ގޯތި ދިނުމަށް ގުޅިފަޅުން ބިން ހިއްކައިފައި: ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ބިންތައް ވާރިސުންނަށް ދޭން ފަށަން ވަނީ ނިންމައިފައި.-- ފޮޓޯ: މިހާރު
13 އޯގަސްޓް 2024 - 12:02
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ވާރިސުންނަށް ބިން ހަވާލުކުރަން ނިންމައި އެކަމަށް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބިފައިވާ މީހުންގެ ތެރެއިން އެޕްލިކަންޓް ނުވަތަ އެޕްލިކަންޓުން މަރުވެފައިވާ ނަމަ ކޯޓުން ވާރިސުން ސާބިތުކުރުމަށް ފަހު، ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓާ އެކު، ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެޕޮއިޓްމަންޓަށް އެދުމުން އެއްބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، ބިން ލިބުނު ފަހުން 12 މީހަކު މަރުވެފައިވެ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅު ހިމެނޭ ގޮތަށް 9،000 އަށް ވުރެ ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ.
ހުޅުމާލެއިން މާލޭ މީހުންނަށް ދޭ ގޯއްޗެއް އެ ގޯތި ލިބުނު މީހާއާ ހަވާލުކުރަނީ.-- ފޮޓޯ: ހައުސިން މިނިސްޓްރީ
މި ސްކީމްގެ ދަށުން ގޯތި ދިނުމަށް ހިއްކަމުން އަންނަ ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކުން އަދި އެއްކޮށް ނުނިމެ އެވެ. ހުޅުމާލެ 2 އިން ދޭ 1،400 ގޯތީގެ ތެރެއިން ގިނަ ގޯތިތައް މިހާރު ވަނީ ބިން ލިބުނު މީހުންނާ ހަވާލުކޮށްފަ އެވެ. އެ ގޯތިތަކުގައި ވަނީ ކަންމުޑި ވެސް ޖަހައިފަ އެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ ހުޅުމާލެ 3 އިން ދޭ ގޯތިތައް އަންނަ އޮކްޓޯބަރު މަހު ހަވާލުކުރަން ފެށޭނެ ކަމަށެވެ. ނަމަވެސް ގުޅިފަޅުން ދޭ ގޯތިތައް ދެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޫދާ ސޮބްރީ
13 August 2024
މިހެން ވާން ޖެހޭނެ. ވާރިސުންނަ ހައްގުވާނެ. ލިބިފަ އިން ގޯއްޗެއް ވިއްޔާ.
އަމީން މުހައްމަދު
13 August 2024
މި ސަރުކާރުން ހައްވެރިންގެ ހައްގުތައް ކަށަވަރު ކުރާނެ. އެކަން މި ފެންނަނީ
ސުނާރު
13 August 2024
މިގޯތި ތައް އިތުރު ހެލުވުން ގަނޑަކާ އޮލަކުރުން ގަނޑެއް ނުގެނެސް ދެވޭއިރު ކީއްވެހޭ ފުލެޓުތައްވެސް އެ ލިބުނު ގޮތަށް ހަވާލު ނުކުރެވެންވީ، ހަމަ އެއްބަޔެކޭ ފުލެޓުލިސްޓާ ގޯތި ލިސްޓުވެސް ހަދާ ދޭންވީ މީހުނާ ނުދޭންވީ މީހުންވެސް ހޮވީ. އެކަތި އިންސާފުވެރިވެފއި އަނެކަތި ކާފަރުވީ ގޮތެއް ނޭގުނު!
