ވިޔަފާރި / ބީއެމްއެލް

ބިދޭސީންގެ ކާޑުން އަމިއްލަ ގައުމުގެ ފައިސާ އިން ވިޔަފާރިކުރެވޭ ގޮތް ބީއެމްއެލް އިން ހަދައިފި

ޑީސީސީ ހިދުމަތް މަސައްކަތް ކުރާ ގޮތް މިއަދު ދައްކާލަނީ-- ފޮޓޯ: ބީއެމްއެލް

27 ފެބުރުއަރީ 2017 - 15:07

2 comments

ރާއްޖެ އަންނަ ބިދޭސީންނަށް ކާޑު ބޭނުންކޮށްގެން އަމިއްލަ ގައުމުގެ ފައިސާ އިން ވިޔަފާރި ކުރެވޭނެ މުޅިން އާ ހިދުމަތެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތައާރަފްކޮށްފި އެވެ.

ޑައިނަމިކް ކަރަންސީ ކޮންވާޝަން (ޑީސީސީ)ގެ ހިދުމަތް ތައާރަފްކުރީ މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޑީސީސީ ހިދުމަތް މަސައްކަތް ކުރާ ގޮތް މިއަދު ދައްކާލަނީ.-- ފޮޓޯ: ބީއެމްއެލް

މި ރަސްމިއްޔާތުގައި، ބީއެމްއެލްގެ ޑައިރެކްޓަ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ރާއްޖެ އަށް ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރާއިރު، އަމިއްލަ ގައުމުގެ ފައިސާ އިން މުއާމަލާތް ކުރެވޭނެ އިންތިޒާމު ހަމަޖެހުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. އެ ގޮތުން، ޑޮލަރުން އެ މީހަކު ގެންގުޅޭ ކާޑެއް ދޫކޮށްފައިވާ ފައިސާ އަށް ޖެހޭ މިންވަރު ވަގުތުން އެނގި، އޮޅުން އެރުން ފަދަ ކަންކަމުން ސަލާމަތް ވެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކުރިއަށް ވުރެ ދެ ފުށް ފެންނަ ގޮތަކަށް ވިޔަފާރި ކުރުމުގެ ފުރުސަތު މިހާރު މި ވަނީ ފަހިވެފައި،" ކުލްދީޕް ވިދާޅުވި އެވެ.

ޑީސީސީ ހިދުމަތް ތައާރަފް ކުރަން މީރު އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ބީއެމްއެލްގެ ޑައިރެކްޓަ އޮފް ބިޒްނަސް ކުލްދީޕް (ކ) އާއި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއީއޯ ޑޭވިޑް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ބީއެމްއެލް

މި ރަސްމިއްޔާތުގައި، މީރު ރިސޯޓް ހިންގާ ކުންފުނި، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއީއޯ ޑޭވިޑް ފައިންބާގު ވެސް ވަނީ މި ޚިދުމަތުގެ މުހިއްމުކަން ފާހަގަކުރައްވައި ބީއެމްއެލް އަށް ޝުކުރު އަދާކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ކުރިއަށް ވުރެ ފަސޭހަކޮށް، އިތުބާރާ އެކު ޓޫރިސްޓުންނަށް ރާއްޖޭގައި ވިޔަފާރި ކުރެވޭނެ ކަމަށެވެ.

މިހާރު ވެސް ބޭނުން ކުރާ ބީއެމްއެލްގެ ކާޑު މެޝިންތައް މެދުވެރިކޮށް ދޭ ޑީސީސީ ހިދުމަތުގައި ބޭނުން ކުރެވެނީ ވިސާ އަދި މާސްޓަ ކާޑެވެ.

