މިނިސްޓަރު ވިދާޅުވީ، ތަޖުރިބާ އަށް ބަލައި ސްކޫލްތަކުގެ އިތުރު ހަރަކާތްތަކުގެ އަދަދު މިދިޔަ އަހަރު 111 އަށް ދަށްކުރި ކަމަށް.
ސްކޫލްތަކުގައި އިތުރު ހަރަކާތްތައް އިންތިޒާމު ކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ތައުލީމީ ދާއިރާގެ މީހުންނާއި އަމިއްލަ ޖަމިއްޔާ އަދި ޖަމާއަތްތަކާ އެކު މިއަދު ފެށި ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޕީއެސްއެމް
18 ޖެނުއަރީ 2025 - 15:28
ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ބާއްވާއިރު، ކުދިންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަށް އެ ކަން ކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
މިނިސްޓަރު އެގޮތަށް އިލްތިމާސް ކުރެއްވީ، ސްކޫލްތަކުގައި އިތުރު ހަރަކާތްތައް އިންތިޒާމު ކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ތައުލީމީ ދާއިރާގެ މީހުންނާއި އަމިއްލަ ޖަމިއްޔާ އަދި ޖަމާއަތްތަކާ އެކު މިއަދު ފެށި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވަމުން އިސްމާއިލް ވިދާޅުވީ، ކުދިންނަށް ހިންގާ އިތުރު ހަރަކާތްތައް އިންތިޒާމް ކުރާ ގޮތަކުން އޭގެ ނޭދެވޭ އަސަރު ކުދިންގެ ކިޔެވުމަށް ކުރާ ކަމަށެވެ.
"އަޅުގަނޑުމެން ބަލައިލިން ދެ އަހަރެއްގެ އެކްޓިވިޓީ ކަލަންޑަރަށް، 2019 ވަނަ އަހަރު 200 އިތުރު ހަރަކާތްތަ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ. އެ އޯވާލޯޑަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދިނުމަށް މިދިޔަ އަހަރު އަޅުގަނޑުމެން ވާނީ އެ އަދަދު 111 އަށް ދަށް ކޮށްފައި،" ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލްތަކުގައި އިތުރު ހަރަކާތްތައް އިންތިޒާމު ކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ތައުލީމީ ދާއިރާގެ މީހުންނާއި އަމިއްލަ ޖަމިއްޔާ އަދި ޖަމާއަތްތަކާ އެކު މިއަދު ފެށި ބައްދަލުވުން.-- ފޮޓޯ: މިނިސްޓްރީ
އެހެންވެ، ކުދިންގެ ކިޔެވުމަށް ބުރޫ ނާރާނެ ގޮތަކަށް އިތުރު ހަރަކާތްތައް ރޭވުމަށް މަޝްވަރާކޮށް، ރަނގަޅު ހައްލެއް ގެނެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
"އަޅުގަނޑު ތިބޭފުޅުންގެ ޑިސްކަޝަނަށް 3-4 ކަމެއް ހުށަހަޅާލަން ބޭނުން. ދަރިވަރުންގެ ލާނިން އަށް ފަހިވާންޖެހޭނެ ކަމަށް. ޓީޗަރުންނާއި ދަރިވަރުންގެ ވެލްބީން އަށް ކޮންސިޑާ ކުރެވެން ވާނެ ކަމަށް. ޕޭރަންޓް މޮނިއުނިޓީ ޕާޓިސިޕޭޓް ވާއިރު އެ ޕާޓިސިޕޭޝަނަކީ ވެސް އެ ބޭފުޅުންނަށް ވޭނަކަށް ނޯންނަ މިންވަރަކަށް މިކަން ވާން ޖެހޭނެ ކަމަށް. އަދި ރާއްޖޭގެ މި ޖިއޮގްރަފިކަލް ޑިސްޕާޝަން ކޮންސިޑާ ކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން މިކަހަލަ ކަންކަން ރޭވިގެންދާއިރު،" އިތުރު ހަރަކާތްތައް ރާވާއިރު، ވިސްނަން ޖެހޭނެ ކަންކަން ފާހަގަކުރައްވަމުން އިސްމާއިލް ވިދާޅުވި އެވެ.
