ފުނަދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ ޑިޒައިން.-- ފޮޓޯ: ހެލްތު މިނިސްޓްރީ
24 ޖުލައި 2023 - 17:03
ށ. ފުނަދޫގައި އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން އިންޑޮނީޝިއާ އަދި ރާއްޖޭގެ ކުންފުންޏަކާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާއަކާ އިއްޔެ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ، މި ޖޭވީ އަކީ އިންޑޮނީޝިއާގެ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އާއި ރާއްޖޭގެ ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ. އެ މަސައްކަތަށް 136 މިލިއަން ހަރަދުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
އެ މަސައްކަތް ހަވާލުކުރީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
އާ އިމާރާތު ޑިޒައިން ވެސް މިނިސްޓްރީން މިއަދު އާންމުކުރި އެވެ. އެކަމަކު، އެ މަޝްރޫއާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުދެ އެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހޮސްޕިޓަލްތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ލ. ގަމުގައި ޓާޝަރީ ހޮސްޕިޓަލަކާއި ގދ. ގައްދޫގައި ހޮސްޕިޓަލެއް ހެދުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އަދި ބ. ތުޅާދޫގައި ހަދާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވެ އެވެ.
ކުވައިތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި ހޮސްޕިޓަލު އިމާރާތްކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެއީ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ހޮސްޕިޓަލް ހެދުމަށެވެ. އެ މަސައްކަތް ކޮންޓްރެކްޓަރާ ވަނީ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުލުމީ
26 July 2023
ހުސްމަންޒަރު މިސަރުކަރުން ދައްކަނީ ދައުރު ނިމުރު އިރު ތަނެއް ނުފެނޭ
ލޮލްލޮލްލް
26 July 2023
ބޭރު ޤައުމެއްގެ މަހުޖަނެއްގެ ގެއަކާ ވައްތަަރީ. އޭއި ޖެނެރޭޓެޑް ދޯ.
ހަތްބޯރާސި އބރހީމް
25 July 2023
ހޮސްޕިޓަލް ހިންގަން ޢިމާރާތް ހުއްޓާ އެތަނުގަ ވަސީލަތްތައް ފުރިހަމަ ކުރުމުގެ ބަދަލްގައި އަނެއްކާ އައު އިމާރާތެއް އެޅުމުގަ ނަމުގަ ދޮގު ވައުދުތައް
ފެންސު
25 July 2023
މީ ކޮންތާކުން ހަދާފައޮތް އެއްޗެއް؟ ކޮބާ ތަނުގެ ނަންބޯޑު؟ ނެޓުން ކޮންމެވެސްތަނެއްގެ ކުރެހުމެއްނަގާފަ ދައްކަނީދޯ!!!
ވޯލް
25 July 2023
މެނިފެސްޓޯއެއް ފެންނާކަށްނެއް. ރާއްޖޭގެ ދިގު ރާސްތާގެ ގައުމީ ތަރައްޤީގެ ޕްލޭނެއް ނެތް. މއިީ 21 ވަނަ ގަރުނު. ކަންމަތީ ފިހާރަ ހިންގާ ހެން ނޫނީ އާއްމު މީހަކު ކަންކަން ކުރާހެން ގައުމު ހިންގާ ޒަމާނެއް ނޫންމީކީ. 200 ރަށުގައި ހުރިހާ ޚިދުމަތެއް ކުރު މުއްދަތެއްގައި ގާއިމު ކުރުމުގެ ހުވަފެނެއް ދައްކާތަން މިފެންނަނީ، އެކަމަކު މިއީ މި ރާއްޖޭގެ އާމްދަނީއާ ނުބައްދަލު ނުރަގަޅު ވިސްނުމެއް ޕްލޭނެއް.
