މިޔަރު އުރަހަތަކެއް: މިޔަރުގެ މަސްވެރިކަމަށް ހުޅުވާލަން ނިންމާފައިވާ ކަން ރައީސް މިރޭ އިއުލާން ކުރެއްވި.
26 އޯގަސްޓް 2025 - 22:22
ކަށި މިޔަރުގެ މަސްވެރިކަމަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ހުއްދަ ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިޔަރުގެ މަސްވެރިކަން މަނާކުރުމާ ޖެހެންދެން އެންމެ ފުޅާ ދާއިރާއެއްގައި މިޔަރުގެ މަސްވެރިކަން ކުރި ހދ. ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިޔަރުގެ މަސްވެރިކަން ކުރަން ބޭނުންވާ ފަރާތަކަށް އެކަން ފަހިވެގެންދާނެ ކަމަށެވެ. އެކަމަށް ތައްޔާރުވާން އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.
"ފިޝަރީޒް މިނިސްޓްރީ އެންވަރަޔަމަންޓް މިނިސްޓްރީން ގަވައިދުތަކާ އެއްޗެހި ބަލައި ވަރަށް ގިނަ މަސައްކަތް ކޮށްފިން އަދި ކުރަމުން މިދަނީ. މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލާ ނިމިއްޖެ. މި ޕްލޭންގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިޔަރުގެ މަސްވެރިކަން ފެށުމަކީ ވަރަށް މުހިންމު ދޮރެއް ކަމަށާއި އެކަމުގައި ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.
މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަކީ ކުޅުދުއްފުށިން އެކި ސަރުކާރުތަކުގައި ޑިމާންޑް ކުރަމުންދިޔަ ކަމެކެވެ. ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް މިޔަރު ގިނަ ކަމަށް ބުނެ، އެ ބާނަން ހުއްދަ ދޭން އެކި ފަހަރު މަތިން ސަރުކާރުގައި އެދިފައިވެ އެވެ.
ނަމަވެސް، އެކަމަކީ ތިމާވެއްޓާ ގުޅޭ ޖަމިއްޔާތަކާއި ލޯކަލް ޓޫރިޒަމްގެ ބައެއް ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރެ އެވެ.
މީގެކުރިން ސަރުކާރުން ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ހުޅުވާލަން ނިންމައި، "ބައިކެޗް"ގެ ގޮތުގައި ހިފޭ މިޔަރު ޕްރެސެސް ކުރަން ހުއްދަ ދޭން ނިންމުމާ އެކު ވެސް ވަރަށް ބޮޑަށް ސަރުކާރުން ފާޑުކިޔުން އަމާޒުވެގެންދިޔަ އެވެ. އެކަމާ ގުޅިގެން އެންމެފަހުން ސަރުކާރުން ނިންމީ ލޭނު މަސްވެރިކަމަށް ހުއްދަ ނުދިނުމަށެވެ.
އޭރު ޖަމިއްޔާތަކުން ބުނެފައިވަނީ:
- މިޔަރަކީ ނިސްބަތުން ދިގު މުއްދަތަކަށް ދިރިއުޅޭ، ގިނަ ދުވަހުން ދަރިމައިވާ އަދި މަދު އަދަދަކަށް ވިހާ މަހެއް. އެހެންކަމުން އެކަށީގެންވާ އަދަދަށް ވުރެ އިތުރަށް މިޔަރު ބޭނުމުގެ ނުރައްކާ ކުރިމަތިވޭ އަދި ބައިނަލްއަގުވާމީ ނިސްބަތުން، ގާތްގަނޑަކަށް 70-60 ޕަސެންޓު މިޔަރާއި މަޑީގެ ބާވަތްތަކަށް ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެފައިވޭ.
- "ބައިކެޗް" ގެ ގޮތުގައި ހިފޭ މިޔަރު ނެގުމަށް ހުއްދަ ދިނުމަކީ އެ މަހަށް އަމާޒުކޮށް، މަސްވެރިކަން ކުރުމަށް މާލީ ގޮތުން ފައިދާވާނެ ކަމަކަށްވެ، އޭގެ ސަބަބުން ހައްދުފަހަނައަޅައިގެން މަސްވެރިކަން ކުރުމަށް ބާރު އަޅާނެ.
- 1990 އާއި 2000 ގެ އަހަރުތަކުގެ ދޭތެރޭގައި ރާއްޖޭގައި މިޔަރުގެ ލޭނު މަސްވެރިކަން ބެލެހެއްޓުމުގައި މިޔަރުގެ އާބާދީ ދަށްނުކުރުމަށް ކުރެވުނު މަސައްކަތް ވަރަށް ބޮޑަށް ނާކާމިޔާބުވުމުން، 'ބޫމް އެންޑް ބަސްޓް' މަސްވެރިކަމަކަށް ވެގެން ދިޔަކަން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުޅުދުއްފުށީ އެދުރު
27 August 2025
ބަލަ ރައްޔިތުނޭ! ރަނގަޅަށް ކިޔާބަލަ ލިޔެފައިވާ އެއްޗެއް. ރައީސް ވިދާޅުވީ "ކަށި މިޔަރު" މަސްވެރިކަމަށް ހުޅުވާނެ ވާހަކަ. ހުރިހާ ބާވަތެއްގެ މިޔަރު ބާނާ ހުސްކޮށް އޭގެ އުރަހަ ކަނޑާފަ މިޔަރު ހުސްކުރަން ދޭ ވާހަކައެއް ނޫން. ކަންކަމުގައި ވާނުވާ ބަލައިފާ ވާހަކަދެއްކުމުން ތިމާ ރޯނުއެދުރަކަށް ވުމުގެ ފުރުސަތު ކުޑަވާނެ. ކަށި މިޔަރަކީ ފަރުމަތިން މި ފެންނަ ކުދި ފަޅު މިޔަރެއް ނޫން!!!
