04 ޑިސެމްބަރ 2025 - 19:56
ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް 2027 އިން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލާ އެކު، ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ހަރުވާޅުލާން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ސްކޫލްތަކުން ތައްޔާރުވާން އަހަރެއް ދިނުމަށް ފަހު، ޔުނިފޯމް އެއްގޮތް ކުރަން ނިންމާފައި ވަނީ ހަތަރު ކުލައަކަށެވެ. އެއީ ގައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ކުލަ ކަމަށްވާ ނޫ ކުލައަށެވެ.
އެއާ އެކު، ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުމާއި ހުންނަން ޖެހޭނެ ގޮތުގެ އުސޫލު މިހާރު ސްކޫލުތަކަށް ވަނީ ފޮނުވާފަ އެވެ.
އާ އުސޫލުގައިވާ ގޮތުން ކީ ސްޓޭޖް-2 ނުވަތަ ގްރޭޑް ހަތަރަކުން މަތީގެ ދަރިވަރުންގެ ޔުނީފޯމާ އެކު، ހަރުވާޅު ލާން ޖެހޭނެ އެވެ. ބުރުގާ އަޅާ އަދި ނާޅާ ދަރިވަރުންނަށް ވެސް ދެ އިހުތިޔާރެއް ވަނީ ދީފަ އެވެ.
އުސޫލުގައިވާ ގޮތުން އަންހެން ކުދިން ލާން ޖެހެނީ އަތް ދިގު ނުވަ އަތް ކުރުކޮށް ހުންނަ ގަމީސް ޓޮޕެވެ. ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ފޫކޮޅު ފޮރުވި އެއަށް ވުރެ 2-4 އިންޗިއާ ދެމެދު ދިގުކޮށެވެ.
ޔުނީފޯމާ އެކު ސްކާޓް ލާ ދަރިވަރުން ހަރުވާޅުލާން ޖެހޭނެ އެވެ. ސްކާޓް ހުންނަން ޖެހޭނީ ކަކުލުން ތިރިއަށް ދެ އިންޗި ހުންނަ ވަރަށެވެ. ކުރިމަތިންނާއި ފުރަގަހުން ކޮންމެ ފަރާތެއްގައި ދެ ރޫ ނަގާފައި ހުންނަން ޖެހެ އެވެ. އަދި އަރިމަތީގެ ކޮންމެ ރުލެއްގެ ފުޅާމިނުގައި ދެ އިންޗި ބަހައްޓަން ވާނެ އެވެ. އަދި މެދުގައި ހުންނަން ޖެހެނީ ބޮކްސް ޕްލީޓް ނުވަތަ ރޫނަގައިފަ އެވެ.
ފަޓުލޫނު ނުލާ އަންހެން ދަރިވަރުންނަށް ބެގީއެއް ނުކުރެވޭނެ އެވެ. ބެގީ ކުރެވޭނީ ސްކާޓްލާ ދަރިވަރުންނަށް އެކަންޏެވެ.