ސްކޫލްތަކުގައި އިތުރު ހަރަކާތްތައް އިންތިޒާމު ކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ތައުލީމީ ދާއިރާގެ މީހުންނާއި އަމިއްލަ ޖަމިއްޔާ އަދި ޖަމާއަތްތަކާ އެކު މިއަދު ފެށި ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޕީއެސްއެމް
ސްކޫލްތަކުގައި އިތުރު ހަރަކާތްތައް އިންތިޒާމު ކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދާނީ މިއަދާއި މާދަމާ އެވެ. އެ ބައްދަލުވުމުގައި 92 ބައިވެރިން ބައިވެރިވެ އެވެ.
އޭގެ ތެރޭގައި މާލޭގެ ހުރިހާ ސްކޫލަކާއި އަތޮޅުތަކުގެ ކޮންމެ ޒޯނަކުން ސްކޫލާއި ރަށްރަށުގެ ބައެއް ކައުންސިލްތަކާއި ކުޅިވަރު ޖަމިއްޔާތަކާއި ސްކޫލްތަކުގެ ކުޅިވަރު ސްޕަވައިޒަރުންނާއި ސްކައުޓް އަދި ކަބް ސްކައުޓުން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީނާ ފައިސަލް
20 January 2025
އާލުގަނޑަށް ފެނަނީ ހުރިހާ އިތުރު ހަރަކާއަތް ހުއްޓަލާން
މާޅޮހު
19 January 2025
ހަމައެކަނި ފޮތުންކިޔަވައިގެން އުފެއްދެނީ ހުސް ޅޮސްގަސް. މަސައްކަތްތެރިން ތަމުރީނު ކުރަންޖެހޭ. ޢިމާރާތްކުރުމުގެ ދާއިރާ ތަރައްޤީކޮށް ދިވެހިންގެ ގެދޮރު ދިވެހިން ބިނާކުރަން ހިތްވަރު ދޭންވެއްޖެ. ޕްލަމަރުންނާއި އިލެކްޓްރިޝަނުން ފަދަ މަސައްކަތް ކުރިއަރުވަން ޖެހޭ.
ސީދިބެ
19 January 2025
ސްޕަވައަޒަރެއް ނޫން. ސުޕަވައިޒަރު. ސީނުގައި އޮންނާނީ އުބުފިލި، ސުކުނެއް ނޫން.
މިނިމަލް
19 January 2025
ތީ ހަމަ އެކަނި ބުނެލާ އެއްޗެއް، މަޖީދިއްޔާ ސްކޫލް ގަ ސައިންސް ފެއަރ ބޭއްވީ ނިމިގެން ދިޔަ ހަފްތާ، އެކްސްޓްރަރ ކިލާސް ބާއްވަމުން އަދި ފުޓުބޯޅަ ، ނެޓު ބޯޅަ ޕްރެކްޓިސް ބާއްވަމުން، އެއްފަހަރާ ހުރިހާ ކަމެއް، ކުދިންނަށް ހާދަ ބޮޑު ލޯޑެކޭ، ޓީޗަރުންވެސް ހަމަ ގަނޑަ ތަޅުވާފަ، އެތާ ގެ ހިންގަން ތިބީ އެއްވެސް އެއްޗެއް އިނގޭ ބައެއް ނޫން. ތަނަކަށް އަރާ ތިހެން ބުނީމަ ނިމުނީ މިނިސްޓަރަށް ވެސް.
އަޙްމަދުބޭބެ
19 January 2025
މިނިސްޓްރީން ކަޑައަޅަންވީ ކޮންމެ ކުއްޖަކުވެސް ގިނަވެގެން ޓާމެއްގަ ނޫނީ އަހަރެއްގަ ބައިވެރިވާނި ކިތައް ކުޅިވަރު ހަރަކާތުގަތޯ އާއި ކިތައް އެކަޑަމިކު އިތުރު ހަރަކާތުގަތޯ! އެގޮތަށް ޕޮލިސީ ހަދައިފަ ސުކޫލުތަކަށް ފޮނުވީމަ އޮންނާނީ ތިކަން ހައްލުވެފަ! މާލޭގަ އޮންނަ ކުޅިވަރު މުބާރާތްތަކުގަ އަދި އަދަބީ ނުވަތަ ގުރުއާން މުބާރާތްތަކުގެ ހަރދުވަރަށް ބޮޑު! ބެލެނިވެރިން ހަމަ ހަނާވަނީ! އަދި އެގޮތަށް ބައިވެރިވުމުގެ ޕްރެޝަރާހެދި ސުކޫލުތަކުންވެސް ހަނާވަނީ ހަރަދާހެދި!
