ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕޮލިހުންތަކެއް: އެމްއޭސީއެލްގެ އެމްޑީޕީގެ ކާރު ވަގަށް ނެގި މައްސަލާގައި ވަނީ ދައުވާ ކޮށްފައި --- ފޮޓޯ/މިހާރު
01 ޖުލައި 2024 - 16:21
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ވެހިކަލް ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
އެ ކާރު ވަގަށް ނެގީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކް ކޮށްފައިވާ އޮއްވައި މިދިޔަ އޭޕްރީލް މަހު އެވެ. އެ ކާރު ފަހުން ފެނުނީ މާލޭގެ ގެއެއްގެ ތެރެއިންނެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލާގައި ދައުވާކުރީ އެމްއޭސީއެލްގެ މުވައްޒަފެއް ކަމަށްވާ މ. ސީނިއަސުރުމާގޭ މުހައްމަދު ހައިޝަމާއި މ. މޮޑަންހޯމް އަހުމަދު ނިޒާމްގެ މައްޗަށް ކަމަށެވެ. އެ ދެ މީހުންގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ.
އެ ކުށް ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް އެ ދެ މީހުންގެ މައްޗަށް އަންނާނެ އެވެ.
މީގެ އިތުރުން މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި އެއްޗަކަށް ބަދަލު ގެނައުމުގެ ދައުވާގެ އާއި މުދަލަށް ގެއްލުން ދިނުމުގެ އިތުރު ދައުވާއެއް ނިޒާމްގެ މައްޗަށް ކުރެ އެވެ. އެއީ އެ ވޭންގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާއި އެ އުޅަނދުގެ އަސްލު އޮޅުވާލުމަށް މަސައްކަތްކޮށްފައި ވާތީ އެވެ.
އެ މައްސަލައިގައި ވަގަށް ނަގާފައިވާ ކާރުގެ އަގަކީ 34،560 އެމެރިކާ ޑޮލަރު (500،000 އަށް ވުރެ ގިނަ ރުފިޔާ) ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެ މައްސަލާގެ ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ވެހިކަލް އޮޅުވާލައިގެން ރަޖިސްޓްރީކުރާ ބޮޑު ސްކޭމެއް ވެސް ވަނީ ހާމަވެފަ އެވެ. އެގޮތުން އެކަކުގެ ނަމުގައި 100 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާއިރު، ބައެއް ވެހިކަލްތަކުގެ ޗެސިސް ނަމްބަރު އޮޅުވާލާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަހުލާ ސޭޓް
02 July 2024
ތިޔަ ކާރު ނެގި މީހުނަށް އެކަނި ތޯ ދައުވާ ކުރަނީ؟ 100 ރަޖިސްޓްރީ ތައްޔާރު ކޮށްދިން މީހާ، އަދި މިނިސްޓްރީގައި ތިޔަ ރަޖިސްޓްރީ ހެދުމުގެ ކަންކަން ބަލަހައްޓާ ބޭފުޅާ ގެ އިހުމާލަށް އެއްވެސް ބެލުމެއް ނެތްތޯ؟
ބުލްސް އައި
01 July 2024
ޢަދި ތި އެމްޑީ ވެސް ވަގު އައިސް ގެންދިއުން އެކަށީގެން ވޭ؟
އޮނަރަބްލް އަފީފު ދީދީ
01 July 2024
ހަތަރު ބިލިޔަނެއްހާ ޑޮލަރުގެ ދަރަނި ނަގައިގެން "ހުއްޓުމެއްނެތް ގޮތަކަށް" ތަރައްޤީކުރަމުންދާ ކ.އަތޮޅުމާލޭ އެއަރޕޯޓްގެ ސިކިއުރިޓީ ހާލަތުއޮތީ ވަރަށް ގޯސް ގޮތަކަށް. # ތަންކޮޅެއްކުރިން ބްރިޓީޝް އެއަރވޭޒް ތިތަނަށްޖެއްސުން ހުއްޓާލާފައި އެއަރޕޯޓްގައިހުރި މިފަދައެތައްކަމެއް ރަނގަޅުނުކޮށްފިނަމަ އެއްކޮށް ދަތުރުހުއްޓާލާނެކަން އެންގި. # ޑްރަޤް ބޭރުކޮށްދިނުމުގައި އެއަރޕޯޓް ސީނިއަރމީހުން ބައިވެރިވާއިރު އިމިޤްރޭޝަން ޑިޓެންޝަލްގައި ތިބިމީހުން ތިތަނުން ފިލާފައިވޭ.
ކޮރަލް
01 July 2024
އެކަމުގެ އަޑީގަ ހުރި މީޙުން މިނިވަން ވީ އެވެ. ދެމީހަކު ހަވާލު ވީ އެވެ.
ކުންފުނީ އެމްޑީ
01 July 2024
މިކަން ނުވޭބާ ވައްކަމަށް،
ޟމމމމ
01 July 2024
ސުވާލަކީ އަހަރެމެން އަތާ އަނގަޔާ ދިމާ ނުވެގެން އުޅޭއިރު ބައި މިލިޔަން ޚަރަދުކޮށް ތިވަރުގެ ކާރެއް ގަތީ ކީވެހޭ؟
ޖާދޫ
01 July 2024
ތިޔަ ނިޒާމް އަކީ މީހުންނަށް ވަރަށް ގިނަ ދޯކާދީފަ ހުރި މީހެއް، ތިޔަށްވުރެ ބޮޑުހުކުމެއް އަންނަންޖެހޭނެ
އަފްރާސިޔާބު
01 July 2024
އެމްޑީގެ މައްސަލައަކަށްވިޔަސް އޭނާ އައްޔަން ކުރިމީހަކު އެއަށްވުރެ ކަޑަ.
ނިރު
01 July 2024
މިހާތަނަށް އެންމެ ކަޑަ އެމްޑީ ހުރި ކުންފުނި. އެއްވެސް ކުރިއެރުމެއް ނުފެނޭ.
އޭނަ
01 July 2024
ހެޔޮކޮށްތިބުނީ. މުޅިތަންހުއްޓިފަ.
ދާއިރާގެ
01 July 2024
އެލްބޯޑުގަ އަދިއުޅެނީ.