17 ޖުލައި 2024 - 17:50
ބޮޑެތި ކުށްތައް ސާބިތު ނުވަނީ ގާޒީންނާއި ފުލުހުން ކުށްވެރިންނާ ގުޅިފައި އޮންނާތީ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ކަފާލާތް ދެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް މިއަދު ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެއްޗާއި ނުވަތަ ބޮޑެތި އެއްވެސް ކުށެއް މިހާރު ސާބިތު ނުވުމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
މަސްތުވާތަކެތި އެތެރެ ކުރާ މީހުންނާއި ބޮޑެތި ވައްކަންތައް ކުރާ މީހުން މިހާރު އެއްވެސް ކުށަކަށް އަރައިގަންނަން ބިރެއް ނުގަންނަ ކަމަށާއި ސަލާމަތް ވާނެ ކަމުގެ ޔަގީންކަން އެ މީހުންނަށް އޮންނަ ކަމަށް ސަލީމް ވިދާޅުވި އެވެ.
މައްސަލައެއް ތަހުގީގު ކުރުމަށް ފަހު ކޯޓު މަރުހަލާ އަށް ދިޔުމުން ކޮންމެވެސް "ލޫޕް ހޯލެއްގެ" ތެރެއިން ގާޒީންގެ ވިސްނުން ހުންނަނީ ކުށް ކުރާ މީހާ ސަލާމަތް ކުރުމަށް ކަމަށާއި އެއްވެސް މީހަކަށް އަދަބެއް ލިބޭތަން ނުފެންނަ ކަމަށް ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ ގާޒީންނާއި ބައެއް ފުލުހުންނާ ގުޅިގެން މައުލޫމާތު ހޯދަައިގެން އެ ކަންކަން ކުރިޔަށް ދަނީ،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި ކުށް ސާބިތު ނުވާތީ މިހާރު ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ އެވެ. ކުށުގެ ވެށީގައި މިހާރު 13 އަހަރުގެ ކުޑަކުދިން ވެސް އުޅެން ފަށާފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
އޭގެ އިތުރުން މަސްތުވާތަކެތި އެތެރެ ކުރުމުގެ ފަހަތުގައި ހުންނަ މީހާ، އެހެން މީހަކު ކުށާ ހަވާލުވާން ވެސް އަންގައިގެން މައްސަލަތައް ނިންމާފައި އެބަހުރި ކަމަށާއި އެއީ ރާވައިގެން ވަރަށް ގިނައިން ހިންގާ ކަންކަން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
"ހެކި ލިބިފައި ހުރި ކަމަށްވަންޏާ ކުށް ސާބިތު ވާނެ. ސާބިތު ވާ ވަރަށް ފުލުހުން ރިޕޯޓުތައް ހަދާ. ކޮންމެވެސް ދިމާލަކުން އެއްޗެއް މަދުވެގެންނޭ ކިޔާފަ ދޫކޮށްލަނީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
.މޢަހްމަދު
20 July 2024
މަޖްލީސް މެންބަރުންގެ ހިތްވަރެއް ހުރިއްޔާ މަސްތުވާ ތަކެތި އެތެރެކުރާ މީހާ މަރަން ހުކުމް ކޮށްލަބަލަ. ޤާނޫން ތަންފީޒް ނުކުރާ ފަރަތް ތަކަށް އަދަބުދެވޭނެ ގޮތެއްގެ ޤާނޫނެއް ހަދަލަބަލަ
ސޭކުބެ
18 July 2024
މިއީ އިންސާނަކަށް ބުނެވޭނެ އެންމެ ތެދު ވާހަކަ. މުޅި މިޤައުމު ހަލާކުވެގެން މިދަނީ މިފަދަ ސަބަބުތަކާހުރެ. މިއީ ހަމަ ފާޅުގަ ދައްކަންޖެހޭ ވާހަކައެއް. ދިވެހި ދައުލަތުން މުޅި އާއިލާއަށް ހިލޭ ބޭސްފަރުވާއާ އެތަށް އިނާޔަތްތަކެއްލިބޭ ފަރާތްތަކުން ޤައުމާ ރައްޔިތުންނަށް މިވަނީ .....
