މާލެ: ޖުލައި 10، 2020: ޖިންސީ އަނިޔާއާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގައި މީހަކު ޕޯސްޓަރެއް ހިފަހައްޓައިގެން.-- ފޮޓޯ: މިހާރު
16 ސެޕްޓެމްބަރ 2024 - 14:00
އަމިއްލަ ދެ އަންހެން ދަރިންނާއި އިތުރު ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާ 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 42 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ދެންމެ ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 30 ދުވަސް ދީފަ އެވެ.
ފުލުހުން އިއްޔެ ބުނީ މާލޭގައި ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މާލެ އަށް ދިރިއުޅުން ބަދަލުކޮށްފައިވާ އެ ފިރިހެން މީހާ ވަޒީފާ އަދާކުރަމުން އައި ސަރުކާރުގެ ކުންފުނިން ވެސް މިއަދު ވަނީ ސަސްޕެންޑް ކޮށްފައި ކަމަށް އެނގިފައި ވެ އެވެ. އެއީ އަމިއްލަ ދެ އަންހެން ކުދިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވުމުންނެވެ.
ކުޑަކުދިންގެ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާ ނިސްބަތްވާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ. އެއީ ގާނޫނީ ގޮތުން ވެސް މަނާކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްބީސް
17 September 2024
ބައްޕަ ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށް ހުކުމްކޮށް އަދަބު ދިނުމަކީވެސް ބަލަ ކުއްޖާގެ ކަރާމާތް ގެއްލޭނެ ކަމެއްނޫންތޯ. ތިފަދަ މައްސަލައެއް ޝަރީޢަތަށް ސާބިތުވެއްޖެނަމަ 15 ވަރަކަށް އަހަރަށް ޖަލަށް ހުކުމްކޮށްފާނެ. އެހުރިހާ ދުވަހު އެދެކުދިންގެ ޚަރަދު ބަރަދު ސަރުކާރުން ބަލަހައްޓާނެތޯ؟ ނުބަލަހައްޓާނަމަ އެކުދިންގެ ބައްޕަ ހައްޔަރުކުރުމުގެ ސަބަބުން އެކުދިންނަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް ނޫންތޯ އެލިބެނީ. ދެން ކިހިނެއްތޯ މައްސަލަ ބަލާނީ.
ގްރެޓާ
17 September 2024
ޚަރަދަށް ވުރެ މާބޮޑު ގެއްލުމެއްނުންތަ އެދެވުނީ އެކުދިންނަށް؟؟؟؟ ކަލޭމެން ވިސްނަނީ ކޮންތާކުން؟
އަކްމެޑް
16 September 2024
30 ދުވަސް؟؟؟؟؟
އަބްޑޫޅް +
16 September 2024
ކ. މާލޭ ގަމީހެއްތަ؟
ބެލް އެންޑް
16 September 2024
ނޫން މިކަހަލަ ހަޑިކަމެއް ކުރާނީ ނާތަހުޒީބު ރާއްޖެތެރޭމީހުން.
ބަރުސަތު
17 September 2024
ކ. މާލެ ނުކިށޯ. ގާނޫނު އަސާސީއާ ޚިލާފު ކަމެކޯއެއީ. އަސްލުވެސް ރަނގަޅުވާހަކައެއް. މާލެއަކީ ހަމަ މުސްތަގިއްލު މާލެ. ކ. އަތޮޅުގެ ރަށެއްނޫން މާލެއަކީ.
ސަކަރާތް
16 September 2024
އެއްވެސްކަހަލަ ފުރިހަމަ އިންތިޒާމެއް ރޭވިފައިނެތް، އޮތަސް، އަމަލުނުކުރެވޭ ފެނިޓެންޝަރީ ސިސްޓަމެއްގެތެރެއިން މިގޮތަށް ބަންދުކުރެވޭ މީހުން އެކަށީގެންވާ އަދަބެއްނުދެވި ދޫކުރާ ހިދަކު މިކަމެއް ހައްލެއްނުވާނެ. ދެން އުޒުރު ދައްކާނީ ޖަލުގެ ޖާގައެއްނެތޭ އެހެންއެއްޗެކޭ. ނުނީ ކުއްލިއަކަށް ވެރިމީހާ ވޯޓުކޮޅެއް ހޯދަން ބޭނުންވެދާނެ ދެން އެވީ ދޫކޮށްލަށްލަން. ދެންކިހިނެއްވާނެ. އިޚުލާސްތެރިކަންނެތް ގައުމެއްގައި ވާނެގޮތް ދެއްތޯ ކީކޭ ބުނާނީ
އަލި
16 September 2024
