އަހުމަދިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް އިމްތިހާން ހަދަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު
16 އެޕްރީލް 2025 - 14:12
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު އޮޑިޓު ކުރަން އެޑިއުކޭޝަން މިނިސްޓްރީން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އެދުމުން އެ ސްކޫލުން އެ ކަމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށް މިއަދު ބުނެފި އެވެ.
އަވަށު މަދަރުސާއެއްގެ ގޮތުގައި ހިންގާ ސްކޫލެއް، އިންޓަނޭޝަނަލް ފެންވަރުގައި ހިންގިދާނެތޯ ބައެއް މީހުން ސުވާލު އުފައްދާތީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ އަހުމަދިއްޔާ ސްކޫލު އޮޑިޓު ކޮށްދިނުމަށް މިދިޔަ އާދިއްތަ ދުވަހު އޮޑިޓަ ޖެނެރަލްގެ އޮފީހަށް ހުށަހަޅުއްވައިފަ އެވެ.
އެކަމާ ގުޅިގެން އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ އެ ސްކޫލު އޮޑިޓު ކޮށްދިނުމަށް މީގެ ދެ އަހަރު ކުރިން ވެސް ސީދާ އޭނާ އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އެދިވަޑައިގެންނެވި ކަމަށެވެ. އެކަމަކު، އެއީ ސީދާ ސަރުކާރު ބައިވެރިވެގެން ހިންގާ ތަނަކަށް ނުވާތީ އެކަން ކުރެވޭނެ މަގު އޭރު ފަހިނުވި ކަމަށް ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ މިހާރު ވެސް، 2،400 ކުދިން ކިޔަވަމުން އަންނަ ސްކޫލު، އަމިއްލަ ފަރާތްތަކާ ހަވާލު ކޮށްގެން ދޭތެރެ ދޭތެރެއިން އޮޑިޓު ކުރާކަމަށެވެ. މި ފަހަރު ވެސް އެޑިއުކޭޝަން މިނިސްޓްރީން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އެދުނީ، އެ ސްކޫލުން ބަޔަކާ ހަވާލުކޮށް އަންނަ މަހު އޮޑިޓުކުރަން ތައްޔާރުވެފައި ވަނިކޮށް ކަމަށް ރަޝީދު ވިދާޅުވި އެވެ.
އަހުމަދިއްޔާ ސްކޫލް އޮޑިޓު ކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެ https://t.co/NwpBJpjcoY
— Mihaaru (@Mihaarunews) April 16, 2025
ސްކޫލުން ބަޔަކާ ހަވާލު ކޮށްގެން އޮޑިޓެއް ކުރާ ނަމަ ސްކޫލްގެ ބަޖެޓުން ދެލައްކައެއްހާ ރުފިޔާ ހަރަދުވާ ކަމަށާއި އެކަމަކު، ސަރުކާރުން އޮޑިޓަ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިގެން އެކަން ކުރުމަކީ ވަރަށް ބޮޑު ލުޔަކަށް ވާތީ މަރުހަބާ ވެސް ކިޔާ ކަމެއް ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ. ނަމަވެސް، އަހުމަދިއްޔާއަށް އެކަނި ސީދާ ޓާގެޓުކުރުމަކީ ރަނގަޅަށް ހިނގަމުންދާ ތަނެއްގެ އަގު ވައްޓާލުން ކަމަށް ސިފަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަހުމަދިއްޔާގެ ޕްރިންސިޕަލް ރަޝީދު، މީގެ ކުރިން "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަހުމަދިއްޔާ އިންޓަނޭޝަނަލް ފެންވަރަށް ބަދަލުކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ.
