ގަމު ޓާޝަރީ ހޮސްޕިޓަލާއި ގައްދޫ ހޮސްޕިޓަލް އާ އިމާރާތް ހެދުމުގެ އެއްބަސްވުމުގައި، ހެލްތުގެ ސްޓޭޓް މިނިސްޓަރު އާދިލް އަދި ސްޕެއިންގެ ހޮމްޓް އެސްޕަނިއާގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރު އެޑުއާޑޯ އޮޅިވޭރި ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ހެލްތު މިނިސްޓްރީ
27 ޖެނުއަރީ 2023 - 00:03
ހުރިހާ ވަސީލަތަކާއެކު ލ. ގަމުގައި 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލާއި ގދ. ގައްދޫގައި އާ ހޮސްޕިޓަލް އިމާރާތެއް އަޅަން 1.3 ބިލިއަން ރުފިޔާއަށް ސްޕެއިންގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ޓާޝަރީ ހޮސްޕިޓަލާއި 30 އެނދުގެ ހޮސްޕިޓަލް އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އަދި ސްޕެއިންގެ ހޮމްޓް އެސްޕަނިއާގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރު އެޑުއާޑޯ އޮޅިވޭރިއާ ވަނީ ސޮއިކުރައްވައިފަ އެވެ.
އެ ކޮންމެ ތަނެއްގައި ސްޓާފް އެކޮމޮޑޭޝަން ބްލޮކްތަކާއި މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި މެޑިކަލް އިކުއިޕްމަންޓް ހޯދައި މުވައްޒަފުން ތަމްރީނުކުރުމަކީ ވެސް މި އެގްރިމެންޓުގެ ދަށުން ކުރާނެ ކަމެކެވެ.
އެ ހުރިހާ މަސައްކަތެއް ހަވާލުކުރީ 79,050,022,60 ޔޫރޯ (1.3 ބިލިއަން ރުފިޔާ) އަށެވެ. މިއީ މި ސަރުކާރުން އެންމެ ބޮޑު ހަރަދުކޮށްގެން ހަދާ ދެ ހޮސްޕިޓަލެވެ. މި ޕްރޮޖެކްޓަށް ފައިނޭންސް ކުރަން ހަމަޖައްސާފައިވަނީ ޑޮއިޗާ ބޭންކުންނެވެ.
ހޮސްޕިޓަލްގެ ހުރިހާ ކަމެއް ސްޕެއިންގެ ކުންފުނިން ކުރިޔަސް، އެކަަމުގެ ކޮންސްޓްރަކްޝަން މަސައްކަތްކުރަން ހަމަޖައްސާފައިވަނީ އެމްޓީސީސީންނެވެ.
މިނިސްޓްރީން ބުނީ ގަމު ޓާޝަރީ ހޮސްޕިޓަލް ނިންމަން ހަވާލުކުރީ 36 މަސް ދުވަހުން ކަމަށެވެ. ގައްދޫ ހޮސްޕިޓަލްގެ އާ އިމާރާތް ހަދަން ދީފައިވަނީ 30 މަސް ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކްމެޑް
27 January 2023
ތިކަން އިހަށް ބައިންދާފަ، ރާއްޖެއިން ކުރެވޭ ކަންކަމަށް ދިވެހިން އަހުލުވެރިކުރަން ޖެހޭ. ކިތައްމެ ކުޑަ ކަމެއްވިޔަސް ވަކި ގައުމަކުން ނޫނީ ރަނގަޅު ނުވާނެކަމަށް ވިސްނާ ދިވެހިން ގިނަ.
މޯޑޭ
27 January 2023
ހޯރަފުށީގަ 30 އެދުގަ ހޮސްފިޓަލް އަޅަށް ބައިލައްކަ. ގައްދޫގަ 30 އެދުގަ ހޮސްފިޓަލު އަޅަށް އެއްބިލިޔަން.
