ވިޔަފާރި / ރިޕޯޓް

ހަރަދުތައް ރީސެޓް ކުރުން ނޫން ގޮތެއް ނެތް

ދިވެހި ރުފިޔާތަކެއް: ދައުލަތުގެ ހަރަދުތައް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަންނަނީ ތައްޔާރުވަމުން. -- ފޮޓޯ | މިހާރު

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަކަށް ވަގުތު ކުޑަތަންވެފައި އޮއްވައި ނިންމީ އިގުތިސާދާ ނުބައްދަލު ނިންމުންތަކެވެ. މާލީ ގޮތުން ގައުމުގެ ހާލަތު އޭރު ވެސް ނާޒުކެވެ. ސިޔާސީ މަންފާ އަށް އޭރުގެ ސަރުކާރުން ބޮޑެތި ނިންމުންތައް ނިންމީ މާލީ އިދާރާތަކުން އިންޒާރުތައް ދީފައި އޮއްވަ އެވެ. އިގުތިސާދު ވެއްޓިފައި އޮތް ފުން އަނދަވަޅު، އޭރު ވެސް އެނގެ އެވެ. ރާއްޖޭ ދަރަނި ނުދެއްކި ބަނގުރޫޓުވުމާ ދިމާއަށް މިސްރާބު ހުރި ކަން ވޯލްޑް ބޭންކްގެ ރިޕޯޓުތަކުން ވެސް ވަރަށް ސާފުކޮށް ފެންނަން އޮތެވެ. އެ ކަމަކު އޭރު އެކަމަށް ވިސްނާލި މީހަކު ނެތެވެ.

އެކަމަކު އިންތިހާބުގެ ދުވަސްވަރަށް ވުމުން ސަރުކާރަށް ލިބިދާނެ ގެއްލުމަކަށްޓަކައި އެ ފިޔަވަޅުތައް އޭރުގެ ސަރުކާރުން ނާޅައި ލަސްކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ އިގުތިސާދު މިހާރު މިއޮތް ހާލަތެވެ.

މި ހާލަތުން އަރައިގަތުމަށް އަދިވެސް ހަމައެކަނި އޮތް ފިޔަވަޅަކީ ހަރަދުތައް ކުޑަ ކުރުމެވެ. އެ ނޫން "ޗޮއިސް" އެއް ނެތެވެ. ގައުމުގެ ހާލަތު މިހާ ހިސާބަށް ދިޔައީ ޑެފިސިޓް އިންތިހާ އަށް ބޮޑު ބަޖެޓުތައް ތަންފީޒު ކުރަން އުޅުމުންނެވެ. ޑެފިސިޓަށް ބޭނުންވާ ފައިސާ ހޯދުމަށް ދަރަނި ނަގާ ނަގައި، ވޭތުވެދިޔަ 10 އަހަރުގެ ތެރޭ ދައުލަތުގެ ޖުމްލަ ދަރަނި ވަނީ 70 ޕަސެންޓަށް އިތުރުވެފަ އެވެ.

މާލީ ދާއިރާގެ ބޭފުޅަކު ވިދާޅުވީ، މިވަގުތު އިގްތިސާދުގެ މާލީ ކަންކަން މިހިރީ ސަލާމަތް ނުވާނެ ހާލަތެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ، މިސާލަކަށް ދައުލަތުން 700 މުވައްޒަފުން ވަކިކުރި ނަމަވެސް، އެ ސަލާމަތް ވަނީ 20 މިލިއަން ރުފިޔާ ކަމަށާއި އެ އަދަދު ސަލާމަތް ކޮށްގެން މުޅި މައްސަލަ އަށް ހައްލެއް ލިބޭ ވަރަށް ވުރެ މުޅި މައްސަލަ މާ ބޮޑެވެ.

މިއީ، ރާއްޖޭގެ އިގުތިސާދާ މެދު ވޯލްޑް ބޭންކްގެ ކަންޓްރީ އިކޮނޮމިސްޓް އާޑަމް އޭޓަސްގެ ވެސް ކަންބޮޑުވުމެވެ. އިގުތިސާދު ހަތަރު ޕަސެންޓުގައި އެބަ ކުރިއަށް ދެ އެވެ. އަދި ކުރިއަށް އޮތް ޕީކް ސީޒަންގައި އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، އިގުތިސާދަށް ވަންނަ ފައިސާ ވެސް އިތުރުވެދާނެ އެވެ. އެކަމަކު އެ ކުރިއެރުންތަކާއި އިތުރުވާ އާމްދަނީން އެކަނި، މާލީ އަނދަވަޅުން ސަލާމަތެއް ނުކުރެވޭނެ އެވެ.

