އެމްޑީޕީން މިއަދު މާލޭގައި ފެށި ޑޯޓުޑޯ ކެމްޕެއިން ހަރަކާތުގައި ޑިފެންސް މިނިސްޓަރު އަދި މާލޭގެ ކޯޑިނޭޓަރު މާރިޔާ ދީދީ މީހަކާ ސަލާމް ކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ
07 ޖުލައި 2023 - 20:02
ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން މާލެ އާއި އަތޮޅުތެރޭގައި ކެމްޕެއިން ވަރުގަދަކުރަން ފަށައިފި އެވެ އެވެ.
ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ އިންތިހާބުގައި އެމްޑީޕީން، ރިޔާސީ ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމްއިން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި އެމްއެންޕީ އިން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ކެމްޕެއިން ޓީމުތައް ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ދަތުރު ފަށައިފަ އެވެ.
ޕީޕީއެމް/ޕީއެންސީން މިދިޔަ ހަފްތާ މާލޭގައި ކެމްޕެއިން ފެށީ ދޮރުންދޮރަށް ހިނގުމުގެ ހަރަކާތާ އެކުގަ އެވެ. އަދި އަންނަ ހަފްތާ އެ ޕާޓީން އަތޮޅުތަކަށް ދަތުރުތައް ފަށާނެ ކަމަށް ވަނީ ބުނެފަ އެވެ. އެންމެ ފުރަތަމަ ދާނީ ނ. ރ. ބ. އަދި ޅ. އަތޮޅަށް ކަމަށް އެ ޕާޓީން ބުންޏެވެ.
ޕީޕީއެމްގެ ކެންޑިޑޭޓަކީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީނެވެ. އެކަމަކު އެ ޕާޓީން ޔަގީންކަމާ އެކު ބުނަމުން އަންނަނީ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށެވެ.
ޕީޕީއެމް އިން މާލޭގައި ކެމްޕެއިން ފެށުމަށް ބޭއްވި ހަރަކާތުގައި އެ ޕާޓީ ހިންގެވުމާ ހަވާލު ހުންނެވި އަބްދުރަހީމް ވާހަކަ ދައްވަނީ. -- ފޮޓޯ: ޕީޕީއެމް
މިއަދު އެމްޑީޕީން ވެސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިންގައި މާލޭގައި ދޮރުންދޮރަށް ހިނގަން ފަށައިފަ އެވެ.
އެ ހަރަކާތްތައް މިއަދު ފެށީ މާފަންނު މެދުދާއިރާއިންނެވެ. އިސްކޮށް ހުންނެވީ ޑިފެންސް މިނިސްޓަރު އަދި މާލޭގެ ކޯޑިނޭޓަރު މާރިޔާ ދީދީ އެވެ. އަދި މާލޭގެ އެކި ދާއިރާތަކުގެ މަޖިލިސް މެމްބަރުންގެ އިތުރުން އެމްޑީޕީގެ ދާއިރާ ރައީސުން ވެސް ބައިވެރިވި އެވެ.
އެ ޕާޓީން މީގެ ކުރިން ވަނީ ރަށްރަށުގައި ކެމްޕެއިން ފަށައި، ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ބުރުތަކެއް ބާއްވައިފަ އެވެ. އަދި މިހާރު ވެސް ރަށްރަށުގައި އެ ދާއިރާއަކަށް ނިސްބަތްވާ ޓީމުތަކުން ކެމްޕެއިން މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ކެމްޕެއިންގައި ބޮޑުތިލަދުންމައްޗަށް ފެއްޓެވި ދަތުރުގައި ކުޅުދުއްފުށިން ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ޓީމްތައް ރާއްޖޭގެ އެކި ހިސާބުތަކަށް ގޮސް ކެމްޕެއިން ފަށާފައިވާ ކަމަށް އެ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހއ، ހދ، ރ އަދި ބ ގައި މިހާރު ކެމްޕެއިން ކުރިއަށްދާ ކަމަށާއި މިއަދު ލ. އަތޮޅާއި މާލޭގައި ވެސް ކެމްޕެއިން ހަރަކާތްތައް ފަށާފައިވާ ކަމަށެވެ.
ޖޭޕީހެ ކެމްޕެއިން ޓީމެއް ފުރަން ގޮސް އެއާޕޯޓްގައި. -- ފޮޓޯ: ޖޭޕީ
އެމްއެންޕީން ވާދަކުރައްވާ ނާޒިމް މިއަދު ވަނީ ބޮޑުތިލަދުންމައްޗަށް ވަޑައިގެންފަ އެވެ. ފުރަތަމަ ވަޑައިގަތީ ހދ. ކުޅުދުއްފުއްޓަށެވެ. މިރޭ އެރަށުގައި ކެމްޕެއިން ޖަލްސާއެއް ބާއްވާނެ ކަމަށާއި ޖަލްސާގައި ބޮޑުތިލަދުންމަތީގެ ތަރައްގީގެ ޕްލޭންތަކާއި ނާޒިމްގެ ހާރިޖީ ސިޔާސަތާއި ދިޕާއީ ސިޔާސަތާ ބެހޭގޮތުން ވާހަކަދައްކަވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީތެރޭ އުފެދުނު މައްސަލަތަކުގައި އެ ޕާޓީން ވަކިވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އުފައްދަން މަސައްކަތްކުރައްވާ ޑިމޮކްރެޓްސްގެ ހަރަކާތްތައް ވެސް އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޅާކުރަމުންނެވެ. އެ ޕާޓީން ވެސް އިންތިހާބުގައި ވާދަކުރާނެ ކަމަށް ބުނެފައި ވިޔަސް އަދި ކެންޑިޑޭޓަކީ ކާކު ކަމެއް ނޭނގެ އެވެ.
