ހައި ކޯޓް: ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ވަނީ ނިންމާފައި --- ފޮޓޯ/މިހާރޔ
18 ޑިސެމްބަރ 2025 - 16:18
ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރަން ސަރުކާރުން ހެދި ގަވާއިދާއި އެކަމަށް ހެދި ޕްލޭން ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ވަކި އުސޫލުތަކެއްގެ ތެރެއިން ހުއްދަކުރަން ނިންމައި، ސަރުކާރުން މިދިޔަ އޮކްޓޫބަރު މަހު އާންމުކުރި ގަވާއިދާއި އެކަމަށް އާންމު ކޮށްފައިވާ ޕްލޭން ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅީ ތިމާވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްޣަފޫރު އަދި މުހައްމަދު ސިނީންގެ ފަރާތުންނެވެ.
ހައި ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވި ނިންމުމުގައި ވަނީ ދުސްތޫރީ މައްސަލައަކަށް ވަނީ ގާނޫނެއް ނުވަތަ ގަވާއިދެއް ބާތިލްކުރަން ހުށަހަޅާ މައްސަލަތައް ކަމަށް ވާއިރު، ކަށިމިޔަރުގެ މަސްވެރިކަމުގެ ޕްލޭނަކީ ގާނޫނެއް ނުވަތަ ގަވާއިދުގެ ބައެއް ނޫން ކަމަށެވެ.
މީގެ އިތުރުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ގަވާއިދަކީ ގާނޫނު އަސާސީ އާއި މަސްވެރިކަމުގެ ގާނޫނާއި ކަމާބެހޭ ގާނޫނީ އުސޫލުތަކާ ހިލާފު ގަވާއިދެއް ކަމަށް އެ މައްސަލާގައި ބުނެފައިވިޔަސް، ގާނޫނާ ހިލާފުވާ ގޮތެއް ބަޔާންކޮށްދީފައި ނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެހެންވެ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.
ކަށިމިޔަރުގެ މަސްވެރިކަމުގެ ގަވާއިދު ބުނާގޮތުން އެކަމަށް ހުއްދަ ދެވޭނީ އަހަރަކު ގިނަވެގެން ހަތް މަސް ދުވަހުގެ މުއްދަތަށް އަދި ސަރުކާރުން ހުއްދަދޭ ވަކި އުޅަނދުތަކަކަށް އެކަންޏެވެ. އަދި އެކަމަށް ހާއްސަ ލައިސަންސެއް ވެސް ނަގަން އެ ގަވާއިދު ލާޒިމްކުރެ އެވެ.
އެކަމާ ދެކޮޅަށް ތިމާވެށީގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، އަދި ޕެޓިޝަނެއްގައި ވެސް ސޮއިކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޫޓު
18 December 2025
ކަލެޔަ ސޫޓެ ނުލެވިގެންދޯތިއުޅެނީ
ގޮނުއަނގަ
18 December 2025
ވަރަށް އުފާވެއްޖެ. ދިވެހިން ދިވެހި ކަނޑުތަކުން ނަފާ ހޯދުމުގައި ކުރިޔަށް ދާންވީ. ޙަމަ ބާރަށް ކުރިޔަށް.
އަލްއުސްތާޒު ރޯނުއެދުރު
18 December 2025
ލޯޔަރު ހެދިގެން ސޫޓު ލައިގެން އުޅޭ އެންމެނަކީ ލޯޔަރުންނެއްނޫން. އަދި އަމުދުން އަމިއްލައަށް އުސްތާޒު ހެދިގެން ލޯޔަރު ކިޔައިގެން އުޅެންޏާ ބަލާނެ ކަމެއްނެތް. ހަމަ އެވާނީ ސީދާ ރޯނުއެދުރުތަކަކަށް.
5667777
18 December 2025
ލޯ ސުކޫލުން ބޭރުން ދިޔަ މީހަކަށްވެސް އެނގޭނެ އޭގައި އޮއްޓަރެއް ނެތްކަން. އެކަމުކ މި ބޭނުންވެގެން އުޅެނީ ތިޔަތަނަށް ސަރުކާރުން އަތް އަދި ހިތްފުރޭވަރަށް ނުބޭނިގެން އަތް ބޭނުޖން ޖަސްޓީފައި ކުރާނެ ހެޑްލައިން ތަކެއް ދީ؟
ޢަލްޓިކޯ
18 December 2025
ޜަގަޅު ނިންމުމެއް ބަލައިގަންނާނެ ކަމެއްނެއް މާ ތިމާވެށި ވަނީ ކޮންމެ މީހަކު މީހުންގެ އަގަތެރެ އަށް ކަޅުދުން ޖަހަހަމުން ނޭވާ ނުލެވޭ ގޮތަށް މާލޭ މަގުމަތީ ބަންގާޅީން ޕިކަޕް ދަމާއިރު އެކަމާވާ އެކަކުވެސް ނެއް އެނުވޭ ތިމާ ވެއްޓަލަށްވެސް
އޮޓޯ
18 December 2025
ވާނުވާ ނޭނގޭ ލޯޔަރުން ގޮވައިގެން ފޮޓޯ ނެގުމަށް ވުރެން ރަނގަޅީ ތިކަހަލަ ކަންތައްތައް ނުކުރުމަށް ވަނީ ގުޅިގެން.
ރަދީފްއޮފިޝަލް / ކަށި މިޔަރާގެ ބަފާ
18 December 2025
ސަރުކާރުގެ ޕޮލިސީއަކާ ދެކޮޅު އެއްވެސް މައްސަލައެއް ބަލައި ގަންނާނެ ހިތްވަރު ނުހުންނާނެ.
ޙުސްނުއް ސުކޫނު
19 December 2025
ކޯޓް ތަކަކީ ޕޮލިސީ ކަނޑައަޅާ ތަންތަނެއް ނޫން. އެއީ ދުސްތޫރީ އަދި ޝަރުއީ ހަމަތަކުގެ އިމުގެ ތެރެއިން ޙައްދު ތަކާއި ޙައްޤުތައް ޤާއިމު ކޮށްދޭ ތަންތަން. ވެރިކަން ކުރަން އުފައްދާފައިވާ ތަންތަނެއް ނޫން.