×ސ
27 August 2025
ކަށިމިޔަރަކީ ކަނޑުގެ ވ އަޑީގައި ދިރި އުޅޭ ވ މަދުން ނޫނީ ނުބޭނޭ މިޔަރެއް. މިޔަރު ބާނަން ހުއްދަ ކުރުމުގެ ނަމުގައި މޮހޮނަށް އޮޑިދީފައި ތިޔަ އޮތީ. އުފަލެއް ނެތް މަސްވެރިންނޭ.
ނާމްދި ކާނޫ
27 August 2025
ޓިކުޓޮކުގަ އުޅޭ ޑަކްޓަރު ބޫ ހުންނާނީ ވަރަށް އުފަލުން މިހާރު
ހިދސަ
27 August 2025
މިކަން ކުރަން (މިޔަރުގެ މަސްވެރިކަން) ވަކި މުއްދަތަކަށް ހުއްދަދޭން ފެންނަނީ! މިސާލަކަށް އަހަރު ދުވަހުގެ މުއްދަތަށް! މިހާރު މޫދުގައި ރިސޯޓްތައް ކައިރީގައި މިޔަރުތައް ގިނަކަމުން ބިރުން މޫދަށް އެރެންން ފަސްޖެހޭ އެތައް ބަޔަކު އުޅޭ! މިހާވަރަށް މިޔަރު ގިނަވެއްޖެ! މިކަމުގެ ސަބަބުން ފަތުރުވެރިންނަށް ނުރައްކާ ބޮޑު! ހަމަލާއެއްދޭނީ ކޮންއިރަކު ކަމެއްނޭގޭތީ! މިޔަރު އޮތީ ނުވަތަ މިޔަރުގެ ނުރައްކަލުން ސލާމަތްވާންޖެހޭ ކަމެއް ހިނގުމުގެކުރިން!
ފޮނިޓައްޕު ހަސަނު
27 August 2025
މިރާއްޖޭގެ މީހުން ހީކުރަނީ މިރާއްޖެކަމަށް ދުނިޔާގައި ވެސް މަސްވެރިކަން ކުރުމުގަ ކުރީގަ އުޅެނީ އަދި ކަނޑުގެ ދިރުން ހިމާޔަތް ކުރުމުގަ ވެސް ކުރީގަ އުޅެނީ. އަދި ކަންނެތްޔާ ކަޅުބިލަ މަސް ވެސް ރާއްޖޭގެ ކަނޑުގެ އިމުން ބޭރު ނުވެ އުޅޭކަމަށް. ޖަޕާން، ނޯވޭ، ސްޕްގެ އުޅަނދުތަށް ބޮޑެތި ދާއަޅައިގެން އިންޑިއަން އޯޝަން އިން މަސްވެރިކަން ކުރާއިރު އެ މަސްވެރިން މަހަކަށް 3000 ޑޮލަރު ލިބޭ.
ޝަމްހީދު މުހައްމަދު
27 August 2025
މިޔަރު ހިފުން ހުއްދަ ކުރުމަކީ ސަރުކާރުން ކުރާނެ ވަރަށް ރަނގަޅު ކަމެއް. މީގެ ސަބަބުން އިތުރު އާމްދަނީ ހޯދޭނެކަން ހަމަ ޔަގީން.
ތިހާމް ހުސައިން
27 August 2025
ރަނގަޅު ކަމެއް. މީގެ ސަބަބުން މަސްވެރިންނަށް ފަސޭހަވާނެ. މިހާރު ބާނާ މަހުގެ އެއްބައި އަންނަނީ. ވަރަށް ގިނަފަހަރު.
ސޮބީހާ
27 August 2025
ލިމިޓެއްނެތި ތިކަންކުރަން ދޫކޮށްލުމަކީ ރަނގަޅުކަމެއްކަމުގައި ނުދެކެން ، ސަބުބު ވަރައްސާފު ޓުލޫރިޒަމައް އުނިކަން އަޔަދީގެން ނުވާނެތީ،
ހަސަންދީ(ލ)
27 August 2025
ތިކަމުގަ އެންމެ މޮޅީ އެމެރިކާ މީހުން ގެންގުޅޭ މިންގަނޑު ގެންގުޅުނިއްޔާ.
އެޑްމުންޑޯ
27 August 2025
ދެން މިޔަރު އުރަހަ ބޭރުކުރެވޭނެދޯ