ލޯޑަރެއް ދަށުވި އަމާނުުﷲ: ނުވަ އަހަރުގެ މި ކުއްޖާ މަރުވި މައްސަލާގައި، ލޯޑަރު ދުއްވި މީހާގެ މައްޗަށް ދައުލަތުން ވަނީ ދައުވާ ކޮށްފައި.
15 ފެބުރުއަރީ 2017 - 15:32
ގދ. ފަރެސްމާތޮޑާގައި މިދިޔަ އަހަރު ލޯޑަރެއް ދަށުވެގެން ނުވަ އަހަރުގެ ކުއްޖަކު މަރުވި މައްސަލާގައި އެ ދުއްވި މީހާގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ހިނގި މި ހާދިސާގައި އަމާނުﷲ ނަމަކަށް ކިޔާ ކުއްޖާ މަރުވީ، ފަރެސްމާތޮޑާގެ ބަނދަރު ސަރަހައްދު ހިމާޔަތް ކުރަން ހިންގަމުން ގެންދިޔަ މަޝްރޫއުގައި ބޭނުންކުރި ލޯޑަރެއްގެ ދަތްގަނޑު ތެރެއަށް އޭނާ އެރި އޮއްވައި، ދަތްގަނޑު ތިރިކޮށްލުމަށް ފަހު، ދުއްވާލި ވަގުތު ލޯޑަރު ދަށުވެގެންނެވެ.
އެމްޓީ ހޯގާޑް ކުންފުނީގެ އެ ލޯޑަރު އެވަގުތު ދުއްވަން އިނީ ސ. މީދޫ އިރުމަތީގޭ ޒާހިދު ހަސަނެވެ.
މި މައްސަލާގައި ޒާހިދުގެ މައްޗަށް ދައުލަތުން ކުރަނީ ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ ދަށުން މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ ގިނަވެގެން 15 އަހަރުގެ ޖަލު ހުކުމެއް ޒާހިދަށް އަންނާނެ އެވެ.
މި މައްސަލައިގެ ޝަރީއަތް މިއަދު ފަށަން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި އޮތަސް އެހެން ދުވަހަކަށް އަޑުއެހުން ވަނީ ފަސްކޮށްފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މަންމައަކަށް ލިބިފައިވާ އަމާނުﷲ ލޯޑަރުގެ ދަށުވި މަންޒަރު ފެނުނު މީހުން ބުނެފައިވާ ގޮތުން، އެ ހާދިސާ ހިނގި ވަގުތު ލޯޑަރުގެ ދަތްގަނޑު ތެރޭގައި އަމާނުﷲ އޮތްކަމެއް ޑްރައިވަރަކަށް ނޭނގެ އެވެ. ލޯޑަރު ދުއްވާފައި ގޮސް އަމާނުﷲ ގެ ގަޔަށް އެރުމުގެ ސަބަބުން އޭނާގެ ބޯ ވެސް އޮތީ ވަރަށް ޗަސްވެފަ އެވެ. އޭނާ މަރުވީ އިތުރު ފަރުވާ އަށް ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންދަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އލހ
16 February 2017
މިފަދަ ކަންކަން ހިގަނީ މަސައްކަތްކުރަން ގެންނަ ހެވީލޯޑް ވެހިކަލް ބޭނުންކުރަނީ އެމީހުންގެ ހުރިހާ ކަމެއްކުރަންވެސް. މިގޮތުން ލޯޑަރުގެ ދަތްގަނޑަށް އަރުވައިގެން ގެންދަން ވަކިއެއްޗެއްނޯވޭ. މީހުން ވެސް އަރުވަނީ. 20ފޫޓް ހުންނަ ދަގަނޑު ހޮޅިވެސް އުފުލަނީ ލޯޑަރުގެ ބަކެޓަށްލައިގެން. މިހާރު ކުރިޔަށްދާ ޕްރޮޖެކްޓްތަކުގެ މަސައްކަތްކުރާ ގޮތުން މިއަށްވުރެ ގިނަހާދިސާތަށް ކުރިމަތިވެދާނެ ކަހަލަގޮތަކަށް މަސައްކަތް ކުރެވެމުންދަނީ. ބަލާނެ މީހަކުނެތް.
ޙައިލާ
16 February 2017
ކުއްވެރިޔަކީ އެކުއްޖާގެ ބެލެނިވެރިފަރާތް.
