ޝުޖާއު: ޖުޑިޝަރީ ގަޑުބަޑުކުރުމުގެ ތާރީހެއް އޮތީ އެމްޑީޕީގައި ކަމަށް ވިދާޅުވި
24 ފެބުރުއަރީ 2025 - 09:33
ޝަރުއީ ދާއިރާ އާއި ކޯޓުތައް ގަޑުބަޑުކުރުމުގެ ތާރީހެއް އޮތީ އެމްޑީޕީގައި ކަމަށާއި އެއީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވާހަކަ ދެއްކުމުގެ ހައިސިއްޔަތު އޮތް ބައެއް ނޫން ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުރެއްވި ޓުވީޓަކަށް ދެއްވި ރައްދެއްގަ އެވެ.
ފައްޔާޒު ވިދާޅުވީ، އެ އިސްލާހަކީ މުޅި ޝަރުއީ ނިޒާމަށް ދޭ ހަމަލާއެއް ކަމަސެވެ.
މެންބަރު ޝުޖާއު ވިދާޅުވީ ޖުޑިޝަރީ އިސްލާހުގެ ވާހަކަ އަކީ އެމްޑީޕީއާ ގުޅޭ ވާހަކައެއް ނޫން ކަމަށާއި ޖުޑިޝަރީ ފުނޑާލައި ފަނޑިޔާރުން ވަގަށް ނަގައި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ އޮތޭ ކިޔައި، ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މާޒީ ވެސް ފިސާރި ރަނގަޅަށް އެ ޕާޓީގައި އެބައޮތް ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ބެންޗެއް ގަނޑުކޮށް ބަދަލުކޮށް، ގަނޑުކޮށް ބަދަލުކޮށް ހައި ކޯޓުގެ އިލްމީ ފަނޑިޔާރުން ތިބޭފުޅުންގެ މުށުތެރެއަށް ފަނޑިޔާރުގެ ލައި މުޅިނިޒާމު ގަޑުބަޑުކޮށް މި ނިޒާމަށް ރައްޔިތުން ކުރި އިތުބާރު ވެއްޔާމޮޑެލީ ތިބޭފުޅުންގެ ޕާޓީން މަގުމަތީ ކޯޓު ހަދައިގެން ހިންގި ހަޑިމުޑުދާރު އަމަލުތަކުންކަން ހަނދުމަފުޅު ނެތުނީތޯ؟،" ފައްޔާޒަށް އަމާޒު ކުރައްވައި ޝުޖާއު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ސައްތާރު ހުށަހެޅުއްވި އިސްލާހާ ގުޅިގެން ޝުޖާއު ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފަށް ވެސް ރޭ ރައްދު ދެއްވައިފަ އެވެ. ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން އިނގިރޭސި ބަހުން ނެރުނު ނޫސްބަޔާން ހަސަން ޓުވީޓް ކުރެއްވުމުން ޝުޖާއު ވިދާޅުވީ، ހަސަންމެން އެމްޑީޕީއާ އެކު ތިއްބައިގެން ސުޕްރީމް ކޯޓުގެ ބެންޗު "ކޮށާލީ އަޅުގަނޑުމެން ގޮވަގޮވަ ތިއްބާ" ކަމަށެވެ.
ހަސަން އެދުވަހު (ތިބޭފުޅުން MDP އާއެކު)SC ބެންޗް ކޮށާލީ އަޅުގަނޑުމެން ގޮވަގޮވަ ތިއްބާ!މިއަދު ހަސަން ތިކިޔަނީ ކީކޭ؟ތިދައްކާވާހަކަ ދެކޮޅު ޖެހެން އެބަޖެހޭނުން؟ހަސަންމެން ކުރީމަ އޯކޭ!މިއަދު އިސްލާހެއް ހުށައެޅީމަ ހަސަނު ބޮލަށް އުޑުވެއްޓިގެން އުޅޭހެން ތިއުޅެނީ ކީއްވެ؟ކޮބާ ތީގެސިއްރަކީ؟ https://t.co/QP74vxdNZ8
— Ibrahim Shujau (@IbrahimShujaau) February 23, 2025
"މިއަދު ހަސަން ތި ކިޔަނީ ކީކޭ؟ ތި ދައްކާ ވާހަކަ ދެކޮޅު ޖެހެން އެބަޖެހޭ ނުން؟ ހަސަންމެން ކުރީމަ އޯކޭ؟،" ޝުޖާއު ސުވާލު އުފެއްދެވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ. އޭގެ ތެރެއިން ދެ ފަނޑިޔާރުން މަދުކުރަން ޖެހޭ ގޮތަށް މަޖިލީހަށް ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ސައްތާރު ވިދާޅުވީ، ދިވެހިންގެ "ފޮނި އުންމީދު" އެންމެ ބޮޑަށް ހާސިލް ވާނީ ސުޕްރީމް ކޯޓު ކުރިއެކޭ އެގޮތަށް ބަދަލު ކޮށްގެން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު މި ހުށަހެޅުއްވީ އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ބުނެ އަޑު ފެތުރެމުން ދަނިކޮށެވެ. އަދި މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ.
