12 ސެޕްޓެމްބަރ 2023 - 09:45
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން ސާފުވަނީ އެމްޑީޕީ "ރޫޅާލެވިއްޖެ" ކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އީވާ ވަނީ އޭނާ ވެސް މިހާރު ނިސްބަތްވާ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަރަށް ފަހު ވަގުތު ރިޔާސީ ރޭހަށް ނުކުންނަވައި ހޯއްދަވަން ބޭނުންވި ނަތީޖާ އާއި މަގުސަދު ހާސިލު ކުރެއްވި ކަމަށްޓަކައި މަރުހަބާ ވިދާޅުވެފަ އެވެ.
"ހަގީގަތަށް ދަންނަވަންޏާ މަނިކުފާނު [މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު] މި ޕާޓީ އުފެދުމާ އެކު ވިދާޅުވި ރޫޅާލާނަމޭ، ރޫޅާލާނަމޭ. ސުވާލެއް ވެސް ރުޅާލެވިއްޖެ،" އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ފަހު ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން އެމްޑީޕީ ރޫޅާލާނެ ކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި އީވާ ވިދާޅުވި އެވެ.
އެ ކަން ޑިމޮކްރެޓްސް އިން ނުކުމެ ކުރީ އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ އިތުރުން އެމްޑީޕީގެ ތެރެއިން ހުށަހަޅަމުން ދިޔަ އިނާމުތަކާއި ކުރިމަތިކުރުވި މަލާމާތާއި ފުރައްސަރާއި އިންޒާރުތަކުގެ ތެރެއިންނެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން ނިންމާ ނިންމުމަކީ، ދެން ވެރިކަން ކުރާ ސަރުކާރެއް ކަނޑައަޅާނެ މުހިންމު ނިންމުމެއްގެ ގޮތުގައި އީވާ ސިފަކުރެއްވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. ޑިމޮކްރެޓްސް އިން ނުކުންނެވި އިލްޔާސް ލަބީބަށް 15،839 ވޯޓު ލިބިވަޑައިގަތެވެ. އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ ހޯއްދެވީ 101،635 ވޯޓެވެ. އެ ނަތީޖާއާ އެކު އެމްޑީޕީން ދަ ޑިމޮކްރެޓްސްއާ ގުޅުމަށް މަޝްވަރާތައް ކުރަމުން އަންނަ އިރު އެ ޕާޓީން ވަނީ ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ކުއްލި ގޮތަކަށް އަނބުރާ ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާމަޖީދު
13 September 2023
އީވާމެންގެ ގޮތް އެނގޭ އަބަދުވެސް. الحمد لله އީވާމެން ތިޔަ ކުރި ކަންތަކުން މުޅި ގައުމަށް ހަމަޖެހުން ލިބޭނެ. އޭރުން ގަދަ އެއްބާރު އޮންނާނީ. ޥަރަށް އުފާވެއްޖެ އެމްޑީޕީ ރޫޅުނީމަ އީވާމެންގެ ސިޔާސީ ހަޔާތް މުޅިން ބަރުބާދުވީ الحمد لله
ކިއުންތެރިޔާ
13 September 2023
އަރާ އިން ގޮފި ގަނޑު ކަނޑާ ވައްޓާލާފަ ތިޔަ ހިނި އައިއްސަ ތިއިނީ. މާޒީ އިން ފިލާވަޅު ލިބި މުސްތަގުބަލް ބިނާކުރަން ނޭނގުނު ބަޔަކަށް އެއްކަމެއްވެސް ކުރަން ނޭނގޭނެ.
އަންދަލޫސިޔާ
12 September 2023
ރޫޅާލެވުނުއިރު ގަލޮޅު އުތުރުން ލިބުނީ %10 ވޯޓް. މާނައަކީ ކަމަނާ އާއި އިދިކޮޅަށޭ %90 ވޯޓް އެ ދިޔައީ. ދެން ތިޔަކުރެވުނު ކަމަކީ އަމިއްލަ ސިޔާސީ ޙަޔާތް ކަފުންކުރެވުނީ. އެ 52 ވޯޓު ހިމެނިގެން ދާނީ މަޖުލިސް އިންތިޚާބުތަކުގައި އެންމެ ދަށުން ވޯޓު ލިބޭނެ މީހުންގެ ލިސްޓްތެރެއަށް.
6
12 September 2023
ތީ ފަސާދަކުރަން އައިސްއުޅޭ ބައިގަނޑެއްތަ؟
ހާސަރު
12 September 2023
މިވަރު ހަސަދަވެރި ބަޔަކު ސިޔާސީ މަސްރަހުން ނުދެކެން ، ތިޔަ ރޫޅާލީ އެމްޑީޕީއެއް ނޫން ތިޔަ ފުޑާލީ އެތައް ރައްޔިތުންނެއްގެ ބުރަމަސައްކަތުން ހޯދި އަމާންކަން ، އަނެއްކާވެސް ތިޔަ ދައުވަތު ދެނީ އަނިޔާވެރިކަމަށް. ރައްޔިތުން ކަލޭމެނަށް މައާފެއް ނުކުރާނެ.
ހުސްނުހީނާ
12 September 2023
މާމޮޅުގޮތެއްވެދާނެކަމަށް ހީކޮށް ގަދަފައިވިއްދާފަ ދިޔައިމަ މިހާރު ތިއޮތީ ސައިޒު ފެނިފަ. ތިއެނގުނު ސައިޒު އޮޅުވާލަން ވެގެން މާމޮޅުވާހަކައެއްކަމަށް ހީކޮށް ހޮޅިވާހަކަ ތިދައްކަނީ.
ކޮއްލި
12 September 2023
އީވާމެންވެސް ރޫޅިފައެއްނު
ޑިސްްއޮނަރަބަލް ޑީޑީ
12 September 2023
ކަލޭމެންނަށް އެނގޭނީ ރޫޅާ، ހަލާކުކޮށް، ހުޅުޖަހާން.
ހާއިބްރީ
12 September 2023
ކަމަނާގެ ސިޔާސީ ހަޔާތްވެސް އަޅުގަނޑުމެން ދިވެހި ރައްޔިތުން ނުކުމެ ސިއްކަޖަހާނަން. މާލޭގެ ގޮނޑިއެއް ވަރުވާއަށް ލިޔެގެން އިންނެވިގޮތަށް ދެން ނީނދެވޭނެ. ސިޔާސީ ހަޔާތުގަ ވަޑައިގެންނެވޭނެ އެންމެ ކުރިއަށް ތިހުރީ ވަޑައިންނެވިފަ. ސައިޒަކީ 15000 އިނގޭތޯ.
މަރުމޯލުރާޖާ
12 September 2023
ހިތުން މާމޮޅުކަމެއްކޮއްލެވުނީ، އެކަމަކުމިއަދު މިމީހުންގެ ސައިޒްމިއޮތީ އެނގިފަ. އިރާދަކުރެއްވިއްޔާ ދެންތިލިބުނުވަރުވެސް ނުލިބޭނެ.
އަހުމަދު ޝިޔާމް
12 September 2023
ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ހޯދަން ދެން ނޫޅޭތި. ޕީޕީއެމަށް ވޯޓްދޭން ޖެހުނަސް ތިވަރު އަންހެނަކަށް ވޯޓެއްނުދޭނަން.