ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ކުށްވެރި ކުރައްވާފައި.
17 މާޗް 2025 - 11:00
އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ގެ ގަޔަށް ރޭ ބަޔަކު ކަޅުތެޔޮ ޖެހި މައްސަލަ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ކުށްވެރި ކުރައްވައި، މި ވަގުތު ކަންކަން ހަލަބޮލި ނުކޮށް، އިންސާފު ގާއިމް ކުރަން ޖާގަ ދިނުމަށް މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
ހެލްމެޓް އަޅައިގެން ސައިކަލުގައި ދިޔަ ބަޔަކު މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ، ރޭ ބޭއްވި އެމްޑީޕީގެ މުޒާހަރާ ނިންމާފައި އޭނާ ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގަ އެވެ.
އެ މައްސަލާގައި ފަސްޓް ލޭޑީ އެެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފަދަ ހަމަލާތަކާއި ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށެވެ. އަދި މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ހަރުކަށި އިބާރާތުން ފަސްޓް ލޭޑީ ކުށްވެރި ކުރެއްވި އެވެ.
ފަސްޓް ލޭޑީ ވިދާޅުވިގޮތުގައި، އެއްވެސް މީހަކަށް ހަމަލަދީ އުނދަގޫ ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫނެވެ.
I strongly condemn the act of splashing black oil on MDP activist Mariyam Zubair last night. Such attacks and harassment are completely unacceptable. I call on everyone to avoid escalating tension at a time like this and allow for the process of justice to be facilitated.
— First Lady Sajidha Mohamed (@sajidhaamohamed) March 17, 2025
މަންދީގެ ގަޔަށް ކަޅު ތެޔޮ ޖަހާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސާޖިދާގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެއްކި މައްސަލާގައި މަންދީގެ މައްޗަށް ދައުވާކުރަން އާއިލާ އިން ވަނީ ނިންމައިފަ އެވެ.
އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ވަނީ ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ ރައީސްގެ ދޮށީ ފިރިހެން ދަރިކަލުން ވޭޕް ބޭނުންކުރުމުން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އެކަމަކު ރައީސްގެ އާއިލާ އިން އެކަން ދޮގު ކުރައްވަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ރައީސްގެ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބަޔާނެއް އިއްވައިފަ އެވެ.
އެ ބަޔާނުގައި ސާޖިދާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒާ ހުރި ހިޔާލުތަފާތުވުންތަކަކާ ގުޅިގެން އެ މަނިކުފާނުގެ ދަރިކަލަކާ ގުޅިގެން ދޮގު ވާހަކަތައް ފަތުރަމުންދެ އެވެ. އޭގެ ތެރެއިން އެ ކުދިންގެ ކިޔެވުމާއި މުސްތަގުބަލާއި އިޖުތިމާއީ ހެދިބޮޑުވުމަށް އަސަރުކުރާ ފަދަ ވާހަކަތައް ދައްކަމުންދާތީ އެ މައްސަލާގައި މަންދީ އަށް ދައުވާކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވިދާޅުވީ އެއީ މަންމައެއްގެ ހައިސިއްޔަތުން އަޅުއްވަން މަޖުބޫރުވި ފިޔަވަޅެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިންބެ
18 March 2025
ކޯޓަށް ގެންގޮސްގެން މައްސަލަ ބަލާތީ ރައްޔިތުންގެ ސިމްޕަތީ ހޯދަން ވެގެން ޖެއްސި ޑްރާމާއެއް. ބަލަ މި ދަޑިވަޅުގަ އޭނަ ގަޔަށް ކަޅު ތެޔޮ ޖަހަންވީ ކީއްކުރަން؟ ޕީއެންސީއިން އެހާ ގަމާރެއް ނުވާނެ. އޭނަގެ މައްސަލަ ތަކެއްގަ ކޯޓަށް ގެންދަން އޮތް ދަޑިވަޅެއްގަ ކަޅުތެޔޮ ޖަހައިފިއޭ ބުނީމަ އޭގަ އެބަ އުޅޭ މައްސަލަތަކެއް. އެމްޑީޕީ އަކަށް މިކަހަލަ ސްޓަންޓް ތަކަށް އާ ބަޔެއް ނޫން. ސީދާ ސިމްޕަތީ ކާޑެއް ކުޅެލީ.
މަހޭޭ
18 March 2025
ކަޅުތެޔޮ ޖެހުމާ ތަންތާ ހުޅު ޖެހުމަކީ އެމްޑީޕީން އަލަކަށް ކުރާ ކަމެއް ނޫން. ތި އަހަރުންނަށް އެއްވެސް ވަރަކަށް އާ ޑްރާމާ އެއް ނޫން
ވާހިދު މުސްތަފާ
17 March 2025
މި މަންދީމެން ކޮންމެ ރެއަކު މުޒާހަރާއަށް މި ނުކުންނަނީ އައުގުރާނަ ގޮވަން. ތަންކޮޅެއް މައިތިރިވާން ވެއްޖެއެއްނު
ޝައުނާ އަލީ
17 March 2025
މެޑަމްގެ ހިތްވަރަށް ހަމަ ސެލިއުޓް. މަގޭ ދަރިއަކާ ބެހިގެން މަވެސް ނުހުންނާނަން މަޑަކުން. ދަރިންގެ ހައްގުގަ ފިޔަވަޅު އަޅަންޖެހޭ
ނާހިލް ނައީމް
17 March 2025
ކިހާ ރަނގަޅު މެޑަމް. މެޑަމްނަމަ ކުއްވެރިވެސް ކޮށްފިއެއްނު. އެކަމް މި މަންދީ އަދިވެސް ގަދަބަހުގަ ވިއްދާގެން
ރާހިލް ރަޝީދު
17 March 2025
މަންދީ އެބަޖެހޭ ކިޔޭ ނުކިޔޭ އިނގެން. މި އަރައިގަނެވެނީ ކުޑަކުދިންގެ ހައްގުތަކަށް ކަމެއް ނޭނގޭ
ގެދާނޯމޮސް
17 March 2025
އެމްޑީޕީ ޖަލްސާތަކުގައި އެޕާޓީ މީހުންގެ ގަޔަށްވެސް އެމީހުން ކަޅުތެޔޮ ޖަހައިގެން މީޑިޔާ ގެ ސަމާލުކަން އެބަޔަކު ގެނެސްފަވާ ކަމީ އާންމުކަމެކެވެ. ތިކަން ކުރާނީ އޭނަލޭބަލް ކުރަން އެމީހުންގެ ރޭވުމަކުން ނެވެ. އޭރުން ހީވާނީ ޕީއެންސީ ގެ އެކްޓިވިސްޓުން ގެ ކަމެއްކަމަށެވެ. ވެރިކަން ހޯދަން މަކަރާއި ފިތުނަޔާ ހަސަދަ ނޫންކަމެއް ނެތެވެ.
ސަލް
17 March 2025
ލޮލް
ކަޅުތެޔޮ ސާއްތަ
17 March 2025
ތަހުގީގު ކުރަން ޖެހޭ
މައިކާލޯސް
17 March 2025
ފަސްޓްލޭޑީގެ ޓްވިޓާ އެކައުންޓް ވެރިފައިނުކުރައްވަންތޯ؟ ކުޑަ އަގެއްގަ އެކަންވެދާނެ