އެމްޑީޕީން ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.---ފޮޓޯ: އެމްޑީޕީ
24 ފެބުރުއަރީ 2025 - 07:03
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު 7 އިން 5 އަށް މަދު ކުރަން މަސައްކަތް ކުރުމަކީ މުޅި ޖުޑީޝަރީގެ މިނިވަންކަމަށް ދޭ ހަމަލާއެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލިހަށް ބިލް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. އެކަމަކު، ބިލްގައިވާ ގޮތުން، ސައްތާރު އެ ބިލް ހުށަހެޅުއްވީ އޭނާގެ އަމިއްލަ ބިލެއްގެ ގޮތުގަ އެވެ.
އެ ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވީ، "ސަރުކާރުގެ މި ފިނޑި އަދި ހުތުރު އަމަލުގައި" ބައިވެރި ނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް މުޅި ޝަރުއީ ދާއިރާ ތެދުވުމަށް އޭނާ ގޮވާލެއްވި އެވެ.
"މިއީ ޑިމޮކްރަސީ އާއި ޖުޑީޝަރީގެ މިނިވަންކަމުގައި ގައުމެއްގެ ގޮތުގައި ފަހަތަށް އެޅޭ ބޮޑު ފިޔަވަޅެއް. ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުމާ އެކު، އެ ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ފިޔަވަޅު އަޅައި، ވަކިކުރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު، މިހާރު އެ މަސައްކަތް ކުރައްވަނީ ފަނޑިޔާރުން މަދުކުރުމަށް،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މިހާތަނަށް އެޅި އެންމެ ހަރުދަނާ ފިޔަވަޅަކީ 2019 އަދި 2020 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗަށް ގެނައި ބަދަލު ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާުރުން ޝަރީއަތެއް ކުރިއަށް ގެންދަވަނީ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ފަހަކަށް ބަދަލުކުރަން ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ސައްތާރު ވިދާޅުވީ، ދިވެހިންގެ "ފޮނި އުންމީދު" އެންމެ ބޮޑަށް ހާސިލް ވާނީ ސުޕްރީމް ކޯޓު ކުރިއެކޭ އެގޮތަށް ބަދަލު ކޮށްގެން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު މި ހުށަހެޅުއްވީ އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ބުނެ އަޑު ފެތުރެމުން ދަނިކޮށެވެ. އަދި މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ. މިއީ ސުޕްރީމް ކޯޓުގެ ބެންޗު ފަހަކަށް މަދުކުރަން މި ފަހަރު ފާސްކޮށްފި ނަމަ އެއީ އެގޮތަށް އަމަލުކުރާ ދެ ވަނަ ފަހަރަށް ވާނެ އެވެ.
ގާނޫނުއަސާސީގެ ދަށުން، ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް ފަނޑިޔާރުންގެ ބެންޗް ކުޑަކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ނުވަތަ 2014 ގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިިކުރި އެވެ. އެހެންވެ އޭގެ ފަހުން ސުޕްރީމް ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ.
ނަމަވެސް, އޭގެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އަނެއްކާވެސް ހަތަކަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ. ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަށް ފަހު، އޭރު އޮތް ސުޕްރީމް ކޯޓުގެ ބެންޗު ވެސް އެއްކޮށް ބަދަލުކުރި އެވެ.
އެ ބަދަލާ އެކު ވެސް އޭރު ފާޑުކިޔުންތައް އަމާޒުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
24 February 2025
އެންމެފަހުން ސުޕުރީމު ކޯޓްގެ ބެންޗު ބަދަލުކުރީ ކޮންބައެއް. ތިމާމެންކުރީމާ އޯކޭ. އެހެން ބަޔަކުކުރަން އުޅެން އެއީ ނުފޫޒު ފޯރުވުން. ހަމައެއް ނުޖެހޭ ތިޔަ ދައްކާ ވާހައެއް
ކިހިނެއްދޭނީ
24 February 2025
އެމްޑީޕީން މުޅި ޝްޕްރީމްކޯޓް އެމީހުން ބޭނުންވާ ބަޔަކު ލީއިރު އޯކޭ ތޯ. ހަމަ ގައިމުވެސް އޭރު އެއްޗެކޭ ނުބުނޭ.
ޖެއްސު
24 February 2025
ކަލޭމެން ބެންޗް އެއްކޮއް އުވާލާ ކަލޭމެން ބޭނުން ބަޔަކު ލީ އިރު އޯކޭދޯ
ސިބާ
24 February 2025
އިބޫވެސް ކުރިކަމެއް ދޯ މީ މަހީކުރީ އެމީހުން ނުކުރާކަމެއް ކަމަށް
ކަރުސަތޭ
24 February 2025
އިދިކޮޅުމީހުން ކިތަންމެ ބައިމަދަސް ދޫނިބައެއްހެން ގޮވާލަގޮވާލަ ތިބޭނެ. ގައުމުހިންގުމުގެ ހުރިހާކަމެއްވެސް ކުރާނީ އެއިރަކުއޮންނަ ސަރުކާރަކުން ބޭނުންވާގޮތަކަށްކަން އެނގޭއިރުވެސް.
ކުރުމަކު
24 February 2025
ތިޔަބޭފުޅުން ތިއްބަވައިގެންވެސް ހަމަލަ ދެއްވި
އެކްސިް
24 February 2025
ގުދޯ ގުދޯ
އއަަޔަ
24 February 2025
ކަލޭމްނެ ފަސްއަހަރުގަ ޖުޑިޝަރީއަށް އެއްވެސް އަޅާލުމެއް ނުދީ ބާއްވާފަ ދެން ކޯޗެކޭ ކިޔާކަށް. ހަމަ މަދުކުރަންވީ
ސައިމާ
24 February 2025
ބަލަ ކޮންމެ ޕާޓީ އަކުން ވެސް ތިކަން ކުރޭ ، އާކަމެއް ނޫ. އޭރެގެ ސަރުކާރުން ބޭނުވީމަ ބަދަލުކުރުވޭނެއެވެ.މިހާރު އޮތް ބެންޗަކީ އޭރުއޮތް ބެންޗު ބަދަލުކޮފައި އެން.ޑީ.ޕީން ގެ ނައި ބެންޗެއް.
މަބުނީ
24 February 2025
ކައުންސިލްތައް ކުޑަކުރުމާ ސުޕްރީމްކޯޓު 5 އަށްބަދަލުކުރުމަކީ ވައުދެއް. މަދުކުރުމަކީ ޝަރުދާއިރާއަށް އަތްބޭނުމެއްނޫން. ކޯޓުތަކުގައިހުންނަ މައްސަލަތަކާ ނުކުޅެނިކޮށްވީ.