އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ.-
08 ޖޫން 2024 - 11:40
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ތިން ވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް ވަޑައިގަތުމަށް ގައުމުތަކަށް ދައުވަތު ދެއްވުމުގައި އިސްކަން ދީފައި ވަނީ ސަރަހައްދުގެ ގައުމުތަކަށް ބަލައިގެން ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މޮދީ ހުވާކުރެއްވުމުގެ ރަަސްމިއްޔާތު އޮންނާނީ މާދަމާ އެވެ.
އެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ސީޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖަގުނޯތާއި ނޭޕާލުގެ ބޮޑު ވަޒީރު ޕުޝްޕާ ކަމާލް ދަލާލު އަދި ބޫޓާނުގެ ބޮޑުވަޒީރު ޝެރިން ޓޮބްގޭ ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ލީޑަރުންނަށް ދައުވަތު ދެއްވުމުގައި އިސްކަންދިނީ "ނެއިބަހޫޑު ފަސްޓް ޕޮލިސީ" އާއި ސާގަރު" ވިޝަންގެ ދަށުން ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ހުވާ މޮދީ ތިން ވަނަ ދައުރަކަށް ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު، އެ ގައުމުގެ ރައީސް ޑްރޮޕަޑީ މުރުމޫގެ ފަރާތުން ބާއްވާ ފަރިއްކޮޅެއްގައި ވެސް އެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މޮދީ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު މިއީ އެ މަނިކުފާނު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މުއިއްޒު ރައީސް ކަމަށް ހުވާ ކުރައްވާ ރަސްމިއްޔާތަށް މޮދީއަށް ދައުވަތު ދެއްވި ނަމަވެސް އެ ގައުމުގެ ސަރުކާރުގެ ފަރާތުން ފޮނުވީ މިނިސްޓަރެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިތަކުރު
09 June 2024
އިންޑިޔާ އައުޓޭ ނުކިޔަސް އިންތިޚާބު ކާމިޔާބުކުރެވޭނެކަން މަޖިލިސް އިންތިޚާބުން އެވަނީ ހާމަވެފައި. އެހެންކަމުން ފިތުނައާއި ފަސާދަ ހަށީގައި ހިފާފައިހުރިމީހެއްގެ ޝިޢާރުތައް ދަމަހައްޓަން އަދުގެ ސަރުކާރުން އުޅޭކަށް ނުޖެހޭނެ. އެންމެންނާވެސް ޚާއްޞަކޮށް އެންމެގާތް އަވަށްޓެރިންނާ ގާތްކަމާއި އެކުވެރިކަން ބާއްވައި ދަމަހައްޓަންވާނެ.
تمثیل
08 June 2024
އަލްފާލިލް މޯދީ (ނ.ޢ.ޢ.ވ) ހުވާކުރުމުގެ ރަސްމިއްޔާތުގައި ރާއްޖެ تمثیل ކުރާކަމީ ވަރަށް ރަނގަޅު ކަމެއް.
ރަތީބާ
08 June 2024
ނުޖެހެ ދާކަށް، މި ހުރިހާދުވަހު އަހަރެމެންލައްވަ އިންޑިޔާ އައުޓް ގޮއްވާފަ މަނިކުފާނު ވަޑަައިގެން މޯދީ ގައިގަ ފިރުމީމަ އެޖެހުނީ ކޮންތާކު.
ފަރިދާ
08 June 2024
ކޮޔާ ރަތީބާ!! އިންޑިއާ އައުޓް ގޮވީ ޔާމީނު. ޔާމީނު އެޔޮތީ އިންޑިއާ އެންބަސީ އެގެއަށް ބަދަލުކޮށްގެން.
ނަމަސްތޭ
08 June 2024
ކޮބައިހޭ ރައްޔިތުންނަށް އޮޅުވާލައިގެން ހޯދި ކަމަށް ބުނި އިސްތިގުލާލު؟؟ތިޔަވެއްޓުނީ ފައިބުޑަށް...ނަމަސްތޭ .
ޔާޑްޔާޑް
08 June 2024
އިންޑިއާގެ ބެކްޔާޑްކަން ނުކެނޑޭކަން އަދިވެސް އެނގެނީ
ދަށޭ
08 June 2024
ހުވާ ކުރުމުގެ ރަސްމިއްޔާތަށް މޯޑީއެއް އެއިރަކު ނާންނާނެ. އޭރު މޯޑީއަކަށް ނޭނގޭ ވެރިކަމަށް އެރީ އިންޑިއާގެ ޕަޕެޓަކަށްވާނެ މީހެއްތޯ ނޫންތޯއެއް. މިހާރު އެނގޭނެ.
ރަދީފު ބިން ރަފައިދާ
08 June 2024
މަގޭ ސަލާމާ އޮނަރަބްލް އަފީފުގެ ސަލާން އޮނަރަބްލް އަފީފީފަށް ރައްދުކޮށްދޭތި.