ލ. ގަން: ގަމުގެ ޓާޝަރީ ހޮސްޕިޓަލާއި ގައްދޫ ހޮސްޕިޓަލުގެ މަސައްކަތް އަންނަ މަހު ފަށަން އަންނަނީ ތައްޔާރުވަމުން.-- ފޮޓޯ: މިހާރު
16 ޖުލައި 2023 - 11:18
ލ. ގަމުގެ ޓާޝަރީ ހޮސްޕިޓަލާއި ގދ. ގައްދޫގައި ހަދާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް އެ މަޝްރޫއުގެ ކޮންސްޓްރަކްޝަންގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މިއަދު ބުނެފި އެވެ.
ހުރިހާ ވަސީލަތަކާ އެކު، ގަމުގައި 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކާއި ގައްދޫގައި 30 އެނދުގެ އާ ހޮސްޕިޓަލެއް އިމާރާތެއް ކުރަން 1.3 ބިލިއަން ރުފިޔާ އަށް ހަވާލުކުރީ ސްޕެއިންގެ ކުންފުންޏެއް ކަމަށްވާ ހޮމްޓް އެސްޕަނިއާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހުގެ 27 ގަ އެވެ.
އެ މަޝްރޫއުގެ ދަށުން ދެ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރީ އެމްޓީސީސީއާ އެވެ.
ގަމު ޓާޝަރީ ހޮސްޕިޓަލާއި ގައްދޫ ހޮސްޕިޓަލް އާ އިމާރާތް ހެދުމުގެ އެއްބަސްވުމުގައި، ހެލްތުގެ ސްޓޭޓް މިނިސްޓަރު އާދިލް އަދި ސްޕެއިންގެ ހޮމްޓް އެސްޕަނިއާގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރު އެޑުއާޑޯ އޮޅިވޭރި ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ހެލްތު މިނިސްޓްރީ
އެމްޓީސީސީން ކުރި ޓުވީޓެއްގައި ބުނީ، އެ ކުންފުނިން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށެވެ. އަންނަ މަހުގެ ދެވަނަ ހަފުތާގެ ކުރިން މަސައްކަތް ކުރަން ބޭނުންވާ ސަމާނު ސައިޓަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.
އެމްޓީސީސީން ބުނިގޮތުގައި، ގަމުގައި ހަދާ ޓާޝަރީ ހޮސްޕިޓަލަށް 28.41 މިލިއަން ޔޫރޯ (492.35 މިލިއަން ރުފިޔާ) ހަރަދުކުރެ އެވެ. ގައްދޫގެ އާ ހޮސްޕިޓަލް އިމާރާތް ކުރަން ހޭދަވަނީ 13.07 މިލިއަން ޔޫރޯ (226.50 މިލިއަން ރުފިޔާ) އެވެ.
މިއީ މި ސަރުކާރުން އެންމެ ބޮޑު ހަރަދެއް ކޮށްގެން ހަދާ ދެ ހޮސްޕިޓަލެވެ. މި ޕްރޮޖެކްޓަށް ފައިނޭންސް ކުރަން ހަމަޖައްސާފައި ވަނީ ޖަރުމަނު ވިލާތުގެ ޑޮއިޗާ ބޭންކުންނެވެ.
އެ އިން ކޮންމެ ހޮސްޕިޓަލެއްގައި ސްޓާފް އެކޮމޮޑޭޝަން ބްލޮކްތަކާއި މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި މެޑިކަލް އިކުއިޕްމަންޓް ހޯދައި މުވައްޒަފުން ތަމްރީނުކުރުމަކީ ވެސް އެއްބަސްވުމުގެ ދަށުން ސްޕެއިންގެ ކުންފުނިން ކުރަން ޖެހޭ މަސައްކަތްތަކެވެ.
ހެލްތު މިނިސްޓްރީން ކުރިން ބުނި ގޮތުގައި، ގަމު ޓާޝަރީ ހޮސްޕިޓަލް ނިންމަން ހަވާލުކުރީ ތިން އަހަރު ދުވަހުން ކަމަށެވެ. ގައްދޫ ހޮސްޕިޓަލް ހަދަން ދީފައި ވަނީ ދެ އަހަރާއި ހަ މަސްދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަން
20 July 2023
މިފަހަރު ސޮރީ ދެން ލަލަލާ
ޙޮމްޓް
16 July 2023
މި ޕްރޮޖެކްޓްގެ ހޮމްޓް ގެ ރޯލް އަކީ ކޮބާބާއޭ ހޮތައް އަރަނީ.
ލާރިކައްވާ
16 July 2023
ކަަަަޓުނެގުން
ރަންނަ
16 July 2023
އަންނަނީ އަންނަނީ
ސީގަލް އޮން އެއަރ
16 July 2023
ފޮޓޯގައިވާމަގު ހަދާނިންމާލީ ޔާމީނުސަރުކާރުގެ ދުވަސްވަރު. އެއީ ކަންކުރެވޭ މީހުން ކަންކުރާގޮތަކީ. 5 އަހަރު ނިމެނިކޮށް ގޮސް ކަޑަޖެހިއަކަސް ކަންކަން ކުރެވުނީކަމަކަށް ނުބެލެވޭނެ.
އިބޫއަށް
16 July 2023
ރައީސްއަށް އަންގާވެސް ނުލާ އަމީރު އަޅާލަނީ ރަށުގައި ބޮޑު ހޮސްޕިޓަލެއް. މާލެނޫން ތަނެއްގައި ރަގަޅުފެންވަރެއްގެ ހޮސްޕިޓަލްތައް އެޅުމަކީ ރަގަޅު ކަމެއް. ނީޑް އެނަލިސިސްއެއް ހެދިގެން އެޅުނުނަމަ ރަގަޅީ
އަމީރުހާން
16 July 2023
ބޭނުން އެއްޗެއް ހަދާލާނީ. ޑްރާމާޖައްސާލީމަ އެންމެން ހެއްލިދާނެ
އަލީ ރަމީޒު
16 July 2023
ސޮރީ ބުރޯ ވަގުތު ފާއިތުވެއްޖެ. މިހާރު ތިޔަކުރަން ނިންމާ ކަންކަމަކީ އަވާމެންދުރުކަމަށްވުން ބޮޑަށް ގާތީ
އެޑްމުންޑޯ
16 July 2023
މުއްދަތު މާކުރު ، 5 އަހަރުން ނިންމާ ގޮތަށް ދޭންޖެހޭނީ ، އޭރުންތާ ދެވަނަ ދައުރެއް ލިބުނަސް ދައުރުގެ ތެރޭ ނުނިމި ދިގުލާގެންދާނީ
ބޮޑުމީހާ
16 July 2023
މިވެރިކަމުގަ 5 އަހަރު މިދިޔައީ ކޮންމެ އަހަރަކު ތިމަސައްކަތްކުރޭ
ކަނޑަޖެހުން
16 July 2023
ވޯޓަށް ކަނޑަ ޖަހަން މާ އަވަސް ސެޕްޓެންބަރ 5 ގައި ޖަހަން މަޑުކޮށްލިނަމަ ، ކެންސަރު ހޮސްޕިޓަލްވެސް އަޅާ ނިއްމައިފިވިޢްޔާ. ލ. ކުދިން ދެއަތުން ހަން ދާވަރަށް އަތް ޖަހާ ދެން
ޖެހުން
16 July 2023
ވައުދު ކަޑަޖެހުން