މިޔަރު މަސްވެރިކަމަށް ހުއްދަ ދިނުމާ ދެކޮޅަށް ޕެޓިޝަނެއްގައި ދަނީ ސޮއިކުރަމުން.-- ފޮޓޯ: ޓްރެވަލް ސެންޓާ މޯލްޑިވްސް
27 ސެޕްޓެމްބަރ 2025 - 12:57
އަންނަ ނޮވެމްބަރުން މަހުން ފެށިގެން ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް އޮސްޓްރޭލިއާގެ އޯޝަން ޖިއޮގްރަފިކް މެގަޒިންގެ އެޑިޓަރުން އޮންލައިން ޕެޓިޝަނެއްގައި ސޮއި ހޯދަން ފަށައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 އިން ފެށިގެން ރާއްޖޭގައި ވަނީ މިޔަރު ހިމާޔާތްކޮށްފަ އެވެ.
އެކަމަކު މިޔަރުގެ މަސްވެރިކަން މަނާކުރުމާ ހަމައަށް އެންމެ ފުޅާ ދާއިރާއެއްގައި އޭގެ މަސްވެރިކަން ކުރި ހދ. ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ ނޮވެމްބަރު 1 އިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
އެހެންވެ، އެކަމުގައި ދެވަނަ ވިސްނުމަކަށް ދިއުމަށް އެދި ރައީސް މުއިއްޒަށް ފޮނުވަން ސޮއިކުރަމުން އަންނަ އެ ޕެޓިޝަނަށް، ކަނޑުތަކާއި އޭގެ ދިރުން ހިމާޔަތްކުރުމުގައި ވަކާލާތު ކުރަމުން ގެންދަވާ މަޝްހޫރު ނަންތަކުގެ ތެރޭގައި ހިމެނޭ ޑރ. ސިލްވިއާ އާލް، ޑރ. އެލެކްސް މަސްޓާޑް، ޑޭވިޑް ޑައުބިލެޓް، ޖެނިފާ ހޭޒް، އަދި ހަވާޑް އެންޑް މިޝެލް ހޯލް ހިމެނެ އެވެ. އަދި ކުރީގެ ރައީސް ނަޝީދު ވެސް ވަނީ ޕެޓިޝަނަށް ތާއީދުކުރައްވައިފަ އެވެ.
އެ ޕެޓިޝަނުގައި ފާހަގަކުރާ ގޮތުގައި މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތް އޮތުން ދެމެހެއްޓުމަކީ ރާއްޖޭގެ ރީތި ނަން ދަމަހައްޓައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ބައްދަލުވުންތަކުގައި ރާއްޖެއިން ވަކާލާތުކުރުމަށް ވެސް ބާރު ލިބޭނެ ކަމެކެވެ.
މިޔަރުގެ މަސްވެރިކަން ހުއްދަކުރުމަކީ ހަމައެކަނި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރެއް ނޫން ކަމަށާއި އެއީ ޓޫރިޒަމަށް ބަރޯސާވެފައި އޮތް ރާއްޖޭގެ އިގްތިސާދާއި އެއިން ލިބޭ މަންފާއަށް ވެސް ކުރާނެ ނޭދެވޭ އަސަރެއް ކަމަށް އެ ޕެޓިޝަނުގައިވެ އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މިޔަރުގެ މަސްވެރިކަން ފެށުމަކީ ވަރަށް މުހިންމު ދޮރެކެވެ. އެކަމުގައި ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަކީ ކުޅުދުއްފުށިން އެކި ސަރުކާރުތަކުގައި ޑިމާންޑް ކުރަމުންދިޔަ ކަމެކެވެ. މިޔަރު މާ ގިނަ ކަމަށް ބުނެ، ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް އެ ބާނަން ހުއްދަ ދޭން އެކި ފަހަރު މަތިން ސަރުކާރުގައި އެދިފައިވެ އެވެ.