މީނަގެ ދިފާއުގަވެސް ހިއުމަން ރައިޓްސް އޭ ކިޔާ ބައިގަޑު ނުކުންނާނެ. މިގައުމުގަ އެކަނި ހިއުމަން ރައިޓްސް އޮތީ. ހައްގުތަކާއި މިނިވަންކަން މިވަރަށް އޮތް ގައުމެއް ކުރި ނާރާނެ
ގައުމެއްނެތް
16 September 2024
ގައުމުގައި ފާހިޝް އަމަލުތައް ގިނަވަނީ ކޮންބައެއްގެ އިހުމާލުންތޯ. ކަސިޔާރު މީހުން ގިނަވަނީ ކީއްވެގެންތޯ؟ ޖަލުގައި ޖާގަ ނެތީތޯ؟ އެހުރިހާ ގާނޫނެއް އަދި ހެދިފައި ނެތީތޯ؟ ނެތިއްޔާ ނެހެދިހުރީ ކީއްވެގެންތޯ؟ މުސާރާ މަދީތޯ އަދިވެސް! ހެދިފައި ހުރެއްޖެއްޔާ އެގާނޫނުތައް ތަންފީޒު ކުރޭތޯ؟ ކީއްވެހޭ ވޯޓާކާރިކޮށް އެއްވެސް ބެލުމެއްނެތި، ކުށުގެ ބާވަތައް ބެލުމެއްނެތި، ބޮޑެތި ކުއްވެރިންނަށް މައުފުދެނީ؟ ގައުމު ސަދޫމު ސިޓީއަށް ހަދާފާއިވެސް އިތުރު ދައުރެއްތޯމުހިންމީ؟
ބަބުރުއްސާދާ
16 September 2024
ވިސްނާލަންވެއްޖެކަމެއް. މީހުންރަށްދޫކޮއްލާފައި މިތޮއްޖެހިފައިވާ މާލޭއަށް މިއަންނަނީ ވަރަށް ބޮޑު ގުރުބާނީއެއްވެގެން ކުދިންނަށް ކިޔަަވަދޭން. އެކަމަކު މިއުޅެންޖެހޭގޮތް މުޅިން ސަކަރާތް؟ ހުރިހާ އެންމެން އެއްކޮޓަރިއެއްގައި! ކޮބާ ބޮޑެތިވަމުން އަންނަ ޓީނޭޖް އަންހެން ކުދިންގެ ޕްރައިވެސީ؟ އެކޮޓަރީގައިވެސް މަންމަ ބަލިވެއިދެ ކުދިންވިހަނީ؟ ދެންކިހިނެތް އާއިލާ ގަޑުބަޑު ނުވެ ހުންނާނީ؟ ސަރުކާރުން ރައްޔަތުންނަށް މިއައްވުރެ ރަގަޅު ދިރިއުޅުމެއް ހޯދައިދޭންނުވޭބާ!
ލޮލްބެ
17 September 2024
މި ހާރަކު ކިޔަވަދޭށޭ ކިޔާފަ މާލެއަންނާކަށް ނުޖެހޭނެ. ރާއްޖޭގެ ރަށްރަށުގަ ކިޔަވާ ކުދިން ގެންނަ ނަތީޖާ ދެކުނިންތަ؟ މިހާރު މާލެ ހިޖުރަ ކުރަނީ ސިޓީ ލައިފްއަށް. ކިޔަވަދޭށޭ ކިޔާފަ އަންނާކަށް މިހާރަކު އަސްލު ނުޖެހޭ. ކިޔަވަދޭން ދަންޏާ ކީއްވަ އައްޑުއަށް ބަދަލު ނުވަނީ؟ ނޫނީ އެހެން ބޮޑު ރަށަކަށް؟ އެތަންތަނުން ކިޔަވާ ކުދިން ފެންވަރުވެސް ރަނގަޅު. އަޙްލާގު ބޮޑުތަނުން ރަނގަޅު.
ނަގިއްޔާ
16 September 2024
އަމިއްލަ ދަރިންނާ ބެހުން، މަގުމަތިން މީހުން ކިޑުނެޕްކުރުން، ތޫނުއެއްޗަކުން މީހުންނަށް ހަމާލާދިނުން، އެވެސް އަންހެނެއް. މިކުޑަކުޑަ މުޖުތަމައުގެ މީހުންނަށް މިވަނީ ކީއްބާ؟ ކޮންފަދަ ބޮޑު ބަލިމަޑުކަމެއްތޯ މީ؟ ކޮންބައެއްގެ ޒިންމާ ފުރިހަމައަށް އަދާ ނުކުރެވިގެންތޯ މިލެވެލްއަށް ގައުމުމިއައީ؟ މައިބަފައިން މީހުންގެ ދަރިން މިހާރު ތަރުބިއްޔަތު ކުރޭތޯ؟ ސަރުކާރުން ޕާޓެން މަދުކުރަން ކޮންކަމެއްތޯ ކުރީ؟ ކީއްވެތަ މަގުމަތީ އެއްވެސް ކަމެއްނެތި އެބުރޭ މީހުން ގިނަވަނީ
ކޮބާ ތަންފިޒީ އިދާރާތައް
16 September 2024
ގައުމުގައި އާދަޔާ ޚިލާފަށް ސިކުމީހުން ގިނަވާތީ ކަންބޮޑޮވާ ބަޔަކު އެބައުޅޭބާ؟ ބޭނުންވި ކޮންމެއިރަކު ބަދުއަޚުލާގީ އެއްޗެހި ފަސޭހައިން ބޭލޭގޮތް އޮތީމަ ބައެއް މީހުން އެނޫކަމެއް ނުކުރޭ. މީހުން އެފަދަ ނުބައިކަންކަމުން ސަލާމަތްކުރުމަށް ޚާއްސަކޮށް ކުޑަކުދިން އެވަބާއިން ދުރުކުރުމަށް ހަދަންޖެހޭ ގާނޫނުތައް ހުރީ ހެދިފައިތޯ. ތަންފީޒު އެބަ ކުރޭތޯ؟ އިހަށް ދުވަހު ބަސްޓްވި ޓެލެގްރާމް ޗެނަލްތަކުގެވާހަވެސް އަޑުއަހާފައި މީހަކު ފިއްކަނޑައިގެން ދާވަރުވޭ.
އަލީމްބެގ
16 September 2024
ނުރައްކާތެރި އެކްސިޑެންޓެއް ވީމަ ކުއްވެރިވާ މީހަ ޝަރީއަތް ނިމެންދެން ބަންދު، އަމިއްލަ ދަރިން ރޭޕް ކުރީމަ 30 ދުވަސް، މިއޮތީ ވާ ޤައުމެއް