ޚަބަރު / އަހުމަދު ނާޒިމް (މަޖިލިހުގެ ނައިބު ރައީސް)

މިލިއަނުން ފައިސާ ނަގައިގެން ކްލިނިކްތަކުން ހިންގަނީ ސްކޭމެއް: ނާޒިމް

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އާސަންދައިން އެތައް މިލިއަން ރުފިޔާއެއް ނަގައިގެން ކްލިނިކްތަކުން ހިންގަނީ ސްކޭމެއް ކަމަށް ވިދާޅުވި --- ފޮޓޯ/މަޖިލިސް

14 އޯގަސްޓް 2024 - 14:37

70 comments

އާސަންދަ ސްކީމްގައި ހުރި "ބާގަނޑުތައް" ބޭނުން ކޮށްގެން އެތައް މިލިއަން ރުފިޔާއެއް ދައުލަތުން ނަގައިގެން ރާއްޖޭގެ ކްލިނިކްތަކާއި ބޭރުގެ ޑޮކްޓަރުން ހިންގަނީ ސްކޭމްތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުން ރިކަރަންޓް ހަރަދު ކުޑަކުރުމަށް ނިންމާފައިވާ ބައެއް ކަންކަމާ ގުލޭ ގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާ ސުވާލު ކުރައްވަމުން ނާޒިމް ވިދާޅުވި ގޮތުގައި އެ ކޮމިޓީގެ މެންބަރުން މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރަނީ ދައުލަތުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅަން ފަށާނެ ވަގުތަކަށެވެ. އަދި ކޮމިޓީން އާސަންދައިގެ މައްސަލަތައް ދިރާސާ ކުރަމުން އަންނައިރު ވަރަށް ކަންބޮޑުވާ އެތައް ކަމެއް ފާހަގަ ކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަތުގައި އެބަހުރި އާސަންދަ އިން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ މިހާތަނަށް ކޮށްފައި ހުރި ތަފުސީލްތައް. ބަލާއިރު އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ކަންބޮޑުވޭ،" ނާޒިމް ވިދާޅުވި އެވެ.

އާސަންދަ ނިޒާމުގެ ތެރެއިން އަމިއްލަ ކްލިނިކްތަކަށް ސަރުކާރުން އެތައް މިލިއަން ޑޮލަރެއް ދައްކަން ޖެހިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން ލޮލުގެ ފަރުވާކުރާ ބޭރުގެ ހޮސްޕިޓަލަކަށް އެކަނި ވެސް ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށާއި ފާމަސީއަކަށް މިލިއަނަށް ވުރެ ގިނަ ޑޮލަރަށް ވުރެ ދައްކަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ކްލިނިކްތަކާއި ރާއްޖެ އިން ބޭރުގެ ހޮސްޕިޓަލްތަކުގެ ސްޕަޝަލިސްޓުން ގުޅިގެން ހިންގާ ސްކޭމްއެކޭ ދެންނެވޭ ވަރަށް ލިޔެކިޔުމުން ފެންނަން އެބަހުރި،"--- ނާޒިމް

އެކަން އެގޮތަށް ހިނގާ އެއް ސަބަބެއް ކަމުގައި ނާޒިމް ވިދާޅުވީ ބޭރުގެ ބައެއް ހޮސްޕިޓަލްތަކުން ރާއްޖޭގެ ކްލިނިކްތަކަށް ސްޕެޝަލިސްޓުން ފޮނުވުމަށް ފަހު އެ ޑޮކްޓަރުންނަށް ދެވަނަ ފަހަރު ދައްކަން ބޭނުންވާ ދިވެހިން، އެ ސްޕެޝަލިސްޓް ހުންނަ ބޭރުގެ ހޮސްޕިޓަލަށް ދިވެހިން ދާން ޖެހޭ ޖެހުމެވެ.

އެކަން ނާޒިމް ސިފަ ކުރެއްވީ ގުޅިގެން ހިންގާ ސްކޭމެއް ގޮތުގަ އެވެ.

"ރާއްޖޭގެ ކްލިނިކްތަކާއި ރާއްޖެ އިން ބޭރުގެ ހޮސްޕިޓަލްތަކުގެ ސްޕެޝަލިސްޓުން ގުޅިގެން ހިންގާ ސްކޭމްއެކޭ ދެންނެވޭ ވަރަށް ލިޔެކިޔުމުން ފެންނަން އެބަހުރި،" ނާޒިމް ވިދާޅުވި އެވެ.

އެހެންކަމުން އާސަންދައިގެ ބާގަނޑުތަކުން ފޭދެމުންދާ ފައިސާތައް ފޫބައްދަން ދައުލަތުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެ ފިޔަވަޅުތައް އެޅޭނެ އިރަކާ މެދު ވެސް ނާޒިމް ސުވާލު ކުރެއްވި އެވެ.

