ދ. ކުޑަހުވަދޫ ސްކޫލުގެ ފިރިހެން ދަރިވަރުންތަކެއް.- ފޮޓޯ: ނިޝާން އަލީ / މިހާރު
05 ޑިސެމްބަރ 2025 - 10:28
ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް 2027 އިން ފެށިގެން ގެންނަން ބަދަލާ އެކު، ފިރިހެން ކުދިންނަށް ތުނބުޅި ބެހެއްޓޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން އުސޫލު ހަދައިފި އެވެ.
ރާއްޖޭގެ ސެކަންޑަރީ ސްކޫލުތަކުގައި ދަރިވަރުން ތުނބުޅި ބަހައްޓަން ހުއްދަ ނެތް ނަމަވެސް ހަޔާ ސެކަންޑަރީ ސްކޫލުތަކުގައި ދަރިވަރުންނަށް ތުނބުޅި ބަހައްޓަން ފުރުސަތުދެ އެވެ.
އާ އުސޫލުގައި ބުނާ ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުމާއި ދަރިވަރުން ތިބެން ޖެހޭނެ ގޮތް މިހާރު ސްކޫލުތަކަށް ވަނީ އަންގައިފަ އެވެ.
އާ އުސޫލުގައިވާ ގޮތުން ކީ ސްޓޭޖް-4 އަދި 5 (ގްރޭޑް 9، 10، 11 އަދި 12 ގެ ދަރިވަރުން) ތުބުޅި މަތިމަސް ބެހެއްޓުމަށް ވަނީ ހުއްދަދީފަ އެވެ. ނަމަވެސް ތުބުޅި މަތިމަސް ބެހެއްޓޭނީ އެއްވަރަށް ކުރުކޮށް ކޮށާފައި ކަމަށް އުސޫލުގައިވެ އެވެ.
ސްކޫލެއްގެ ދަރިވަރުންތަކެއް ސްކޫލްގެ ބެލްކަނީގައި މަޑުކޮށްލައިގެން .-- ފޮޓޯ: ނިޝާން އަލީ / މިހާރު
އާ އުސޫލުގައި ވެސް ވަނީ ފިރިހެން ދަރިވަރުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ކުރިން ވެސް އަމަލުކުރަމުން އައި އުސޫލާ އެއްގޮތަށް، ކުރުކޮށް ކޮށާފައި ކަމަށެވެ. ބޮލުގައި ކުލަޖައްސައި ހައިލައިޓުކުރުމާއި ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޓެޓޫ ޖެހުމަކީ ވެސް ކުރިއެކޭ އެއްގޮތަށް މަނާ ކަމެކެވެ.
އާ އުސޫލުގައިވާ ގޮތުން ކީ ސްޓޭޖް-2 ނުވަތަ ގްރޭޑް 4 އިން މަތީގެ ދަރިވަރުންގެ ޔުނީފޯމާ އެކު، ހަރުވާޅު ލާން ޖެހޭނެ އެވެ. ބުރުގާ އަޅާ އަދި ނާޅާ ދަރިވަރުންނަށް ވެސް ދެ އިހުތިޔާރެއް ވަނީ ދީފަ އެވެ.
އަންހެން ކުދިން ލާން ޖެހެނީ އަތް ދިގު ނުވަ އަތް ކުރުކޮށް ހުންނަ ގަމީސް ޓޮޕެވެ. ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ފޫކޮޅު ފޮރުވި އެއަށް ވުރެ 2-4 އިންޗި ދިގުކޮށެވެ.
ސަރުކާރު ސްކޫލްތަކަށް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ފޮނުވި ސާކިއުލާގައި ބުނާ ގޮތުން، ޔުނީފޯމަށް ބަދަލު ގެންނަން ނިންމީ، ސްކޫލްތަކުގެ އިސް ވެރިންނާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހުގަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަން ނިންމީ، އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުންނެވެ. އެ އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގުހެޔޮވެ، އޭގެ މޮނޮޕޮލައިޒްކުރުން ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލި
05 December 2025
ހުރިހާ ދަރިވަރުންގެ ތުނބުޅި ފަޅަނީކީ ގުރޭޑު 9 ގަ ކިޔަވަން ފަށާ ހިސާބަކުން ނޫން. ގުރޭޑު 7 ހާ ހިސާބުން ވެސް ބައެއް ދަރިވަރުންގެ ތުނބުޅި ފަޅާ އަދި 8 ގަ މަދު ނޫން ދަރިވަރުންތަކެއްގެ ތުނބުޅި ފަޅާ. ވީއިރު ގުރޭޑު 7 އަދި 8ގެ ދަރިވަރުންނަށް މިޙައްޤު ނުދިނުމަކީ އިންސާފުވެރި ނިންމުމެއް ނޫން! ތިނިންމުން މުރާޖާކުރުމަށް ގޮވާލަން!