2027 އިން ފެށިގެން ސަރުކާރުގެ ސްކޫލްތަކުގެ އެކްޓިވިޓީ ޔުނިފޯމުގެ ނަމޫނާ
އެކްޓިވިޓީ ޔުނީފޯމާ އެކު، ސްކާޓްލާ ނަމަ ބޭނުންކުރާނީ ކަޅު ކުލައިގެ ތިން އިންޗީގެ ފުޅާ މިނުގައި އާދައިގެ ރޫ ނަގާފައި ހުންނަ ސްކާޓެކެވެ. ކަކުލާ ހަމައަށް ހުންނަން ޖެހޭ އެ ސްކާޓުގައި އެއްވެސް ލޯގޯއެއް އެއްޗެއް ބޭނުމެއް ނުކުރެވޭނެ ކަމަށާއި ކީ ސްޓޭޖް އެކެއްގެ ދަރިވަރުން ފިޔަވާ ހުރިހާ އަންހެން ކުދިން ސްކާޓް ލާނަމަ ހަރުވާޅު ނުވަތަ ޓްރެކްސޫޓެއް ލާން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރަސްމީ އަދި އެކްޓިވިޓީ ޔުނިފޯމު 2027 ގައި ބަދަލުވާ ގޮތުގެ ނަމޫނާ ސްކޫލްތަކަށް ފޮނުވައިފި https://t.co/wudUndK0ja
— Mihaaru (@Mihaarunews) December 3, 2025
ސަރުކާރު ސްކޫލްތަކަށް މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބުނީ ޔުނީފޯމަށް ބަދަލު ގެންނަން ނިންމީ، ސްކޫލްތަކުގެ އިސް ވެރިންނާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަން ނިންމީ، އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުންނެވެ. އެ އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގުހެޔޮވެ، އޭގެ މޮނޮޕޮލައިޒްކުރުން ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
05 December 2025
ރަނގަޅު ބަދަލެއްކަމަށް އަޅުގަނޑުދެކެން، ސަބަބުތައްބައިވަރު، ބައެއްސަބަބުތަކަކީ ފުރާވަރަށް އަރަމުން އަންނަ އަންހެންކުދިން ދެކަށިމައްޗާ ބައެއްފަހަރު ފަލަމަސްގަނޑުންބައެއްފެންނަގޮތަށް ޔުނީފޯމުލައިގެން އުޅުމަކީ އެކުދިންނަށްވެސްރައްކާތެރިގޮތެއްނޫން، މިހެންތިބުމުން ބައެއްޓީޗަރުންގެވެސް ވިސްނުން ލިމިޓުންބޭރުވޭ! ހުރިހާކުދިންގެ ޔުނީފޯމުއެއްގޮތްވީމާ (ހަރުވާޅުލީމާ) ބަލާލަންރީތިވާނެ، ދީނީގޮތުންބެލިޔަސް ބޮޑަށްނިވާވުމަކީ އަންހެންކުދިންނަށް އެންމެފައިދާހުރިގޮތް
ޔުނިވާސިޓި
05 December 2025
މިގައުމު ވިސްނުން މިދަނީ ފަޔަވަޅެެއް ފަހަތަކަށް ނޫން. މިދަނީ ފިޔަވަޅު އަޅާފަ ފަހަތައް.
ބެއްޔާގެ ނުކިޔެވާ
05 December 2025
ވޭތުވެ ދިޔަ ގަރުނުގައި ތިބީ ހަރުވާޅު ނުލައިއުތަ؟ހަރުވާޅާއި އެކީ ފިރިހެނުން ޖުއްބާ ނުލެއްވީ ކީއްވެ؟ މި އޮތް މޮޑެމް ޒަމާނުގައި މިއީ ކީއްކުރަން އުޅޭ ކަމެއްބާ؟
ލޫލާ
05 December 2025
ހަރުވާޅާ އެކީ ބުރުގާވެސް އިތުރުކޮށްދެއްވާ! ރައީސް
ޅަވަ
05 December 2025
ވަރަށް ދެރަ. އަހަރެން ސްކޫލް ނިންމީ މާލޭ ސްކޫލް ތަކުގަ އަދި ބުރުގާ ނާޅަން. ގުރުއާން ކްލާސް ގަޑީގަ ޖެކެޓް އަދި ހަރުވާޅު އަދި ބުރުގާ އެޅިން. އަހަރެންގެ އެކްޒީމާ ބަލި ހުރޭ އަދި ހޫނުވުމުން ވަރަށް އުންދަގޫވޭ. އޭރުވެސް މިހާރުވެސް އަންހެން ކުދިން ޔުނީފޯމާއެކު ޓައިޓު ލާން ޖެހޭ. ސްކާޓް ހުންނަންވާނީ ކަކުލުން ތިން އިންޗި ތިރީގަ. އެވަރު ރަންގަޅު. އަންހެން ކުދިން ތަފާތުކޮށް، ތިވަރަށް އުނދަގޫ ކުރާތީ ވަރަށް ދެރަވޭ. ސްކޫލް އަކީ ހަމަޖެހިގެން ތިބެންވާނެ ތަނެއް.
