ބަންޑާރަ ނައިބް އަހުމަދު އުޝާމް: ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީން އުޝާމް ވަނީ އިސްތިއުފާ ދެއްވާފައި.
07 މާޗް 2025 - 23:19
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެކުލަވާލި ކޮމިޓީން އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އިސްތިއުފާ ދެއްވައިފި އެވެ.
އެ ކޮމިޓީން އިސްތިއުފާ ދެއްވިކަން އުޝާމް، "މިހާރު" އަށް ކަށަވަރުކޮށްދެއްވި އެވެެ.
އުޝާމް ވިދާޅުވި ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ޖޭއެސްސީއަށް ފޮނުއްވި ސިޓީއެއްގައި އޭނާއަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައިވާތީ އެވެ. އެހެންވެ، އަޒްމިރަލްދާއަށް ވެސް އިންސާފުވެރި ގޮތެއްގައި މައްސަލަ ބެލުމަށް އެ ކޮމިޓީން އިސްތިއުފާ ދެއްވީ ކަމަށް އުޝާމް ވިދާޅުވި އެވެ.
އެ ކޮމިޓީން އުޝާމް އިސްތިއުފާ ދެއްވިއިރު މިއަދު އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވަނީ ކުރީ ސަރުކާރުގެ ފަސް އަހަރު ޖޭއެސްސީން ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކާއި މި ސަރުކާރުގެ ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކުގެ ތަފާސްހިސާބުތައް އާންމު ކުރައްވައިފަ އެވެ.
އެ ހިސާބުތަކަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ ފަނޑިޔާރުންނަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ ކޮން ދުވަސްވަރެއްގައިކަން ސާފުކޮށް އެނގޭ ކަމަށެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023 ގެ ނިޔަލަށް ޖޭއެސްސީން ވަނީ 56 ފަނޑިޔާރަކަށް ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރެއިން އަށް ފަނޑިޔާރަކު މަގާމުން ވަކިކޮށްފައިވާއިރު، 12 ފަނޑިޔާރަކު ސަސްޕެންޑުކުރި އެވެ. އަދި ތިން ފަނޑިޔާރެއްގެ މަގާމު ދަށްކޮށް، ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި 33 ފަނޑިޔާރަކަށް ނަސޭހަތް ދީފައިވެ އެވެ.
މި ސަރުކާރުގައި މިހާތަނަށް ފިޔަވަޅު އެޅީ ފަސް ފަނޑިޔާރުންނަށެވެ. އެއީ ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާއި ސުލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅައި ނަސޭހަތް ދިން ދެ ފަނޑިޔާރުންނެވެ.
އުޝާމް ވިދާޅުވި ގޮތުގައި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން ސުލޫކީވުން ނިމުމަކަށް ގެނައީ މި ސަރުކާރުގަ އެވެ.
އެ ހިސާބުތައް އޭނާ އާންމުކުރެއްވީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އިރު މެންބަރަކު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ބާތިލް ކަމަށް ކަނޑައަޅަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައި އެ މައްސަލަ ބަލަން ފެށުމާ އެކު އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އަމާޒުވެފައިވާ ފާޑުކިޔުންތަކާ އެކުގަ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކުރީ އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ޖޭއެސްސީން ބުނެ އެވެ. އެ މައްސަލާގައި އެ ތިން ފަނޑިޔާރުން ވެސް ތިއްބެވީ ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު މިދިޔަ ހަފުތާގައި ފަނޑިޔާރުކަމުން ސުއޫދު އިސްތިއުފާ ދެއްވުމުން ކުރިން ވެސް އަމަލުކުރާ އުސޫލުގެ ދަށުން ދެން އެ މައްސަލަ އެ ކޮމިޝަންގައި ކުރިއަކަށް ނުގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުއްސު
09 March 2025
އެމީހުނާ ފޭސްކުރަން ނުކެރިގެން އެއްޗެކޭ ކިޔާފަ ފިލީ
ނާއިކާ
08 March 2025
ހާދަ ކަޑައޭ ދޯ ފަނޑިޔާރުން
އަހުމަދުއަލޯ
08 March 2025
ޖެހި މަޅިފަތީގަ ނުޖެހުނީމަ، ރަކިވެގެން ބޯދަމައިގަތީ...އަބަދުވެސް މިކަހަލަ ބަދުނާމެއްގަ އުޝާމް އުޅެނީ..
ބޮޑު ފަޑިޔާރު ކަތީބު
08 March 2025
ހުރިހާ ނުބައެއް ހަދާފައި ބޯދަމައިގަތީ .