ހިބަރުވަދު
13 August 2024
މިސަރުކާރަކީ އޯގާތެރި ސަރުކާރެއް އޯގާތެރި މުއީޒް އޯގާތެރި އަދުރޭ
ތޯއިފްް
13 August 2024
އަހާން ބަލަ މާލެ މީހުންނަށް ތިބުނާހާ ފަސޭހާއިން ގޯތި ދޫ ވެގެން ނުވާނެ. އަޖައިބެއް ނުވާނެތަ؟ ކޮބާ ހޭ މަށަށް ހައްގު ގޯތި. ރޮޒެއިނާ އަށް ދިންހާ ގޯތިން އެކަތި ވިޔަސް ދޭން އެބަ ޖެހޭ
މަފާ
13 August 2024
އާނ ރަށްރަށު މީހުންއަށް ރަށުންވެސް ހިލޭ ގޯތި އަދި މާލެ ސަރަހައްދުންވެސް ގޯތި ލިބެންޖެހޭ. މާލެ މީހާއަށްވިއްޔާ މަރުވަންދެންވެސް އުޅެން ޖެހެނީ މުނިކާފަގެ ތަންކޮޅުން ފޮތިފޮތި ކޮށްގެން....؟؟؟
ސާއިފްް
13 August 2024
މިހާ ފަރުވާތެރިކަމާއެކު ސަރުކާރުން މިކަން ބަލަހައްޓާތީ އުފާ ކުރަން. ހަގީގަތުގަ އެހާ ހިސާބުން ތަން ސަރުކާރަށް ލިބެން ވާނެ ކަމަށް މަ ގަބޫލް ކުރަނީ. އެކަމަކު މަ ގަބޫލް ކުރާ ގޮތަކީ އަދި އެންމެ ރަގަޅު ގޮތް ކަމުގަ ވެސް ނުވެދާނެ. ކޮންމެއަކަސް މި ނިންމުން ވަރަށް ސަޅި. ތާއީދު ކުރަން
އަލިވިލާ އަހުމަދު
13 August 2024
މިއީ ސަރުކާރުން ހަގީގަތުގައިވެސް އޯގާތެރި އަމަލެއް މި ދައްކާލީ. އެފަދަ ގެއްލުމަކަށްފަހުވެސް އާއިލާތަކަށް ބަލާ ތަން ފެނުނީމަ ވަރަށް ހިން ހަމަ ޖހޭ
ފާރިޝްް ފަހުމީ
13 August 2024
ގޯތި ނުދޭ ވާހަކަ މި ދައްކަނީ. އެކަމަކު މިހާރުވެސް މަދު ނުވާ ވަރަށް ތަންތަން ހަވާލު އެބަ ކުރޭ. ދެން ކޮން ކަމަކާތަ މީހުން މި ތެޅެނީ. މިހާ ދެފުއް ފެންނަ ހެން ކަންކަން މި ކުރަނީ ސަރުކާރުން
އިސްމާާ
13 August 2024
ފެނޭތަ ކަންކަން ކުރަން ޖެހޭ ގޮތް؟ ޔަގީނޭ މި ސޯލިހު ސަރުކާރު ނަމަ އެކަހަލަ ތަންތަނުންވެސް ވައްކަން ކުރާނެ ކަން
ފޫހި
13 August 2024
ވާރިސުންނަށް ދޭންޖެހޭނީ ވާރިސުގެ ގެދޮރުނެތްނަމަ. ބިންނެތްނަމަ އެހެންނޫނީ ދީގެންނުވާނެ. އެއްބަޔަކަށް އެތައް ބިމެއްލިބޭގޮތަށް ހެދުމީ ގޯހެއް. ސަބަބަކީ ތިޔަ ތަންތަނަކީއަދި ލިބުނުމީހާ އެއްވެސް މަސައްކަތެއް ކޮށްފަ އޮތްތަނެއްނޫން. ހަމައެކަނި ކަރުދާސްގަނޑެއް. ވާރުތަވާނީ މުދާ. ބަންޑާރަ ނުހިއްކާއޮތް ބިމެއް ވާރުތަވާންޖެހޭ ސަބަބެއްނެތް. ބަންޑާރަ ބިން ވާރުތައެއްނުވާނެ. މޮޔަނުވޭ
މާކުންބޭ
13 August 2024
ބަންޑާރަ ބިމެއް ވާރުތަ ވާނެކަމަކަށް ޤަބޫލެއް ނުކުރެވޭ، ތިތާ އެންމެ ކުޑަމިނުން އިމާރާތެއްވެސް ނެތް. ދޫނި ރާއްޖޭގަ ޤާނޫނެއް ޤަވާއިދެއް ނެތި ސަރުކާރުތަކުން ހިންގާ ޖަރީމާ ކުށްވެރިކުރަން. ބިމަކީ އެނެމެހާ ދިވެހި ދަރިންގެ ބިން، ވަކި ދަރިކޮޅަކަށް ނުދެވޭބެ، ހައްލަކީ އެއްމެދު އިމާރާތް އޭރުން ދައުލަތުގެ ޒިންމާ އަދާކުރެވޭނެ،