ރަޝީދު ވިދާޅުވިގޮތުގައި، އެ ސްކޫލުން މިހާރު ވެސް ފީ ނަގަނީ އަމިއްލަ އެހެން ސްކޫލުތަކަށް ވުރެ ކުޑަކޮށެވެ. އަދި ލިބޭ ފައިސާ އިން ހަރަދުކުރަނީ ހަމަ އެ ސްކޫލުގެ ތަރައްގީ އަށް ކަން އޭނާ ފާހަގަކުރެއްވި އެވެ އެވެ. އޭގެ މިސާލެއްގެ ގޮތުން ދެއްކެވީ އަހުމަދިއްޔާގެ ގޯތިތެރޭގައި މިހާރު ހަދަމުން އަންނަ 10 ބުރީގެ އާ އިމާރާތެވެ.
އެ އިމާރާތް އެއްކޮށް ނިންމައި، މި އަހަރު ކިޔަވައިދޭން ފަށާނެ ކަމަށް އަހުމަދިއްޔާ އިން ބުންޏެވެ.
"ލިބޭ ފައިދާ ބަހާ ތަނެއް ނޫން އަހުމަދިއްޔާއަކީ،" ރަޝީދު ވިދާޅުވި އެވެ. އޭ ލެވެލް ހަދާ ކުދިންނަށް މަހެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން 3،600ރ. ދެއްކި އެވެ. ނަމަވެސް، އެ އަދަދު މިހާރު ވަނީ 2،500ރ. އަށް ދަށްކޮށްފަ އެވެ. ރަޝީދު ވިދާޅުވީ، ބޮޑު ހަރަދެއް ކޮށްގެން ސްކޫލު އިމާރާތެއް އަޅާއިރު އެ ފީ ކުޑަކުރުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ
މާލީ ކަންކަން ވެސް ބަލަހައްޓަނީ ވަރަށް ދެފުށް ފެންނަ ގޮތެއްގައި ކަމަށް ރަޝީދު ވިދާޅުވި އެވެ. އަދި ބޮޑެތި ކަންކަން ނިންމާއިރު، އެ ސްކޫލުގެ ބެލެނިވެރި ފަރާތް، މާލޭ ސިޓީ ކައުންސިލްގެ ހުއްދަ ނަގާ ކަމަށް ވިދާޅުވި އެވެ.
އަހުމަދިއްޔާގައި އެ ފަދަ ކަންކަން ނިންމަނީ ޕީޓީއޭއާ އާއި އަވަށު އޮފީސް އަދި ސްކޫލުގެ ކޮންމެ ކީ ސްޓޭޖަކުން މީހަކު ހިމެނޭ ގޮތަށް އުފައްދާފައިވާ ވަކި ބޯޑަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލެނިވެރިން
17 April 2025
މާލޭގެ އެހެން ދެ ސްކޫލަކުން އަޅުގަނޑުގެ ދަރިފުޅު ކިޔެވި. ނަމަވެސް މިހާރު އުޅެނީ އަޙުމަދިއްޔާގަ. އަޙުލާޤީ މިންގަނޑު ދެމެހެއްޓުމާއި ކިޔަވައިދިނުމުގެ ފެންވަރު، މާލެ ސަރަހައްދުން އެއްވަނަ ދެވޭނީ އަޙްމަދިއްޔާއަށް. ދަރިވަރަށް ރައްކާތެރިކަމާއި ހަމަހަމަކަން ކަށަވަރުކޮއްދޭ. ކިޔެވުމަށް ބާރުއަޅައި ހިތްވަރުދޭ. އެންމެ ހިތްހަމަޖެހެނީ ދެޖިންސު ވަކިން ކިޔަވަން ފުރުޞަތު ދޭތީ. މިހެން ކަންކަން ހުންނާތީ ބަޔަކު ޙަސަދަވެގެން އުޅޭހެން ހީވަނީ. ކުރިއަށް ގެންދަވާ.