ރަށަކަށް ގެންދިއުމަށްޓަކައި މުދާތަކެއް ބޯޓަށް އަރުވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ތެލުގެ ހަރަދު ކުޑަ ކުރަން މިއަދު ގޮސް ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރެއް ނުކުރެވޭނެ އެވެ. ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާ އަށް އެރީ ވެސް އެއް ދުވަހަކުން ނޫނެވެ. އެހެންވެ، މިހާރު މި އޮތީ މައްސަލަ ހައްލުކުރަން ވަގުތީ ހައްލުތަކާ ދުރަށް ގޮސް އަސްލު މައްސަލައާ ކުރިމަތިލާން ޖެހޭ ހާލަތުގަ އެވެ.

ސަރުކާރުތަކުގެ އިހުމާލު ފެންނަން އޮތް ނަމަވެސް، ހަމައެކަނި އެހެން ކިޔަން މި ދަނޑިވަޅު މި ސަރުކާރަށް ވެސް ތިބެވޭކަށެއް ނެތެވެ. މި އުނދަގޫ ފައްތަރުގައި ޖެހިފައި އޮތީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާށެވެ. އާސަންދައިގެ ބޭކާރު ހަރަދު ހުއްޓުން ފަދަ، ރައްޔިތުންނަށް މާ މަގްބޫލު ނުވެދާނެ ފަދަ ކަންކަން ކުރަން މަޖުބޫރެވެ.

"ކޮންމެ ސަރުކާރެއް އޮތަސް މި ވަގުތުން ވަގުތަށް އެޅޭނެ ފިޔަވަޅެއް ނެތް. ހިއެއް ނުވޭ އެއްވެސް ސިޔާސީ މީހަކަށް ދެއްކޭނެ ހެނެއް މިވަގުތަށް އެޅޭނެ ފިޔަވަޅެއް ޑެޓް ޑީފޯލްޓަކަށް ނުގޮސް،" މިހާރު ކުރިމަތިވެފައިވާ މާލީ އުނދަގޫ ހާލަތާ ގުޅޭ ގޮތުން ރާއްޖޭގެ އިގުތިސާދު ދިރާސާކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

ފިޔަވަޅުތައް އެޅުން މާ ލަސްވީ!

ކޮވިޑުން ފެށިގެން އިގުތިސާދަށް ބޮޑު ކާރިސާ އަށް އަންނަ މަންޒަރު ދިޔައީ ފެންނަމުންނެވެ. އޭގެ ފަހުން ވޭތުވެދިޔަ ތިން އަހަރު ވެސް ބޭނުން ކުރީ ވަގުތީ ހައްލުތަކެކެވެ. ބޮންޑާއި ލޯނުތައް ނެގުމާއި ފައިސާ ޗާޕު ކުރުމެވެ. މިކަންކަމުން ގައުމުގެ ހަރަދުތައް ހަމަޖެއްސީ އެވެ.

އެކަމަކު ކޮންމެ އަހަރަކު ވެސް ބަޖެޓު ޑެފިސިޓު ދިޔައީ އިތުރު ކުރަމުންނެވެ. ހަރަދު ކުޑަކުރުމަށްޓަކައި މިދިޔަ ފަސް އަހަރު ކޮވިޑްގެ ދުވަސްވަރު ފިޔަވައި އެހެން އިރެއްގައި އެއްވެސް ވަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތެއް ނުކުރެ އެވެ.

ނަމަވެސް، އިގުތިސާދީ ހާލަތު ގޯސްވަމުންދާ މަންޒަރު އޭރުގެ ފަންނީ ބޭފުޅުންނަށް ފެނި 2021 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ވެސް ހަރަދުތައް ކުޑަކުރަން ޖެހޭ ކަން ފާހަގަކުރި އެވެ. އާސަންދަ ރިފޯމު ކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވައިލި އެވެ. އެކަމަކު، އޭރު ކަނޑައެޅި އެއްވެސް ކަމެއް ތަންފީޒެއް ނުކުރެ އެވެ.

