ސައުދީގެ ހަނދު ސާބިތުކުރާ ކޮމެޓީން ހަނދު ފެނޭތޯ ބަލަނީ: އެ ގައުމަށް މިރޭ ވަނީ ހަނދު ފެނިފައި --- ފޮޓޯ/ސޯޝަލް މީޑިއާ
20 އެޕްރީލް 2023 - 20:44
ސައުދީ އަރަބިއާއަށް ދެންމެ ޝައްވާލް މަހުގެ ހަނދު ފެނިއްޖެ އެވެ.
މިރޭ އިސްލާމީ ގައުމުތަކަށް ހަނދު ފެނި، މާދަމާއަކީ ފިތުރު އީދު ދުވަހަށް ވެދާނެ ކަމާ މެދު ބަހުސް ކުރެވެމުން ދަނިކޮށް ސައުދީގެ ހަނދު ސާބިތުކުރާ ކޮމެޓީން ދެންމެ ވަނީ އެ ގައުމަށް ހަނދު ފެނިފައިވާ ކަން އިއުލާންކޮށްފަ އެވެ. ހަނދު ފެނުނީ ސައުދީގެ ތުމައިރު އަދި ސުދައިރު ސިޓީއިންނެވެ.
އެހެންވެ، މާދަމާއަކީ ފިތުރު އީދަށް ވާނެ ކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.
އެހެން ނަމަވެސް ސައުދީގެ ރަސްމީ ނިންމުން އިއުލާންކުރާނީ ސައުދީގެ ސުޕްރީމް ކޯޓުންނެވެ.
އެހެން ނަމަވެސް އިސްލާމީ އެހެން ބައެއް ގައުމުތައް ކަމަށްވާ މެލޭޝިއާ އާއި އިންޑޮނީޝިއާ ފަދަ ގައުމުތަކުން ނިންމާފައިވަނީ އީދު ދުވަހަކީ ހޮނިހިރު ދުވަސް ކަމަށެވެ. އެއީ އެ ގައުމުތަކަށް ހަނދު ފެނިފައި ނުވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
21 April 2023
މަތީ ފޮޓޯގަ އެފެންނަނީ ކޮންގަޑިއެއްގަ ހަނދުފެނޭތޯ ބަލާމަންޒަރުބާ!
ހާކާލި
21 April 2023
ހިޔަނި ހުރިގޮތުން އަޞުރުން ތިރިވެ އިރުއޮއްސެން ދާކަން އެނގޭ.
ހޯދީ
21 April 2023
ހޯދަން އުޅެގެން ފެނިފަ އެއޮތީ.
އަހަނ
20 April 2023
މިގައުމުގަވެސް މަތި ބަލައިގެން ހަނދު ފެނޭތޯ އުޅޭނަމަ ފެންނާނެ ކަންނޭނގެ. އެކަން ކުރަންވެސް އެކަމު މިހާރު ބިދޭސީން ހޯދަންޖެހޭނީ.
ކޮމެންޓޭ1
20 April 2023
މިކުދިން މިތިބެނީ ހަނދު ފެންނަ ހިސާބުގަ. މިގައުމުގަ އޮންނަ މަޖިލިސް އޮންނަނީ ފިނި ކޮޓރީގަ ރޭ ދެބައި ވީމަ އިމްޓަރނެޓު ބަލާފަ އެހެން މީހުން ހަނދު ފެނިއްޖެޔޭ ބުނީމަ މަސައްކަތް ނިމުނީ
ދިއްދޫމީހާ
20 April 2023
މައުމޫން ގެންގުޅޭ ގެލެސްކޯޕްގައި ކުޑަ މައްސަލައެ އެބަ އުޅޭ
ވަހީދުބެ
21 April 2023
މައުމޫނު ބުނިގޮތަށް ދިމާވި.
ވަހީދުބެ
20 April 2023
ޢީދުމުބާރިކު
ޙހހހލކޖޖ
20 April 2023
ރާއްޖެއަށޯ؟؟؟؟
ޢަރުތަ
21 April 2023
އެއްވެސް ޝައްކެއްވެސް ނެތް، ސައުދީއަށް ހަނދު ފެނިއްޖެއްޔާ ރާއްޖެއަށްވެސް ހަނދުފެންނާނެ.
ހެދުން ނުލިބުނު ކައިލީ
20 April 2023
ހެޔޮ ފެނުނަސް.. އީދު ހެދުމެއް ނެތީމަ މަމެން ތިބޭނީ ހޮނިހިރު ދުވަހަކީ އީދު ކަމަށް ބަލައިގެން
ހަސންބެ
21 April 2023
ދީނީ މުނާސަބަތަކީ ތިކަހަލަ ކަމެއްނޫންދޯ؟
އަލީހަމީދު
20 April 2023
ޢީދު މުބާރަކް.
ފޮނިފޮނިޓައްޕު ކުމާރު
20 April 2023
ސާބަހޭ ޒައީމޫ. އީދު މުބާރިކު ޒައީމަށާ ދިވެހިރައްޔިތުންނަށް ފޮނުވާލަން. އިބޫއަށާ ކުރުސީއަށްވެސް.