raajje
05 December 2025
ޅަވަ: މީއަންހެންކުދިންތަފާތުކުރުންކަމަށްބެލެވޭނެ އެއްވެސްހަމައެއްނެތް! ތިއުސޫލުންވިސްނަންޏާ އުފެއްދެވުމުގާވެސް އަންހެނުންނާ ފިރިހެނުން މުޅިންތަފާތުދޯ ދެނޯ؟ ދީނުގާވަނީ އަންހެނުންނަށާއިއަންހެންދަރިންނަށް ހާއްސަރައްކާތެރިގޮތްތަކެއް ކަނޑައަޅުއްވާފަ، މިމައުލޫމާތުނެތް މީހުނަކަށްމިކަންކަންނުވިސްނޭނެ، ކޮންމެމީހަކުވެސް މައުލޫމާތުހޯދާ ކަންކަންއޮޅުންފިލުވުމަކީ ކުރަންޖެހޭކަމެއް، ފަރުދީޒިންމާއެއް! އޮންނަގޮތްނުބަލާ އެކަންގޯސްމިކަންގޯސް މިގޮތަށްކިޔައިގެންނުވާނެ
މިނިސްޓަރު އައުޓް
05 December 2025
ބެލެނިވެރިން ކައިރި ހޭވެސް ނާހާ މިނިސްޓަރު ބޭނުން ގޮތަކަށް މިނިސްޓަރު ގެންގުޅޭ ޓީމާ އެކު ސަޔަކުން މިއޮތީ މިއޮތް ބޮޑު ނިންމުމެއް ނިންމާފަ. މިނިސްޓަރެއް ނޫނޭ އަހަރުމެން ދަރިންގެ ޔުނީފޯމް ގަނެ ދެނީކީ. މިނިސްޓަރެއް ނޫނޭ އޭއްޗިސް ދޮންނަން ޖެހެނީކީ. އަހަރުމެންގެ ދަރިންނަށް ލައްވާ ޔުނީފޯމު އަހަރުމެން ބެލެނިވެރިންގެ ބަހެއް ނެތި ތިގޮތަކަށް ނުނިންމޭނެ!! ސްކޫލްތަކުގެ ޕީޓީއޭ ކައިރިވެސް އަހާލުމެއް ނެތް ގޮތް ނިންމާފަ މިއޮތީ. ހުދުމުހުތާރުކަމުގެ އިންތިހާ މީ!!
ގުނބޯ
05 December 2025
އުފެދޭ ބައެއް ސުވާލު 1. ދިގު ހަރުވާޅުގެ މަތިން ސްކާރޓް ލެއްވުމުގެ ބޭނުމަކީ ކޮބާތޯ 2. އަންހެން ކުދިން ގަމީސްލައްވަން ތިއުޅުއްވަނީ ކީއްވެތޯ 3. ވަނާތައް އިނގޭހެން ފަރުމާކުރުމުން މަޤްސަދު ހާސިލްވޭތޯ 4. މިފަދަ ތަހުޒީބު ޒަމާނެއްގައި ސްކޫލަށްދާން ޔުނީފޯމެއް ކޮންމެހެން ބޭނުންތޯ 5. ކުދީން ލައްވާނެ ހެދުމެއް އިހްތިޔާރުކުރަން މައިނބަފައިންނަށް ދޫނުކުރާންވީ ކީއްވެތޯ 6. ސްކޫލަށްދާން ހެދުން އެޅޭނޭ އުސޫލު ކަނޑައަޅާ ޔުނިފޯމް އުވާލާ އެޙަރަދު ނުކުރުން މާމޮޅު ނޫންތޯ
ސްކާޓް ނޫނީ ހަރުވާޅު
05 December 2025
މި އޮތްފަދަ ހޫނޫ ގައުމުގައި ކުޑަކުދިން މަތިމަތިން ދެހެދުން ލެއްވީމަ އެކުދިންނަށް ހާދަ ހޫނުވާނެއޭ.