ވޯލް
25 July 2023
ކެމްޕއެިންނަށް ޖަހާ މަޅިއެއް. ދައުލަތުގެ ޚަރަދު ބޮޑޫވެ އިސްރާފު އިތުރުވެ ލިބޭ އާމްދަނީން ދެކޮޅު ނުޖެހިގެން ރައްޔުތުން އަތުން ނަގާ ޖީއެސްޓީ %6 އިން %8 އަށް ބޮޑު ކުރީ މިއަހަރު. ދެން ތިޔަ ބުނާ ވަރުގެ ޕްރޮޖެކްޓްތަކެއް ޓްސްލާފައި ހިންގޭނެ ގޮތެއް ނޯންނާނެ. އަދި ހިނގުނަސް ބޮޑު އިންޓްރެސްޓް ރޭޓްގައި ލޯނު ނަގާގެން ނޫނީ ތިޔަކަމެއް ނުވާނެ. އެހެން ނަގާ ލޯނުތަކުގެ ސަބަބުން އަނެއްކާ ޖީއެސްޓީ ބޮޑުކުރަންޖެހިފަ އޮންނަނީ.މިހާރުވެސް ރައްތިތުންއަތާ އަނގަޔާ ދިމާނުވޭ.
އަލީ އަލީ
25 July 2023
ތިފޮޓޯގެ ކުލަ ކަމަކު ނުދޭ! ކަލޯ ފުނަދޫމީހުންނަކަށް ނުފެންނާނެ ފޮޓޯއެއް! ތީޔި ވޯކެއް ނުކުރާނެ! ފުނަދޫ ޕޮލިހުންނަށްވެސއ ތިކަހަލަ އިމާރާތެއް ކުރަހަދީބަލަ އެބޭފުޅުން ނާޗަރަންގީ ކުޅެން!
ޑެޒަރޓްރޯސް
25 July 2023
މަ ހީކުރީ ސިފައިންގެ މަރުކަޒެއް ކަމަށް
ބޮޑުމީހާ
24 July 2023
ފޮޓޯ ދައްކައިގެން ދައުރެއް ނިންމާ އަނެއް ދައުރު ހޯދަން މިއުޅެނި. ރައްޔިތުންވެސް މިޖަހާ ސަކަރާތަަށް އާބަސްކިޔާތީ
ތިނަދޫރައީސް
24 July 2023
ތިނަދޫގެ ހޮސްޕިޓަލް ވީތަނެއް އެގޭބަޔަކު ނެތް. އިބޫ ބުނެފަ އޮތީ ދެން ތިނަދޫއަށް އަރާނީ ތިނަދޫ ސިޓީއަކަށް ހަދާފަކަމަށް. އެހެން ވީމަ އުންމީދު މިކުރަނީ އިންތިހާބުގެ ކުރިން ތިނަދޫ ސިޓީއަކަށް ބަދަލުވާނެކަމަށް. އިބޫ ވެލްކަމް ޓު ތިނަދޫ ސިޓީ. އަދި ހޮސްޕިޓަަލް ގެ ބިންގާވެސް އަޅަން ވާނީ ތިނަދޫ ސިޓީގަ. އޭރުން ކުރިން ތިނަދޫއަށް ކުރި ވައުދުތައް ކެންސަލްވާނެ. ދެން އަލުން ވައުދުވާނީ ތިނަދޫ ސިޓީއަށް.
ވިންދު
25 July 2023
އަނގަ ގަދަ ނުކޮށް ސިޓީއަކަށް ކުފޫ ހަމަވާވަރަށް މީހުން ހަމަވޭތޯ ބަލާބަލަ.
ވޯލް
25 July 2023
ކޮންމެ ވެރިއަކުވެސް ވެރިކަމަށް އާދެވޭއިރަށް ދެން ވިސްނަނީ 2 ވަަނަ ދައުުރު. އިހްލާސްތެރިކަމާއިއެކު ޕްލޭންއެއް އެކުލާވާލުމަށް ނުވިސްނާ. މަތިމަތިން ދަރަނި ނާގާގެން ކަންކަން ކުރެވޭނެ ކޮންމެ މީހަކަށްވެސް އަދި މިދިޔަ ސަރުކާރުތަކުން ކަން ކޮށްފަ އޮތީވެސް އެހެން. ރާއްޖޭގެ އާބާދީތައް އެއްފަސްކޮށް 3-4 ސަރަހައްދު އުފައްދާނެ ވެރިއަކު ބޭނުންވަނީ. ކޮންމެ ރަށެއްގައި އެއަރޕޯޓެއް އަޅަން ވައުދުވާ ކޮހެއް ނޫން.