ދުސްތޫރީ މައްސަލަ ހުށަހެޅި ހުމައިދާ، މީގެކުރިން ހައި ކޯޓު ބޭރުގައި: އޭނާ ހުށަހަޅާފައިވަނީ ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވަން --
11 ޑިސެމްބަރ 2025 - 10:35
ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށް، އެކަމާ ގުޅޭ އުސޫލު މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ސަރުކާރުން އާންމުކޮށްފައިވާއިރު އެ ނިންމުން ބާތިލްކޮށް ކަށިމިޔަރުގެ މަސްވެރިކަން ކުރުން ހުއްޓުވުމަށް، ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ.
މައްސަލަ ކޯޓަށް ހުށަހެޅީ ތިމާވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްޣަފޫރު އަދި މުހައްމަދު ސީނީން އެވެ. ހުމައިދާ މީގެ ކުރިން ވަނީ ގުޅިފަޅު ހިއްކުން ހުއްޓުވަން ވެސް މައްސަލައެއް ހުށަހަޅައިފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހާ ދެކޮޅަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ސަރުކާރުން ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށްފައިވަނީ އެކަމަށް ހާއްސަ އުސޫލެއްގެ ތެރެއިންނެވެ. އަދި ކޮންމެ އަހަރަކު، ގިނަވެގެން ހަތް މަސްދުވަހަށެވެ. ކަށިމިޔަރުގެ މަސްވެރިކަންކުރެވޭނެ ވަކި ދުވަސްވަރެއް ކަނޑައަޅައި ކޮންމެ ފަހަރަކު އިއުލާނުކުރާނެ އެވެ.
ގަވައިދު އޮތް ގޮތުން، މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރާނީ އެންމެ ގިނަ ވެގެން 40 އުޅަނދަށެވެ. ކަށިމިޔަރުގެ މަސްވެރިކަމުގެ ވިޔަފާރި ކުރުމަށް ލައިސެންސްއެއް ވެސް ނަގަން ޖެހެ އެވެ.
ބުޅީގައި ޖެހޭ ކަށިމިޔަރު ބަނދަރަށް ގެންނައިރު ހުންނަންވާނީ މިޔަރުގެ އެއްވެސް ބައެއް އޭގެ ހަށިގަނޑުން ވަކި ނުކޮށް ކަމަށް ގަވައިދުގައިވެ އެވެ. އަދި ބަނދަރަށް ގެނައުމުގެ ކުރިން ޕްރޮސެސްކުރުމުގެ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ.
ކަށިމިޔަރުގެ މަސްވެރިކަމުގެ އެއްވެސް ހަރަކާތެއް އެތެރެވަރީގައި ނުހިންގޭނެ އެވެ. އަދި އެފަދަ ހަރަކާތްތައް ހިންގުމަށް ހުއްދަ ދެވޭނ،ީ ހަމައެކަނި އަތޮޅު ދުނިން ބޭރުގެ ސަރަހައްދުތަކުގަ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރާތީ، ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކޮށްފައި ވެސް ވެ އެވެ.
އެ ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތް އޮތުން ދެމެހެއްޓުމަކީ ރާއްޖޭގެ ރީތި ނަން ދަމަހައްޓައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ބައްދަލުވުންތަކުގައި ރާއްޖެއިން ވަކާލާތުކުރުމަށް ވެސް ބާރު ލިބޭނެ ކަމެކެވެ.
މިޔަރުގެ މަސްވެރިކަން ހުއްދަކުރުމަކީ ހަމައެކަނި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރެއް ނޫން ކަމަށާއި އެއީ ޓޫރިޒަމަށް ބަރޯސާވެފައި އޮތް ރާއްޖޭގެ އިގްތިސާދާއި އެއިން ލިބޭ މަންފާއަށް ވެސް ކުރާނެ ނޭދެވޭ އަސަރެއް ކަމަށް އެ ޕެޓިޝަނުގައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 އިން ފެށިގެން ރާއްޖޭގައި އޮތީ މިޔަރު ހިމާޔާތްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޯޔަރު
12 December 2025
ފޭރޭ މީހުންގެ ބައިގަނޑެއްހެން ތަނުގަ އޮތީ ގުދުރަތުން މަށަށް ލެއްވި އެއްޗެއްސޭ ކިޔައިގެން އަމިއްލަ ކިޑްނީ ނަގާފަ ވިއްކަބަލަ މޮޔަތަކާ. ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވަން ޖެހޭނެ. ޢިންޝާﷲ ހުއްޓުވާނަން!!
އެދުރު ބެ
12 December 2025
ތިމާވެއްޓޭ ކިޔައިގެން އުޅުމަކީ މިޒަމާނުގަ ވަރަށް ލާރި ލިބޭ ކަމެއް.
