ތައިލެންޑާއި ދުބާއިއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރުމުގެ އެގްރިމެންޓުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމްދާން (މ)، އައިލެންޑު އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިޔާސް އަދި އެންސްޕާގެ ސީއީއޯ ހީނާ ސޮއިކުރައްވަނީ.-- ފޮޓޯ: މޯލްޑިވިއަން
16 ނޮވެމްބަރ 2025 - 17:24
އެއާ އެމްބިއުލާންސްގެ ހިދުމަތްތައް ތައިލެންޑާއި ދުބާއީ އަށް ފުޅާކުރަން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަނާއެކު މިއަދު ސޮއިކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހަމްދާން ނަސީރާއި އައިލެންޑު އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދެވެ.
ސަރުކާރުން އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މާޗު 1، 2024 ގަ އެވެ. މިހާތަނަށް ސިއްހީ ކުއްލި ހާލަތްތަކުގައި 1،840 މީހުން ވަނީ ފަރުވާ އަށް މާލެ ގެނެސްފަ އެވެ.
މި ވަގުތު އެއާ އެމްބިއުލާންސްގައި ދަތުރުކުރަނީ މާލެ އަށް އެކަންޏެވެ. އެކަމަކު، ސްރީ ލަންކާ އަށް އެ ދަތުރުތައް ފެށުމަށް މަޝްވަރާކޮށް، ގޮތްތަކެއް ނިމިފައިވީ ނަމަވެސް އަދި ސޮއެއް ނުކުރެ އެވެ.
އައިލެންޑް އޭވިއޭޝަންގެ އެމްޑީ އިޔާސް "މިހާރު" އަށް ވިދާޅުވީ މޯލްޑިވިއަންގެ ދައުރަކީ ތައިލެންޑާއި ދުބާއީ އަށް ބަލި މީހަކު ފޮނުވަން ޑޮކްޓަރު ލަފާދީ އަދި އެކަމުގެ ހުރިހާ ހުއްދައެއް ލިބުމުން، އެ ދަތުރުތައް ހަމަޖެއްސުން ކަމަށެވެ.
މިހާރު ވެސް އެއާ އެމްބިއުލާންސްގެ ހިދުމަތް ދެނީ، އާސަންދައިން އެޕްރޫވްކޮށް، ހެލްތު މިނިސްޓްރީގައި އޮންނަ ކޮމެޓީއަކުން ހުއްދަ ލިބުމުންނެވެ.
އެ ދަތުރުތައް ހަމަޖެއްސުމަށް ދުބާއީ އަދި ތައިލެންޑަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދޭ ބޭރުގެ ދެ ފަރާތަކާއެކު އެއްބަސްވުމެއް ވަނީ ހަދައިފަ އެވެ. އޭގެ ތަފްސީލުތައް ފަހުން ހިއްސާކުރާނެ ކަމަށް އިޔާސް ވިދާޅުވި އެވެ.
"މާދަމާ ވެސް ބަލި މީހަކު [ދުބާއީ އާއި ތައިލެންޑަށް] ފޮނުވާލަން ޖެހިއްޖއްޔާ އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދައުލަތުގެ ސިފަ
17 November 2025
ޓެކްސް ނަގައިގެން ހިންގާ ދައުލަތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރާ ސަރުކާރެއް ނުފެނެއޭ ބުނުން ގޯހެއްނޫން، ބޭސްވެރިކަމުގެ އިންގިލާބީ ބަދަލެއް ރައީސް ޑރ މުއިއްޒު ޒައާމަތުގައި ގެނެސްދޭނެކަން ކަށަވަރެވެ. އަދި މިއަދަށް މިވީ 2 އަހަރު. ޝުކުރިއްޔާ ރައީސް
މައިސޫރް
17 November 2025
އާސަންދަވެސް ދޭންޖެހޭ ގޮތައް މިދެނީ މި ސަރުކާރުން. ވަރަށް ރަނގަޅު ނިންމެވުމެއް
ފާއިދް
17 November 2025
އާސަންދަ ބެންކޮކަށް އާސަންދަ ފުޅާ ކުރާނަމޭ ބުނީމަ މުއިއްޒުއަށް ހާދަ ޖޯކެއް ޖެހިއޭ މިއުޅޭ އިދިކޮޅު މީހުން. މިއަދު ކީކޭބާ ކިޔާނީ.. މުއިއްޒުގެ ސަޅި ތަންކޮޅަކީ އެމީހުން ކިޔާ އެއްޗަކަށް ރައްދު ނުދީ ކުރަންޖެހޭ ކަންތައް އަމަލުން މި ދައްކާލަނީ
މުހައިމިންް
17 November 2025
ވަރަށްވެސް އުފާވެރި ހަބަރެއް މީ.. މުއިއްޒު ވައުދެއް ވިއްޔާ އެކަންކޮށްދޭނެ ކަން މިހާރު މަ ގަބޫލުކޮށްފިން. މަ ހިއެއް ނުކުރަން މިކަން މުއިއްޒުއަށް ކުރެވޭނެ ކަމަކަށް.
ޝައުކަތް
17 November 2025
ކޮބާ މިކަން މުއިއްޒުއަށް ނުވާނޭ ކިޔާފަ ވާހަކަ ދެއްކި ބައިގަނޑު. މިކަމުގަވެސް މިއޮތީ ކުލަ ޖެހިފަ. ހަމަ އެއްވަނާއިގެ ރައީސްއެއް
ސުފްޔާން
17 November 2025
ރައީސް މުއިއްޒު ވައުދުތައް ރަނުން ރަނަށް ފުދިގެންދާ މަންޒަރު މި ފެނިގެންދަނީ.. ސަރުކާރަށް 2 އަހަރު ވެގެންދިޔައިރު ވައުދުގެ ބޮޑުބައި ނިމިފަ
ޝުކުރުވެރި ނުވެ
17 November 2025
އެއަރ އެންބިއުލާންސް ތައާރަފު ކުރި ފަހުން ރާއްޖޭގެ. އެކިއެކި ކަންކޮޅުތަކުގައި ހާލުބޮޑުވެގެން މާލެ ގެންނަ މީހުންގެ ޓްރާންސްފަރ ޓައިމު ވަނީ ވަރަށް ބޮޑަށް އަވަސް ވެފައި. ސަރުކާރުން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި އާމީން
ސިއްހީ
17 November 2025
ކުރީގެ ވެރިކަމުގައި ތިބި މީހުން ދާއިރާއަށް ވެފައިވާ އިހުމާލާއި، ދީފައިވާ ގެއްލުންތައް ކުޑަކުރުމަށް މިސަރުކާރުން ކުރާ ކަންތައްތަކަށް ސުކުރު އަދާކުރަމެވެ. ގިނަ ބަދަލުތަކެއް ފާއިތުވި 2 އަހަރު ވަނީ ގެނެސްފައި.
ހައްޖަ.
17 November 2025
ކޮބާ ތި ދެ ގައުމުން ލިބުނު ބޭސް ފަރުވާ.
ކީކޭދެން
17 November 2025
އެގައުމުތަކަށް ދާކަށްނޫން އުނދަގޫވެގެން މިއުޅެނީ. ބޭސްކުރާނެ ޚަރަދު ބޭނުންވަނީ. ދެން ތިއެމްބިއުލާންސުގައި ދާ މީހުންނަށް އާސަންދަ ދޭން ނިންމީމައި އެނިމުނީ.