ރިޔާސީ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން އެކަމަށް ކުރިމަތިލާން މި މަހުގެ 23 ގައި ހުޅުވާލާނެ އެވެ. އެ ފުރުސަތު ބަންދުވާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލްމާ އަނީސް
08 July 2023
ޕީޕީއެމްގެ ކެންޑިޑޭޓެއް އެނގޭތަ؟
ރޮޔަލް މައި ފޫޓް
08 July 2023
އެއްކަލަ އަމިއްލަޔަ ބޭޅާ ހެދިގެން ތެޅޭ ގޮއްޔަ އެހެރީ
މިބޭޅާ
09 July 2023
އެބޭޅާ އަކީ ކާފު މާލެ ނަށާ ޕާޓީ ގަބީލާއެއްގެ މީހެކަޯ. ލޮލް
ފައްތެ
08 July 2023
ޕެޓަި ކޭޝް ސަރުކާރު އައުޓް
އޭކުސަވާލް
08 July 2023
ހުލުމާލެ ހޮސްޕިޓަލްގެ ހަލާކުވިތާ ތިންމަސް ވެފައިވާ އެމްއާރއައި މެޝިން ހަދައިދޭނީ ކޮން ޕާރޓީއަކުންތޯ؟
މުޖާހިދުން
08 July 2023
ތިކަމާ އުލޭނެ މީހަކު މިހާރަކު ނެތް، ހުރިހާ ސިޔާސީންތައް އުޅެނީ ކެމްޕޭނުގައި
އަފީފުދީދީ ގެ ސަޓަޑޭ
08 July 2023
އޮނަލަބަލް އަފީފުދީދީ އަދި ނިދިކިރައްވާފާ. ފަހުން ކޮމެންޓުކުރައްވާނެ. އިންތިޒާރު ކޮއްލައްވާ އިގިރޭސިންނައް ވެސް ސަޓަޑޭ އަކީ ބަންދުދުވަހަކައް ވާތީ ލަހުން ހޭލާ ބޭފުލެއް.
ހަދަންބުނި
08 July 2023
ހަދަން ބުނި ހޮސްޕިޓަލްތައް ކޮބާ ތަރައްގީ ކުރަން ބުނި ހޮސްޕިޓަލްތައްކޮބާ؟ އާރްޓީއެލް ފެށިއަސް ހޮސްޕިޓަލްތަކުން ހިދްމަތް ނުދެވޭނަމަ ކީއްކުރާ ފެރީތަކެއް؟
ޒައިނަބު
08 July 2023
އާރުޓީއެލު ހެދުނަސް ރަށްރަށުން ހިދުމަތް ނުލިބެންޔަ އޭގެ އަސްލު ބޭނުމެތް ނެތް. އަދިވެސް ޑޮކުޓަރަށް ދައްކަންވެސް މާލެ އަންނަން ގިނަ ކަންކަމު ޖެހެނީ
ވަރަބިންދާލި
08 July 2023
އަރާތިބި ބަޔަކު ފޭބީމަ ޖަލަށް ކަޑާލަން ޖެހެނީ ޔާމީނުވެސް 11 އަހަރަށް ޖަލަށް ލީ ފޭބީމަ . އެކަމަކުވެސް ވޯޓްލާނެ ފުރުސަތު ލިބޭނެ ނަމަ ހޮވިވެސް ދާނެ . އަރާތިބި މީހުން ވެސް ބައިއަޅާ ކައި ވެސް ހަދަނީ ހަމައެއް ލަމައެއްނެތި . ރައްޔިތުންނަށް ވީހާވައުދު ފުއްދުނު ނަމަ ދޮރުން ދޮރަށް ތާއީދު ހޯދަން ހިގާކަށް ނުޖެހޭ. ވައުދު ފުއްދީމޭކިޔާމޮޔަ ގޮވަނީ .
ސުން
08 July 2023
މާރިޔާ އިންޓަރވިޔުގައި ވިދާޅުވީ ކުރީ ސަރުކާރުން ސިޔާސީ މީހުން ޖަލުގައި ހައްޔަރުކުރާ ވާހަކަ. އަހަރެމެންނަށް ހެޔޮ ސިޔާސީ މީހުން ކިތަންމެ ވަރަކަށް ޖަލުގައި ހައްޔަރުކުރިޔަސް. އަހަރެމެން އަހަރެމެން އާންމުމީހާ މަގުމަތީގައި ހުއްޓާ ވަޅިހަރާތީ. ފޭރޭތީ. ވައްކަންކުރާތީ. މަގުހިގުމަށް ނުކުޅަދާނަ ވެފައިވާތީ. އެއްވެސް ތާކުން އަމާންކަމެއް ނުފެންނާތީ. ދައުލަތުގެ ޚަޒާނާއިން އަތުޖެހުނު އެއްޗެއް ކައި ހުސްކުރާތީ. ގާނޫނެއް ގަވައިދެއް ނުހިގާތީ.
ޝޮކްތެރަޕީ
08 July 2023
މި ފަހަރު 85،000 ވޯޓް ޕީޕީއެމް ނަގާނެ ފުރަތަމަ ބުރުންވެސް. ޢެމްޑީޕީ 30،000.
ހަހަހހަަ
08 July 2023
ކަލޭ ކުރިން ފަހަރުވެސް ތިހެން ކިޔަކިޔާ ހުއްޓާ ތިޔބުނާ ޔާންޓޭއަކު ފަނުފުލުން ދިޔައީ. ތިޔަ ޕާރޓީއަށް މާބޮޑު ވަރެއް ވާނެ ކަމަކަށް ނުފެނޭ. ހަޖަމްކޮށްލާ
ޢެމެރިކާ
08 July 2023
މިފަހަރު ޕީޕީއެމް އިންޑިޔާ އައުޓް.