ސަފިއްޔާ މޫސާ
05 December 2025
ކުޑަކުދިން ސެކްޝުއަލައިޒް ކުރުމަކީ އެބިއުސް އެއް. ކުޑަކުދިން ކުޑަކުދިން ގޮތުގައި ހެދި ބޮޑުވުމަށް ފުރުސަތުދީ. ޕްރީސްކޫލް ކުދިން އެބަ މޫނުބުރުގާ އަޅުވާ. ކީކޭ ދެން ބުނާނީ؟
ކޮން ދީނެއްގަ؟
05 December 2025
ކުޑަޔަސް ބޮޑަސް އެއް ޖިންސުގެ މީހުން އަނެއް ޖިންސުގެ ހެދުން ލުމަކީ ހަރާމް ކަމެއް. ކުޑައިރު އައުރަޔަށް ނުވިޔަސް ތަރުބިއްޔަތު ކުރަން ޖެހޭނީ އެ ގޮތުގެ މަތީ އައުރަ ނިވާ ކުރަން ދަސްކޮށްދީގެން. މަންމަ މޫނު ބުރުގާ އަޅާތީ އަޅާ ހިތުން ހަތަރު އަހަރުގެ ކުއްޖާ އެޅިޔަސް މަނާ ކޮށްގެން ނުވާނެ. އެކުދިންނަށް މަޖުބޫރުކޮށްގެން ކުރާކަމެއް ނޫން އެއީ.
ޙުދުހުދު
05 December 2025
މިތާ ހުރި ކޮމެންޓް ތައް ކިޔާލީމަ ހަމަ ހައިރާންވެ އަންތަރީސް ވެއްޖެ. މުސްލިމުންނޭ ކިޔައިގެން އުޅޭ ބައެއްގެ ވިސްނުން ހުރި ގޮތުން. މިމީހުންގެ ދަރިންގެ އައުރަ ނިވާކުރަން ބުނީތީ ހައްދު ފަހަނައަޅާ ކަންދަހާރަށް މިވީ. ދަރިން ނަރަކަ އަށް ގޮސްދާނެތީ ބިރެއްނުގަނޭ. ގުރުޢާންގަ އެބައޮތް އައުރަ ނިވާ ނުކުރާ މީހުން ސުވަރުގޭގެ ވަސްވެސް ނުޖެހޭނެ ވާހަކަ.
ކަޅުކަޅު
05 December 2025
ހުދުހުދު ހައިރާންވީމާ ކަޅުކަޅު ހައިރާން މިވީ!!!!! ކޮންމެ އިންސާނަކަށް ވަކި ބުއްދިއެއް ދެއްވި ފަރާތުން ވަކި ބުއްދިއެއް ދެއްވާފައި އެވަނީ ވަކި ކަމަކު!!! ނާމާން ކަމުގެ ކަޅު ހެދުން އަޅުވައިގެން އަންހެނުންތަށް ގެއަށް ވަށްދައިގެން ކޮންމެ ވެސް މީހެއްގެ 4 ވަނަ އަނބަކަށް ހަދަން ހުދު ހުދު ބޭނުން ވިއަސް، އެކަން އެގޮތުގައި ކުރަން ބޭނުން ނުވާ މީހުން ސުވަރުގެ ނުވަތަ ނަރަކަށް އަށް ދާންވީކަން ނިންމާނީ ހުދުހުދު ނުވަތަ ކަޅުކަޅެއް ނޫން!!! ހައިރާންނުވޭ ޕްލީސް!!!