ހުޅުމާލޭގެ މަގުމަތިން ވެހިކަލްތަކެއް ދުއްވާފައި ދަނީ.
16 ފެބުރުއަރީ 2017 - 13:04
ހުޅުމާލޭގައި ދުއްވާ ހަތަރު ފުރޮޅު ލީ އުޅަނދުތަކުގައި ޚާއްސަ ސްޓިކާއެއް ޖަހަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެންގިތާ އެއް ދުވަސް ފަހުން، އެ ސްޓިކާ އަށް ފީ ނުނަގާ ގޮތަށް އެ ކުންފުނިން އިއްޔެ ނިންމައިފި އެވެ.
ހުޅުމާލޭގައި ހަތަރު ފުރޮޅު ލީ އުޅަނދު ދުއްވާއިރު، އިއްޔެ އިން ފެށިގެން ޚާއްސަ ސްޓިކާއެއް ޖަހަން ޖެހޭ ގޮތަށް އެޗްޑީސީން ހަމަޖެއްސީ މިދިޔަ އަންގާރަ ދުވަހުގަ އެވެ. އެއް އަހަރުގެ މުއްދަތަށް އެޗްޑީސީން ވިއްކާ އެ ސްޓިކާގެ އަގަކީ ކުރިން ހަމަޖެއްސި ގޮތުން 50ރ. އެވެ.
ނަމަވެސް އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ސްޓިކާތަކަށް އިދާރީ ފީ ގެ ގޮތުގައި ނަގަން ކަނޑައެޅި 50ރ. ނުނަގާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އޭގެ ސަބަބެއް އިއުލާނުގައި ބުނެފައެއް ނެތެވެ.
އެ ސްޓިކާ އަށް ފީ ނުނަގާ ގޮތަށް އެޗްޑީސީން ނިންމީ، އެއީ ކޮން އުސޫލަކުން ކުރި ކަމެއް ކަން ސާފުކޮށްދޭން ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ އަންގާފައި ވަނިކޮށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު ވިދާޅުވީ އެ ސްޓިކާ ޖަހަން އެންގީ ކޮން އުސޫލަކުން ކަން އެ އޮތޯރިޓީ އަށް ސާފުނުވާ ކަމަށާއި އެކަމަކީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެން ކުރި ކަމެއް ނޫން ކަމަށެވެ.
ނަމަވެސް އެޗްޑީސީން މިއަދު ބުނީ ސްޓިކާ ޖަހަން ނިންމީ ޓްރާންސްޕޯޓް އޮތޯރިޓީގެ ހުއްދައާ އެކު ކަމަށެވެ.
ސްޓިކާ ޖަހަން ޖެހެނީ މިދިޔަ ޑިސެމްބަރު މަހު އެޗްޑީސީން ހެދި ގަވާއިދެއްގެ ދަށުންނެވެ. އެކަމަކު އެ ގަވާއިދުގައި، އެއީ ކޮން ބޭނުމަކު ޖަހަންޖެހޭ ސްޓިކާއެއް ކަމަކަށް ބުނެފައެއް ނުވެ އެވެ.
އެކަމުގައި އެޗްޑީސީގެ ބައެއް އަދި ނުލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔަ
19 February 2017
ހެޗްޑީސީއަށް ހީވެފައި އޮންނަނީ ހުޅުމާލެއަކީ ވަކި ގައުމެއް ކަމަށް!!! ހުޅުމާލެއަށް ދުއްވާ އެއްޗެއް ގެންނަންވިޔަސް ހުޅުމާލެ ކޮންމެވެސް ތަނެއްގެ ނަމުގައި ހުއްދައެއް ނަގާ ރަޖިސްޓަރީ ކުރަންޖެހެނީ!!! އަދި ކޮންމެ ގެއެއްގެ ނަމުގައި އެތެރެކުރެވެނީ އެންމެ ވެހިކަލްއެއް... އެވަރިހަމަ 6 ބުރިޔަށް ހުންނަ ގެއެއްވިޔަސް... ސަރުކާރު ކީއްކުރަން އެއްވެސް ކައުންސިލެއްގެ ބާރެއްވެސް މިރަށަކަށް ނުހިގާ!!!އެކަމަކު ގާނޫނު ބުނާގޮތުން މިއީ މާލޭގެ އަވަށެކެވެ. ވަކިރަށެއްވެސް ނޫނެވެ.