ބދހޱހޱގޱ
08 March 2025
މި އުސާމް އާ ދޭތެރޭ ކުރިން ދެކުނީ ވ ޕްރޮފެޝަނަލް އެޑިއުކޭޓެޑް ބުނާ ބަހުގަ ހިފަހައްޓާ ވ ސަޅި މީހެއްގެ ގޮތުގަ. މިހާރު އެނގިއްޖެ ކިޔަވައިގެން ތިބެވެސް ޖާހިލުންނަށްވުރެ ޖާހިލުކަން ގަދަ މޯހުން އުޅޭނެކަން. ގާނޫނު ކިޔަވައިގެންހުރި ގާނޫނުގެ ބަސްމަގުނުދަންނަ ކަނޑު ކޮހެއްގެ ގޮތުގަ މި އުސާމު މިހާރު ސިފަވަނީ.
ކުރުސީގެ ފަރިވަޅު
08 March 2025
ގާނޫނު އަސާސީ ނުދަންނަ ދައުލަތުގެ ބަންޑާރަ ނައިބެއް ، ދިވެހި ދައުލަތާއި ރައްޔިތުންނަށް ވުރެ އިސްކަންދެއްވަނީ ރަދުން ގަޔާވާ ގޮތަށް ފަރިވަޅެއް ތައްޔާރު ކޮށްދެވޭތޯ ބަލަން.
ސަމަން ދަރި
08 March 2025
އިސްތިއުފާ ދިނީ މީހާގެ ކިބައިގައި ފެންވަރު ނެތުމުން
ޖައިސާމް
08 March 2025
ހާވާން ހުރި ހުރިހާ ހަޑިއެއް ހާވާފަ އިސްތިއުފާ ދިނީމަ ދެން ހަޑި ނުހާވާ ކަމަކަށް ނުވާނެ.
އުޝާމޫމޫ
08 March 2025
ދެން ދުވާލު ދެ ދަޅައަށް ނުފޫޒޭ ނުކިޔަބަލަ! ޢިންސާފޭ ނުފޫޒޭ އިރުއިރު ކޮޅާ ތިކިޔަނީ އަމިއްލައަށްވެސް އިންސާފުން ބޭރުން ނުފޫޒުން ކަންތައް ކުރެވޭކަން އިނގޭތީ!
އޮނަރަބްލް އަފީފު ދީދީ
08 March 2025
ދައުލަތުގެ އިދާރާތަކުގެ ޙުރުމަތާއި އިތުބާރުގެއްލޭގޮތަށް "ބަންޑާރަނައިބްވެސް ހިމެނިވަޑައިގެން" މަޖިލިސް ތެރެއިންނާއި، ރައީސަށް ލަފާއެރުވިދާފަދަ އެހެން އިސް މަޤާމްތަކުގައިތިއްބެވި "އެންމެން ގުޅިގެން" ސުޕްރީމްކޯޓް ބެންޗް ކޮށާލާނެ ރޭވުންތައްރާވާފައި އެހުރިހާކަމެއްވެސް ކޮށްފައިއޮތީ ދައުލަތުގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއިޙިލާފަށްކަން މިމީހުން ސުޕްރީމްކޯޓް ބެންޗުންބޭރުކުރި "އެކްޓިވިސްޓް" ހާމަކޮށްދިނުމުން އެންމެންބިރުން "މަށެއްނޫނޭ" ކިޔާތަން މިފެންނަނީ.
އޮނަރަބްލް އަފީފު ދީދީ
08 March 2025
މަތީގައިދެންނެވި "ސަރުކާރު ޓީމަށް" ނޭގުނު އަދި ހަދާނުގައިނެތް އެއްޗަކީ ކުޅުއްވަންމިއުޅުއްވަނީ ދައުލަތުގެ 3 ބާރުންކުރެ އެންމެޙާއްސަ އަދި ޤާނޫނުއަސާސީ އާއި ޤާނޫނު މާނަކުރުމާއި، ޤާނޫނުއަސާސީގެ ބަލަދުވެރިކަން ޤާނޫނުއަސާސީން ޙަވާލުކޮށްފައިވާ ދައުލަތުގެ ސުޕްރީމްކޯޓް ބެންޗްގައިތިއްބެވި ފަނޑިޔާރުންނާއިކަން. އަދި މީގެތެރޭގައި ރާއްޖޭގައި އުފުދުނު މަޝްހޫރު ފަނޑިޔާރުންގެ އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ޖެހިލުންކުޑަ އިލްމީ ފަނޑިޔާރަކު އިންކަން ނޭގުން.
މރ.ކާޕެޓް
08 March 2025
ސުޕްރީމް ކޯޓަކީ ކޮންމެ ވެރިކަމެއްގަ ބަޣާވާތް ތަންފީޒު ކުރާތަން ކަމަކަށް ހަދަން ފުރުސަތު ދީގެން ނުވާނެ. ޜައްޔިތުން 5 އަހަރުގެ ދައުރެއް ވެރިކަން ކުރަން ހަވާލު ކުރީމަ އެމީހާ ވެރިކަން ކުރިއަދީބަލަ. ޥެރިކަމަށް ފެންބޮވަިގަނެގެން ބަޔަކު އުޅެގަތީމަ ވާނެހާ ކަންކަން އެ ވަނީ. ގައިގަ ރޯވީމަ ނިއްވަން އުޅޭނެ ތިބޭޅާވެސް