އެހެންވިޔަސް ތިމާވެއްޓާ ގުޅޭ ޖަމިއްޔާތަކާއި ލޯކަލް ޓޫރިޒަމްގެ ބައެއް ފަރާތްތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Sign the Petition
Petition to the President of Maldives to Continue the Ban on Fishing of All Shark Species
Change.org
ރާއްޖޭގައި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމާ ދެކޮޅަށް ސޮއިކުރާ ޕެޓިޝަން
މިޔަރު ހިމާޔަތްކޮށް، ރައްކާތެރިކުރަން ރާއްޖެއިން މުޅި ދުނިޔެ އަށް ދައްކައިދީފައިވާ ނަމޫނާ ދަމަހައްޓަން، މިޔަރު ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އިނގިރޭސި ވިލާތުގެ 'ޝާކް ގާޑިއަން' އިން ވެސް ވަނީ ގޮވާލައިފަ އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި މިޔަރުގެ މަސްވެރިކަން ރެގިއުލޭޓް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިކަން ވަކި ބާވަތެއްގެ މިޔަރަކަށް ލިމިޓުކޮށްފައި ބޭއްވުމަކީ ނާދިރު ކަމެއް ކަމަށް އެ ޖަމިއްޔާއިން ރައީސަށް ފޮނުވި ސިޓީގައި ބުނެފައި ވެ އެވެ.
މިޔަރަކީ ރާއްޖޭގެ މުރަކަތަކާއި ފަރުތަކުގެ ސިއްހަތު ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށް ވާއިރު، މިޔަރުގެ އާބާދީ އަށް ކުރާ ނޭދެވޭ އަސަރު، ރާއްޖޭގެ އިގުތިސާދު ބަރޯސާވެފައިވާ އޮތް ކަނޑުގެ ވަސީލަތްތަކަށް ކުރާނެ ކަމަށް ފެންނާތީ އެކަމުގައި ދެވަނަ ވިސްނުމަކަށް ދިއުމަށް އެ ޖަމިއްޔާ އިން ވެސް ގޮވާލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެންގަބޯ
27 September 2025
ޔޫރަޕުން ހަދަން ވީނުން ފަލަސްތީނުގެ ބިންތަކުން ޔަހޫދީން ބާލަން ޕެޓިޝަނެއް ދިރިތިބި މީހުން މަރާހުސްކުރަނީ ޔޫރަޕްގެ ޕެޓިޝަނުގައި ސޮއި ކުރާނީ ހަމަ ބުއްދި ގެއްލިފައިވާ ވާނުވާ ނޭނގޭ މީހުން ދުވާލެއް ރޭގަނޑެއް ވަކިނުވާ މީހުން ތަނެއްގައި ހަމަ ބެރެއް ޖަހާއިރަށް އެތަނަށް ގޮސް ހަމަ ނަށާކަށް ނުޖެހޭނެ އެތާކު. ސޮއި ކުރުމާ ދެކޮޅަށް މަވެސް ތެދުވާނަން ކަނޑުން ބާނާ މަހުގެ ނިގުލުން ފެނިގެން މެދާ ހިސާބުން ޖެހެނީ ޕެޓިޝަނަށް ދޭން މީކިހާ ބޮޑު ވެއްޖެ ކަމެއް ތޯ މީ
މުލޭ
27 September 2025
ޕެޓިޝަނެއް ހަދަންޏާ ފަލަސްޠީނުގެ ނަސްލުނައްތާލުމާ ދެކޮޅަށް ޕެޓިޝަނެއް ހަދާބަލަ. އޭރުން އަހަރެމެން ވެސް ސޮއި ކުރާނަން. އަހަރެމެންނާއި އަހަރެމެން ބާނާ މަސް ކައި ހުސްކުރިޔަސް މިޔަރު ޙިމާޔަތް ކޮށްގެން ތިބެންވީތަ ހަމަ. ނުވާނެ ތިކަމެއް. މިޔަރު ބާނަން ހުއްދަ ދޭން ގޮވާލާ ޕެޓިޝަނެއް ހަދާނެ މީހަކު ނެތްތަ. ސޮއިކުރަން ތައްޔާރު އަހަރެމެން.
ބަބޫ
27 September 2025
އިންސާނުންނަށް އުނދަގުލަކަށް ވަންޔާ ބާނާ ހުސްކުރަންވީ. އެމީހުންް އެމީހުންގެ ރަށުގަ މިޔަރު ހިމާޔަތް ކޮށްގެން ތިބެދާނެއްނު. އަހަރެމެން މިއުޅެނީ ގޮނޑުދޮށަށް ނަނު އެއްލާނުލެވިގެން މިޔަރުގެ ބލޔާހެދި. އަހަރެމެން ކައިބޮއި ހަދެމަށްފަހު އިތުރު އެއްޗަކަށް ހިމާޔަތްދޭން ވިސްނާނީ
ބާލީސް
27 September 2025
މީހުން ކިޔާހާ އެއްޗެއް އަޑު އަހާނެ ކަމެއްނެތް. މިޔަރު ގިނަ ކަމުން މަސް ބާނަން އުދަނގޫވެއްޖެ. ކޮންމެސް ގޮތަކުން މިޔަރުގެ ޕޮޕިއުލޭޝަން ކޮންޓްރޯލް ކުރަންޖެހޭ.