ބ ބ ބޗބޗބ
05 December 2025
ހިތަށް އަރާ ޕްރައިމަރީ ގްރޭޑްތަކުގެ ކުދިން ހެނދުނު ސެޝަނަށް ބަދަލުކުރާނެނަމައޭ. އޮފީހަށްދާ މައިންނަށް ހާދަފަސޭހަވާނެއޭ. މިހާރު އިންނަގޮތުން ދެކުދިން ދެ ސެޝަނަށް ގެންދާއިރު ޕްރައިމަރީގަ އުޅޭ ކުއްޖާ ބަލަން މީހަކު ބަހައްޓަންޖެހޭ ނޫނީ މީހަކާ ހަވާލުކުރަންޖެހޭ. އޭގެ ބަދަލުގަ ޕްރައިމަރީ ގްރޭޑްތަކުގެ ކުދިން ހެނދުނަށްލީމައި މައިންނަށް އޮފީހަށް އަންނޢިރު ކުދިން ގޮވައިގެން އައިސް ސްކޫކމލު ނިމޭ ގަޑިއަށް ގެއަށްގެންދެވޭނެ. މިކަމާމެދު ވިސްނާ ސަރުކާރެއްނެތީމަދެރ
ހާނޖީ
05 December 2025
ކޮންމެހެން ގްރޭޑަކަށް ބަލާކަށް ނުޖެހޭ.
ރަނގަޅު
05 December 2025
ރަނގަޅު ނިންމުމެއް
ވަވަޗ
05 December 2025
ޔޫރަޕުގެ މީޑިޔާއިން އިސްލާމުންނަކީ ނުރައްކާބައެއްކަން ދައްކުވަން ކުރި މަސައްކަތް ފެއިލްވެއްޖެތާ ކިތައްމެ ޒަމާނެއް. އެމީހުން ބުނި މިސްކިތައް އަރާމީހަކީ ހަރުކަށި.މީހެއްކަމަށް. ދެރައީ މިކަން ގަބޫލުކުރާ ދިވޭހީން މަދުންނަމަވެސް އުޅޭކަން. ހެޔޮވިސްނުން ދެއްވާށިއެވެ.
ސޯޓުބުރި
05 December 2025
އިސްލާމްދީނަށް މިހާލޯބިކުރާ ރައީސަކު އަދި މިރާއްޖޭގައި ވެރިކަން ނުކުރޭ. ކްރައިމްރޭޓު އެންމެ ބޮޑީ އަިސްލާމުންގެތެރޭގައިތޯ ނޫނީ ތިބުނާ މޮޑަން ނޮންމުސްލިމް ގައުމުތަކުގަތޯ ބަލާލީމަ ފެނިގެންދާނެ ހަގީގަތް. ކަންދަހާރޭކިޔާމީހުންނަށް ފެނޭތަ ފަލަސްތީނުގެމުސްލިމުންއެއުޅޭހާލު ކޮންބައެއްތޯ ހަނގުރާމަ ކުރަނީ އެނގޭނެ.
ވަތަނާބެ
05 December 2025
ދެން އަންނަ ރައީސަކު ވައުދުވާނީ 8 ން މައްޗަށް ތުބުނޅިބެހެއްޓޭގޮތަށް.
ޒާލިމް
05 December 2025
ދެން ހީވާނީ ތާލިބާނުންގެ ސްކޫލެއްހެން. ރާއްޖޭގެ ދުވަސް ދާނީ ދީނީކަންކަން ހައްދުފަހަނައަޅާ ގޮސް އަފްޣާނިސްތާނަށް ޖެހިފައޮތް ހާލުޖެހި، ދާހިލީ ބޮޑު ހަނގުރާމައެއްގެތެރޭންހެން ހީވޭ
ސުންނަތް
05 December 2025
ހަމަ ތުންބުޅި އެއް ބެހެއްޓިޔަސް ތިވަރެއް ނުވާނެ، އެއީ ސުންނަތެއް. މިކަމަށް މަރުހަބާ ކިޔަން
ބއޮންސސ
05 December 2025
ތިވަރަށްސަކަރާތްވީ. ޔޫރަޕުގެ އަޅުވެތިން ދެން ވަރަށް ރުޅިއަންނާނެ. އެމޒިހުން ދެކޭގޮތުގައި ތުނބުޅި އޮފުކޮށްފައިތިބޭމީހުންނަކީ ކުށްކުރާބައެއްނޫން. އެކަމަކު ހުޅަނގުގެ ގައުމުތަކުގައި އެންމެ ކުށްގިނައީ.
ޒަރީރު
05 December 2025
ކުއްކުރާނެ ތުނބުޅިނެތަސް. އެކަމަކު ދީނުގެ ހައްގުގައޭބުނެ ކުއްކުރާ މީހުންނަކީ އެންމެ ނުރައްކާ މީހުން. އެއީ ކޮންމެ ދީނެއްގެ މީހެއްވިޔަސް އެކަން އޮތީ އެގޮތައް. އެމީހުންގެ ނުރައްކަލަކީ އެމީހުން ދީނީގޮތުން ގަބޫނުކުރާ ގޮތަށް މީހަކު ފައިވާނަކަށް އެރިޔަސް ހަމަ މަރާވެސް ލާފާނެ.
ރާބިޢާ
05 December 2025
ކުޑަކުދިންނާބެހުން އާބާދީގެ ނިސްބަތުން އެކަމަކު އެންމެ ގިނައީ ރާއްޖޭގަ. ތުނބުޅީގެ ކުރު ދިގުމިނަކުން މީހާގެ އަޚްލާގަކަށް މާބޮޑު އަސަރެއް ނުކުރޭ.