ޚަބަރު / އޭޑީކޭ ހޮސްޕިޓަލް

އާސަންދައިން 250 މިލިއަން ނުދީ އެބައޮތް، އޭޑީކޭ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް: ނާޝިދު

އޭޑީކޭ ހޮސްޕިޓަލަށް ދައުލަތުން ދައްކަން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކާ ގިނަ ދުވަސްވުމުގެ ސަބަބުން އެ ކުންފުނީގެ މާލީ ހާލަތު ދަށަށް ގޮސް ކޮންމެހެން ބޭނުންވާ ސިއްހީ ސާމާނު ނުލިބި، ހިންގުން ހުއްޓާލަން ޖެހިދާނެ ހިސާބަށް ގޮސްފައިވާ ކަމަށް އޭޑީކޭ ގްރޫޕްގެ ޗެއާމަން އަހުމަދު ނާޝިދު މިއަދު ވިދާޅުވެއްޖެ އެވެ.

އޭޑީކޭ އިން ވަނީ އެ ހޮސްޕިޓަލުން ދޭ އާސަންދަ ހިދުމަތަށް ދައުލަތުން ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައިގެން އަރަމުންދާ އަދަދު އިތުރުވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

އެކަމުގެ އިތުރު ތަފްސީލްތައް ހޯދުމަށް މިއަދު އެ ހޮސްޕިޓަލުގެ ވެރިން ކޮމިޓީއަށް ހާޒިރު ކުރުމުން، އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ނާޝިދު ވިދާޅުވީ، މާލިއްޔަތު ކޮމިޓީއަކީ އަމިއްލަ ކުންފުނިތަކުގެ ދަރަނި ކަލެޓް ކުރަން ހުންނަ ފަރާތެއް ނޫން ކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެ މައްސަލަ ކޮމިޓީ އަށް ފޮނުވީ މިވަގުތު ހާލަތު އޮތް ގޮތުން ރައްޔިތުންނަށް ވެސް ގެއްލުންތަކެއް ލިބިދާނެތީ ކަމަށެވެ.

ނާޝިދު ވިދާޅުވި ގޮތުގައި، އެ މައްސަލާގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މާލިއްޔަތު ކޮމިޓީ އަށް ސިޓީ ފޮނުވިއިރު ދައުލަތުން އޭޑީކޭ އަށް ދައްކަން ޖެހެނީ 166 މިލިއަން ރުފިޔާ އެވެ. އެކަމަކު، އޭގެ ދެ މަސް ފަހުން އެ އަހަރުގެ ޑިސެމްބަރު މަހު އެ އަދަދު 200 މިލިއަން ރުފިޔާ އަށް ބޮޑުވެފައިވާތީ ފިނޭންސް މިނިސްޓްރީ އަށް ވެސް ސިޓީ ފޮނުވާފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ. މިހާރު ދައުލަތުން އެ ކުންފުންޏަށް ދައްކަން ޖެހޭ އަދަދު 251 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުން އޭޑީކޭ އަށް ފައިސާ ދައްކަމުން އަންނަނީ މަހަކު 25 މިލިއަން ރުފިޔާގެ މަގުން ކަމަށާއި ނަމަވެސް ކޮންމެ މަހަކު ދައުލަތުން ދައްކަން ޖެހޭ ފައިސާގެ އަދަދު 40 މިލިއަނަށް ވުރެ ގިނަ ކަމަށް ނާޝިދު ވިދާޅުވި އެވެ. އެ މައްސަލަ އަށް ހައްލެއް ނުލިބި މިގޮތަށް ދާ ނަމަ އަންނަ އަހަރުގެ މިއަދާ ހަމައަށް އަންނަ އިރު 400 މިލިއަން ރުފިޔާ އާ ހަމައަށް އަދަދުތައް އަރާނެ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ އެތެރޭގައި ހިންގާ އެ ހޮސްޕިޓަލްގެ ފާމަސީން ބަޔަކު ހިދުމަތް ހޯދަނީ:

"ފަންސަވީސް މިލިއަން ރުފިޔާ އެއީ އެކަށީގެންވާ އަދަދެއް ނޫން. އޭޑީކޭ ހޮސްޕިޓަލްގެ އޮޕަރޭޓިން ކޮސްޓް ޕާ ޑޭ އަކީ ވެސް 1.5 މިލިއަން. ޕާ މަންތު 45 މިލިއަން އެބަ އަރާ. އެހެންވެ މި ވަރުން އަޅުގަނޑުމެންނަށް ދެކޮޅެއް ނުޖެއްސޭނެ،" ރާއްޖޭގައި އެންމެ ފުޅާކޮށް އަދި އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް ހިންގަވާ ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތުން ދައްކަން ޖެހޭ ފައިސާތައް ނުދައްކާއިރު، އޭޑީކޭ އިން ސަޕްލަޔަރުންނާއި ބޭންކުތަކަށް ދައްކަން ޖެހޭ ފައިސާ އަންނަނީ ޑިއު ވަމުންނެވެ. ހިދުމަތްތައް ދިނުމަށް ކޮންމެހެން ބޭނުންވާ މުހިންމު ތަކެތި ހޯދަން ދަތިވެފައިވާ ކަމަށް ނަޝިދު ވިދާޅުވި އެވެ.

އެ ދަތިތައް ދިމާވާތީ އޭޑީކޭ ކުންފުނިން ހިންގާ ރިސޯޓު ފަދަ އެހެނިހެން ވިޔަފާރިތަކުން އެ ފައިސާ ހަމަޖައްސައިގެން ވެސް ހިދުމަތް ހުއްޓާ ނުލައި ކުރިޔަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ނާޝިދު ވިދާޅުވި އެވެ.

ފަންސަވީސް މިލިއަން ރުފިޔާ އެއީ އެކަށީގެންވާ އަދަދެއް ނޫން. އޭޑީކޭ ހޮސްޕިޓަލްގެ އޮޕަރޭޓިން ކޮސްޓް ޕާ ޑޭ އަކީ ވެސް 1.5 މިލިއަން. ޕާ މަންތު 45 މިލިއަން އެބަ އަރާ. އެހެންވެ މި ވަރުން އަޅުގަނޑުމެންނަށް ދެކޮޅެއް ނުޖެއްސޭނެ،"--- ނާޝީދު

އޭގެ ފަހުން އެ އަށް ވުރެ ބޮޑު ގޮންޖެހުމަކާ ކުރިމަތިވީ އޭނާ ވިދާޅުވި ގޮތުގައި، މާލޭގައި އެޗްއެސްބީސީގެ އޮޕަރޭޝަންތައް ބަންދުކޮށް، މި އަހަރުގެ އޮކްޓޯބަރުގައި އެ ބޭންކުން ރާއްޖެ ދޫކޮށްލާނެތީ އެވެ. އެހެންވެ، އާސަންދަ އިން ނަގާފައިވާ ފައިސާގެ ގެޕް ފިލް ކުރަން، އެޗްއެސްބީސީން ނަގާފައިވާ ފައިސާތައް ސެޓަލް ކުރަން އެ ބޭންކުން އަންގާފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.

އާސަންދަ ޕޭމަންޓު ނުލިބޭތީ އެކަން ފޫބައްދަން އެ ކުންފުނިން އެކިއެކި ބޭންކުތަކުން ނަގާފައި ހުރި ފައިސާގެ ޖުމްލަ އަދަދު 150 މިލިއަނަށް އަރާ ކަމަށާއި އެ އޯޑީތަކުގެ އިންޓްރަސްޓުގެ ގޮތުގައި އިތުރު 17 މިލިއަން ވެސް ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވަރަށް ލޯޑު ނެތިއްޔާ ބައެއް ޑޮކްޓަރުންނާއި ސާވިސްތައް ހުއްޓާލަން ޖެހޭނީ،"--- ނާޝިދު

އޭގެ އިތުރުން އޭޑީކޭގެ ފާމަސީގެ ބައެއް ވައިޓަލް ލައިފް ސޭވިން ޑްރަގްގެ ސަޕްލަޔަރުން ހަދަން ޖެހޭ ޕޭމަންޓުތައް ނުހަދާތީ އެ ފަރާތްތަކުން ދީފައި ހުރި އޯޑީ ފެސިލިޓީތައް ވެސް ހުއްޓިފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.

"ލައިފް ސޭވިން ޑްރަގެއް ނެތިގެން ފުރާނަ އަށް ގެއްލުން ވުން މިއީ އަޅުގަނޑުމެންގެ ކޮންސާން އަކީ. މިހާރު އެ ސްޓޭޖަށް އެބަދޭ،" ނާޝިދު ވިދާޅުވި އެވެ.

އޭޑީކޭ އިން ހުށަހަޅާފައިވަނީ ދައުލަތުން މަހަކު މިހާރު ދައްކަމުން އަންނަ 25 މިލިއަން ރުފިޔާގެ ބަދަލުގައި އެ އަށް ވުރެ ބޮޑު އަދަދެއް ދައުލަތުން ދައްކަމުން ދިއުމެވެ. އޭގެ ސަބަބަކީ އޭޑީކޭ ހިންގުމަށް ކޮންމެ މަހަކު 45 މިލިއަން ރުފިޔާ ހޭދަވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޑީކޭ ހޮސްިޓަލުން ހިދުމަތް ހޯދަން ގޮސް ތިބި ބަޔަކު މަޑުކޮށްލައިގެން.