ފިނޭންސް މިނިސްޓްރީގެ އިމާރާތް: އިގްތިސާދީ ހާލަތު ފެންނަމުން ދިޔަ ނަމަވެސް މި ހާލަތަށް ވެއްޓުނީ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ރިޕޯޓަށް ވާހަކަ ދެއްކެވި މާލީ ދާއިރާގެ ތަޖުރިބާކާރު ވިދާޅުވީ، އޭރު އެ ފިޔަވަޅުތައް އެޅި ނަމަ ދައުލަތުގެ ޑެފިސިޓް ކުޑަވެ، މިހާރު ކުރިމަތިވެގެން އުޅޭ އުނދަގޫ ހާލަތުން ސަލާމަތް ވާން ވަގުތު ލިބުނީސް ކަމަށެވެ. އެންމެ ބޮޑު މައްސަލައަކީ، ސިޔާސަތު ތަންފީޒުކުރާ ފަރާތްތަކުން އިގުތިސާދީ ހާލަތުން އަންނާނެ ގެއްލުންތައް ގަބޫލު ނުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ބޮޑު އިޝޫއަކީ ރާއްޖޭގައެއް ނެތް ފިސްކަލް ހާލަތާއި މޮނިޓަރީ ހާލަތާއި ދެ ހާލަތު ދަންނަ ބަޔަކު ސިޔާސަތު އެކުލަވައިލާ ލެވެލްގައި. މިއީ ފެށުނީއްސުރެ ދިމާވާ ކަމަކީ. ސަރުކާރުގެ ހިންގުމުގެ ހަރަދާއި ސަރުކާރުގެ ކަންކަން ރާވާނެ ވަރަށް މޮޅެތި މީހުން އެބަތިބި. އެކަމަކު އެ މީހުންނަށް ރިއަލައިޒެއް ނުވޭ އެ މީހުން އެ ނިންމާ ނިންމުމުގެ ސަބަބުން މަނިޓަރީ ސިޔާސަތުތަކަށް މިއަންނަ ގެއްލުމެއް،" އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ، ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އެޅުން ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށެވެ. އެ ފިޔަވަޅުތައް 2022 އިން ފެށިގެން އަޅަން ޖެހިފައި އޮތަސް އެކަން ނުކުރެވި ދިއުމަކީ އޭނާގެ ކަންބޮޑުވުމެކެވެ.

"ފިސްކަލް ސްޓްރެޓެޖީ 2021 ގައި އޮންނާނެ ހަރަދު ކުޑަ ކުރަން ޖެހޭނެ ކަމަށް ބުނެފައި. 2022 ގައި އޮންނާނެ އެކަން ކުރާނެ ޕްލޭން ވެސް. އާމްދަނީ ތިން ޕަސެންޓް އިތުރުކޮށް، ހަރަދުން ތިން ޕަސެންޓް ކުޑަކުރުން. އެއީ ވަގުތުން ފަށަން ބޭނުންވި ކަމެއް،" އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ މަގާމު ފުރުއްވި އަދި އޭރު މާލީ ވަރަށް ގިނަ ސިޔާސަތުތައް އެކުލަވާލެއްވުމުގައި އިސްކޮށް ހުންނެވި ސަރުވަޝް ވިދާޅުވި އެވެ.

"ސަރުކާރުން ވެސް އެކަން ގަބޫލުކުރި. އާމްދަނީ އިތުރު ކުރަން ޓެކްސް ބޮޑުކުރީ. ދެން ހަރަދުގައި ވެސް ވާހަކަ ދެއްކެވުނު. އެކަމަކު ސަރުކާރުން އަމަލީ ފިޔަވަޅެއް ނާޅާ."

ސަރުވަޝް ވިދާޅުވި ގޮތުގައި ވެރިކަން ބަދަލުވި އިރު ގައުމުގެ ހާލަތު އޮތީ ފިސްކަލީ ދެމެހެއްޓެނިވި ހާލަތެއްގައެއް ނޫނެވެ. ހާލަތު ބަދަލު ކުރަން އެންމެ ބޮޑު ކަމަކީ، ފުރަތަމަ ދުވަހުން ފެށިގެން ވެސް ފިޔަވަޅުތައް އަވަސް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރިކަރަންޓް ހަރަދު ކުޑަ ކުރަންވީ

މި އަހަރުގެ ބަޖެޓުގެ އަދަދުތަކަށް ބަލާ އިރު ސަރުކާރުން ވަނީ ހަރަދު ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އަޅައިފަ އެވެ. ނަމަވެސް ރިކަރަންޓް ހަރަދު ކުޑަ ކުރަން މާ ގިނަ ފިޔަވަޅުތަކެއް މިހާތަނަށް އެޅިފައެއް ނުވެ އެވެ. މިއީ، މީގެ ކުރިން ވެސް ދައުލަތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. ރިކަރަންޓް ހަރަދުތައް ކުޑަ ކުރަން ފިޔަވަޅު ނޭޅުމެވެ.