ސައްތާރު ހުށަހެޅުއްވި ބިލްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާނެ ގޮތާއި މުއްދަތު ވެސް ހިމަނާފައިވެ އެވެ. ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ އަވަސް ކުރަން ވެސް އޭނާގެ ހުށަހެޅުއްވުމުގައި ވެ އެވެ.
ގާނޫނުއަސާސީގެ ދަށުން، ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް ފަނޑިޔާރުންގެ ބެންޗް ކުޑަކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ނުވަތަ 2014 ގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިިކުރި އެވެ. އެހެންވެ އޭގެ ފަހުން ސުޕްރީމް ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ.
ނަމަވެސް, އޭގެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އަނެއްކާވެސް ހަތަކަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ. ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަށް ފަހު، އޭރު އޮތް ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލުކުރި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަފްސީލު
24 February 2025
ފަޑިޔާރުގެއާ ނުކުޅެނީ ކޮންވެރިކަމެއްގަ ތޯ، އަދަދު މަދުކޮށް ގިނަކުރަނީ، އެބައެއްގެ ތާއީދު އޮންނަ ބަޔަކުލާން، މިއީ ހުރިހާ ވެރިންވެސް ހޭވި ހަޑި، ޔާމީން ވެރިކަމުގައި 7 އިން 5 އަށް ދަށްކުރި، އިބޫ ވެރިކަމުގައި 5 އިން 7 އަށް މަތިކުރި، މުއީޒް އަނެއްކާ 7 އިން 5 އަށް، ދަށް ކުރަނީ، ހުރިހާ އެންމެންވެސް މި ކުރަނީ އެއްކަމެއް، ވެރިކަން ކުރާ ބައެއްގެ މެޖޯރިޓީ ސްޕްރިމް ކޯޓްގައި އޮތްކަން ކަށަވަރު ކުރަނީ،
ަކަތްދައްތަ
24 February 2025
ކޯޓުތަކާ ކުުޅޭ ބަޔަކު ކުޅެނީ ވެރިކަމުގަ ގިނަ ދުވަހު ތިބެންކަމަށް. ވެރިކަމަށް އަންނަނީ ރައްޔިތުންގެ ވޯޓުން. ކޯޓާ ކުޅުމަކީ ރައްޔިތުން ރުހޭކަމެއް ނޫންވީމާ އާޚިރުގައި ކޯޓާ ކުޅުނު މީހުންގެ ސޯޓާއެކު ބޭލި ވެރިކަންވެސް ގެއްލިގެންދިޔަ މަންޒަރު ތާރީޚުން ފެންނަންއޮތީ. ވީމާ މިކަމުގައި ތިޔަ ޖަހާ ހިސާބު ދިމާ ވެދާނެ ކަމަކަށް ނުފެނޭ.
ހެދިއެތިނަހަދާ
24 February 2025
ރައްޔިތުންނަށް ހަސަނުމެން ކަމުނުގޮސްގެންދޯ ސުޖާމެންގެނައީ. ދެން ސުޖާމެން، ހަސަނުމެން އުޅުނުގޮތަށް އުޅެން ފެށީމަ ގެންނަން ޖެހޭނީ އެހެންބައެއްތާ!
ހެޕީ
24 February 2025
ލަދެއް ނުގަނޭތޯ، ރައްޔިތުންނޭ ކިޔާފަ އައިސް އަމިއްލަ ޖީބު ފުރަން. ދެން ހުރި ވާހަކަ ދައްކަން ވާނީ އަމަލާ ބަހާ ދިމާވެގެން.
