ވިކްޓަރީގެ އެނަޓޮލީ އަށް ސަޕޯޓަރުންތަކެއް ހަމަލާދޭއިރު ސޮބާ އާއި ޓީމުގެ އެހެން ބައެއް ކުޅުންތެރިން އޭނާ ހިމާޔަތް ކުރަން މަސައްކަތް ކުރަނީ.-- ފޮޓޯ: މިހާރު
12 ފެބުރުއަރީ 2024 - 10:10
ގަލޮޅު ދަނޑުގައި މިދިޔަ ބުދަ ދުވަހުގެ ހަވީރު ބޭއްވި ފުޓްބޯޅަށް މެޗެއްގެ ތެރެއިން ހިންގި މާރާމާރިއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
މި މާރާމާރިއާ ގުޅިގެން ފުލުހުން މިފަހަރު ހައްޔަރުކޮށްފައި ވަނީ ރުވާގުގެ، ރ. މަޑުއްވަރި، އިބްރާހިމް ނުއައިމް ޝަރުމީލް، 19 އެވެ. އޭނާ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ދީފަ އެވެ.
އޭނާގެ ބަންދުގެ އަމުރުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މާރާމާރީގައި ބައިވެރިވުން ކަމަށެވެ. އަދި އެއީ ޖަމާއަތް ހަދައިގެން އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގި އަމަލެއް ކަމަށް އެ އަމުރުގައިވެ އެވެ.
ގަލޮޅު ދަނޑުގައި ހިންގި މާރާމާރިއާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ؛
- ފައިވްރޯސް، ގދ. ތިނަދޫ، ރިކްޒު އާދަމް، 21
- ހ. ހިލްޓަން، މާލެ، އިބްރާހިމް އަލީފް ރައޫފް، 34
ކްރިމިނަލް ކޯޓުން ވަނީ އެ ދެމީހުންގެ ބަންދަށް ވެސް 15 ދުވަސް ދީފަ އެވެ.
ކޯޓު އަމުރުގައި ބުނި ގޮތުގައި، މި ދެ މީހުންގެ މައްޗަށް ވެސް ތުހުމަތުކުރަނީ މާރާމާރީ ހިންގުމާއި ބިރުދެެއްކުމާއި އިންޒާރުދިނުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމެވެ. މި ދެމީހުންގެ ވެސް ކުށުގެ ރެކޯޑް އޮވެ އެވެ.
ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ބުނެފަ އެވެ.
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޑަހެންވޭރާއި ވިކްޓަރީ ކުޅުނު މެޗުގެ ފަހު 10 މިނެޓް ތެރޭގައި ހިންގި އެ ހަމަނުޖެހުމުގައި ވަނީ ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމަށް ވެސް ހަމަލާ ދިފަ އެވެ.
މެޗުގެ 82 ވަނަ މިނެޓް ކުޅެވުނު ފަހުން، ހިންގި އެ ހަމަނުޖެހުމުގެ ތެރޭގައި ކުޑަހެންވޭރަށް ސަޕޯޓުކުރަން ތިބި ބަޔަކު ދަނޑުގެ ކޮމްޕައުންޑް ސަރަހައްދަށް ވަދެ އިތުރަށް ހަމަނުޖެހުން ހޫނު ކުރި އެވެ. އެ ހަމަނުޖެހުމުގައި ބައިވެރިވި މީހަކު ވަނީ ސޮބާގެ މޫނު މަތީގައި ގޮށްމުށުން ޖަހައި، އޭނާގެ އަނގަމަތި ފަޅާލި އެވެ.
މެޗުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ، ކުޑަހެންވޭރުގެ މުހައްމަދު ހާޒިމް ރިއްފަތު، ވިކްޓަރީގެ އެނަޓޮލީ އަށް ކުރި ފައުލަކާ ގުޅިގެން އެނަޓޮލީ ގަސްދުގައި ހާޒިމް ގައިގައި ކޮޅުފައިން ޖެހުމުންނެވެ. އެއާ ގުޅިގެން ރެފްރީ މުހައްމަދު ޖާވިޒް އެނަޓޮލީ އަށް ރަތް ކާޑެއް ދެއްކުމުގެ ބަދަލުގައި ރީނދޫ ކާޑެއް ދައްކަން ނިންމުމާ ގުޅިގެން މައްސަލަ ހޫނުވި އެވެ. އަދި އޭގެ ކުރިން ވެސް ކުޑަހެންވޭރުން ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.