މިނިސްޓަރު ޝަފީގް ވިދާޅުވީ އާސަންދަ ރިފޯމް ކުރުމަށް ނިންމާފައިވާ ކަންކަން އަންނަ އޮކްޓޯބަރު މަހު ތަންފީޒު ކުރަން ފަށާނެ ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމަކަށް ވާތީ ރައްޔިތުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

70 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 4%
icon angry icon angry 11%
icon wow icon wow 9%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިކުނޑި

15 August 2024

ނާޒިމް ތިވިދާޅުވާ ގޮތަށް ތިކަން ކުރެވެނީ އުސޫލު އޮތް ގޮތުން! އާސަންދަ ދޭން އޮންނަ އުސޫލު ބާއްވާފަ، މެންބަރު ބުނާ ކޮންމެ މީހަކަށް އާސަންދަ ލިބޭ އުސޫލަށް އަމަކުރާތީ ތިކަން ތިގޮތަށް ތިފެންނަނީ! މަގާމުގެ ނުފޫޒާއި ކޮރަޕްޝަނާހެދި އާސަންދަ ރެގިއުލޭޓް ނުކުރެވުމަކީ ސްކޭމެއް ގޮތުގައި ލޭބަލްކޮށްގެން އެވާހަކަ ދައްކަންޖެހޭ ސަބަބެއް ނޫން! އުސޫލު ބަދަލުކޮށްލީމަ ނިމުނީ! ސަރުކާރާއި މަޖިލިސްތިއޮތީ ލިބިފައި!

The name is already taken The name is available. Register?

މީން

15 August 2024

ތިޔައީ ވަރަށް ބޮޑު ތެދުފުޅެއް.

The name is already taken The name is available. Register?

އިސްމާލި

15 August 2024

އެހެންވީމަ މި ހަދާ ގޮތަކީ ބޭރު ޑޮކްޓަރު މިތަނަށް އައިސް، ބަލާފައި ރިފަރަލް ދެނީ ރާއްޖެއިން ހެދެން ނެތް ކަމަށް އަދި ބޭރަށް ދާން ޖެހޭ ކަމަށް. އަދި މި ދެނީ މި ޑޮކްޓަރު ގުޅިފައި ނުވަތަ ޑޮކްޓަރުގެ ހޮސްޕިޓަލަށް. ދެން އެ ބަލިމީހާ އެތަނަށް ދާއިރު މި އިންނަނީ ހަމަ އެއްކަލަ ޑޮކްޓަރު ދޯ؟

The name is already taken The name is available. Register?

އަދަދުން

15 August 2024

ރާއްޖޭގަ ޑުރަގު ވިއްކާ މަގުމަތީ ގޭންގުތަކުގެ މައްސަލަތައް ނިންމުމަށް ފަހު ދެން ފަހާ ދުވަން ޖެހޭނީ މިނިސްޓްރީގެ ހުއްދަ ނަގައިގެން ޑުރަގު ވިއްކާ މެޑިކަލް މާފިޔާ ގޭންގު ފަހަތުން. އެއްވަރުގެ ނުބައި ނުލަފާ މީހުން މިއުޅެނީ.

The name is already taken The name is available. Register?

ކައުންސެލަރު..

15 August 2024

ރަނގަޅު ވާހަކައެއްމީ!! މާލޭގައި (ޚާއްޞަކޮށް) އައިޖީއެމްއެޗްގައި ޚާއްޞަ ޑޮކްޓަރަކަށް ދައްކަންވެއްޖިއްޔާ "ހަތަރު އަހަރާ ހަތަރުމަސް ދިހަ" ވާފަހުންނޫނީ ދެއްކޭނެކަމަކަށްނުވޭ އެހާވެސް ކިއުދިގޯ! ކީކޭ ބުނާނީ. މުޅި ދުނިޔެއިންވެސް އާބާދީ އެންމެގިނަ ގައުމުގައި ހޮސްޕިޓަލަށް ގިސް ޑޮކްޓަރަށް ނުދެއްކިގެން އަންނާކަށް ނުޖެހެ. ކިހާ ދެރަކަމެއްމީ. އައިޖީއެމްއެޗުން ވެއްޖެއެންނު ޑޮކްޓަރުން އެހެންތަންތާ ނުބެލޭހެން ހަދަން. ހުރިހާ ތަކުލީފެއް ރައްޔިތުންނަށް

The name is already taken The name is available. Register?