އަލީ
17 February 2017
ހުޅުމާލެއަކީ މާލެ ސިޓީގެ ބައެއް ލޯކަލްގަވަމަންޓް ޤާނޫގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ކިޔާތަނެއަގެ ރޯލެއްނެއްތް.
ޟަނަ
16 February 2017
ރައީސް މީހާގެ ހެޔޮފުޅުން
އަލީ
16 February 2017
ހުޅުމާލެއަށް ޕިކަޕް ކާރު އެތެރެނުކުރެވެނީ ކީށްވެގެންކަން އިނގެނީ ކާކަށްބާ؟؟ ސާފުކޮށްލަދީބަލަ ނިކަން. މަވެސް ވެހިކަލްއެއް އެތެރެކުރަން ބޭނުން.
ބޮޑާބެ
16 February 2017
ދެން ކޮންމެ ދުއްވާ އެއްޗެއް ފުރެންދެން އޮނާނީ ހުސް ސްޓިކާ ތަތްކޮއްފަތާއެވެ. ކޮންމެ އޮފީހަކުން ސްޓްކާއެއް ޖެހީމާ ޑްރައިވަރަށް ކުރިވެސް ނުފެންނާނެއެވެ. މިމީހުން މިއުޅެނީ ރައްޔިތުންނަށް ހާދަ އުދަގުލެއް ޖައްސާނަމޭ ހިތާދޯއެވެ. މި ސްޓްކާ ނުޖެހިއްޔާ އަނެއް ޖޫރިމަނާ އަންނާނެތާއެވެ.
ލަޒާރިއޯ
16 February 2017
ރައީސް މީހާގެ ހެޔޮފުޅުކަމުން ކޮއްދިން ކަންތައް ތަކުގެ ލިސްޓަށް ކަމެއް އިތުރު ކޮއްލެއްވީތޯ
މަކުނު
16 February 2017
ރައްޔިތުން އަތުން ފައިސާއެއް ލިބެން އޮތިއްޔާ ވާނެ މަކުނެއް ދޮންކެޔޮ ވަކެއް ޖަހައި ގަންނެހެން ކޮންމެގޮތެއް ހަދާފަވެސް އެލިބިގަންނަން
ބުރޯ
16 February 2017
އެޗް.ޑީ.ސީއަކީ ސަރުކާރަށް ޖަންދާނަގާ ޖަމިއްޔާއެއްހެން ހީވަނީ
މުއާޒު
16 February 2017
އެޗްޑީސީ އަށް ހީވަނީ ހުޅުމާލެ އަކީ ދިވެހިރާއްޖޭގެ ގާނޫނު ނުހިގާ، އަމިއްލަ ފަރުދެއްގެ މުދާގަނޑެކޭ. އެމީހުން ކޮންމެ ކަމެއް ވެސް ކުރާނީ އެކަހަލަ ގޮތަކަށް. މިކަން ހުޅުމާލޭގައި އުޅޭ ރައްޔިތުންނާ ސުވާލުކޮށްފިނަމަ ވަރަށް ސާފުވާނެ.
ކޮލޮމްބޯ
16 February 2017
ހެޗްޑީސީއަށް ހީވެފައި އޮންނަނީ ހުޅުމާލެއަކީ ވަކި ގައުމެއް ކަމުގައެވެ. މިރަށަށް ދުއްވާ އެއްޗެއް ގެންނަންވިޔަސް ހުޅުމާލެ ކޮންމެވެސް ތަނެއްގެ ނަމުގައި، ހެޗްޑީސީއިން އިތުރު ހުއްދައެއް ނަގަންޖެހެއެވެ. އަދި ކޮންމެ ގެއެއްގެ ނަމުގައި އެތެރެކުރެވެނީ އެންމެ ވެހިކަލްއެކެވެ. އެއްވެސް ކައުންސިލެއްގެ ބާރެއްވެސް މިރަށަކަށް ނުހިގައެވެ. އެކަމަކު ގާނޫނު ބުނާގޮތުން މިއީ މާލޭގެ އަވަށެކެވެ. ވަކިރަށެއްވެސް ނޫނެވެ. ކޮންމެ އަވަށެއްގައި ވަކިން ވެހިކަލް ރެޖިސްޓްރީކޮށް، ޖޫރިމަނާކޮށް، ސްޓްކާ ވިއްކާ، ކުދިކުދި ސަރުކާރު ހިންގަން ވެއްޖިއްޔާ މިކަހަލަ ތާކުންތާކު ނުޖެހޭ ކިތަންމެ ކަމެއް ކުރެވޭނެއެވެ.