ޚަބަރު / ރިޔާސީ އިންތިޚާބު 2023

އެމްޑީޕީ ދެމިއޮންނާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެ ޕާޓީގެ ރިޔާސީ ޓިކެޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް (ވ) އަރުވަނީ:-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނު ބޮޑު ނާކާމިޔާބީއާ އެކު، އެ ޕާޓީ ދެން އޮންނާނީ އިދިކޮޅު ޕާޓީގެ ގޮތުގައި ސަރުކާރު ޒިންމާދާރުވުމަށް ކަމަށް، ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖޭގެ އާ ރައީސްގެ މަގާމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހޮވީ 126،842 ވޯޓާ އެކު އެވެ. އެއީ 53 ޕަސެންޓެވެ. ރިޔާސީ ދެ ވަނަ ދައުރެއް ލިބިވަޑައިނުގެން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 46 ޕަސެންޓެވެ. އެއީ 108،500 ވޯޓެވެ.

މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް މަރުހަބާ ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒު ވިދާޅުވީ އެމްޑީޕީން ދެން މަސައްކަތް ކުރާނީ ޒިންމާދާރުކަމާ އެކު ޕީޕީއެމް/ޕީއެންސީގެ ސަރުކާރު ޒިންމާދާރުކޮށް، ޖަވާބުދާރީ ކުރުވުމަށެވެ.

ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާކުރަން ވެސް ދެމިތިބޭނެ ކަމަށް "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި އޭނާ ވިދާޅުވި އެވެ.

ރިޔާސީ ދެ ވަނަ ދައުރަކަށް ވާދަކުރައްވައި، ސިޔާސީ ހަޔާތުގައި ލިބިވަޑައިގެންނެވި ފުރަތަމަ ނާކާމިޔާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ގަބޫލުފުޅު ކުރައްވައިފަ އެވެ.

މުއިއްޒަށް މަރުހަބާ ވިދާޅުވެ، "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި އެ މަނިކުފާނު ވަނީ އިންތިހާބުގައި ރައްޔިތުން ދެއްކި ޑިމޮކްރެޓިކް ރީތި ނަމޫނާ އަށް ޝުކުރު ދަންނަވައިފަ އެވެ. އެއާއެކު، އެކުގައި މަސައްކަތްކުރި އެމްޑީޕީ އާއި އަދާލަތު ޕާޓީގެ މެމްބަރުން އަދި އެ މަނިކުފާނަށް ވޯޓުދެއްވި އެންމެންނަށް ޝުކުރު އަދާކުރެއްވި އެވެ.

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ މުއިއްޒެވެ. ފުރަތަމަ ބުރުގައި މުއިއްޒު 101،635 ވޯޓު ހޯއްދެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 15،474 ވޯޓުގެ ފަރަގެވެ.

38 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 8%
icon inlove icon inlove 21%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުމީހާ

01 October 2023

ފައްޔާޒުމެން އިސްތިއުފާ ދީ އެމްޑީޕީ ޑީއާރުޕީން ސަލާމަތްކޮށްގެން މެނުވީ ކުރިއެރުމެއް ނެތް

The name is already taken The name is available. Register?

އަހުމަދުއަލޯ

01 October 2023

ސީދާ ފައްޔާޒު މިކަމުގެ ޒިންމާ ނަގަން ޖެހޭނީ. ފޭކު ކުންފުނި ހަދައިގެން އެތަށް ޕްރޮޖެކްޓެއް ފެލާލި.

The name is already taken The name is available. Register?

ބސބސވ

01 October 2023

އާއްމުންނަށް ނުހޮރުއްޕާން ނުކުރުމަށް އެދެން. ވަރށްގިނަ ރާއްޖެ ދައްކައިފި. މިހާރު އަލާކަނޑައިފި. ދެން ހުއްޓާލާ .

The name is already taken The name is available. Register?

ހުސޭނިކުބޭ

01 October 2023

އެމްޑީޕީގެ ހަލާކަކީ ފީކަޅާބަޔަކު ކުރިއަށް ނެރެގެން ނުހިންގި މާބޮޑަށް ހިންގާލާ ވެގަނެގެން އުޅުން. ސިޔާސީ ޕާޓީއެއް ކޮޅަށްތެދުވެ ހުރުމުގެ ބާރަކީ ރަޔިތުން ކުރާތާއިދެއް. އެތާއިދަކާއި ނުލައި ކިތަންމެ ވަރަކަށް މީހަކު މަތިހަށިނަގައިގެން އުޅުނަކަސް އަދި ކިތަންމެ ވަރަކަށް ބިމާއި މުދަލާއި ފައިސާއެޅިއަކަސް މުނިޔާތައް އެއްކުރިއަސް ވާނެކަމެއް ނެތްކަން މިހާރު އިގެންވާނެ.