އެކަން އެގޮތަށް ނުކޮށް މި މައްސަލައަށް ހައްލެއް ނުލިބޭ ނަމަ ހިދުމަތް އިތުރަށް ދިނުމަށް ފީސިބަލްއެއް ނުވާނެ ކަމަށާއި އާސަންދަ ދިނުން ވެސް ހުއްޓާލަން ޖެހިދާނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.

"އެ ވަރަށް ލޯޑު ނެތިއްޔާ ބައެއް ޑޮކްޓަރުންނާއި ސާވިސްތައް ހުއްޓާލަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

އޭޑީކޭ އިން ހިދުމަތްތައް ހުއްޓާލައިފި ނަމަ މުޅި ހެލްތު ކެއާ ސިސްޓަމް ވެސް ހަލާކުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޝިދު ވަނީ ސިއްހީ ހިދުމަތްތައް މިހާރަށް ވުރެ އަގު ހެޔޮކޮށް ސަރުކާރުން ފޯރުކޮށްދެވޭނެ ގޮތްތަކެއް ވެސް ހުށަހަޅުއްވައިފަ އެވެ.

79 ކޮމެންޓް, 65 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 14%
icon angry icon angry 77%
icon wow icon wow 3%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރައްޔިތުމީ

15 August 2024

އޭޑީކޭ ހޮސްޕިޓަލަކީ މުވައްޒަފުން ކުރާ މަސައްކަތާ އެއްވަރަށް އުޖޫރަދޭން ނުކެރޭ. އަދި ވަޒީފާއާބެހޭ ޤާނޫނުން މުވައްޒަފުންނަށް ލިބިދޭ ޙައްޤުތައްވެސް ލިބިނުދޭ ހޮސްޕިޓަލެއް. ސަލާމް ބުންޏަސް މުސާރައިން ކަނޑާ، އާއިލީ ޒިންމާ ބުނަންޏާ މެޑިކަލް ހުށައަޅައިގެން ނޫނީ ނުލިބޭ. އެވަރިހަމަ ޢާއިލާއަށް ކިތަންމެ ބޮޑުކަމެއް ދިމާވިޔަސް. އޯޓީ ދޭކަށް ނުކެރޭ. އެތަނުގައި އުޅޭ ދިވެހި މުވައްޒަފުންނަކީ އަޅުންކަމަށް ބަލާތަނެއް. އެތަން ހުއްޓާލަން ޖެހޭ

The name is already taken The name is available. Register?

މޝަވިޔަނި

15 August 2024

ހަމަ ޖެނުއިން ސުވާލެއް. އޭޑީކޭގެ އޮޕަރޭޓިން ކޯސްޓު ދޭން ޖެހެނީ އާސަންދައިންތޯ؟ ހަމަ އަޖައިބެއް.

The name is already taken The name is available. Register?

އަލީބެ

15 August 2024

ތިތަން ހަވާލުކުރަންވީ އައިކެއަރ އަށް. އެމީހުން ސަރުކާރުން ބިމެއް ނުހޯދާ އަމިއްލަމީހުންގެ ބިމުގާ އެދަނީ ޚިދުމަތް ފުޅާކުރަމުން. ނާޝިދުމެން ތިހަދާއެއްޗެއް ނުވިސްނޭ.

The name is already taken The name is available. Register?

ހައްދުންނެއްޓީ

15 August 2024

އާސަންދަ އުފެދުމާއެކު ރާއްޖޭގައި ޞިއްޙީ ޚިދުމަތް އެތައް ތަނަކުން އަގުބޮޑުވެގެން ދިޔަ. މިއީ ވަރަށް ބޮޑު ގޯހެއް. ސަރުކާރުން މިކަން ކޮންޓްރޯލް ކުރާކަށް މަސައްކަތެއްވެސް ނުކުރޭ. އެހެންވީމާ އެނގެނީ ސަރުކާރުގައި ތިބި ބަޔަކުވެސް ބޭނުންވަނީ ޞިއްޙީ ޚިދުމަތްދޭ ފަރާތްތައް މުއްސަނދިކޮށްދޭންކަން. މިއަދު މިވާހަކަ ދެއްކުމުގެ ބޭނުމެއްނެތް. ޑޮކްޓަރަކަށް ހަމައެކަނި ދައްކާލަން 400 ރުފިޔާ 500 ރުފިޔާ މީ ބޮޑުވަރެއް. މިކަންކަން ސަރުކާރުން ކޮންޓްރޯލް ކުރަން އެބަޖެހޭ.

