ދުސްތޫރީ މައްސަލަ ހުށަހެޅި ހުމައިދާ، މީގެކުރިން ހައި ކޯޓު ބޭރުގައި: އޭނާ ހުށަހަޅާފައިވަނީ ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވަން --
11 ޑިސެމްބަރ 2025 - 10:35
ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށް، އެކަމާ ގުޅޭ އުސޫލު މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ސަރުކާރުން އާންމުކޮށްފައިވާއިރު އެ ނިންމުން ބާތިލްކޮށް ކަށިމިޔަރުގެ މަސްވެރިކަން ކުރުން ހުއްޓުވުމަށް، ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ.
މައްސަލަ ކޯޓަށް ހުށަހެޅީ ތިމާވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްޣަފޫރު އަދި މުހައްމަދު ސީނީން އެވެ. ހުމައިދާ މީގެ ކުރިން ވަނީ ގުޅިފަޅު ހިއްކުން ހުއްޓުވަން ވެސް މައްސަލައެއް ހުށަހަޅައިފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހާ ދެކޮޅަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ސަރުކާރުން ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށްފައިވަނީ އެކަމަށް ހާއްސަ އުސޫލެއްގެ ތެރެއިންނެވެ. އަދި ކޮންމެ އަހަރަކު، ގިނަވެގެން ހަތް މަސްދުވަހަށެވެ. ކަށިމިޔަރުގެ މަސްވެރިކަންކުރެވޭނެ ވަކި ދުވަސްވަރެއް ކަނޑައަޅައި ކޮންމެ ފަހަރަކު އިއުލާނުކުރާނެ އެވެ.
ގަވައިދު އޮތް ގޮތުން، މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރާނީ އެންމެ ގިނަ ވެގެން 40 އުޅަނދަށެވެ. ކަށިމިޔަރުގެ މަސްވެރިކަމުގެ ވިޔަފާރި ކުރުމަށް ލައިސެންސްއެއް ވެސް ނަގަން ޖެހެ އެވެ.
ބުޅީގައި ޖެހޭ ކަށިމިޔަރު ބަނދަރަށް ގެންނައިރު ހުންނަންވާނީ މިޔަރުގެ އެއްވެސް ބައެއް އޭގެ ހަށިގަނޑުން ވަކި ނުކޮށް ކަމަށް ގަވައިދުގައިވެ އެވެ. އަދި ބަނދަރަށް ގެނައުމުގެ ކުރިން ޕްރޮސެސްކުރުމުގެ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ.
ކަށިމިޔަރުގެ މަސްވެރިކަމުގެ އެއްވެސް ހަރަކާތެއް އެތެރެވަރީގައި ނުހިންގޭނެ އެވެ. އަދި އެފަދަ ހަރަކާތްތައް ހިންގުމަށް ހުއްދަ ދެވޭނ،ީ ހަމައެކަނި އަތޮޅު ދުނިން ބޭރުގެ ސަރަހައްދުތަކުގަ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރާތީ، ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކޮށްފައި ވެސް ވެ އެވެ.
އެ ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތް އޮތުން ދެމެހެއްޓުމަކީ ރާއްޖޭގެ ރީތި ނަން ދަމަހައްޓައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ބައްދަލުވުންތަކުގައި ރާއްޖެއިން ވަކާލާތުކުރުމަށް ވެސް ބާރު ލިބޭނެ ކަމެކެވެ.
މިޔަރުގެ މަސްވެރިކަން ހުއްދަކުރުމަކީ ހަމައެކަނި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރެއް ނޫން ކަމަށާއި އެއީ ޓޫރިޒަމަށް ބަރޯސާވެފައި އޮތް ރާއްޖޭގެ އިގްތިސާދާއި އެއިން ލިބޭ މަންފާއަށް ވެސް ކުރާނެ ނޭދެވޭ އަސަރެއް ކަމަށް އެ ޕެޓިޝަނުގައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 އިން ފެށިގެން ރާއްޖޭގައި އޮތީ މިޔަރު ހިމާޔާތްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިހާދެރަކަމެއް
11 December 2025
މިފަހަރު ވޯޓް އޮންނާނީ މިޔަރުމަސްވެރިކަން ހުއްދަދޭމީހަކަށް، ހާދަހާލެއްގައި އާދައިގެ ރަށުމަސްވެރިޔާ އެއުޅެނީ
ޓްރަލަލާ
11 December 2025
ކޮން ގާނޫނީ އުސޫލަކާ ފުށުއަރާތީތަ މި ނިންމުން ބާތިލުކުރަން ކޯޓަށް އެދުނީ. ކިހާ ދެރަކަމެއް. މިކަހަލަ މައްސަލަތަކަކީ މަޖިލިހަށް ޕެޓިޝަން ކުރަންޖެހޭ ކަންޖަން ދޯ. ކޯޓާ މަޖިލިހާ މުއްސަސާތަކުގެ އިހްތިސާސް މިއިން އެއްވެސް ކަމެއް ރޯ ނުފިލަނީތަ؟
އަހްމަ
11 December 2025
މިޔަރު މަސްވެރިކަމާ ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހަކާ ދެކޮޅަށް މުޅި ގައުމު ތެދުވަންޖެހޭ! އަމިއްލަ އެދުމުން ފުރިފައިވާ ބަޔެއް.