މި ހިދުމަތް މަސައްކަތް ކުރާ ގޮތް ދައްކާލައްވަމުން ބީއެމްއެލްގެ ހެޑް އޮފް ކާޑު ސާވިސަސް އަބްދުލް އަލީމް އަބްދުލް ގަފޫރު ވިދާޅުވީ ޑޮލަރުން އަރާ ވަރު ކާޑު މެޝިނުގައި ޖެހުމަށް ފަހު ކާޑު ސްވައިޕްކޮށްލުމުން، އެ ކާޑެއް ދޫކޮށްފައިވާ ފައިސާ އިން ވިޔަފާރި ކުރަން ބޭނުންތޯ އަހާނެ ކަމަށެވެ. އެ ގޮތަށް ހިޔާރުކޮށްފި ނަމަ، އެ މުއާމަލާތަކަށް އެ ފައިސާ އަކުން ޖުމްލަ އަރާ ވަރު މެޝިނުން ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މުއާމަލާތެއް ފުރިހަމަ ކުރުމުން ލިބޭ ސްލިޕުކޮޅުގައި ތަފްސީލު މައުލޫމާތުތައް ހުންނާނެކަން ވެސް އަލީމް ފާހަގަކުރެއްވި އެވެ.

"މިސާލަކަށް، ކުރިން ވެއްޖިއްޔާ ޖަޕަނީސް ޔެންގެ އެކައުންޓަކުން ކެނޑޭ ވަރު އަމިއްލަ އަށް ހިސާބު ހަދަން ވަރަށް އުނދަގޫ ވާނެ. މިހާރު އެކައުންޓުން ކަނޑާނީ ސީދާ ޔެން އިން، ރިސޯޓަށް ލިބޭނީ ޑޮލަރުން،" އޭނާ ވިދާޅުވި އެވެ.

ޑީސީސީ ހިދުމަތް މަސައްކަތް ކުރާ ގޮތް، ބީއެމްއެލްގެ ހެޑް އޮފް ކާޑު ސާވިސަސް އަލީމް މިއަދު ދައްކާލައްވަނީ.-- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން ބުނީ ޑީސީސީ ހިދުމަތުގައި ދުނިޔޭގައި އެންމެ ގިނައިން ބޭނުން ކުރާ ހުރިހާ ފައިސާއެއްހެން ހިމަނާފައިވާނެ ކަމަށެވެ. އެ ގޮތުން، ގާތްގަނޑަކަށް 15 ފައިސާއަކުން މުއާމަލާތް ކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އަންނަނީ "އަހަރެންގެ ބޭންކް" ކެމްޕޭނުގެ ދަށުން އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

2 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 2%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު

28 February 2017

ހާދަ ފައްކާކަމެއް ދޯއެވެ. އެވެރިން ހާދަ އުފާވާނެތާދޯއެވެ. އަމިއްލަ މަސައްކަތުން ހޯދި އަމިއްލަ ފައިސާއިން އެންމެ ފައިސާފޮއްޗެއްވެސް ޚަރަދުވާނީކީ ނޫނިއްޔާއެވެ. ހުރިހާ ފައިސާއެއް ގައުމުގެ ފައިސާއެއް ޚަރަދުކޮށް ނިމުނީމާ އުފާނުވާނީ ކާކުހެއްޔެވެ؟ އަހަރެމެންނަށްވެސް މިހެން ވާނެ ނަމަ ހާދަ ރަނގަޅޭ ހިތަށް އަރައެވެ.

The name is already taken The name is available. Register?

އަހަމްމަދު

27 February 2017

ތިޔަގޮތައް އަމިއްލަ ގައުމުގެ ފައިސާއައް ބަދަލުކުރުމުން ކަރަންސީ ކޮންވާސަންގެ ނަމުގަ ކިހާވަރެއް ބެންކުން ނަގާބާ. މިހާރުވެސް ރާއްޖެއިން ބޭރުން އެއްޗެއްގަނެފިނަމަ ކަރަންސީ ކޮންވާސަން ހެދާފަ "އަހަރެންގެ ބެންކުން" ޗާޖްކޮއްފަހުންނަނީ ޑޮލަރަކައް 17.5ގެ ރޭޓުން ގާތްގަނޑަކައް އިތުރައް 20% ޗާޖް ކުރޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454