އަޒުރިއްޔާ
17 April 2025
ތަނެއްގެ އޮޑިޓެއް ހަދާލުމަކީ އެއްވެސް ވަރަކަށް ހަސަދައެއް އޮވެގެން ކުރާ ކަމެއްތަ؟ އޮޑިޓް ކުރީމައެއްނު އިނގޭނީ މައްސަލައެއް އުޅެންޔާ ރަނގަޅުކުތަންވެސް. ކަމެއް ރަނގަޅިއްޔާ ރަނގަލޭ ގޯހިއްޔާ ގޯހެއް އޮތްތޯ ބެލުމަކީ މައްސަލައެއްތަ؟
ވަހިޔް1
17 April 2025
އަޙްމަދިއްޔާއިން ރަނގަޅު ކުދިން އުފައްދާތީ ޒަހަރު ލާން އެއުޅެނީ
ބޮޑުބަކުރު
17 April 2025
ޓީޗިންގ ޑިގްރީނެތް އިންޑިއާ މީހުން ގެނެސްގެން މިއުޅެނީ ،. ބާރުގަދަ މަގާމެއްދީފަ ހުއްނާނެ އިންޑިއާ ބޮލެއް... ޖަރީމާ ޖައްސަން. ޢޮޑިޓް ކުރަންޖެހޭ. ޢޭނާ ބޭނުން އެއްޗެއް ހަދަނީ.
އޮޑިޓްކުރުން
17 April 2025
އޮޑިޓް ކުރުމަކީ ރަގަޅު ކަމެއް އަދި ކުރަންވެސް ވާނެ. އެކަމަކު އެއީ ހިރަފުސް އަރަން ބާއްވާ ކަރުދާސް ތަކަކަށް ވަންޏާ ބޭކާރު ކަމެއް، ގެއްލޭ ލާރިތަކެއް. ސުވާލަކީ އޮޑިކޮށްގެން ރަގަޅު ކުރެވުނު ހިންގުން ތެރިކަމެއް ނުވަތަ ގެއްލުނު ލާރިތަކުގެ ބަދަލެއް ނުވަތަ ކުއްކުރި މީހުންނަށް ދެވުނު އަދަބެއް މިދިޔަ 25 އަހަރު ތެރޭގައިވެސް ދެވިފަ އެބައޮތްތޯ. ފަހަރެއްގައިވެސް ނުބުނަން ކޮފީކޮޅެއް ނަގައިގެން ކުށްވެރި ނުވެއެކޭ. އެކަމަކު ކޮބައިތޯ އަރަބިއްޔާގެ ކޮންޓުރެކްޓަރު
ޖެލް
17 April 2025
ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12 އަށް 3000 ހެއްހާ ކުދިން ވައްދައިގެން އެއޮށް ކުޑަ ތަންކޮޅުގަ ކުއްޖަކު އަތުން 2500 އާ 2900 އާ ނަގައިގެން. މީހަކު ނޭވާލާނެ ޖާގަ ނެތް. ލާރި ބޭނުންވިޔަސް މީތަންކޮޅެއް ބޮޑުވަރު.
ހާލަތުއާއިތަން
17 April 2025
ތިޔައުޅުއްވަނީ މާލޭގަތޯ. ބިމުގެ ދަތިކަމާއި ކަންކަމުގެ އަގުބޮޑުކަމާއި ދޭތެރެވެސް ވިސްނާލަންވާނެ
ބެލެނިވެރިއެއް
17 April 2025
ތިޔަ ސުކޫލުން ކުރާ ހުރިހާ ކަމެއްގައި ބެލެނިވެރިން އަތުން ބޮޑުކޮށް ލާރިނަގާ. ސްކޫލުގެ އަހަރީ ދުވަސް އަޔަސް ޓީޗަރުންގެ ދުވަސް އަޔަސް އަދި ނުވިތާކަށް ބެލެނިވެރިން ހަރަދުކޮށްގެން ބާޢްވާ ކޮންސެޓް ތަކަށް ޕާރފޯމް ކުރާ ކުދިންނަށްވެސް ވަދެވެނީ ޓިކެޓް ގަނެގެން. ނުވިތާކަށް ދަރިވަރުން ލައްވާ ކުރަހާ ކުރެހުންތައް ބޮޑު އަގު ދީފައި ގަންނަށް މަޖުބޫރުކުރުވާ. ކޮންމެ އަހަރަކު ސްކޫލު ފީ ބޮޑުކުރޭ އެބަ. މީ އަދި ކުޑަ މިންވަރެއް ...
