަންފީޒު ކުރަން ކުރާކަމަކަށް ފެންނަނީ ރަގަޅަށް އެހެންމީހުންނަށް ނުރައްކާ ނުވާގޮތަށް ދުއްވާމީހުން ހުއްޓުވާ ސުވާލުކޮށް މަގުމަތި ތޮއްޖެއްސުން.
ބަވަނަަސް
03 April 2023
އަނެއްކާ ބަސް އެކުސިޑެންޓެއްވެސް ހިނގައިފި މިއަދު 1515 ހަާއިރު .. ހެންވޭރު ޕާރކު ކައިރީ. ގަވައދާ ޚިލާފަށް ދުއްވާ މީހުންނަށް އަދަބު ބޮޑުކުރަންވީ. އަދަބު އަވަސްކުރަންވީ. އަދި ހޭލުންތެރިކުރުވަންވީ.