The name is already taken The name is available. Register?

އމ ޱ ޕ

01 October 2023

ކުރީސަފުގަ ތިބި ބޭފުޅުން އިސްތިއުފާ ޕާޓީ ހަވާލުކުރޭ އާ ލީޱާޟިޕަކާ

The name is already taken The name is available. Register?

އަސްތާ

01 October 2023

ބޯހަރުކަމާ ބޮޑާކަން އެމްޑީޕީ މީހުން ދަންނަ އެއްޗެއް ނޫން. ދުރައް ވަޑައިގަންނަވާ

The name is already taken The name is available. Register?

އުދަރެސ

01 October 2023

ތިބުނާ ނަމުން ހަރުދަނާ މީހުންނަކީ 15 ހާހުގެ މައިނޯރިޓީ. އެމީހުން ތިބީ ދުރުގަ ވަކި ޕާޓީއެއް ހަދާގެން. ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ބަލިކުރެވިގެން އުފަލުން. އެކަމަކު އެމްޑީޕީ ބަލިވީ އެ 15 އިން ބަޔަކު ވޯޓުދިނީމާވެސް 18 ހާހުން!! ހިސާބު ޖަހަން ނޭނގޭނަމަ އަދުރޭގެ އެއީ ހޯދާ!

The name is already taken The name is available. Register?

އިބުރާހީމް މޯދީ ސޯލިހު

01 October 2023

މަށަށް ފެނޭ މާދަމާއިން ފެށިގެން މުޒާހަރާ އަށް ނުކުންނަށް، މުއިއްޒުގެ ވައުދުތައް ހަނދާންކޮށްދޭ، އެންމެ އިސްކޮށް އަހަރެންގެ ވިސްނުމަށް އަންނަ ވައުދަކީ ވިނަރެސްގެ އަގު ކުޑަކޮށްދޭންވީ ވައުދު، އެމްޑީޕީއަކީ މަގުމައްޗަށް ގަދަ، ވެރިކަން ކުރަން ނުދަންނަ ބައެއް، މަގުމަތީގައި ތިހުރި ހިތްވަރު ދައްކައި ރައްޔިތުންގެ ހައްގު ހޯދައިދީ

The name is already taken The name is available. Register?

ޙިނި

01 October 2023

(ޕާޓީ ލީޑާސިޕާ ދެކޮޅައް މަސައްކަތްކުރި މީހުން) ރޮޒޭނާ އަދި މަވޯޓާ އެމްޑީޕީ ހަރާބުކޮއް ފެކްޝަން ހެދުމުގެ ޒިންމާނަގަންޖެހޭ. ކެރޭނެތަ ޒިންމާ ހަގާ މާއާފައް އެދެން. މިމީހުނައް ތުހުމަތު ތައެއް ކުރެވުނީމަ ހިފީ ޕާޓީގެ ލީޑާސިޕް ބަދަލުކޮއް ބަލިކަށި ކުރަން. އަމިއްލަ އެދުމައް ވުރެ ޕާޓީ ބޮޑުވާންޖެހޭ، އަދި ރީތި ގޮތުގަ ޕާޓީ ލައިމް ލައިޓުން ފޭއައް ޖެހެންޖެހޭ. ފައްޔާޒު އަދި އިބޫވެސް ބަޔަކުމީހުނައް ހެއްލިގެން މަސައްކަތް ކުރީ ޕާޓީގެ ލީޑާޝިޕާ އިދިކޮޅައް

The name is already taken The name is available. Register?

ހިނީގެ ސިކުނޑި

01 October 2023

މައްސަލައަކަށްވީ ދިވެރި ރައްޔިތުން އިންތިޚާބުން ހަވާލުކުރާ ވެރިކަމަކާ ކުރިންންވެސް ޕާޓީގެ ވެރިކަން ފެއިލްކޮށްލި މީހާ އަމިއްލައަށް ހަވާލުވާން އިބޫ ނުދިންކަން. ނުވެސް ދެވޭނެ ސޮރީ!

The name is already taken The name is available. Register?

ޢނތި

01 October 2023

މަނިކުފާނު އަދިވެސް ހަމަބިމަށް ތިރެވޭ . މޫކައި ސްވިޓުން ނިކިމެގެން ނިކަމެތި ރައިޔަތުން ގެ އަޑު އަހާ .

The name is already taken The name is available. Register?

އަބްޑޫޅް +

01 October 2023

އެހެން ނޯވެ ކޮންތާކަށް ވަންނާނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454