ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތި. ފޮޓޯ: ކަސްޓަމްސް
06 މާޗް 2017 - 21:57
އިންޑިއާ އާއި ދުބާއީ އިން ރާއްޖެ އައި ދެ ދިވެއްސަކު އެތެރެކުރަން އުޅުނު 1.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަސްތުވާތަކެތި އެތެރެކުރަން އުޅުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އުމުރުން 29 އަހަރުގެ ފިރިހެނަކާއި މި މަހުގެ ތިންވަނަ ދުވަހު ދުބާއީ އިން އައި އުމުރުން 32 އަހަރުގެ ފިރިހެނަކު ކަމަށެވެ.
"އިންޑިޔާއިން ރާއްޖެއައި 29 އަހަރުގެ ދިވެހި ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން އެއާޕޯޓްގެ ޕެސެންޖަރު ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މީނާގެ ހަށިގަނޑުން ވަނީ މަސްތުވާތަކެތި ފެނިފަ އެވެ." ނޫސްބަޔާނުގައި ވެ އެވެ.
އެ މީހާގެ އަތުން ފެނުނީ 506 ގްރާމްގެ ހަޝިޝް އޮއިލް ޕެކެޓަކާއި ހެރޮއިން އަޅާފައިހުރި 6 ބްލެޓް (162 ގްރާމް) ކަމަށް ކަސްޓަމްސް އިން ބުންޏެވެ. މި މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 668 ގްރާމެވެ.
ކަސްޓަމްއިން ބުނިގޮތުގައި ދުބާއީ އިން އައި މީހާގެ އަތުން މަސްތުވާތަކެތި ފެނުނީ އޭނާގެ ލަގެޖުންނެވެ. އެ ތަކެތި ތަހުލީލުކުރިއިރު، ދހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަަސްޓަމްސް އިން ބުންޏެވެ. އޭގެ ބަރުދަނުގައި ޕެކިން އާ ޖުމްލަ 783 ގްރާމް ހުއްޓެވެ.
ކަސްޓަމްސް އިން ބުނީ އެ ދެ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށް، އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރަދޫ މުފީދު
07 March 2017
ސާބަހޭ ކަސްޓަމްސް އޮފިސަރުންނަށް
ޕޮކަންޑި މޭން
07 March 2017
މިރައީސްއަކީ މަސްތުވާތަކެއްޗަށް ކުރީގެ ވެރިކަންތަކުގައި ހުޅުވި ދޮރުތައް ބަންދުކުރާނެ ރައީސްއެއް.
ޔެލޯ
07 March 2017
ބަންދު ނުކުރެވުނީމަ އެއްނު އެއޮތީ ރާއްޖެ އެތެރެވެފަ
ހެހެހެހެ
07 March 2017
ރަން 30 އަހަރުގަ ތިބުނާ ދޮރުތައް ހިޅުވީ ކާކުކަން އެގޭތަ؟؟؟ ލޮލް
ތަރައްޤީ
07 March 2017
ސާބަހޭ ކަސްޓަމްސް އޮފިސަރުންނަށް
ޕޮލިސް
07 March 2017
މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެ ކުރަނިކޮށް އަތުލައިގަނެވުނަސް ހިތްހަމަ ޖެހުމެއް ނެތީ މިފަދަ މީހުން ލަސްތަކެއްނުވެ ކްރިމިނަލް ކޯޓުން ދޫކޮށްލާތީއެވެ. ފާއިތުވި އަހަރު މަސްތުވާތަކެތި އެތެރެކުރި ގިނަ މީހުން މިހާރުވަނީ ކޯޓުން ބަންދުން ދޫކޮށްފައެވެ. ނުވަތަ ގޭ ބަންދަށް ބަދަލުކޮށްފައެވެ. ބައެއް ފަނޑިޔާރުންނާއި ދިފާއީ ވަކީލުން ހީވަނީ ބަހާލައިގެން ކުޅޭހެންނެވެ.
