ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ހުށަހަޅުއްވާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވާން 30 މިނެޓު ދިނުމަށް ވަނީ ފާސްކޮށްފައި -- ފޮޓޯ: މަޖިލީހުގެ އިދާރާ
18 އޮކްޓޯބަރ 2023 - 12:12
ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ދުރުކުރަން މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވާން 30 މިނިޓު ދޭން އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެ ބަހުސްގެ ވަގުތު ކަނޑައެޅުމަށް އާންމު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، މަޖިލީހުގެ ރައީސަށް ޖަވާބުދާރީވާން 30 މިނެޓު ދިނުމަށާއި ކޮންމެ މެންބަރަކަށް ބަހުސް ކުރައްވަ ތިން މިނިޓް ދިނުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝާހިދެވެ.
އޭނާ ވިދާޅުވީ، 18 ވަނަ މަޖިލީހުގައި ހުށަހެޅި އެފަދަ މައްސަލައިގައި ވެސް އަމަލު ކޮށްފައިވަނީ އެ ގޮތަށް ކަމަށާއި ޖުމްލަ ވަގުތަކީ ދެ ގަޑިއިރު ކަމަށެވެ. މަޖިލީހުގެ ރައީސަށް ފުރުސަތު ދޭން ޝާހިދު ހުށަހެޅުއްވީ ފެށުމާއި މެދުތެރެއިންނާއި ނިންމަމުން ވަކިވަކިން 10 މިނިޓުގެ ފުރުސަތުތަކެވެ.
ނަޝީދަށް ގިނަ ތުހުމަތުތަކެއް އެމްޑީޕީން ކުރުމާ އެކު، ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްފެ ލީޑަރު އަލީ އާޒިމް ވަނީ ޖަވާބުދާރީ ވުމަށް ދެ ތިން ގަޑިއިރު ދިނުމަށް ހުށަހަޅުއްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބަހުސް ތިން ގަޑިއިރަށް ވުރެ ދިގުވެގެން ނުވާނެ އެވެ.
އާޒިމް ވިދާޅުވީި، ގަވައިދުގައި ތިން ގަޑިއިރު މާނަކޮށްފައިވަނީ ހަމައެކަނި މެންބަރުން ކުރާ ބަހުސްގެ ވަގުތަށެވެ. އޭގެ ތެރޭގައި ރައީސް ދައްކަވާ ވާހަކަތައް ނުހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން ކޮށްފައި އޮންނަ ގޮތަށް ކުރާކަށް ނޫން މި އޮންނަނީ. ތި ބޭފުޅުން ދެއްވަން ނެތިއްޔާ އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް. އަށްޑިހަ ހަތް މެންބަރުންގެ ލައްކަ ސުވާލު ވެސް ހުންނާނެ،" އާޒިމް ވިދާޅުވި އެވެ.
"ފުރުސަތެއް ދެވެން އޮތް ކޮށްދެއްވުމަކީ ވަރަށް ބޮޑު އެދުމެއް، ގަވައިދުން އެގޮތަށް ފުރުސަތު އެބަދޭ.
އެ ވާހަކައަށް ތާއީދު ކުރައްވައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ، ބަހުސް ކުރުމުގެ އިތުރަށް ޖަވާބުދާރީވުމަށް ވަގުތު ދެވޭނެ ކަމަށާއި ގަވާއިދުގައި ވަކި ގޮތަކަށް ކަމެއް ކުރަން ބުނެފައި ނެތުމަކީ އެކަމާ މެދު ކޮމިޓީން ގޮތް ނިންމޭނެ ކަމެއް ކަމަށެވެ.
ގަވާއިދު މާނަކުރުމުގެ ބަހުސް ކޮމިޓީގައި ކުރި އިރު، މެންބަރުން ވެސް ވަނީ "އޮފް ދަ ރެކޯޑް" ކޮށް، ބައެއް މަޝްވަރާތަ ކުރައްވައިފަ އެވެ. އޭގެ ފަހުން ދެ ހުށަހެޅުމަކަށް ވޯޓަށް އެހި އިރު، ޝާހިދުގެ ހުށަހެޅުމަށް ހަ މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ތާއީދު ކުރެއްވި އެވެ.
އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި މަޖިލީހަށް ވައްދާފައިވާ ގަރާރުގެ ނޯޓިސް، ނަޝީދަށާއި މެމްބަރުންނަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެއާ އެކު 14 ދުވަހުގެ މުއްދަތު ހަމަވެ، މި މަހުގެ 29 ގައި ޖަލްސާއެއް ބާއްވައި، އެ ގަރާރު އެޖެންޑާ ކުރަން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދުބޯ އިބްރާހީމް
19 October 2023
ޞާލިޙަށް ހެއުކަމެއް ކޮށްދިން މީހަކަށް ތެޔޮ ހަމެއް ދޭ ތަން މި ފެންނަނީ
ފޮނިޓައްޕު ހަސަނު
18 October 2023
ނަޝީދު މިރާއްޖޭގެ ސިޔާސީ އެއްމެހައި ދާއިރާއިން އެއްފަރާތް ކުރަން ޖެހޭ ސަބަބު ތަކަކީ:- 1) ހުޅަނގު ގައުމުތަކުގަ އެއޮންނަ ފަދަ ސެކިއުލާ އަދި ގަބޫލު ކުރާފަދަ ލިބަރަލް ނިޒާމެއް މިރާއްޖޭގައި ގާއިމު ކުރުމުގެ ސިއްރު އެޖެންޑާއެއް ގެންގުޅުން. 2) އިސްލާމް ދީނަށް ހަޖޫ ޖަހައި ފުރައްސާރަކޮށްފައިވުން. 3) ސިޔާސީ ވާދަވެރިންގެ ޒާތީ ދިރިއުޅުމާއި ބެހި ހަޑިހުތުރު ބަހުން މުޚާތަބު ކުރުން.
މުޑަހަންޖާ
18 October 2023
އުތުރުރަށްރަށު މީހުނަށްއެރި އޮޅުމެއްގެތެރެއިން ރައިސްކަމަށް އަދުރޭމެން ގުރޫޕަށް ވޯޓުދީގެން މިދުވަސްކޮޅު ތިއްބަސް ހުވާކުރުމާއެކީ އިތުބާރުނެތްކަމުގެ ވޯޓުނަގައި ވެރިކަމުން ވައްޓާލާއިރުގައި ވެރިކަމާއި ހަވާލުވާން މަޖުލީހު ރައީހަކަށް ލާފަހުންނަންވާނީ ދެފަހަރު އެކައްޗެކޭކިޔޭފަދަ އިތުބާރުހިފޭ މީހަކު.
ޢއއއއއ
19 October 2023
ބަލަ މުޑަހަންޖާ. ރައީސް އިތުބާރު ނެތިއްޔާ ނާއިބްރައީސް ވެސް ހުންނާނެ. މޮޔަ ނުގޮވާ
ބަރަބޯ ފާތުމަ
18 October 2023
މަޖްލިސް ދައުރު ނިމިގެން ދާއިރު އަގަ ނުހުޅުވާ މާފަންނު ދެކުނު މެމްބަރ އާދަން ކޮއި ވެސް ހުންނާނެ ...މިޖަލްސާގައި ވާހަކަ ދައްކަން
ކޮރަލް
18 October 2023
އަންނިގެ ސިޔާސީ ހަޔާތް ނިނެނީ އެވެ. ގައުމުގެ ރައީސް ކަން ދިނީމަ ދައުރު ހަމަ އެއް ނުކުރެވުނެވެ. މަޖްލިސް ރައީސްކަން ދިނީމަ ދައުރު ހަމަ އެއް ނުކުރެވުނެވެ. ދެން އަލުން މަޖްލިސް މެމްބަރުކަން ދޭން ޖެހޭ ސަބަބެއް ނެތެވެ.
ހުސްނުހީނާ
18 October 2023
ކެނެރީގޭ ނަޝީދު ނޫންގޮތެއް މިގައުމަށް ވަރަށް ބޮޑަށް، ވަރަށް އަވަހަށް ބޭނުންވޭ!