އާޗާ
18 July 2024
ކުށްވެރިންނަށް ވަކާލާތުކޮށްދޭ ވަކީލުންގެ ދައުރު ކޮބާ؟ ކުށްވެރިން އަގުބޮޑު ވަކީލުން ނަގަނީ ކަމަކު.
އޭދަފުށި ސަލީމް
18 July 2024
ތިޔަ ބުނާ މަޖްލިސް މެންބަރުނާއި ސިޔާސީ މީހުން ތިބެނީ ކޮން ބަޔަކާ ގުޅިފަތޯ؟
ކޮރަލް
18 July 2024
ސާބިތު ނުވަނީ ގާޒީންނާއި ފުލުހުން ކުށްވެރިންނާ ގުޅިފައި އޮންނާތީ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ. ރަނގަޅު ވާހަކަ އެކެވެ. މިއީ ދައްކަން ޖެހޭ ވާހަކަ އެކެވެ.
މީހާ1
18 July 2024
މުޅި ސަރުކާރުކަ ގިނައީ ކުށްވެރިން. ހުރިހާ އެސް އޯޕީ ތަކުގަ ނަން މަށްހޫރު ގޭންގު ތަކުގެ ބާރު.
ޑރަގްބޯ
18 July 2024
ޤާނޫނު ހަދާއިރު ލިޔެވޭ އެއްޗެއް އެނގިގެން ތަ ބަޓަނަށް ފިތަނީ. މާދަން ކޮރަޕްޝަން ގެ ދައުވާ އުފުލީމަ ތިމަންނަގެ ހައްގޭ، ގާނޫނު އޮތީ މިހެންނޭ ނުގޮވާތި. ކުށްވެރިންގެ ހައްގުތައް ތަން މިނަށް ފުޅާ ކޮށްފަ ގާނޫނު ތި ހަދަނީ ކުށްވެރިންނާ ގުޅިގެންދޯ ؟
ހީނާ
18 July 2024
ތިޔައީ މިޤައުމުގެ އެންމެ ތުއްތު ކުއްޖާއަށްވެސް އެނގޭކަމެއް
މުފީދާ
18 July 2024
ވަރައް ބޮޑު ތެދުފުޅެއް . ގާޒީންނައް ދެލައްކައެއްހާ ރުފިޔާ ދިނީމަ ކުއްވެރިއެއްނުވާނެ. ޕޮލިހުންނާ ގުޅުންހުރިމީހެއް ކުށެއްނުކުރާނެ އެ ހެޔޮ މީހަކު މަރާލިޔަސް ގަބޫލު ނުކުރިޔަސް މިއަދުގެ ހާލަތު
މުހަނާ
18 July 2024
ތިބޭ ފުޅުން މަޖްލިސްގެ ދޫނުކޮށް ތިބެނީ ތިޔަބުނާ ލޫޕް ހޯލް ފުޅާކުރާކަށް ނޫންތޯ؟ އަމިއްލަ އަށް ސުވާލު ކޮށްބަލަ ތިމާމެން ގެ ބޭނުމަކީ ކޮބައިތޯ؟ މަޖްލީހުގަ ހުރެ އުމުރުގެ ބޮޑުބައި ހޭދަވިއިރު ތިމާގެ ފަރާތުން ރައްޔިތުން ބަލައިގަންނަ ވަރުގެ ޙިދުމަތެއް ރައްޔިތުން ހޯދަ ދެވުނުތޯ؟
ކާފަބެ2
18 July 2024
ބަލަ މޮހަނާ. ޤާނޫނަކީ މީހަކު އަމިއްލަޔަށް ހަދާއެއްޗެއްނޫން. އެއީ ވަރަށް ބޮޑު ޕްރޮސަސްއެއް އޮންނަކަމެއް.