0 ކޮރަޕްޝަން
27 January 2023
ޓްރީޓޮޕް އެޅީ 90 މިލިއަނަށް. 0 ކޮރަޕްޝަން އައިސް މިއަޅަނީ ހާދަ އަގުހެޔޮކޮސްނޭ ހޮސްޕިޓަލް
ދިއްދޫމީހާ
27 January 2023
މީގެ ކުރިން މިބައިމީހުން ވެރިކަމުގައި ތިމަރަފުށީ އެއާޕޯޓް ހަދަން ދޮން މީހަކު ލައްވާ ސޮއި ކުރުވި ރަނގަޅަށް ބެލިއިރު އެއީ ކުރަމަތީ ރިސޯޓްގެ ޑައިވިން ޓީޗަރު މިފަހަރު އަނެއްކާ ކާކުބާ؟ ވަރަށް ވައްތަރު ނިއުއަ ކޯޗްކަން ކޮއްދިން އޮސްކާއާ އަނެއްކާ ކޯޗްއެއީ ސްޕެއިން މީހެއް ދެން ބަލަމާ ވާގޮތެއް..
އިންޑިޔާގެބާނޫ
27 January 2023
އިންޑިޔާގެ މާގާތްބަޔަކަށް ވެގެން ސިއްހީދާއިރާ ކުރިނާރާނެ. އިންޑިޔާގެ ޓްރިވެންޑްރަމް އަދި ކޮޗިން އަށް ބެލީމަ ފެންނާނެ ދިވެހީންގެ ސަބަބުން އައި ތަރައްގީ. އެމީހުން ބޭނުންނުވާނެ ދިވެހީން އެގައުމަށް ނުދާނެ ގޮތަކަށް ދިވެހި ހޮޮސްޕިޓަލްތައް ތަރައްގީވާކަށް
އެބުނާހެން
27 January 2023
ދެތިން މިލިއަން ރުފިޔާއަށް ލިބޭ އިކިއުޕްމަންޓް ގެނެސްގެން 100 މިލިއަން ސަލާމަތްކުރެވެން އޮއްވާ އެމީހުން އެ ރިފާ ކުރަނީ އިންޑިޔާއަށް ދާން
އަފްރާސިޔާބު
27 January 2023
އެހެނެއްނޫން ވަނީ. ދިވެހިންގެ އަތުގައި ރިޝްވަތު ދޭނޭ ފައިސާވެސް ގިނަވީމާ ޑޮކްޓަރީ ކަން ކިޔަވައިގެން ފާސްހިފައިގެން އަންނަ ގިނަމީހުންނަކީ ވާނުވާ ނޭނގޭ ބަޔެއް. އާދައިގެ ހުމެއް ޖެހިގެން ދައްކާލިޔަސް އެތައް ބައިވަރު ބޭސް ދޭނެ. ޓެސްޓެއް ހެދިއްޔާ އެއިން ވާނުވާ ނޭގޭ ވަރަށް ރިޕޯޓް ލިޔާނެ. މާލޭގައި 15 ދުވަހު އެދުމަތިކޮށްގެން ހުރިހާ ޓެސްޓް ހެދީމާވެސް ނޭގުނު. އެކަމަކު ތިބުނާ ރަށަށް ގޮސްގެން ހެދި ޓެސްޓުން އެމީހުން ދެނެގެންފި މައްސަލަ. 15 ދުވަސް އެކޮޅުގައި.