ޔޯބުރޯ
16 February 2017
ކޮންމެއަކަސް ވަަރަށް ހިތާމަވެރި ހާދިސާއެއް އެކަމަކު ޑްރައިވަރު ފަރުވާކުޑަވެގެން ދިމާވި ކަމެކޭ ނުބުނެވޭނެ. ސައިޓަށް އެކުއްޖާ ހުރަހެއްނެތި ވަނީ ކިހިނެތް؟ އޭގަ އިހުމާލުވާ ބަޔަކު ހޯދާ. މާ ބޮލަށް ފަސޭހަކޮށްލައިގެން ނަމަކަށް ކަމެއް ކުރާ އުސޫލުން ތިކުރަނީ.
ދެރަ ދޯ
16 February 2017
ލޯޑަރެއްގެ ތެރެއަށް ކުއްޖާ އެރުނީ އޭނާގެ ގޭގަ ލޯޑަރު އޮއްވައެއްނޫން! ލޯޑަރު އޮތީ މަސައްކަތް ކުރާ ސައިޓުގައި! އެ ސައިޓަށް އާއްމުންނަށް ވަދެވެން ވީ ކީއްވެ! އެ ކުއްޖާގެ ބެލެނިވެރިން ވެސް ޖެހޭނެ ކުއްޖާ އެފަދަ ތަނަކަށް ދެވުނުގޮތެއް ބަލަން! މިއީ އެއްވެސް ކަމެއް ކުރުމުގައި ވައްޓަފާޅީ ނުހުންނާތީ ވާގޮތް! ސިންގަޕޫރުގައި މަގުމަތީ ވިނަކޮށާ އިރު ވެސް އެސަރަހައްދު ހުންނަނީ ބަންދު ވެފަ! މަސައްކަތު މީޙުން ފިޔާވާ އެކަކަށްވެސް ނުވަދެވޭނެ ސަރަހައްދަށް! އަހަރެމެން ކޮންކިރިޓުން ސިންގަޕޫރާ އެއްވަރަށް ބަރު ވިޔަސް ވިސްނުމާ ސިޔާސަތުގެ ގޮތުން އެފްރިކާގެ ވަލުތެރޭ އުޅޭ މީހުންނަް ވުރެން ހާލު ދެރަ! މަސައްކަތް ކުރާ ސައިޓްތައް ހުންނަންޖެހެނީ ބަންދުވެފައި، ހާއްސަކޮށް ހެވީ މެޝިނަރީ ބޭނުްނ ކުރާނަމަ! އަދި ވަކިން ހާއްސަކޮށް ބެލެނިވެރިން ޖެހޭނެ ކުޑަ ކުދިން އެފަދަ ތަންތަނާ ކައިރި ވިޔަ ނުދޭން! ތި ސައިޓް ގެ މެނޭޖަރުވެސް ޒިއްމާ ވާން ޖެހޭނެ! އަދި ކުންފުނިވެސް! ކުންފުނިން އެސަރަހައްދު ބަންދުކޮށް ވަނުން މަނާ ބޯޑު ޖެހިތޯ! ސަރަހައްދުގައި ގާޑުން ތިބިތޯ! މިފަދަ ކުންފުނިތައްވެސް އެބަ ޖެހޭ ތަހުޒީބު ވާން!
ޢިންދާފު
16 February 2017
މި މައްސަލާއިގައި ޑްރައުވަރަށް ދައުވާ ކުރުމުގެ ބަދަލުގައި އެކުއްޖާގެ މަންމަ އާއި މަންމަ ފަރާތުގެ އާއިލާ މީހުންނަށް ދައުވާ ކުރުން މާރަނގަޅު ވާނެ. ޢެމީހުންނަށް ނުބެލެހެއްޓުމުން ދޯ އެކުއްޖާ އެސަރަހައްދަ ދާންޖެހުނީ
އުމަރު
15 February 2017
މިހިރީ މައްސަލަ ބަލަމުންދާގޮތް ސިޔާސީމީހުންގެ މައްސަލަތަށް ފުލުފުލުން ދަނީ ބާރަށް ކުރިޔަށް މިހިރީ އެހެންމީހުންގެ މައްލަތަށް ދާގޮތް.
މޮހޮނު
15 February 2017
ފެންނަ ކޮނމެ އެއްޗެކީ ރަން ހެން ހީވާ މީހުނައް ހީވާނީ ތިކަހަލަ ގޮތަކައް
ޖަމަލުސް
16 February 2017
މޮހޮނު ހާދަމޮޅޭ މިސާލުބަހަށް..ހެހެހ ރަންގަނޑެއް ކަމަށް ހީކުރި މީހާ ގައުމުވިއްކާ ބައިތުލްމާލު ހުސްކުރިއިރުވެސް ތިޔަ ތިބެނީ ހެވި ދިލިފަ.. އާދެ އެއީ އެކޮނޮމިސްޓެކޭ ކިޔާލަ ކިޔާލަ