ޑރ ވާންޗޯ
27 September 2025
ތިޔަ މިޔަރުތައް ބާނާފަ ދޯނިމަތީގަ ކޮށާލައިގެން ގެނޭ ބުނޭ ތާޒާ ހިބަރުމަހޭ.
ދަންޑަހެލު2
27 September 2025
އެވެރިންނަށް ނުފެނޭ އިންސާނީ ނަސްލެއް ނައްތާލާތަން
މަސްވެރިންގެ ޝަކުވާ
27 September 2025
ދުނިޔޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ، މިޔަރުމަސް އެންމެގިނައިން ބާނައިގެން ވިއްކަނީ ޔޫރަޕް މީހުންނެވެ. އެންމެތަރައްްޤީ ސިންގަޕޫރުންވެސް އެކަންކުރެއެވެ. ވީއިރު ގައުމުގެ އިޤްތިޞާދުގެ ލޭނާރުގައި އެއްވެސް ބަޔަކު އަތްއަޅައިގެން އުޅޭތޯ މިދިވެހިންނޫނީ! ދިވެހިންގެ ލޭނާރު ބުރިކޮއްނުލާ ، އެހެންނޫނީ ކޮންމެ ގެޔަކަށް މަހަކު 2000 ހާ ޑޮލަރު ދައްކައިދީ އެމައްސަލަޖައްސާބަޔަކު ، އޭރުން އަހަރެމެން ތިބޭނަން ހެނދުނާ ހަވީރު މިޔަރު ބަލަން މޫދުގައި މާސްކުއަޅައިގެން
ހޮޓްކިންގ
27 September 2025
މަ ސޮއިކުރަން މިހުރީ މިޔަރު ހިފުމާ އެއްކޮޅު ޕެޓިޝަންގައި
ގޮނުއަނގަ
27 September 2025
(މުއިއްޒަށް ފޮނުވަން ސޮއިކުރަމުން އަންނަ އެ ޕެޓިޝަނަށް، ކަނޑުތަކާއި އޭގެ ދިރުން ހިމާޔަތްކުރުމުގައި ވަކާލާތު ކުރަމުން ގެންދަވާ މަޝްހޫރު ނަންތަކުގެ ތެރޭގައި ހިމެނޭ ޑރ. ސިލްވިއާ އާލް، ޑރ. އެލެކްސް މަސްޓާޑް، ޑޭވިޑް ޑައުބިލެޓް، ޖެނިފާ ހޭޒް، އަދި ހަވާޑް އެންޑް މިޝެލް ހޯލް ހިމެނެ އެވެ. އަދި ކުރީގެ ރައީސް ނަޝީދު ވެސް ވަނީ ޕެޓިޝަނަށް ތާއީދުކުރައްވައިފަ އެވެ.) މުއިއްޒު ވެރިކަމަށް ހޮވީ މިމީހުންނެއްނޫން. އެމްޑީޕީއަކުންވެސްނޫން. އަޑީގަ އިންއެތި އޭނީ ފެނިފަ.
ގޮނުއަނގަ
27 September 2025
އަހަރެމެން ދިވެހިން މިޔަރު މަސްވެރިކަމުން އާމްދަނީ ހޯދުން މަނާކުރަން އެމީހުން ހެށަހަޅާއިރު އޮސްޓްރާލިޔާއިން މަސްވެރިންނަށް އާމްދަނީގެއެހީއެއް ދޭނެތަ. ރިޒުޤްުގައި އަތް އަޅަން ދިވެހި ބަޔަކު މަސައްކަތް ނުކުރާނަމަ އޮސްޓްރޭލިޔާއިން ތިކަމަކާ ނޫޅޭނެ. އޮސްޓްރޭލިޔާއަކީ ދިވެހިޓޫރިޒަމްގައި މާބޮޑު ވިޔަފާރިއެއް އޮތް ބައެއްވެސް ނޫން.