މަރިމް
19 January 2025
ސްކޫލް ތައް ހިންގާގޮތް ވ ސަކަރާތް. އެކުދިން ގޭގެއި އެއްޗެއް ކިޔަވާލާނެ ހަމަ ވަގުތެއް ގިނަ ދުވަސް ދުވަހު ނުލިބޭ އެހާ އެކްޓިވިޓީސްތައް ގިނަ އަނެއްކާ ފަންޑްރައިސިންގް އެވަރަށް އަދި އެކަމަށް ހަރަދުކޮށްފައި ޕޭރަންޓުން ޖެހޭ އެކި ޓިކެޓް ނަގަން ވެސް ކަންކަމު. ވ ދެރަކަންކަން މިހުންނަނީ ދޯ. މިނިސްޓަރ ވެސް ގާތުން ކަންކަން ބަލާ ޕޭރަންޓުންނާވެސް ގާތުން ބައްދަލުކުރަންޖެހޭ ރ. މުއިއްޒު ރައްޔިތުންނާއި ގާތުން ބައްދަލުކުރާހެން.
ަބެގަރސް ސްކޫލު ސިސްޓަމް
18 January 2025
މިނިސްޓަރު ދައްކަވާ ވާހަކައަކާއި ޢަމަލަކާއި ދިމަލެއްނުވޭ. ސްކޫލުތަކުން ކުދިންލައްވައި ބެލެނިވެރިން އަތުން ހޯދާ އެއްޗެއްސާއި ކުރުވަން ޖައްސާ ޙަރަދުމަދެއް ނުވޭ. ފަންޑު ރެއިސިންގެ ނަމުގައި ކުދިންލައްވައި އެކަށީގެން ނުވާވަރުގެ ބޮޑުއަގަށް ކޮސްޓިއުން ފައްސުވައި ތަކެތި ހޯދުވައި ހަދައިގެން ބޮޑުއަގުގައި ޓިކެޓް ގަނެގެން ބެލެނިވެރިން ދާން މަޖުބޫރުކުރުވާކުރުވުމަށްވެސް ހައްލެއްނާދޭ. ހައްތަހާދަނީ ގަދަވަމުން.
ފަންދި
18 January 2025
ކޮން ރިސާޗެއްބަލާފަ ތޯ ތިހެން ތިބުނީ. މަގޭ ވިސްނުމުގަ އިތުރު ހަރަކާތުގެ ނަތީޖާ ނެރެން ދެލިގަޑުން ކިޔަވާ ކިޔެވެލި މަދުކުރަންވީ.
ޑިޖިޓަލް ރާއްޖެ
18 January 2025
އެކްސްޓްރާހުރިހާ ކަމަކާއި ފައިދާހުރި ހުރިހާކަމެއް މިޒަމާނުގައި ބާއްވަނޫ އޮންލައިންކޮށް.
އަގީލް
18 January 2025
ތިހެން ކަންކަން އަންގާ އަމުރު ކުރަން ނުތިބެ ފުރަތަމަ ކުރަން ވައުދުވީ ކަންކަން ކޮށްބަލަ. 1 އަހަރު ވެގެން ދިޔައީ ކުލާސް ރޫމުތައް އޭސީ ކުރާނަމޭ ކީތާ. އެވައުދު ވީތަނެއްވެސް ނޭންގެ، ގިނަ ސްކޫލް ތަކުގަ މިހާރު ސްޓިކާ ވިއްކައިގެނާ، މަސައްކަތް ދުވަހޭ ކިޔާފަ އެކި ނަންނަމުގަ ބެލެނިވެރިން އަތުން ފައިސާ ނަގައިގެން އޭސީ ހަރުކުރަން ފައިސާ ހަމަ ކޮށްފި. އެހެންވެސް އޭސީ ހަރުކުރީމަ މެޑަލް ޖަހާނެ ސަރުކާރުން.