The name is already taken The name is available. Register?

ބެއްޔާގެ ދަރި

15 August 2024

ޕްރައިވެޓް ހޮސްޕިޓަލްތަކުން އާސަންދަ ދީގެން ލިބުނު ލުޔެއް ހަގީގަތުގައި ވެސް ނެތް. ކުރިން ވެސް ކަސްޓަމަރުން ދައްކަމުން އައީ ހަމަ 200ރ. މިހާރު އާސަންދަ ކަނޑާފައި ވެސް ހަމަ އެ އަދަދު ދައްކަންޖެހޭ. އެހެންވީމާ ހަގީގަތަކީ ޕްރައިވެޓް ތަންތަނުން އާސަންދަ ދެނީ އިތުރަށް ހޯދާ ފައިދާއެއްގެ ގޮތުގައޭ.

The name is already taken The name is available. Register?

އަންޒަފް

15 August 2024

މީނަގެ ވާހަކައިން އެގޭ އެއްޗަކީ އޭޑީކޭ ހިންގަން ބޭނުންވާ މަންތްލީ އޮޕަރޭޝަން ކޮސްޓްސް ސަރުކާރުން އަތުލައިގެން އުޅޭކަން. އާސަންދައިން މާ ބޮޑު އެއްޗެއް ކަނޑާ ނަމަވެސް އެންމެ ރަނގަޅު މިވަރުވާން. 100ރ ނެގި ތަނަށް އާސަންދަ އައުމާއެކު 300ރ ނަގައިގެން ސަރުކާރުގެ ފައިސާއިން ތަން ހިންގަމުން މިދަނީ. ބޯ ހަލާކު.

The name is already taken The name is available. Register?

އާސަންދަ

14 August 2024

ދިވެހިރާާއްޖޭގައި ހިގާ އެންމެ ބޮޑު ސްކޭމް ފުރަތަމަ މަދަނަ ނަމުގައި ފެއްޓުނު އިރު ސްކޭމް ފެއްޓިޖެ، އޭރު އޭޑީކޭ އިން ކޮންސަލްޓޭޝަން ފީ އަކީ 200 ރުފިޔާ، މަދަނަ/އާސަންދަ ފެއްޓުމުން 400 ރުފިޔާ އަށް ބަދަލުވެ، އާއްމު މީހާ ދައްކަންް ޖެހޭވަރު 200 އަށް ، ސަރުކާރުން ދޭންޖެހޭވަރު 200، އާއްމު މީހާ އަކަށް ލުޔެއް ނުލިބުނު، ހޮސްޕިޓަލް ތަކުގެ ވެރިން ލިބޭ ފައިދާ ދެގުނަ އިތުރު، ޤައުމު ދަރަނި ބޮޑުވީ ރަނގަޅު އުސޫލް ނެތި ކަންކަން ފެށުމުން ލިބޭ ޤައުމަށް ގެއްލުން،

The name is already taken The name is available. Register?

އެމްސް

14 August 2024

އޭޑީކޭ ފަދަ ތަންތަނާއި ހެދި ރަޢިއްޔަތުން ތިބެންޖެހެނީ ދަރާވިކި/ހުއްޓުން އަރާފައެވެ!

The name is already taken The name is available. Register?

ޙަސަނު21

14 August 2024

ފައިދާ ނުވާކަން އެބަ އެނގެ އެއްނު.. ހޮސްޕިޓަލަކުން ފެށި ބައެއް އެކަމް މިހާރު ލެއްވިހާ ހުރިހާ ވިޔަފާރިޔެއް ތިކުރަނީ މަތިން ފޭބި ލާރިން ތަ..

The name is already taken The name is available. Register?

ނޯޅީ

14 August 2024

ކަލޭނޭ ހަބަރު ލިޔެދޭނެ ފައިސާ ދިންވަރަކަށް. އެންމެ އާދައިގެ އޮޕަރޭޝަނަކަށް 50000 އަށްވުރެ މަތިން ޗާރޖުކުރާ ބައެއް. މި މީހުން ބަލިމީހުން ފެލައިގެން ރިސޯޓްތައް ހަދައިފި. ބިމުގެ ރެންޓު އެހާ ކުޑަ. ގައުމު ކުރުވުމުގައި މިމީހުންނާ ބައިވެރި ވަނީ ޑޮކްޓަރުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454