މޫދުމަދިރި
11 December 2025
ލޮލް
ބުރުގާ
11 December 2025
މުއިއްޒު ނިންމާފަ އޮތް ނިންމުމެން، އެންމެ 2 ގާުނޫނީ ވަކީލުން ނަގާ ސެލްފީއަކުން ހުއްޓާލެވިދާނެތަ.... ؟
ޑރ ވާންޗޯ
11 December 2025
ހައިކޯޓަކީ ހުރިހާ ކަށިމިޔަރުގެ ބަލަދުވެރިޔާތަ؟.
ޣަރޭ
11 December 2025
ހުމޭ މެން ތި ކޭސް ކޯޓަށް ހުށަހަޅާލީތީވެސް ލިބޭނެ ބޯކޮށް ލާރި! ބަޓް ނިކަމެތި ރަށުމީހަށްއަށް އެއްޗެއް ލިބޭނީ ކަށިމިޔަރު ތެޔޮކޮޅުން! ހުމޭމެން ހަމަ ނޫނީބާ؟ ނުވަތަ ދިވެހިންނާ ދެކޮޅީބާ؟ އެގެންވާނެ ދުނިޔޭގެ ބާޒާރުގައި ކަށިމިޔަރު ތެޔޮ ވިއްކަނީ ކިހާ މިންވަރަކަށް ކަންވެސް! އެއީ ނުބާނާ މިޔަރުގެ ތެޔޮތޯ؟ ކަމިޔަރު ހުސްވަނީ ދިވެހިން ބާނާތީތޯ؟
ޔޫކޭ
11 December 2025
ސަމާލުކަން ހޯދުމާ ޔޫރަޕުގެ ޖަމުއްޔާއަކުން ފަސޭހައިން ބޮޑު ރުފިޔާގަނޑެއް ހޯދުން ބޭނުމަކީ، މުޅިން އަމިއްލަ އެދުމުގަ
ޑައިވަރުންގެވެށި
11 December 2025
މި ރާއްޖޭގެ ވެއްޓާ މުޅި ދުނިޔޭގެ ވެށިވެސް ހިމާޔަތް މިއޮތީ ކަނޑުއޮޅިމަތީގަޔާ ތިލަތަކުގައި އުތުރިއަރާ އެންމެ އާދައިގެ މިޔަރުއައިނު ބޮޑުކުރި ވަރަކުން. މީ ވަކި ބަޔަކު ހަދަަިގެން އުޅޭ ފޭކު ސައިންސެއް! އެހެން މަސްލަހަތު ތަކުގެ މައްޗަށް ކޮށްގެންއުޅޭ ބުލީއެއް!
ޓިމާބެށި
11 December 2025
ޙުރިއްޔާ ހުރި ފަރުތައް ހިއްކައިގެން ރިސޯޓް ހަދަން އޯކޭ މިޔަރު ބޭނީމަ ތިމާވެށި
އަލިބޭބެ
11 December 2025
ބަލަ އަޅުގަނޑުމެންވެސް ތިމާވެއްޓަށް ލޯބިކުރަމޭ. އެހެންވީރު ހަނޑޫގަސްވެސް ނުކަނޑަންވީނު. ކަނޑުމަސްވެސް ނުބާނަންވީނު. ދިރުންތަކަށް ގެއްލުންވާތީ ބުރަފަތިލީ އެއްޗިހި ދުއްވުންވެސް މަނާކުރަންވީނު. ފާހާނާ ބެދުނަސް ގަސްވެސް ނުކަނޑަންވީނު. އޭކީނުނޭ ތިމާވެއްޓަށް ލޯބިކުރުމަކީ. މާތްﷲ ހުރިހާ ތަކެއްޗެއް ހެއްދެވީ އިންސާނުންނަށް. އަހަރެމެން ރަނގަޅުގޮތުގައި ދުނިޔޭގައުޅެން. ހުރިހާ ނަފާއެއްކަނޑުންވެސް ހޯދަންވާނެ. މިހާރު ހިހަގަންވީބުޅާގުއުގަ، ކާނލިބެނީ ބޯބުރި.ނޯއޯކޭ
ކެޔޮޅު ހުސެން
11 December 2025
މިޔަރުބަލާން ފީނާ ސަރަހައްދުތަށް ފިޔަވައި އެނޫން ބައެއް ސަރަހައްދުތަކުން މިޔަރުބާނަން ހުއްދަ ނަގަން ޖެހިގެން ނުވާނެ.ހަމަ ގޮސް ބާނަންވީ. މަސްވެރިންނަކީ ވެސް ގިނަބައެއް. މިމީހުން (ތިމާވެށިވެގަނެގެން އުޅެމީހުން) މީ އަމިއްލައަށް އެއްޗެހި ހިފާ ކެއުމުން މަނާވެގަނެގެން އުޅޭބައެއް. ކަލޭމެން ނުވާނެ ކަނޑުމަސް ވެސް ކައިގެންނެއް ތި ޒާތުގެ ހިސާބު ޖަހާކަމަށް ވަންޏާ