ކޮސް
24 February 2025
ސްޕުރީމް ކޯޓާއި މުއިއްޒު ކުޅުމަކީ 2028 މުޅިން ގެއްލުން. މިހާރުވެސް އޮތީ 25 %. ދެން ވެއްޓޭނީ ޑރ. ވަހީދަށް ވީގޮތަށް 5%. ޑރ. ކުރިއަށް ކިޔާތީ އިއްތިފާޤުވަނީ ތޯއްޗެ!!!
ހަނީ އިޒް ދަ ނިއު ބަނީ
24 February 2025
އަހަރުން ރައްޔިތުން މި ދައްކަނީ ޔެމްޑީޕީއެއް، ޕީ އެންޑް ސިޔެއް ނޫނޫ ޕީ ޕީ އެމް އެއްގެ ވާހަކަޔެއްނޫން. ރައްޔިރުން މި ދައްކަނީ ރައްޔިތުންނަށް ޢަދުލު އިންސާފުގެ ދާއިރާގައި ކިރިޔާވެސް އިތުބާރެއް ހުރި ހަމައެކަނި މުއައްސަސާގެ ވާހަކަ. ކިރިޔާވެސް އިތުބާރެއް ކުރެވޭ ފަދަ ބަޔަކު އެތަނުގައި މިވަގުތު ތިބި ހަމަ އެކަނި މުއައްސަސާގެ ވާހަކަ. އެތަނާ އެކަކުވެސް ނުކުޅޭށޭ! ރައްޔިތުންނަށް ދެރަގޮތް ނުހަދާށޭ!
ބަކުރުު
24 February 2025
ކޮން ބަޔަކަށް އިތުބާރު ކުރެވޭ ބައެއްތޯ؟ ހަމައެކަނި އެމްޑީޕީ މީހުނަށްތޯއްޗެއް އިތުބާރު ކުރެވެނީ އަހަރެންގެ އިތުބާރެއް މިހާރުގެ ސްޕްރީމް ކޯޓަކަށްނެތް.
ރައުސުލްމާލު
24 February 2025
މިހާރުގެ ސުޕްރީމް ކޯޓަކީ މިއިން ޒަމާނަކުވެސް ރައްޔިތުން ނުދެކޭފަދަ، ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް ކޯޓެއް. އެހެން އެކަންވީ ރައްޔިތުންނަށް ޤަބޫލުކުރެވޭފަދަ ޢިލްމީ ބަޔަކު އެތަނުގައި ތިބެ، ނިންމާ ނިންމުންތަކުގެ ފުރިހަމަކަމުން. އެތަނާ އެއްވެސް ފަރާތަކުން މިގޮތަށް ނުކުޅުމަށް އެދި، އެ ފުރުސަތު ނުދިނުމަކީ ރައްޔިތުންގެ އެދުމެއް ކަމުގައި ދަންނަވަން.
ދޮންއޮމާ
24 February 2025
މިހާރުވެސް އެންޑީޕީތަ,? ވަކަރުގޭން ކިޔަވިމީހެއްމީ.
ތަކުރު...
24 February 2025
އެމް.ޑީ.ޕީ ގެ ހުރިހާ މައްސަލަ ތަކާ އެކުވެސް، ސަޕްރީމްް ކޯޓް ގަޑުބަޑު ކުރުމުގެ އިލްޒާމް އެމްޑީޕީ ބޮލަކަށް ނުޖެހޭނެ. އެމްޑީޕީން ކުރިކަމަކީ ރައީސް ޔާމީން ސަޕްރީމް ކޯޓަށް ގެނައި ބަދަލުތަށް ރިވާސްކޮށް ކުރިން އޮތްގޮތަށް ސަޕްރީމްކޯޓް އަލުން ގެންދިއުން. ހަގީގަތުގައިވެސް ފާއިތުވި ފަސް އަހަރު ސަޕްރީމް ކޯޓު ހިގަމުން ދިޔައީ ވަރަށް ރަގަޅަށް ( ނަމަވެސް ދަށު ކޯޓު ތަކަށް ހިތާމައާއެކި އެހެން ބުނެވޭކަށް ނެތް).
ބަޑޭރަމީޒު
24 February 2025
މީއަޅެފަހެ ސަރުކާރުގެ ތަރުޖަމާނުތަ!!؟؟؟