ޔާމީން: އެމަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ ބާއްވަން ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
20 ނޮވެމްބަރ 2023 - 15:14
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިން މުއާމަލާތުގެ މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ.
އެ މައްސަލަ އެ ދެ ބޭފުޅުންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރި މައްސަލާގައި ދެން އޮންނާނީ އެންމެ ފަހު އަޑުއެހުން ކަމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އޮތީ އިއުލާން ކުރައްވައިފަ އެވެ. އެ އަޑުއެހުން މާދަމާ މެންދުރު ބާއްވަން ހައި ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.
އެ އަޑުއެހުމަށްފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ޔާމީން މިވަގުތު ހުންނެވީ ސިއްހީ ސަބަބުތަކަށްޓަކައި ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަކަތީބު
20 November 2023
އެދެނީ މިނިވަން ވުން، އޭރުން އަދުރޭމެެން ފަހާ ދުވޭނީ!
ބޮޑުކަތީބު
22 November 2023
އެދެނީ އަލުން ޖަލަށް ގެންދިޔުން، އޭރުން ރައީސް ޑރ މުއިއްޒުއަށް ހަމަޖެހިގެން ވެރިކަމެއް ކުރެވޭނީ!
އިހްސާސް
20 November 2023
ޖުޑިޝަރީ މިނިވަންނުވެ އޭރުގެ ސަރުކާރުގެ ނުފޫޒުންނޭ ޔާމީނަށް 11 އަހަރުގެ ޙުކުމް އިއްވީ ބުނި ކުދިން ދެން ހައިކޯޓުން ކޮންމެ ގޮތަކަށް ޙުކުމް އަޔަސް ޤަބޫލުކުރަންވާނެ. ޔައުނީ މިހާރު އޮތީ ޕޕއމ / ޕއނސ ގެ ސަރުކާރެއް. ކޯޓަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެތާދޯ..
މަޒީމާ
20 November 2023
ޔާމީން ދޫކުރޭ. އަދީބް ޒިޔަތު ދޫކުރިގޮތަށް. އެމްއެމްޕީއާރުސީ ން ވައްކަން ކުރީ ތިހުރިހާ އެއްމެން.
އެހެން ނޫންތޯ؟
20 November 2023
ރައީސް ޔާމީން ކަމެއް ނުކުރާކަމަށް ވޯޓް ދީފަ އެއޮތީ، ދެން އަވަހަށް ދޫކޮށްލާ؟
ޑްރޭކް
20 November 2023
ޖުޑީޝަރީ މިނިވަންކޮށްފީމޯ ބުނީ. ދެން ކޯޓުން ރައީސް ޔާމީނާއި ދެކޮޅަށް ނޫނީ އެއްކޮޅަށް ނިމުނަސް އެއީ ރައީސް މުއިއްޒު އާއި ބެހޭ ކަމެއްނޫން އޯކޭ!
އަހުމޭ
20 November 2023
މިނިވަންވަނީ
ފަނޑިޔާރުގެ
20 November 2023
ކެމްޕޭންގަ މުއިއްޒު ވިދާޅުވީ ޔާމީން ދޫނުވެ އެހުރީ ކުރީ ސަރުކާރުން ޖުޑިޝަރީ އަށް ނުފޫޒު ފޯރުވާތީއޭ. ހުވާ ކުރައްވާފަ ވިދާޅުވީ ސަރުކާރުން ޖުޑިޝަރީ އަށް ނުފޫޒު ފޯރުވުން ނިމުނީއޭ. ވީމާ މުއިއްޒުގެ ހުވަޔާ އެކު ރައީސް ޔާމީން މިނިވަންވާން ޖެހޭ.
އިސް ފަނޑިޔާރު
22 November 2023
އުނހޫ، އޭގެ މާނައަކީ ކޮންމެ ގޮތަކަށް ނިމުނަސް އެ ނިންމުމަކީ އެއްވެސް ފަރާތެއްގެ ނުފޫޒު ނެތް ޠާހިރު ނިންމުމެކޭ! އެ ގަބޫލުކުރަންޖެހޭނެޔޭ
ސީތާ
20 November 2023
ހަރާމް ޙުކުމް، ޙަރާމް ޙުކުމް، ޙަރާމް ޙުކުމުގެ އަޑުން މުޅި ޤައުމު ގުގުމަމުންދިޔަ އަޑު އަދި ކަންފަތުން ފިލައިގެން ނުދޭ. ޙަރާމް ޙުކުމޭ ގޮވިމީހުން މިހާރު އެތިބީ ފިނިކޮޓަރިކޮޅުތަކުގައި. މިހާރު ޙަރާމް ޙުކުމޭ ގޮވާ އަޑެއްވެސް ނީވޭ. ޔާމީނޭ ކިޔާ އަޑެއްވެސް ނީވޭ. ޔާމީނުގެ ފޮޓޯތަކެއްވެސް ނުވެގޭ. ޖަލްސާތަކުގެ ޝަރަފުވެރި މެޙްމާނަށް ޚާއްޞަކޮށްފައި ހުންނަ ''ހުސް ގޮނޑިކޮޅު'' ވެސް ނުފެނޭ. ކިހިނެއްބާ މިވަނީ؟؟
އޯކޭ
20 November 2023
އިއްރަލަވެންޓް މީހެއް މިހާރު