ހަމީދު 1

15 August 2024

އޭޑީކޭ ކަންތައް ބަލާބަލަ. އާސަންދަ ނުލާ ދައްކަންޖެހޭ ބޮޑު ފައިދާ އޮންނަވަރަށް، އަދި އާސަންދަ އިން ބޭނުންވަރަށް ނަގަން އޮންނަނީ. މެޑިކަލް ބިޒްނަސް މިޤައުމުގަ ހައްދުފަހަނާއަޅާފަ. ދައުލަތް ފެލަނީ، އިންޑިޔާގެ އަމްރީތާއިން 80،000 އަށް ހެދޭ ޓެސްޓް އެތާކައިރީގަ ހުންނަ އެރހެނ ތަންތަނުން 35،000 އަށް ހެދޭ. ކޮންމެވެސް ބަޔަކު ނާޖާއިޒު ފައިދާ އެބަނަގާ. ޑރ. އަށްދައްކާފީތައް އަދި ބޭހުގެ އަގުތައް އެބަޖެހޭ ކޮންޓްރޯލު ކުރެވެން އެހެންނޫނީ މި ސިސްޓަމް ފެއިލްވާނީ

The name is already taken The name is available. Register?

މޫސާޅު

15 August 2024

ތަންކޮޅެއް ވާހަކަ ގިނަވާހެން ހީވާން ފަށައިފި. ފެޝަން ޝޯ ގެ ބައި މަދުކޮށްފައި އަމަލު ގިނަކުރަން ފެނޭ.

The name is already taken The name is available. Register?

އެދޭއެދޭ

15 August 2024

ނާޒިމްއަކީ ފައިސާގެދާއިރާގެތަޖުރިބާ ވަރަށްރަނގަޅަށް ލިބިވަޑައިގެންފަވާ ބޭފުޅަކަށްވުމާއިއެކު ތިކަންހިނގާގޮތް ވަރަށް ރަނގަޅަށް ސާފުކޮށް އެނގިވަޑައިގަންނާނެ. ތިކަމަށް ހުއްޓުމެއްގެނެވޭނެ ތަނުގައި މިހާރު ތިހުންނެވެނީ. ތިވާހަކަ ހަމައެކަނި ވިދާޅުވެ، ހާމަކުރެއްވުމުގެބަދަލުގައި ހުއްޓުވާދެއްވާ.

The name is already taken The name is available. Register?

ފޮރުވިފައިވާ ސިޓީ

15 August 2024

ސާބަސް ރިސޯޓްތަކުންވެސް މިސްކޭމްއެބަޖައްސާ ރޫމްތައްރިނޮއު ކުރާއިރު ސާވިސްޗަރޖް މަދުކޮއްލާ. 400ޑޮލަރ ވިއްކިރޫމް 1000ޑޮލަރ އަށް ވިއްކަންބުނެ 2އަހަރު ވާއިރުވެސް އެބުނާ އަގަށް ނުވިއްކޭކަމަށް ހަދާ ސާވިސް ޗަރޖް މިވަނީކުޑަ ތިތާގަ އެއިންނެވީ އެމެންބަރ އދ.މެންބަރު ހިތަށްއެރިގޮތަކަށް ރިސޯޓް އެހަދަނީ ވާކަމެއްހަރާން. މިމީހުންހޮވާގެން ދާނީ ފަހަތަށް، ޑރ ދައްކަން 500ރ ނަގާތަންތަން އެބަހުރި އެހަމަ އެކަނި ބަލާލަން. ބަލާލާފަ ހިދުމަތްދެނީ އެހެން ޑރ އެއް

The name is already taken The name is available. Register?

ބާސަންދާ

14 August 2024

ކްލިނިކްތަކަކީ ސަރުކާރުން ހުއްދަދީގެން ހިންގާ ތަންތަން، ޓެކްސީގެ އަގު ކަޑައެޅޭގޮތަށް ކީއްވެބާ ކޮންސަލްޓޭޝަންފީ ކަޑަނޭޅެންވީ. ހަމައެކަނި އާސަންދައިން ކަވަރު ކުރެވޭނެވަރު ކަޑައެޅީމާ އާސަންދައަށް ބިލްކޮށްފަ ބަލިމީހާ އަތުން ކްލިނިކް ހިންގޭވަރަށް ލާރިނަގާ. އާސަންދައިން ފައިސާ ލިބޭނީ ދުވަސްކޮޅަކުންކަން އެގޭ. އެހެންކަމުން އެބައި އެއްކޮށް ފައިދާއަށް ބަހައްޓާފަ ބަލިމީހާއަތުން ކްލިނިކް ހިންގޭ ވަަރަށް ފައިސާ ނަގަނީ.

The name is already taken The name is available. Register?

އަޖޯ

15 August 2024

ހަމަ ހައްގު ތެދު! ޓެކްސީ ޑްރައިވަރުންވީމާ ވަކިގޮތެއް! ކުލިނިކުތަކުން ރައްޔިތުން ބަނޑަށް އަތްބާނައިގެން ނަގައިގެން ކާންދޫކޮށްލައިފަ އޮންނަނި! އިންސާފް ގާއިމްކުރައްވާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454