ޚަބަރު / އއ. ތޮއްޑޫ

ތޮއްޑޫގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކަށް އައިސީޔޫގައި ފަރުވާދެނީ

ލ. ލިންކު ރޯޑުގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓްގައި ހޮޅިދަނޑިއެއް ވެއްޓިފައި -- ފޮޓޯ: ސޯޝަލް މީޑިއާ

އއ. ތޮއްޑޫގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގީ ތިން މީހަކު އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލް ނުކުރެވި ގޮސް ރުކެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބުނީ ސައިކަލް ދުއްވަން އިން މީހާއަށެވެ. އޭނާ އިއްޔެ ހަވީރު މާލެ ގެނެސް، އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި 34 އަހަރުގެ މީހާގެ ހާލު ސީރިއަސް ކަމަށެވެ.

"ނޭވާލަމުން ދަނީ ވެންޓިލޭޓަރެއްގެ އެހީގައި،" އޮފިޝަލް ވިދާޅުވި އެވެ.

ޒަހަމްވި މީހާގެ މޫނު މައްޗަށާއި ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެ އެވެ.

އެކްސިޑެންޓް ހިނގި އިރު ސައިކަލުގައި ތިބި އަނެއް ދެ މީހުންނަށް ފަރުވާދިނީ އެ އަތޮޅު ރަސްދޫ ހޮސްޕިޓަލުންނެވެ. އެ މީހުންގެ ހާލު ރަނގަޅު ކަމަށްވެ އެވެ.

ލ. ލިންކް ރޯޑުގައި އިއްޔެ ހަވީރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން 27 އަހަރުގެ ޒުވާން ފިރިހެނަކު ވަނީ މަރުވެފަ އެވެ. މިއީ ލާމު ލިންކް ރޯޑުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދައި މިދިޔަ އަހަރުގެ ޖުލައި ހިސާބުގައި ބޭނުންކުރަން ފެށި ފަހުން، އެ މަގުގައި ހިނގި އެކްސިޑެންޓެއްގައި މަރުވި ފުރަތަމަ މީހާ އެވެ.

8 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 67%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

3ޮނ3

16 February 2017

3 މީހުންނާ އެކީ ދުއްވި ސައިކަލު ބާރު ސްޕިޑުގަ ؟؟ އަހަރެމެން މިއުޅެނީ އަންހެނުން އެކަނި އަރުވައިގެންވެސް ސައިކަލު ކުރިޔަސް ނުގޮސްގެން.

The name is already taken The name is available. Register?

އަހުމަދު

11 February 2017

ހައިވޭ ތަކުގަ ހެލްމެޓް އެޅުން މަޖުބޫރު ކުރަން ވީއެވެ.

The name is already taken The name is available. Register?

ޟުހާޓޯ

11 February 2017

ސަރުކާރު ގޯސްވާނީ.

The name is already taken The name is available. Register?

ލަބީދު

11 February 2017

3 މީހުން އަރައިގެން މިރާއްޖޭގަ ސައިކަލު ދުއްވުމުގެ ހުއްދަ ދިނީ ކޮން ދުވަހަކު

The name is already taken The name is available. Register?

ސައިކަލު

11 February 2017

ހުއްދަ ދީީގެންތަ ދުއްވޭނީ

The name is already taken The name is available. Register?

ޔަގީން

11 February 2017

ދުއްވޭލެއް މަޑީ.

The name is already taken The name is available. Register?

ހަސަން

11 February 2017

ދުއްވޭލެއް މަޑީ. ސައިކަލަކަށް އެރިއްޖެއްޔާ ތިބެނީ ރަންބުއްދިވެފަ.

The name is already taken The name is available. Register?

މަހްޖޫބް

12 February 2017

ތިމާމިއީ ފިރިހެނެއްކަން ދެއްކެންޖެހޭވިއްޔާ! އެހެންވެ މޮޅުއުކުޅެއް ނުހަދާ ހަމަ ނުހުރެވެނީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454