ދައުލަތުގެ ޖުމްލަ ހަރަދުން 18 ބިލިއަން ރުފިޔާ ހޭދަ ކުރި އިރު އޭގެ ތެރެއިން 14 ބިލިއަން ހަރަދު ކުރީ މުވައްޒަފުންގެ މުސާރަ އާއި ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމަށެވެ. އެއީ ޖުމްލަ ހަރަދުގެ 50 ޕަސެންޓެވެ.

އޮޕަރޭޝަނަލް ހަރަދުތައް މިދިޔަ އަހަރަށް ވުރެ އިތުރެވެ. އަދި މުވައްޒަފުންނަށް ދޭ މުސާރަ ވެސް ދާދި އެއް ހަމަ އެވެ.

"މިދިޔަ އަހަރު ތެރޭގައި މިކަން ފެށިއްޖެ. މިދިޔަ އަހަރު ތެރޭގައި އެކަން އެހާ ބޮޑުނުވީ އޯވަޑްރާފްޓް ފެސިލިޓީ ބޭނުން ކުރީމާ. އެކަމަކު މިހާރު ޗާޕް ނުކުރަންޏާ އެ ރޫމެއް ނީންނާނެ. ޗާފްކުރާ ނަމަ ކުރީގެ ހާލަތު އޮންނާނީ. ޗާޕް ކުރީމަ އިތުރަށް ދިގު ދަންމާ މިލެވެނީ. މިސާލަކަށް މި އަހަރު ކްރައިސިސްއެއް ނާންނަންޏާ އަންނަ އަހަރު ކްރައިސިސްއެއް އަތުވެދާނެ. ކްރައިސިސް އަންނަ ދުވަސް ލަސްކުރަނީ،"--- އިކޮނޮމިސްޓެއް

ސަރުވަޝް ވިދާޅުވި ގޮތުގައި އިގުތިސާދީ މި ހާލަތުން އަރައިގަތުމަށް ރިކަރަންޓް ހަރަދު ކުޑަކުރަން ޖެހިފައި އޮތަސް މިހާތަނަށް ސިޔާސީ މަގާމުތައް މަދުވި ތަނެއް ނުފެނެ އެވެ. ނަމަވެސް ފާހަގަކުރަން ޖެހޭ ކަމަކީ ސިޔާސީ މަގާމުތައް މަދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައި އެކަން އިއުލާން ކުރައްވާފައި ކަމެވެ. ދެން އޮތީ އަވަހަށް އަމަލީ ސިފަ ގެނައުމެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުތައް މަތިކޮށް، އިގުތިސާދީ އެޖެންޑާގައި ހިމެނޭ ހުރިހާ ކަމެއް މި ވަގުތު ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަން ހުރިހާ އެންމެން ބަލައި ގަންނަން ވެސް ޖެހެ އެވެ. ތަރައްގީގެ ހުރިހާ މަޝްރޫއުތައް މެކުހަށް ޖެހޭ ވަރަށް ވުރެ މި ވަގުތު ރާއްޖޭގެ އިގުތިސާދު މާ ބޮޑަށް ބައްޔެވެ.

"މިއީ އެ ހާލަތެއް ނޫން. އެކަން ކުރަންވީ، ހާލަތު ރަނގަޅުވީމާ. ވެރިކަމަށް އަންނަ މީހުން ބޭނުންވާނެ ކަންކަން ކުރަން ވެސް،" ވައުދުތައް ވާ އިރު އިގްތިސާދީ ހާލަތަށް ރިއާޔަތްކުރަން މަޖުބޫރުކަން ފާހަގަކުރައްވައި ސަރުވަޝް ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، މިދިޔަ ހަފުތާގައި ވަނީ ސިޔާސީ މުވައްޒަފުން މަދުކޮށް، އެކި މުނާސަބުތަކާ ދިމާކޮށް ބާއްވާ ހަފުލާތަކާއި ހަރަކާތްތައް ބޭއްވުން މަޑުޖައްސާލަން ނިންމައިފަ އެވެ. މިއީ ރަނގަޅު ފެށުމެކެވެ.