ޡާހިދުހާމިދު
07 March 2017
ތި އަދި އަމަލުތައް ހުރިގޮތުން ޝައްކުވެގެން ކުރާޗެކުން އަތުލެވޭ ބޮޑު އަދަދު. ޝައްކުނުވެ އެތެރެ ކޮށްލާނެ ގިނަބައި. ސަތޭކައަކުން އެކެއް ތިޔައަތުވަނީ. ޙަނޑޫ ހަކުރު އެެތެރެކުރާހެން އެއްވެސް ދަތިކަމެއްނެތި ތިޔަ ބައިވަރުގަނޑު އެތެރެކޮށްލައޭ ބުނާކަށް.
ޑޮރީ
06 March 2017
ފާރަ ގެމަ ބޭނުން ކުރާނަމަ އަދި އިތުރަށް އަތުލެވޭނެ
މުހައްމަދު
06 March 2017
އަނެއްކާ ޒުވާނުންތޯއެވެ. ޒުވާނުން ކަމަށްވަންޏާ ޒުވާނުންގެ ސިޓީގައި އުޅުމުގެ ފުރުޞަތު ދޭން ކުށްތައް ފޮހެ ސާފުތާހިރުކުރަންވާނެ ދޮއްތޯ!
ރަދީފް އެންޑް ރަފައިދާ
06 March 2017
ޒުވާނުންގެ ސިޓީއަށް ނިސްބަތްވާކުއްޖެނަމަ އޭނާޔަށް އެއްވެސްކަހަލަ އަދަބެއް ދެވިގެންނުވާނެ.
އައްޑޫ ބޮންޑާ
06 March 2017
ކޮން ޒުވާނުންގެ ސިޓީއެއްތަ؟ އެތާގަ ހުރިހާ ދިވެހިންނަށް ހިތްހަމަ ޖެހިގެން އުޅެވެން ޖެހޭނެ، 25 އަހަރުގެ ޖަލު ހުކުމް ނިންމާފަ މުޖުތަމައަށް ނުކުންނައިރު އިބްރަތެއް ލިބިގެން ނުކުންނާން ކަމަށް އުއްމީދު ކުރަން، ތި ކަމުން ރެކެވޭނެ އެއްވެސް ގޮތެއް ނޯންނާނެ
މެންޓަލިސްޓް
06 March 2017
ތިޔައީ ދުނިޔޭގައި އޮތް އެންމެ ބޮޑުއެއްވިޔަފާރި ،،، 1800 ސަކޭކައިގެ އަހަރުތަކުގައިވެސް ތިޔަވިޔަފާރި ވަރަށް ފުޅާކޮށް ދުނިޔޭގައި ކޮއްއުޅުނު ،، މިހާރުވެސް ބައެއް ސަރުކާރުތަކުގެ އެހީގައިވެސް ތިޔަކަން ކޮއްއުޅޭ ،، ސިންގަރޕޯރ ޑިވެލޮޕްވަމުން އައިއިރުވެސް ބަރުމާގެ ޑްރަގްފައިސާ ސިނގަރޕޯރތެރޭގައި އެނބުރުނު ،، އެއްޑީލަރު ހައްޔަރުކުރާއިރަށް އަނެއްޑީލަރު ނުކުންނާނެ ،، ޑިމާންޑްއޮތްހާ ދުވަހަކު އެކަންއެގޮތަށް ހިނގާނެ ، އަދި ރާއްޖެއަކީ ވަރަށްބޮޑެތި ޑީލްތަކުގެ ޓްރާންޝިޕްމަންޓް ޕޮއިންޓެއް ،،، ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބަރާބަރަށް ބެލެހެއްޓޭ ސަރަހައްދެއްނޫން ،، ވާއެއްނުވާއެއް އަސްލުނޭންގޭ ،،، ރާއްޖެއަންނަ ބައެއް ޔޮޓްތަކަކީވެސް ހަމަ ސީދާ އެކަމުގައި އަންނަޔޮޓްތަށް ،، ހަތިޔާރު ޑީލްއާޢި ޑްރަގްޑީލްތަކަކީ ހަމަ ހިނގަމުން ދާކަންކަން ،،،، ދެންމިކަންކަން ގައުމީ ސިއްރެއްގެ ގޮތުގައި ބަހައްޓާފައި އޮންނަނީ ،،، ވަރަށްވެދުްން
ނަފީސާ
07 March 2017
ކަނޑައެޅިގެން ދޮގު!!!