ތާޖުއްދީން ސްކޫލުގައި ހުޅުވި ފްލޫ ކްލިނިކުގައި މީހަކަށް ފަރުވާ ދެނީ: ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަންގެ ހާލަތު ޑަބްލިއުއެޗްއޯ އިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެ ޖަމިއްޔާގެ މަންދޫބު ވިދާޅުވި.
24 މާޗް 2017 - 00:43
ކޮންޓްރޯލް ނުވެ ރާއްޖޭގައި ފެތުރެމުންދާ ސްވައިން ފްލޫ ނުވަތަ އެޗްވަންއެންވަން އިން ރައްކާތެރިވުމަށް ސަރުކާރުން ކުރާ މަސައްކަތްތަށް އެހީތެރިވުމުގެ ގޮތުން ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެ އަށް 30،000 ޑޯޒު ވެކްސިން ހޯދައިދޭން ނިންމައިފި އެވެ.
ސްވައިން ފްލޫގައި ރާއްޖޭގެ ހާލަތުގެ މައްޗަށް، ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނެވި މަންދޫބު އަރްވިންދު މާތުރު ނެރުއްވި ބަޔާނުގައި ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ފެތުރެމުންދާ އެޗްވަންއެންވަންގެ ރާއްޖޭގެ ހާލަތު އެ ޖަމާއަތުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި މިކަމުން ރައްކާތެރިވުމުގެ ގޮތުން ސިއްހީ ދާއިރާ އަށް ލަފަ އާއި އިރުޝާދު ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އެޗްވަންއެންވަން އަށް ހާއްސަކޮށްގެން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ބަޔާނުގައި އޭނާ ފާހަގަކުރައްވާފައިވެ އެވެ. ހާއްސަކޮށް ސިއްހީ އެހީތެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ޖަހަން ސަރުކާރުން ނިންމާފައިވާ ކަން ފާހަގަކޮށް، އެއެވްޗަންއެންވަންގެ ވެކްސިން ރާއްޖެ އަށް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަލިން ރައްކާތެރިވުމުގެ ގޮތުން، މާބަނޑު މީހުންނާއި ކެންސަރު ބައްޔާއި ކިޑްނީ ބަލި ފަދަ ހައި ރިސްކު ގްރޫޕްތަކަށް ވެކްސިން ދެމުން އަންނަ ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މިހާތަނަށް މާބަނޑު 900 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ވެސް ބަޔާނުގައި އަރްވިން ވިދާޅުވި އެވެ.
ރާއްޖޭގެ އިތުރުން ވެސް މިދުވަސްވަރު އެޗްވަންއެންވަން، އިންޑި އާއި ސްރީ ލަންކާ އާއި ނޭޕާލާއި ބޫޓާން އަދި ތައިލެންޑް ފަދަ ގައުމުތަކުން ރިޕޯޓްކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ރާއްޖޭގައި މި ބަލި ޖެހިގެން މިހާތަނަށް ތިން މީހުން މަރުވެފައިވާއިރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 176 އަށް ވަނީ އަރައިފަ އެވެ. މިބަލީގައި މިހާރު ވެސް އެޑްމިޓްކޮށްގެން 23 މީހަކަށް ފަރުވާދެމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސް ކަންދަރު
24 March 2017
ކޮންބަޔަކަށް ވެކްސިން ޖަހަންބާ.. ކިތަންމެ ގިނައިން ލިބުނަސް ނިކަމެތި ފަގީރު މީހާގެ ދަަރިއަށް ޖަހައެއް ނުދޭނެ.. މީ އެންމެނަށް އިނގޭކަމެއް
އަލީ
24 March 2017
މިކަހަލަ ފަރަންޖީ ޖަމާއަތްތަކުން އަވަހަށް ވަކިވުމަށް މިރައީސަށް ގޮވާލަން ފަރަންޖީންނަކަށް އަހަރެމެންނަކާ ނުކުޅެވޭނެ ކޮންމެވެސް ފަރަންޖީން ދޭ އެއްޗެއްގައި ނުހިފާތި ދީން ގެއްލިދާނެ
އުމަރު
24 March 2017
ކޮމަންވެލްތުގެ ޤައުމެއްގެ ގޮތުގައި އޮތްނަމަ މިއަދު ވެކްސިން ނުލިބިގެން އުޅެން ނުޖެހުނީސް، މިފަދަ ދަނޑިވަޅުތަކަކީ ކޮމަންވެލްތުގެ މަތިން ހަނދާންވާ ދަނޑިވަޅު، ދުނިޔޭގެ އެތަކެއް ޤައުމުތަކާއި ދިވެހިން ދުރުކޮށްލީވެސް މިހާރުގެ ރައީސް
ޚޔ
24 March 2017
މިސަރުކާރުގަ ވެކުސިން ކޮޅެއް ގައްނާނެ ވަރުގެފުދުން ތެރިކަމެއް ވެސްނެތީބާ؟. ޢަދިވެސް 25 ބުރީގެ ހޮސްޕިޓަލް އަޅާ.