ކާސިރާއިން އަރައިގަތުމަށް ޕްލޭންތައް ރާވަންވީ

އިގުތިސާދު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، ގައުމަށް ކަމެއް ދިމާވެގެން އުޅޭ ކަމުގެ އިހުސާސް ކުރެވެ އެވެ. ހާއްސަކޮށް ސަރުކާރުގެ މަޝްރޫއުތައް ހިންގާ ކުދި ކޮންޓްރެކްޓަރުންނަށް އެކަމުގެ އިހުސާސް ކުރެވޭ ވަރު ބޮޑެވެ.

"މިހާރު" އާ މައުލޫމާތު ހިއްސާ ކުރެއްވި އިކޮނޮމިސްޓަކު ވިދާޅުވީ، މި ހާލަތުގައި އަނެއްކާ ވެސް ވަގުތީ ހަލެއް ހޯދުމަށް، އިތުރު ލޯނުތައް ނެގުމުގެ ބަދަލުގައި ހާލަތާ ކުރިމަތިލައި، ހަރަދުތައް ކުރާ ގޮތްތައް ބަދަލު ކުރުން ވަރަށް މުހިއްމު ކަމަށެވެ.

"މިދިޔަ އަހަރުގެ ތެރޭގައި މިކަން ފެށިއްޖެ. މިދިޔަ އަހަރު ތެރޭގައި އެކަން އެހާ ބޮޑު ނުވީ އޯވާޑްރާފްޓް ފެސިލިޓީ ބޭނުން ކުރީމާ. އެކަމަކު މިހާރު ޗާޕް ނުކުރަންޏާ އެ ރޫމެއް ނޯންނާނެ. ޗާފު ކުރާ ނަމަ ކުރީގެ ހާލަތު އޮންނާނީ. ޗާފު ކުރީމާ އިތުރަށް ދިގު ދަންމާ މި ލެވެނީ. މިސާލަކަށް މި އަހަރު ކްރައިސިސްއެއް ނާންނަންޏާ އަންނަ އަހަރު ކްރައިސިސްއެއް އަތުވެދާނެ. ކްރައިސިސް އަންނަ ދުވަސް ލަސްކުރަނީ،" އޭނާ ވިދާޅުވި އެވެ.

"އެއްވެސް ބަޔަކު މަސައްކަތެއް ނުކުރޭ ހާލަތުން އަރައިގަންނާކަށް. އެންމެން ވެސް މަސައްކަތް ކުރަނީ ޑިލޭ ކުރަން. އަދި ދެ އަހަރު ޑިލޭ. ކޮންމެވެސް ހިސާބަކުން އެ ޑިލޭ ކުރި ކަމެއްގެ އަސަރު ކުރާނެ."

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ، މިހާރު ކުރިއަށް ގެންދަނީ ޓައިމްލައިނެއް ހަދައި އަމަލީ ގޮތުން ކަންކަން ކުރުމުގެ މިސްރާބަށް ކަމަށެވެ،

"މި ރިފޯމު ކުރުމަކީ މިހާރު އަޅުގަނޑުމެންނަށް އޮޕްޝަނެއް ނޫން. މި ކަމުގައި މަޖިލީހުންގެ މެންބަރުންގެ އެއްބާރުލުން ބޭނުން،" މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފިޔަވަޅުތައް އަޅައިގެން ހާލަތުން އަރައިގަތުމަށް އެ މިނިސްޓްރީން ވަރަށް ބޮޑަށް އިސްކަން ދޭ ކަމަށެވެ. އަދި މި މަހުން ފެށިގެން އެކި ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިގުތިސާދީ ދަތިކަން ސަރުކާރަށް އިހުސާސްވާ ވަރު ބޮޑުކަން އެއީ ވަރަށް ރަނގަޅު ކަމެކެވެ. ގައުމުގެ ހާލަތާ އެއްވަރަށް ހަރަދު ކުޑަކުރަން މިސްރާބު ހިފި ކަމީ ސަރުކާރުން ކުރި ވަރަށް ރަނގަޅު ކަމެއް ކަން ގިނަ ބަޔަކު ފާހަގަ ވެސް ކުރެ އެވެ. އެކަމަކު، ބޭނުންވަނީ އަވަސް ނަތީޖާ އެކެވެ.

