ސްކޫލްތަކުގައި އިތުރު ހަރަކާތްތައް އިންތިޒާމު ކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ތައުލީމީ ދާއިރާގެ މީހުންނާއި އަމިއްލަ ޖަމިއްޔާ އަދި ޖަމާއަތްތަކާ އެކު މިއަދު ފެށި ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޕީއެސްއެމް
18 ޖެނުއަރީ 2025 - 15:48
އަންނަ ދިރާސީ އަހަރު ސްކޫލްތަކުގެ "އެކްޓިވިޓީ ކަލަންޑަރު" ގައި އިތުރު ހަރަކާތްތައް ހިމަނާނެ ގޮތުގެ މަޝްވަރާ ބައްދަލުވުމެއް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ފަށައިފި އެވެ.
މިއީ އިތުރު ހަރަކާތްތަކާ ގުޅޭ ކަލަންޑަރު އެކުލަވައިލުމުގެ ކުރިން ހިޔާލާއި މަޝްވަރާ ހޯދަން މިނިސްޓްރީން ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ. ސްކޫލްތަކުގައި މިހާރު އިތުރު ހަރަކާތްތައް ހިންގާ ގޮތާއި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާ ކުރާނެ އެވެ.
މާދަމާގެ ނިޔަލަށް މާލޭގައި ކުރިއަށް ގެންދާ އެ ބައްދަލުވުމުގައި 92 ބައިވެރިން ބައިވެރިވެ އެވެ. އޭގެ ތެރޭގައި މާލޭގެ ހުރިހާ ސްކޫލަކާއި އަތޮޅުތަކުގެ ކޮންމެ ޒޯނަކުން ސްކޫލެއް ހިމެނެ އެވެ. ބައެއް ރަށްރަށުގެ ކައުންސިލްތަކާއި ކުޅިވަރުގެ އެކިއެކި ޖަމިއްޔާތަކާއި ސްކޫލްތަކުގެ ކުޅިވަރު ސުޕަވައިޒަރުންނާއި ސްކައުޓް އަދި ކަބް ސްކައުޓުން ވެސް މި ބައްދަލުވުމުގައި ތަމްސީލު ކުރެ އެވެ.
ދިވެހި ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީ އަދި ލޯކަލް ގަވަމެންޓް މިނިސްޓްރީން ވެސް ދެ ދުވަހުގެ މި ބައިވެރިވި އެވެ.
އިމާދުއްދީން ސްކޫލުގައި މިއަދު ހެނދުނު ފެށި އެ ބައްދަލުވުން އިފްތިތާހު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
މިނިސްޓަރު ވިދާޅުވީ، ބައެއް ސްކޫލްތަކާއި ރަށްރަށުގައި އިތުރު ހަރަކާތްތައް އިންތިޒާމުކުރާ ޖަމިއްޔާތަކުން އަމަލުކުރަމުންދާ ގޮތުން އޭގެ ނޭދެވޭ އަސަރު ކުދިންގެ ކިޔެވުމަށް ކުރާ ކަމަށެވެ.
ކުދިންގެ ކިޔެވުމަށް ބުރޫ ނާރާނެ ގޮތަކަށް އިތުރު ހަރަކާތްތައް ހިންގުމަށާއި ޓީޗަރުންނަށް ފަސޭހަވާނެ ގޮތަކަށް ކުޅިވަރުތައް ރޭވުމަށް މަޝްވަރާ ކުރުމަށް އިސްމާއިލް އެދިވަޑައިގެންނެވި އެވެ.
ސްކޫލް ޗުއްޓީގައި އިތުރު ހަރަކާތްތައް ބާއްވާ ކަމުގެ ޝަކުވާ އަބަދު ވެސް ބެލެނިވެރިންނާއި ޓީޗަރުން ވެސް ކުރެ އެވެ. އެހެންވެ، ކުދިންނަށް ލިބޭ ޗުއްޓީ ވެސް އެންމެ އެދެވޭ ގޮތުގައި ބޭނުން ނުހިފޭ މައްސަލަ ވަރަށް ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިފ
19 January 2025
ގްރޭޑް 10ގެ މޮކް އެގްޒާމް ފެށެން ވަރަށް ކައިރިވެފައިމިވަނީ. ޢެކަމަކު ބައެއް އެސޯސިއޭޝަންތަކުން މުބާރާތް އެބަ ބާއްވާ މިދުވަސްކޮޅުވެސް.
ެއެކްޓިވް ޓީ
19 January 2025
މަސައްކަތްތެރިން ތަމުރީނު ކުރަންޖެހޭ. ޢިމާރާތްކުރުމުގެ ދާއިރާ ތަރައްޤީކޮށް ދިވެހިންގެ ގެދޮރު ދިވެހިން ބިނާކުރަން ހިތްވަރު ދޭންވެއްޖެ. ޕްލަމަރުންނާއި އިލެކްޓްރިޝަނުން ފަދަ މަސައްކަތް ކުރިއަރުވަން ޖެހޭ.