ޢަބްދުﷲނާފިޒު
24 March 2017
ހިލޭބާ ، ނޫނީ ޖެހޭނީ ގަންނަންބާ!
ސަބީޙު
24 March 2017
ކަމެއް ދިމާވީމައި މި އެނގެނީ މިފަދަ އޯގަނައިޒޭޝަން ތަކުގެ މުހިންމުކަން، ނަމަވެސް ސަރުކާރުން ބަލަނީ ކޮންމެ ކަމެއް ސިޔާސީ ކުރުމަށްފަހު އެތަނަކުން ވަކިވެވޭތޯ؟ ކޮމަންވެލްތުންވެސް ވަކިވީ ނޫންތޯ؟ ޑަބުލިއު އެޗް އޯ އިންވެސް ރާއްޖޭގައި އެހެން ދީން ފަތުރަނީކަމަށް ބުނެ އަވަހަށް މި އޯގަނައިޒޭޝަނުންވެސް ވަކިވާންވީ!
ހަޑިގިއްލާ
24 March 2017
ތީ ލާދީނީ ޖަމާޢަތެއްތޯ ބަލަން ފެނޭ! އަދި ވެކްސިންތަކުގަ ޙަލާލު ލޯގޯ ޖަހާފަހުރިތޯ ވެސް ވެރިފައި ކުރަންޖެހޭ! މިހެންމިބުނީ ކޮމަންވެލްތްވެސް ލާދީނީކަމުން ދޫކޮށްލަން ޖެހުނީ!
އަލް ވެކްސިން ވަލް ފްލޫ
24 March 2017
ފްލޫ ވެކްސިން އާއި އެއީ ކިހިނެތް މަސައްކަތްކުރާ އެއްޗެއްކަން ރައްޔިތުންނަށް ބޮޑަށް އޮޅުންފިލުވައިދިނިމުން އެވެކްސިން ނުލިބިގެން ނުވަތަ ނުޖެހިގެން އުޅޭމީހުންގެ އުދާސްތަކަށް ފިނިކަމެއް އަންނާނެކަމަށް ފެނޭ. ފްލޫ ވެކްސިން އެންމެގިނައިން ބޭނުންކުރާ އެއްޤައުމަކީ އެމެރިކާ. އެތަނުގައިވެސް އެންމެންގެ ގަޔަކަށް ފްލޫވެކްސިން ނުޖަހާ. ކޮންމެ ފްލޫ ސީޒަނެއްގައި ފްލޫ ޖެހިގެން ފަރުވާހޯދާމީހުންގެ ތެރެއިން އެމެރިކާގައި ދެލައްކަ މީހުން އެޑްމިޓްކޮށް ފަރުވާދޭ އަދި 36 ހާހެއްހާ މީހުން މަރުވާކަމަށް އެޤައުމުގެ ހިސާބުތަކުން ދައްކާ. އެޤައުމުގައިވެސް ފްލޫ ޝޮޓްދިނުމަށް ބޮޑަށް ހިތްވަރުދެނީ 6 މަހާއި 19 އަހަރުގެ ކުދިންނާއި މާބަނޑު އަންހެނުން އަދި 49 އަހަރުން މަތީގެ މީހުންނަށް. ފްލޫ އަކީ އޭގެ ވައިރަސް މިއުޓޭޓްވެ ކޮންމެއަހަރކުވެސް އާ ސްޓްރެއިންއެއް ނިކުންނަ އެއްޗަކަށްވާތީ އެމެރިކާގެ ސެންޓަރސް ފޯރ ޑިސީސް ކޮންޓްރޯލްއިން އެއްކުރާ ޑޭޓާތަކުގެ މައްޗަށް ބިނާކޮށް ކޮންމެއަހަރަކުވެސް އާވެކްސިނެއް ނެރެނީ. އެއީ އެއަހަރެއްގައި ސަރކިއުލޭޓް ވާނެކަަމަށް ލަފާކުރާ ސްޓްރެއިން އާދެކޮޅަށް ހަނގުރާމަކުރެވޭނެކަމަށް ލަފާކޮށްފައި. އެހެންވީމާ ފްލޫޝޮޓަކީ ބޮލުގައި ރިއްސީމާ ފާރމަސީއަކުންގަންނަ ޕެނެޑޯލްގުޅައެއްހާ ފަސޭހަ އަދި އެގޮތަށް މަސައްކަތްކުރާ އެއްޗަކަށްނުވޭ.
ރަޑީފް
24 March 2017
ތޭންކިއު ޑަބުޅިއޫއެޗްއޯ.