އެމްސް
27 January 2023
ކޮންކްރީޓަށް ކުރާހޭދަ މަދުކޮށް، ސިއްޙީ ޚިދުމަތްތެރިން އިތުރުކުރަން ކުރާހޭދަ ބޮޑުތަނުން އިތުރުވާންޖެހޭ! އައިޖީއެމްއެޗްގެ ޑޮކަޓަރަށް ދައްކަން ތިބި މީހުންގެ ކިއުވެސް އުޅެނީ އެތައްސަތޭކައިގަ، އެތައް މަހެއްގެ ދިގުމިނުގަ! ބަލީގަ، މީހާ މަރުވާއިރުވެސް ފަރުވާއަކާއި ނުޖެހި! 25 ބުރި ނޫން 1 ބުރި ޢިމާރާތަކުންވެސް، ސިއްޙީ ޚިދުމަތް ދޭން ބޭނުންވާނީ ކަންކަމަށް އެކަށީގެންވާ ފަންނީ މީހުނާއި، ސާމާނު! އެންމެ ބޭނުންވާނީ ކަމުދާ ޑޮކްޓަރުން، ހަމަ ޑޮކްޓަރުންނެއްވެސް . . !
ބޮޑުމީހާ
27 January 2023
4 އަހަރު ނިމިއްޖެ ގަމުގަ ކެންސަރު ހޮސްޕިޓަލް އަޅާތާ، އަނެއްކާ އަނެއް ހޮސްޕިޓަލް. މިމީހުން މިޖަހާ ހުރިހާ ސަކަރާތަކަށް ރައްޔިތުން ނެށުމަކީ ވަރަށް ނުރައްކާތެރިކަމެއް. މުޅިންވެސް ކަރުދާހުން، ވާހަކައިން ކަންތައްތައް މި ނިންމާލަނީ. 60 ބިލިއަން ދަރައިފި. ވީކަމެއް ހަރާން
ލީމު
27 January 2023
ލޮލް
ޢެޑްމުންޑޯ
27 January 2023
ވެރިކަން ނިނެން ދެތިން މަހަށް ވީމާ ތަންތަން ހަދަން ހަވާލުކުރުމަކީ ، ސަރުކާރުން ރަގަޅު ނިޔަތެއްގައި ކުރާކަންތަތައް ތަކެއްނޫން ، އެއީ ރައްޔިތުންނަށް އިޅުވާލާ ދަޅަދެއްކުން ، މިއިން އެއްވެސް މަސައްކަތެއްގެ 10 ޕަސެންޓް މަސައްކަތްވެސް ނުކުރެވި ދައުރު ނިނޭނީ !
މުހައްމަދު..
27 January 2023
ސްޕެއިން ގެ މަޖުލިހުން ތަ ތިޚަދުކުރަން ބަޖެޓް ފާސްކުރީ. ރާއްޖޭގެ މަޖުލިހުން ތިކަމަށް ބަޖެޓް ފާސްކުރިކަން އެގިފައެއް ނެތް.؟!
ޕިރިއޮރިޓީ
27 January 2023
ކޮބާ ފެނޭތަ . މުހިންމުތަންތަން ކުރިން ހަދާނީ
އެމްސް
27 January 2023
މިއަށް ކިޔޭނީ ތަރައްޤީގެ މައްޗަށް އެކޮޅު އެކޮޅުން ޖެހެނީއޭ! ރަގަނޅު ސިއްޙީ ޚިދުމަތެއް ދޭން ކަން ކުރަންޖެހޭނޭ ތަރުތީބު: ފުރަތަމަ މީހުން ހޯދުން/ބިނާކުރުން، ދެން އެމީހުންގެ އިރުޝާދުގެ ދަށުން ކަމަށް ބޭނުންވާނޭ ސާމާނު/އާލާތްތައް ހޯދުން، އެންމެ ފަހުން ޢިމާރާތަށް އިންވެސްކުރުން! 25 ބުރީގެ ހޮސްޕިޓަލް ޢިމާރަތެއް މާލޭގަވެސް އެބަ ހުރި، ތަކެއްޗާއި ސާމާނުވެސް އެބަ ހުރި، ނެތީ އެކަށީގެންވާ ވަރަށް ކަމުދާ ޑޮކްޓަރުންނާއި ފަންނީ މީހުން، ޚިދުމަތްތެރިން!