އަބުދުލް ޤާދިރު
19 January 2025
ފުޓްބޯޅައިގައި ރާއްޖެއަށް ރީތި ނަން ހޯދައި ދީފައި ވަނީ އިންޓަސްކޫލު ފުޓުބޯޅައިގެ ތެރެއިން ނުކުތް ދަރިވަރުން. މިހާރަށް ވުރެ އޭރު ބޭއްވި އިންޓަރސުކޫލު ހަރަކާތްތައް މާ ގިނަ. އޭރު ކުދިންގެ އަޚުލާޤު މާ ރަނގަޅު. ހޯދާ ނަތީޖާ މާ މަތި. މިހާރު މި ފެންނަނީ އެނގުމާއި ނޭނގުމުގެ ތަފާތު.
ައަބުދުލް ޤާދިރު
19 January 2025
ތި ޚިޔާލު ކިހާދުވަހަކުން ހޯދޭނެބާ؟ މިހެން މި ދެންނެވީ 2024 ގައި އޮތް އޭލެވެލް ޓޮޕްޓެން ޖަލްސާގަ މިނިސްޓަރ ވިދާޅުވި މި އަހަރު އޮކްޓޯބަރ ނިމުމުގެ ކުރިން އޯލެވެލް ޓޮޕްޓެން ޖަލްސާ ބާއްވާނެކަމަށް. އެކަމަކު އެކުދިން 12 ނިމެންދާއިރު ވެސް އެ ބުނާ ޖަލްސާއެއް ނުބޭއްވޭ.
ކިކިކިލޮ
19 January 2025
ސުކައުޓު ލާން ޖެހޭނެ، އެމީހުން މާ ގަދަ ސުކޫލުގެ އެހެން ކަންކަމަށް ވުރެ.
ޑިޖިޓަލް ރާއްޖެ
18 January 2025
އެކްސްޓްރާހުރިހާ ކަމަކާއި ފައިދާހުރި ހުރިހާކަމެއް މިޒަމާނުގައި ބާއްވަނީ އޮންލައިންކޮށް.
ނާޑުވާ
18 January 2025
އަސްލު މި އުޅެނީ ކަންކަން ކުރަން ނޭނގިގެންނޭ ނުބުނާތި.
ހަސަން ކުރުސީ
18 January 2025
އެންމެންތައް އެއްތަނަކަށް ބޮނޑިވެނުގަތަކަސް މިހާރު ޑިޖިޓަލްކޮށް ނުހަނު ފަސޭހައިން މިފަދަ ކަންތައް ކޮށްލެވިދާނެ. މިނިސްޓަރު އެސްޓޯނިޔާއަށް ފޮނުވާންފެނޭ. ރައީސްވެސް އެއައީ އެތަނަށް ގޮސް ސުމާޓުވެގެން.
ހުސޭނުކުރުސީ
18 January 2025
ލާރިތަކެއް ޚަރަދުކޮށްފަ، ކޮންމެވެސް ކަމެއް ކޮށްލަންވާނެތާ ދޯ. ފޮނިކަނޑާލާނެ ވަގުތުކޮޅެއްވެސް އޮންނަންވާނެތާދޯ.
ވިސްނާށޭ
18 January 2025
މާލޭގެ ސްކޫލް ތަކުގައި ކުރިއަށް ގެންދާ ހަރަކާތް ތައް ތަފާތުވާންވީ ރާއްޖެތެރޭ ސްކޫލް ތަކާއި މާލެ އަކީ ވަސީލަތް ތައް އިތުރު ތަނަކަށްވާއިރު ސްޓެމް ސަބްޖެކްޓް ތެެރޭގައި ހިމެނޭ އިންޖިނިއަރިންގް މެތެމެޓިކްސް އެބަޖެހޭ އިސްކަންދަރު ސްކޫލްގައި އެކަނި އަޖުމަ ބެލުުމުގެ ގޮތުން ކިޔަވާ ދޭން އަދި އޮޓޯ ޑެސްކްގެ ހުރިހާ ސޮފްޓްވެއަރސް ތައް ޕްރޮފެޝަނަލް ލެވެލް ގައި ކިޔަވާ ދޭން ޖެހޭނެއޭ އެއިރުން ކުދިންނަށް ދިރިއުޅުމުގައި އިތުރަށް ކުރިއަށް ދާން އިނގޭނީ އުފެއްދުންތެރި
މޫސަ ލީޑިންގ ޓީޗަރ
18 January 2025
ހާދަ ބޭފުޅިޒަމް ކޮމެންޓެކޭ. އިސްކަންދަރު ސްކޫލް އެކަނިތޯ މި މާލޭގަ އަދި ރާއްޖޭގަ ހުރީ