ރަންތަކެއް: ހަތަރު ކިލޯގެ ރަން ވަގަށް އެތެރެކުރި ދެ މީހުން ޖޫރިމަނާކޮށް، ރަންތައް ދައުލަތަށް ނަގަން ވަނީ އަމުރުކޮށްފައި
24 އޯގަސްޓް 2023 - 14:14
ހަތަރު ކިލޯގެ ރަން ރާއްޖެއަށް ވަގަށް އެތެރެކުރި ދެ މީހަކު ޖޫރިމަނާކޮށް، އެ ރަންތައް ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އިންޑިއާގެ ދެ މީހެއްގެ މައްޗަށް އެ ހުކުމް އައީ މިދިޔަ ޖުލައި މަހު ވައިގެ މަގުން އެ މީހުން ރާއްޖެ އައިއިރު ލައިގެން ތިބި ޖަންގިޔާ ތެރޭގައި ފޮރުވައިގެން ހަތަރު ކިލޯއަށް ވުރެ ގިނަ ރަން ޑިކްލިއާ ނުކޮށް ވަގަށް އެތެރެކުރަން އުޅުމުންނެވެ.
ކަސްޓަމްސްގެ ގާނޫނުގެ ދަށުން ދައުލަތުން އުފުލި ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ދައުވާއަށް އެ ދެ މީހުން ކޯޓުގައި އެއްބަސްވި އެވެ. ދައުލަތާ އެކު އެ މީހުން ހެދި އިއުތިރާފް އެއްބަސްވުމުގެ ދަށުން އެއިން ކޮންމެ މީހަކަށް އިއްވީ 80،000ރ. އެވެ. އަދި އެ ރަންތައް ދައުލަތަށް ނެގުމަށް އަމުރުކުރި އެވެ.
އެހެންވެ، ޖޫރިމަނާ ފައިސާ ފަސް މަސް ތެރޭގައި ދައްކަން ހުކުމުގައި އެންގި އެވެ.
ވަގަށް ރަން އެތެރެކުރަން އުޅުމުގެ މައްސަލަތަކުގައި މީގެކުރިން ވެސް ބައެއް ބިދޭސީން ޖޫރިމަނާކޮށް، ރަންތައް ދައުލަތަށް ނަގަން އަމުރު ކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތީބުބެ
24 August 2023
4 ކިލޯ މަސްތުވާތަކެތި ވެސް އެބަ އެތެރެ ކުރެވޭ. ރަނޭ ބުނާއިރަށް އެމެރިކާ މީހުންނަށް ވާހެން މިތާ ވަނީ ކީއްވެ؟ ރަނަކީ މުސްތަގުބަލުގެ ފައިސާ
12345
24 August 2023
ޖޫރިމަނާގެ ފައިސާ ދައްކަން ދީފައިވަނީ 5 ދުވަސް.
ކޮރަލް
24 August 2023
އެމީހުން ޑިޕޯޓް ނުކުރި ސަބަބު ބުނެ ބަލާށެވެ. ޑީލް އެކެވެ.