ޕްލޭންތަކާ އެކު ފިޔަވަޅުތައް އަވަސް ކުރަންވީ އެވެ. އެ ނޫން އިތުރު ޗޮއިސްއެއް ގައުމަކަށް ނެތެވެ. ސަބްސިޑީ ޓާގެޓު ކޮށް އާސަންދަ ވެސް ރިފޯމު ކުރަން ޖެހެ އެވެ. އަދި ވީ އެންމެ އަވަހަށް ދަރަނި އަދާކުރާނެ ގޮތްތައް ރާވައި، އެކަމަށް ތައްޔާރުވާން ވެސް ޖެހެ އެވެ. އިގުތިސާދު ކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކޮށްގެން ނޫނީ ދަރަނީގެ ޑީފޯލްޓުން ސަލާމަތެއް ނުވާނެ އެވެ.

84 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 7%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަކުރ

04 July 2024

އަހަރެންނަކީ އިގްތިޞާދީ އިލުމުވެރިއެތް ނޫނެވެ. އެކަމަކު އަހަރެންނަށް ވެސް އެގޭ ދައުލަތުގެ މުވައްޒިފުން ގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނޭގޮތް އެއްވެސް ވެރިއަކަށް މިހާތަނަށް ކުރެވިފައި ނުވާކަމެވެ.އެކަމަކު އެކަށީވާ ބޮޑު މުސާރަ ނަގާކަށް ޔަގީނެވެ.މިހާރު މަސައްކަތުގެ ގަޑި އިތުރުކޮށް ގިނަވަގުތު މަސައްކަތުގައި އުޅެންޖެހެއެވެ. 7 ގަޑިއިރު މަސަކަތް ނުކުރެއެވެ. މަސައްކަތް ކުރަނީ އެންމެ3 ނުވަތަ 4 ގަޑިއިރެވެ. ދަރިފުޅު ވައްޓާލަށް، ކޮފީ މޭޒް ދޮށުގައި ތިބޭނީއެވެ.

The name is already taken The name is available. Register?

ހަލީފާ

04 July 2024

ކުރީ ސަރުކާރުން ގައުމު ދަރުވާލާފައޭ ތީ ކިޔާފަ މި ސަރުކާރުން ނުކަތާ ވަރަށް ސިޔާސީ މީހުން ވެއްދިމަ މި ވަނީ ކޯންޗަކަށް. އަދިވެސް ހުއްޓުމެއް ނެތް. ހަމަ ވައްދަނީ. ތިބުނާ ވަރަށް ގައުމު ދަރާފައި އޮތްނަމަ އެހޭ މީހުނެއް ނުވެއްދުނީސް. ކޮންމެ މިނިސްޓްރީ އަކަށް ސިޔާސީ މީހުންގެ ޚަރަދަށް އެތައް މިލިއަނެއ އެބަ ހަރަދު ކުރޭ. ދެން ކޮބާ ކުރީ ސަރުކާރުން ގައުމު ދަރުވާލާފަ. ދަރުވާލާފަ ނެތީމަ ދޯ މިހާ މީހުން މި ވެއްދެނީ.

The name is already taken The name is available. Register?

ސޯލާ

03 July 2024

މިދިޔަ ސަރުކާރުން އެހާ ބޮޑު ޚަރަދެއްކޮށްގެން ހަރުކުރި ސޯލާ ޕެނަލްތައް މަންޒަރު ހަޑިވާތީއޭ ކިޔާފަ އެހެން ތަނަކަށް ބަދަލުކުރަން އުޅުން އެއީ ހަމަ އީގޯ ބޮޑުވެގެން ކުރަން އުޅޭ ކަމެއް. އެކަމުންވާނެ ގެއްލުމަށް އެއްވެސް ވަރަކަށް ނުވިސްނާ ޒާތީ ހިތްހަމަޖެހުމަކަށް ކޮށްލަން އުޅޭ ކަމެއް. ދެން ސިޔާސީ މުވައްޒަފުން މަދުކުރުމަކީ ނުކުރެވޭނެކަމެއް. ސިޔާސީ މަގާމްތައް ދިނުމަކީ ވަންވޭއަކަށް ވަނުމާ އެއްފަދަ ކަމެއް. ކޮޅުބެދޭ ކަހަލަ ކަމެއް. ނުކުރެވޭނެކަމެއް.

The name is already taken The name is available. Register?