ހަމަނުޖެހުމާ ގުޅިގެން މެޗުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް އެހީވުމަށް އިތުރު ފުލުހުން ވެސް އެ ދުވަހު ދަނޑަށް ވަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔައިން
13 February 2024
އުމުރުން އެންމެ 19 އަހަރުގައި މާރާމާރީ ހިންގިކަމުގެ ރިކޯޑް އޮތުމުން ވަޒީފާއެއް ނުލިބި މީހާގެ ދިރިއުޅުން ހަލާކުވެދާނެ ކަމަށް ވިސްނަނީ ކިތައް މީހުންބާ؟
ށުމެއްނު
12 February 2024
ވީޑިޔޯ އިންނފެންނަތަނުން އެންމެ ދެމީހުންތަ ހައްޔަރު ކުރަން ލިބުނީ
ނަށެއްމު
13 February 2024
ވީޑިއޯ އިން ފެންނަ އެންމެން ހައްޔަރު ކުރަންވީތަ؟
އިހްސާސް
12 February 2024
ހ.ހިލްޓަން މިއީ މިފަދަ ކުށްތަކުގެ ހާއްޔަކީތަ މާރާމާރީ، މީހުން މެރުން ޙަބަރުތަކުން މިގޭ ސޮރުން ހައްޔަރު މިކުރަނީ؟ ހެއްވާ ކަމަކީ މިއިންސޮރެއްގެ މައްޗަށް ކުށް ސާބިތެއް ނުވާނެ. ތަޅުވަ ތަޅުވާފަ ދެން އިވެނީ ރާއްޖެއިން ބޭރަށް ދާތަން. އެޔަށްފަހު އެދިޔަ ތަނެއްގަ މަރުވިކަމުގެ ޙަބަރު އިވެނީ.
ހިޔާލީ އަލީ
12 February 2024
އިއްޔެގަ މަސްއޮޑި ގޭންގު ފައިނަލަށް ގެންގޮސްދީ އަންނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުކޮށްދީފައި އެވަނީވެސް ތިގޮތަށް ރެފްރީންނަށް ބިރު ދައްކައިގެން. އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ އުޅެން ޖެހޭނީ މި ގޭންގުން ސަލާމަތް ނުވެވިގެން
ހަސަނު
12 February 2024
ގަލޮޅު ދަނޑު ތަޅާލާފާ އެތާ ޕާކެއް ހަދަންވީ.. މި ރާއްޖޭގަ މިހާޜު ފުޓުބޯޅަ ކުރިއަރުވާން ޖެހޭ ސަބަބެއް މަށަކަށް ނުވިސްނޭ..
ފަގުޑި
12 February 2024
ތީދެން ކީއްކުރަން ގެނެސްދޭޙާ ބޭކާރު އަޕްޑޭޓުތަކެއް.. އެންމެނައްވެސް އިނގޭ ތިއެންމެން މާދަމާ ރޯމާދުވާލު އެންމެން ކުރިމަތީ އަނެއް މާރާމާރީ ހިންގާލާނެކަން. ސަރުކާރުންވެސް މަޖިލިސް އިންތިހާބުގަ ވޯޓު މަދުވެދާނެތީ ތެޅެފޮޅެނީ..... ހޯމް މިނިސްޓަރަކައް ހުންނަނީ "މުރަނގަ ގަސްދޮށު މާލިމީއެއް"
ޓީޖެޓީ
12 February 2024
ހާދަ ސުލޮއޭ ދޯ. ވީ ހުރިހާ ކަމެއްގެ ވީޑިއޯ ރެކޯޑިން ފެންނަން ހުރިއިރުވެސް މީން މީހަކު އަތުޖެހެން ހާދަ ދުވަހެކޭ މި ނަގަނީ
ރަދީފްއޮފިޝަލް
12 February 2024
ވީވަރަކުން ދޯ ވާނީ. ވީވަރަކުން. ހެހެހެހެހެ
މިއީ މަށޭ
12 February 2024
އޭ މަށޭ ކިޔާތަ އެބަ؟
ހައްޔަރު
12 February 2024
ހައްޔަރުކުރުމަކުން ނުފުދޭ. މި ނުލަފާ މީހުންގެ ކިބައިން ދުއްތުރާވުން ފިލަންޖެހޭ. ހެޔޮނަތީޖާ ފެންނަންޖެހޭ. އެ ނަތީޖާ ނުފެންނަނަމަ ހައްޔަރުކުރުމުގެ ބޭނުމެއް ނެތް.
888888
12 February 2024
ހައްޔަރުކުރަމުން ދޫކުރަމުން މިކަން ނިމިގެންދާނީ އެހެންކަންކަންވެސް ނިމޭފަދައިން.