އާއްޕިސް
18 October 2023
ވެރިކަމުގަ ނެތްތާ 13އަހަރު،، އޭނަ ގޭގައޮތަސް ނަސީދުގެ ނަން އަންނާނެ ތިމާމެންގެ ސިޔާސީ ބަނަކަން އަތުވެދާނެ ކަމައް ޓަކާއެވެ. ނިމުނު އިންތިހާބުގަވެސް ކުރިމަތި ނުލާ އެމީހާގެ ނަން ހުރިހާޕާޓީ އަކުން ގޮވަމުންދިޔައީ، އެއްބަޔަކު ތައުރީފުގަ އަނެއްބަޔަކު ނަފުރަތުގަ އަނެއްބަޔަކު ހީލަތްތެރިކަމުގާ ނަސީދުގެ ނަން ކިޔަމުން ދިޔައީ
އަސްލުވީ
18 October 2023
މީނާ ވަގުތުން ބޭރުކުރަންޖެހޭ.. މިއީ މަޖިލިސް ރިޔާސަތު ބޭނުންކޮށްގެން އަމިއްލަ މަންފާ ހޯދަން އުޅުނު މީހެއް. އެއް އިރެއްގައި ބަރުލަމާނީ ފާސްކުރާ ހިތުން ލޮލަށް ނިދިނައިސްގެން. އަނެއް އިރެއްގައި ޕާޓީ ލީޑަރަށް އިންތިޚާބަކާ ނުލާ މަޖިލިސް ގޮނޑި ލިބޭގޮތް ހަދަން އިސްލާހު ލައިގެން.
އީސަދަރި
18 October 2023
މީހަކުބުނި ފެނަކަ އޮތީނޭފަތުގެ ކުރިއަށް ފެންއަރާ ހިސާބު އަޱީގައްޔޯ ކޮރޮޕްޝަން ބޯޱުން ހައްމުށި ހފައިގެން ދުވަނިއްޔޯ 2023 ލިބުނު ކަމަކަށްވެސް ނުވާނެޔޯ
ހޯލި
18 October 2023
ތިކަން ކުރާނެބާ؟ ގަވާއިދުގެ އަކުރެއްގައި ހިފައިގެން ތިޔަ ޖަލްސާ ކުރިޔަށް ދިޔަވެސް ނުދޭނެއެވެ.
އޮނަރަބްލް އަފީފު ދީދީ
18 October 2023
ރައްޔިތުންގެ މަޖިލިސް ރައީސް ކަމުން ނަޝީދު ދުރުކުރުމާއި ދައުލަތުގެ ކުންފުނިތަކުގެ ވައްކަމާއި ޙިޔާނާތުގެ ކަންކަން (ހަމައެކަނި ފެނަގައިގެ ޙިޔާނާތް ވެސް 3 ބިލިޔަން ރުފިޔާ އާއި އަރާ ހަމަކުރޭ) މަޖިލީހުން ބަލާން ބާރުއަޅާ ނަޝީދު ދެއްކެވި ވާހަކައާއި ގުޅުމެއްވޭތޯ ސުވާލު އުފެދޭ. # މިއަދުގެ ޖަލްސާގައި އެމްޑީޕީ (ކުރީގެ އެމްޑީޕީއެއްނޫން) ޕާލަމެންޓްރީ ޤުރޫޕް ލީޑަރ އަދި ހާޒިރީގެ ފުލުން ރެކޯޑް ހައްދަވާ ބޭފުޅާގެ ވާހަކައިން އިގެނީ އިތުބާރު ގެއްލުނީ މިހެންވެކަން.
ދަރެޓްސް
18 October 2023
މީނަ އަވަހަށް ރިޔާސަތުން ބާލާ! މާލަސްވެއްޖެ!
އެސް ޒެޑް
18 October 2023
އާން! މާލަސްވެސްވެއްޖެ ތި ދުއްޕުރާން ބޭރުކުރަން ބޭރުކުރަންވީ މަޖިލީހުގެ ރިޔާސަތުން އެކަންޏެއްނޫން ވެވެންޏާ މަޖިލީހުންވެސް ބޭރުކުރަންވީ އެކަމަކު އެއީ މަޖިލީހުގެ މެމްބަރުންނަށް ވެވޭނެ ކަމެއް ނޫންވިއްޔާ. މަޖިލީހަށް މެމްބަރަކު އިންތިޚާބު ކުރުމަށްފަހު އެމެމްބަރެއްގެ ޢަމަލުތައް ހުންނަގޮތަށްބަލާ މަޖިލީހުން ބޭރުކުރުމުގެ ބާރު އެމެމްބަރަކު އިންތިޚާބުކުރި ދާއިރާގެ ރައްޔިތުންނަށްދޭން އެބަޖެހޭ