ބ. ދަރަވަންދޫ ތިލަ ސަރަހައްދު: ސަރުކާރުން ވަނީ މި ސަރަހައްދު ހިމާޔަތްކުރަން ނިންމައިފައި.-- ފޮޓޯ: ބޮޓަކް ޖޮން
11 އޮކްޓޯބަރ 2023 - 15:57
ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ރާއްޖޭގެ 12 ސަރަހައްދެއް ސަރުކާރުން އިއްޔެ ހިމާޔަތްކޮށްފި އެވެ.
ސަރުކާރުން ހިމާޔަތްކުރީ ބ. އަދި ވ. އަތޮޅުގެ ބައެއް ސަރަހައްދުތަކެވެ.
ރައީސް އޮފީހުން ބުނީ ބ. އަދި ވ. އަތޮޅުން ތިމާވެށީގެ ގޮތުން ފާހަގަކުރެވޭ 12 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ނިންމެވި ކަމަށެވެ.
އެ ސަރަހައްދުތައް ހިމާޔަތް ކުރީ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
• ބ. ހުރާފަރު ސަރަހައްދު
• ބ. ދަރަވަންދޫ ތިލަ ސަރަހައްދު
• ބ. ނެލިވަރު ސަރަހައްދު
• ބ. އިންނަފުށި ސަރަހައްދު
• ވ. ކަވަރުފަޅު ސަރަހައްދު
• ވ. ފޮއްތެޔޮ ސަރަހައްދު
• ވ. ހިނގާކުޅީ ފިނޮޅު ސަރަހައްދު
• ވ. ތުޑުހުރާ
• ވ. ރުއްހުރި ހުރާ
• ވ. ރަކީދޫ ކޯނާ
• ވ. ފުށިފަރު ފަރުގެ ސަރަހައްދު
• ވ. ހުރާ ފަޅު
ރައީސް އޮފީހުން ބުނި ގޮތުގައި، އެއީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބި، ދިރޭ ތަކެތީގެ ނަސްލުން މުއްސަނދި، ގުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ހާއްސަ ހިދުމަތްތަކަކާއި ވަސީލަތްތަކެއް ދޭ ސަރަހައްދުތަކެކެވެ. އަދި އެ ސަރަހައްދުތައް ހިމާޔަތްކުރުމާ ގުޅޭ ގޮތުން ކަމާ ބެހޭ މިނިސްޓްރީތަކާއި އެހެން އިދާރާތަކާ ވެސް މަޝްވަރާ ކުރި އެވެ.
އެ ތަންތަން ހިމާޔަތްކުރަން ނިންމީ، ސަރުކާރުގެ މިދިޔަ ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ކޮންމެ އަތޮޅަކުން މަދުވެގެން ފަރުގެ 10 ޕަސެންޓް ސަރަހައްދު އަދި ކުޅި އާއި ފަލާއި ޗަސްބިމުގެ 20 ޕަސެންޓް ހިމާޔަތްކުރުމާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން ރަށަކާއި ފިނޮޅަކާއި ފަރަކާއި ކަނޑޫފާ އަދި ޗަސްބިމެއް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުން މި އަހަރު ވަނީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދިރޭ ތަކެތި ހިމާޔަތްކުރުމަށް، ފުރަތަމަ ފަހަރަށް ރާއްޖޭގައި ރެޑްލިސްޓެއް ވެސް އެކުލަވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞސުަނަ
12 October 2023
އިއްޔެ ގޮއިދޫއަށް ގޮއްސަ ބުނީ އިންނަފުށީގަ ރިޒޯރޓެއް އަޅާނަމޯ. މިއަދު ޙިމާޔަތްކުރީ؟
ބުރޯ އިރުސާދު
12 October 2023
މަ ބުނީ ހެޑިންގަށް އޭނަ ފޮޓޯ އިން ފަރާތަކު ނޫނޭ ދަރަވަންދޫ ތިލަ އިންނަނީ މީހުން ހީކޮށް ފާނެ ދަރަވަންދޫ މޫދަށް އެރޭ ތަން ކަމަށް މީހުން މޫދަށް އެރުން ހުއްޓާލަ ފާނެ.
“ސާމީ
12 October 2023
ރަކީދޫގެ ތަރައްގީގެ ނަމުގަ 100މީހުން ހަމަނުވާ ލަފާފުރާ ދޯންޏެއްނެއްރަށުގަ 40މިލިޔަން ހަރަދުކޮއްގެން ބަދަރުހަދާ އެރަށުގެ ރީތިގޮޑުދޮއް ހަލާކުކޮއްފަ ދެންކޮންކޯނަރެއް ހިމާޔައްކުރާކައް ދެން ލަލަލާ
ފޮއްތެޔޮބަކުރު
11 October 2023
މިހާރު ފޮއްތެޔޮ ސަރަހައްދުން މަހެއް ބޭނުންވެސް މަނާ ވީ ތޯ؟