ޒިފްލީން
17 April 2025
ސްކޭމް ހިންގާ ބޮޑު ހާއްޔެއް ތީ. ރާއްޖެއިން ބޭރަށް ކުދިން އަތުން ބޯކޮށް ލާރި ނަގައިގެން ގެންގޮސްގެން ސްކޫލަށް ބޮޑު މަންފާއެއް ހޯދާ. އަދި އެދަތުރުތަކުގައި ކަމާއި ނުގުޅޭ ތަންތަނަށް ކުދިންގެންގޮސްގެން އެތަންތަނުން އެއްޗެހި ގަންނަށް މަޖުބޫރުކުރޭ. ލޮލަށް ފެނިފައި ހުރިކަންކަންމީ. 90 ވަރަކަށް ކުޑަކުދިން ލަންކާއަށް ގެންގޮސް ޖެމްސް ފިހާރައަކަށް ވައްދާފައި އެކުދިންނަށް މަޖުބޫރު ކުރުވި އެތަނުން ސްޓޯން ގަންނަށް. ކައިރިކައިރީގައި ކުރި 2 ދަތުރުގައި މިގޮތަށްހެދީ
ޝީތާ މިސްގެ ބަޑީ
17 April 2025
ތިޔަ ސުކޫލުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް އިނގޭނީ ސުކޫލްގެ ބެލެނިވެރިންނަށް. އަޅުގަނޑުގެ 3 ކުނދިންނަކީވެސް ތިޔަ ސުކޫލުގައި 2019 ވަނަ އަހަރުން ފެށިގެން ކިޔަވަމުންގެންދާކުދިން. ޝީތާ މެޑަމްގެ ސަބަބުން ރަނގަޅު ޗީޓަރަކު ހަރެއްނުލާ. ޓީޗަރުންނަށް ބޭނުން ގޮތެއް ހަދާލަނީ. 90% ޕްރައިމަރީގައި ގެންގުޅެނީ އިންޑިޔާ ލަންކާ ޓީޗަރުން. އެ މީހުންގެ ފެންވަރު ވަރަށް ދަށް. މަދު ދިވެހި ޓީޗަރަކު މި ގެންގުޅެނީ. ބޭރު ޓީޗަރުންނާއި ބަލާ ދިވެހި ޓީޗަރުން ވަރަށް ރަނގަޅު.
ޗީތާ
17 April 2025
އެކަމު އެއީ ސީދާ ރަސީދުއާއި ޝީތާ ބޭރައްވަޑައިގެން އިންޓަރވިއުކުރައްވައިގެން ނަންގަވާ ޓީޗަރުން. ކީއްވެ ފެންވަރު ދައްވާންވީ. ފޮތްތައްވެސް ހަމަ އެގޮތައް ދެ ބޭފުޅުން ކޮންމެ އަހަރަކު ވަޑައިގެން ބައްލަވާފައި ގެންނަނީ.
ބުރަތޭރީ
17 April 2025
މިއީ އަހުމަދިއްޔާ ސްކޫލްގެ ކާމިޔާބުފެނި ބަޔަކު ރާވައިގެން ހިންގާ ކަންތަށްތަކެއް..އިންޓަރނޭޝަނަށް ޖަހައިގެން ހިންގާ އެހެން ސްކޫލްތަކަށްވުރެ، އަހްމަދިއްޔާ ސްކޫލްގެ ހިންގުމާ ރޭވުންތެރިކަން ރަނގަޅުކަން ފާހަގަކުރވޭ.
ފުށިސީތާ
17 April 2025
ކުޑަކުދީން ހިމާޔަތްކޮށް، އުމުރުދުވަހުގެ ނަފްސާނީ ދުޅަހެޔޮކަމާއެކު.
ސީތާ
17 April 2025
އަހުމަދިއްޔާ ސްކޫލްގައި 'ނޯން ޗައިލްޑް އެބިޔުސަރ' އެއް ވަޒީފާ އަދާކުރިތޯ ބަލަން ޖެހޭ ތި އޯޑިޓު ކުރާއިރު! މީ ވަރަށް ވާހަކަ!