ދޮންއާސަގެޅިޔަނުދާއޫދު
12 December 2025
އެބަޔަކަށް ކުރެވުނު ވަރަކުން ދިރޭތަކެތި ހިމާޔަށް ކުރަން މަސައްކަތްކުރަންޖެހޭ. ކަށިމިޔަރުގެ ކަންތައް ދާގޮތަކުން އަހަރުމެން މިތިބީ ބޮޑުކަންނެއްޔާއި ކަޑުމަސް އަދިވަކިން ކަޑުގެ ރީތިކަން ދައްކުވައިދޭ ހިބަރު ރަތްމަސް ފަދަތަކެތި ބޭނުމާއި ވިއްކުމާއި ކެއުން ހުއްޓުވަން ކޯޓަށް ވައްދަން ތައްޔާރަށް. އޭގެފަހުން މަސްބާނަން މަގުފަހިކުރުވާ ޒާތުގެ ކަންކަން މަސްދޯނި އުފެއްދުމާއި މަސްވެރިކަންކުރާ ސާމާނު ވިއްކުން ހުއްޓުވަން ކޯޓަށް މައްސަލަ ވައްދަން.
މިޔަރޭ
11 December 2025
ފައިސައި ގެ ދަހި ވެތި ކަމުގައި ކަނޑު ރޯދި ސުންނާ ފަތި ކުރުމަކީ ދީނީ ނަޒަރަކުން ބެލިއަސް ހަރާމް ކަމެށް. ތިމާ ގެ ވެށިން ލިބޭ ރިޒްގު ކާބަފައިން އަހަރަމެން ނަށް ގެނެސްދިން ފަދައިން، އަހަރަމެންގެ ދަރީން ގެ ދަރީން ނަށް އެ ރިޒްގު ދެ ވޭނީ ތިމާ ވެށި ހިމާޔަތް ކޮށް، ތިމާ ވެއްޓާ ބެހޭ އިލްމު އުނގެނިގެން. މިޔަރަކީ ކަނޑުގެ އެންމެ މުހިންމު އާލާތް. މިޔަރު ހިމާޔަތް ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއް. ސާބަހޭ މި ޅަ ޒުވާނުންނަށް! ސަކުރާރުން ނާޖައިސް ފައިދާ
ގޮނުއަނގަ
11 December 2025
ކަށިމިޔަރު މަސްވެރިކަން ހުއްޓުވަން ކުރާ މަސައްކަތުގައި މިމިީހުންނަށް ބޮޑެތި އާމްދަނީތައް ޖަމާކޮށްދޭއިރު ބޭރު ޤައުމުތަކުން އެ ބާނައިގެން ވިއްކައި ނަފާ ދެމުން ދަނީ ހަމަ މިބައިގަޑަށް. ދިވެހި މަސްވެރިން މިޔަރު ބާނައިގެން ނުވާނެ. ވަކިބަޔަކަށް ފައިދާ ކޮށްދީގެން އޭގެން ބައިލިބޭމީހުން މިކަން ހުއްޓުވަން މިއުޅެނީ. ތިމާ ވެއްޓަކާ އެއްވެސް ގުޅުމެއް ނުފެންނަ މާ އަޑިގެ ބައެއްމީ.
99ސާބަހޭ
11 December 2025
ސާބަހޭ! ފައިސާޣެ ދަހިވެތިކަމުގަ ކަނޑު ހުސްކުރަން ޖާގައެއް ނުދެވޭނެ!
ކަށި
11 December 2025
ރާއްޖޭގައި އުޅޭ 3 ވައްތަރުގެ ކަށި މިޔަރު ރެޑް ލިސްޓުގަ ހިމެނޭ. ރުފިޔާ ލިބެންޏާ ނިމުނީދޯ؟
ޑޮކްޓާރ. ބަނާނާ
11 December 2025
ޑރ ވާންޗޯރ ވިދާޅުވިހެން މަށަށް ބުނެވޭނީ "ހައިކޯޓަކީ ހުރިހާ ކަށިމިޔަރުގެ ބަލަދުވެރިޔާތަ؟." ހެހެހެހެ
އެމެރިކާ
11 December 2025
ދިވެހިންނަ ފައިދާ ހުރިކަމެއް ކުރަންޏާ ހުއްޓުވާނެ އެމްޑީޕީގެ އަދިރި ދައުލަތުން
ނިޖީން
11 December 2025
ނަމުން ތިމާވެށީގެ އެކްޓިވިސްޓުންނޯ .. އެކަމަކު މިއިން މީހަކަށް ނުފެނޭ މިތާ ވަރުވަރުން ދޯނި ބަނދެގެން ބޮނޑު ކަންނެލި، ކަޅުބިލަމަސް، އަދި ފަރުތަކުގަ އުޅޭ ފަރުމަސް ކޮޅު ބާނާ ހުސްކުރާ ތަނެއް. މިޔަރާ ޖެހުނީމަ އެކަނިތަ ތިމާވެށި ހިމާޔަތްކުރުން އޮންނަނީ؟ ބޯހަލާކު..