ވޯލް

03 July 2024

ހުރިހާވެސް މައްސަލައަކީ ހަމަ އެކަނި ތިމާމެންގެ ސިޔާސީ މަންފާއަށް ވިސްނުން. ވަޒީރުންގެ ތެރޭގައިވެސް ނެތް ރައްޔުތުނަށް ކަމެއް ކޮށްދެން ބޭނުންވާ މީހަކު. އެކަމަކު މި ބުަނަނީ މިނިސްޓަރުކަންވެސް ހޯދީ ޤައުމަށް ހިދުމަތް ކުރާށޭ. އެހެން ވިއްޔާ ކީތަ ވާނީ ފައިސާ ނެތްކަން އެނގޭއިރު ބޭކާރު ދަތުރު ތައް ކުރރުމާއި ބިޒްނަސް ކްލާހުން ދަތުރު ކުރުން ހުއްޓާލީއްޔާ.

The name is already taken The name is available. Register?

ދީދީގެ ކޮއްކޮ

03 July 2024

ގައުމެއްގެ ވެރިޔަކަށް ކަމުދާނީ ނޮލެޖާ، އެޑިއުކޭޝަން އާއި ވިޒްޑަމް ލިބިފައިވާ މީހެއް. މިރާއްޖޭގެ މިފަހުން ވެރިކަން ކުރެއްވި ބޭފުޅުންނަށް ބަލާއިރު މިދެންނެވި ތިން ކަންތައްތަކުގެ ތެރޭގައި ހިމެނޭ ހުރިހައި ބައިތައް ފުރިހަމަ ވެފައިވަނީ ކިތައްބޭފުޅުންގެ ތޯ ވިސްނާ ފިކުރު ކުރާާ ރައްޔިތުންނަށް ސާފުވާނެ! މިދެންނެވި ކަންކަން ފުރިހަމަ ނުވާ ވެރިން ވެރިކަން ކުރުމުގެ ނަތީޖާ އަކީ ވެސް މިދެންނެވި ރައްޔިތުންނަށް ސާފުވާނެ އެއްޗެއް

The name is already taken The name is available. Register?

ހީހި

03 July 2024

ލާރި ހޯދަން ނޭނގެނީ ދޯ

The name is already taken The name is available. Register?

ނިހާލް ސަލީމް.

03 July 2024

އިގްތިސާދް މިހާރުވެސް ވަރަށް ރަނގަޅަށް މި ސަރުކާރުން މެނޭޖް ކުރަމުން ދަނީ. އެހެން ސަރުކާރުތަމާ ހިލާފަށް ގަޓް ހުރެގެން ކުރިޔަށް ދަނީ

The name is already taken The name is available. Register?

ޙއްވަ

03 July 2024

އެއްކަލަ މީހާ ފެށީދޯ އެކި ނަންނަމުގަ މުޢިއްޒަށް ސަނާ ކިޔަން. މިސަރުކާރުން ދީފަ އިން ވަޒީފާދޯ

The name is already taken The name is available. Register?

އާދެއާދެ

03 July 2024

އައިއެމްއެފާ ވޯލްޑް ބޭންކުންވެސް ތި ވާހަކަ އެބަ ދައްކައޭ ނިހާލޫ. މިތަނަށް މީހަކު އެހީއެއް ނުދީގެން އެއުޅެނީވެސް ގައުމު އޮތް ހާލަތު އެމީހުންނަށް މާ ދުރުގަ ތިބެފަ ފެންނާތީ

The name is already taken The name is available. Register?

އަމީން އަބްދުﷲ

03 July 2024

ރައީސް މުއިއްްޒް ދަނީ ފިޔަވަޅު އަޅަމުން. މިދިޔަ ސަރުކާރުތަކުގެ ގަޑިތައް ސާފްކުރަމުން.

The name is already taken The name is available. Register?

މަފާޒް ސަލީމް

03 July 2024

އުފަލަކީ ތި ކަންކަމަށް ވިސްނާ އެގޮތަށް ކުރިޔަށް ދާ ސާރުކާރެއް މިއަދު ލިބިފައިވުން.

The name is already taken The name is available. Register?

ހަސަން ނިހާމް

03 July 2024

ހާސްނުވޭ. އިގްތިސާދް މިދިޔަ ސަރުކާރުން ވައްޓާލި އަދަވަޅުން ނަގާ ކޮޅަށް ޖަހާނީ ރައީސް މުޢިއްޒް. ވަރަށް އުއްމީދު އެބައޮތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454